04 ޖުލައި 2020 - 20:21
ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުކުރެވޭ މީހަކު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި، މިފަދަ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރި ދެވަނަ މީހާ އެވެ.
ފުލުހުން ބުނީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބްލެކްމެއިލްކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައި މިއަދު ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ، މިޔަވާލި، ހުސެއިން ޒާހިން 33، ކަމަށެވެ.
ޒަހީންގެ މައްޗަށް ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް ވުމުން އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކަލަށް ކުރިމަތިވެދާނެތީ، ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައިގައި ވެސް މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ފ، ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފައި ވެ އެވެ. އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ އުމުރުން 14 އަހަރުގެ އެ އަންހެން ކުއްޖާގެ ޅިޔަނެވެ. އެއީ ފ. ފީއަލީ، ފީރޯޒްގެ، އިބްރާހިމް ޝާފިއު 37، އެވެ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް މިދިޔަ ހަފުތާގެ ތެރޭގައި އާދަޔާ ހިލާފަށް ގިނަކަން ފާހަގަކުރެ ވެ އެވެ. ފުލުހުން ވެސް ވަނީ އެފަދަ މައްސަލަައް އިތުރުވާތީ މިހާރަށް ވުރެ ބޮޑަށް ބެލެނިވެރިން ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
އެފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު، 3000600 ނުވަތަ ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
05 July 2020
ރޭޕްނުކުރާށޭ ނުކުރާށޭ، ތީ ވިޔާނުދާ އަމަލެކޭ ކީކީހެން އެކަންކުރުން މިދަނީ ބޮޑުވެ އާންމުވަމުން. އެނުބައި ފާހިޝް އަމަލުގެ ވާހަކަ ކިޔައިދިނުމުގެ ހިތްވަރުލިބި އެކަން އާންމުކުރަންފެށީމާ ހީވަނީ މިކަމަށް ބޮޅެއް އިތުރުވިހެން. ހައްތަހާވަނީ އިތުރު. ރެއެއް ދުވާލެއް، އެއެއް މިޔެއްނުބަލާ ހީވަނީ ލޮނުމެދުކެވިގެން އުޅޭހެން. ހެޔޮނުވާނެ ކުދިންނޭ ވިސްނާލަބަލަ އަދި މިނޫން އެހެން ދުވަހެއް އެބައޮތްކަން!
އިޙްސާސް
05 July 2020
ރޭޕުކުރަމުން ދުވާ ފިރިހެނުން މަރަން ޙުކުމް ކުރަންވީ. އަދި ޒިނޭގެ ކުށް ސާބިތުވާ އަންހެނުން ރަޖަމުކުރަންވީ.
ނޯރަޖަމް1
05 July 2020
އެއީ ކީއްވެ އަންހެނެއް ވިއްޔާ ރަޖަމްކުރަންވީ. ފިރިހެނަކު ޒިނޭކުރީމަ މެރުން؟ އަންހެނެއް ވިއްޔާ އޮއްގަލުން ތަޅާ ހިތައްވެސް ނުގެނެވޭހާ އަނިޔާވެރިކޮށް މެރުން؟؟؟ މިއީ ކިހިނެއް ވާ ކަމެކޯ؟؟؟؟
ރީތި މޫސަ
05 July 2020
ކޮބައިހޭ ސަފާރީގެ ކަންތަށް ކީއްވެހޭ ނުބަލަނީ
boys rule
04 July 2020
ކީއްވެތަ ނިކަމެތީންގެ ފަހަތުން ނުނެއްޓިގެން މި އުޅެނީ. ކުށަކަށް ވަނީ ނިކަމެތި މީހާ ކުރީމަ ތަ؟
ހަކީމް
04 July 2020
ރޮޔަލް ނޫން މީހުން ވަރަށް ބާރު ލާފަ ހަތްޔަރު އެބަކުރެވޭ. ޝުކުރިއްޔާ މ.ޑ.ޕ
ކެލާ
04 July 2020
ކުޑަކެކުރި، ބޮޑުކެކުރި އުސޫލު
ކުޑޭ
04 July 2020
ހަކީމް އަނެއްކާ އެކަހަލަ ކަމެއް ނުކުރައްޗޭ! އުމުރު ދުވަހު ޖަލަގަ އޮންނަން ޖެހިދާނެ
ހަކީމާ
04 July 2020
ޖަލުގަ އޮންނަން ނުޖެހުނަސް ނުކުރައްޗޭ. މިނޫން ދުވަހެއް އެބައޮތް. ސަލާމަތެއް ނުވެވޭނެ.