ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. އެއް ރަށާއި އަނެއްރަށް އަޅުވައިގެން ބަހުސް ކުރުމުން ވާނީ ގެއްލުން ކަމަށް މިއަދު ވިދާޅުވި
04 ޖުލައި 2020 - 23:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ހުދުމުހުތާރު، ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް ކަމަށާއި އެހެންވެ އެކަން އިސްލާހު ކުރެއްވުމަށް އެދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ މަނިކުފާނަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.
އެ ސިޓީގައި ބުނީ، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީގެ ގޮތުގައި އިދިކޮޅު ކޯލިޝަން އޮތް އިރު، އެ ބޭފުޅުންގެ އަޑު ކަނޑުވައިލައި، ނަޝީދު މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަވާތީ ކަންބޮޑުވާ ކަމަށެވެ.
އިދިކޮޅުން ވަނީ މަޖިލީހުގައި ރައީސް ނަޝީދުގެ ކޮންޓްރޯލް އޮންނަ ބައެއް މެމްބަރުން ލައްވައި، އެކި ކަހަލަ ޖެއްސުން ކުރުމާއި އިދިކޮޅުގެ އަޑު އިއްވަމުން ގެންދަވާ މެމްބަރުންނަށް ހަމަލާދިން ކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. މި ކަންކަން ހުއްޓުވައި އިދިކޮޅު މެމްބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެދުމުން ވެސް އެކަމަށް ނަޝީދު ހައްލެއް ހޯއްދަވައި ދެއްވާފައި ނުވާ ކަމަށް ވެސް ސިޓީގައި އިދިކޮޅުން ބުންޏެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހު ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން، ރިޔާސަތުން ނަޝީދު އިއްވެވެމުން، ޝިޔާމް މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިނުގަތުމުން އޭނާ ނެރުނީ އެމްޑީޕީގެ މެމްބަރުން އިސްވެ ތިއްބަވައިގެންނެވެ. އެ ހަމަނުޖެހުމުގައި ޝިޔާމަށް އަނިޔާކޮށްފައިވާ ކަަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، އެ މައްސަލަ ބަލަން އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ވެސް ވަނީ ނިންމައިފަ އެވެ.
ޕީޕީއެމް/ޕީއެންސީން ބުނިގޮތުގައި، ނަޝީދު ވަނީ ގާނޫނު ހެދުމުގެ އިތުރަށް ތަންފީޒު ކުރުމުގެ ބާރު ވެސް މުށުތެރެއަށް ލައްވައިފަ އެވެ. މުޅި ޝަރުއީ ނިޒާމާއި ކޯޓުތައް ވެސް އެ މަނިކުފާނުގެ ބާރުގެ ދަށަށް ގެންނަވައި، ފުލުހުންގެ މުއައްސަސާއާ މެދު ވެސް އެގޮތަށް އަމަލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތު އެ ދެ ޕާޓީން ނަޝީދަށް ކުރެ އެވެ. އެހެންވެ، އެއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޓީގައި ވެ އެވެ. މި ހުރިހާ ކަމެއް ވެސް އިދިކޮޅުން ސިފަކޮށްފައި ވަނީ ޑިމޮކްރަސީގެ އުސޫލުތަކާ ބީރައްޓެހި އަދި ވަރަށް ހުދުމުހުތާރު އަމަލުތަކުގެ ގޮތުގަ އެވެ.
މުޅި ޝަރުއީ ނިޒާމާއި ކޯޓުތައް ވެސް އެ މަނިކުފާނުގެ ބާރުގެ ދަށަށް ގެންނަވައި، ފުލުހުންގެ މުއައްސަސާއާ މެދު ވެސް އެގޮތަށް އަމަލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތު އިދިކޮޅުން ނަޝީދަށް ކުރެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލާ ގުޅޭ ގޮތުން އިދިކޮޅުން ބުނީ، އެ ބިލުން ފުލުހުންނަށް ރަނގަޅު ކަންތައްތަކެއް މަޖިލީހުގެ ތެރެއިން ކޮށްދެއްވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީން ބުނިގޮތުގައި، ފުލުހުންގެ ބިލެއް މަޖިލީހަށް ހުށަހަޅައިގެން، އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާ އިން މަސައްކަތް ކުރަނީ، ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއަކަށް ދިޔަ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ އޮއްބައި ލުމަށެވެ.
އެ މައްސަލައިގެ ތުހުމަތަށް ދިވެހި ދެ ފިރިހެނަކު ކުރިން ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލާފައިވާއިރު، އެ ތަނުން އެކަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރެއްގެ ފިރިމީހާ އެވެ. އެހެންވެ، އެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމުގެ ތުހުމަތު އިދިކޮޅުގެ އިތުރުން ބައެއް އާންމުން ވެސް ދަނީ ކުރަމުންނެވެ.
އިދިކޮޅުން ބުނީ ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ނުކުޅެދި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. ފުލުހުންގެ ބިލަކީ މި ހުރިހާ ކަމަކުން ރައްޔިތުންގެ ސަމާލުކަން ގެއްލުވާލަން ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންބި
07 July 2020
އެއީ ތެދެއް ޑިމޮކްރަސީއާ ރައްޓެހި މީހަކީ ޔާމީނު؟ ކޯއްޗެކޭތަ ތިކިޔަނީ؟
ކޮތަރު
05 July 2020
ނަޝީދަކީ ބަތަލެއް
ތިލަފަޅު މޫސަ
05 July 2020
ފުލެޓް ދޮމްބެ ވަރެއްނެތް !
ކަންނާޑި
05 July 2020
ބީރައްޓެހި މީހާ ހުރީ މާފުށި ގޮޅީގަ
ރަންރީދޫ ޓުވިޓަރޭ
05 July 2020
ވަހީދުބެ އާއި ޖަމީލްބެ ގޮވައިގެން ކެއްކޭނެ ޑޮންޑޮނެއް ނެތް
ހާސް
05 July 2020
ރައީސް ނަޝީދަކީ އިސްލާހަށް ލޯބިކުރާ ރައްޔިތުންނަށް ހެވާލާބަ ހޯދައިދޭން ކެނޑިނޭޅި މަސައްކަތްކުރާ، އިންސާފަށް ލޯބިކުރާ، ވައްކަމާ ކޮރަޕްޝަނާދުރު ބޭފުޅެއް. މިހާތަނަށްވެސް ވަރަށް މުހިއްމު އިސްލާހީ ހެޔޮބަދަލުތަކެއް ރާއްޖެއަށްވަނީ ގެނެސްދީފަ. ފެންނާނީ ހަސަދަވެރިކަންނެތް ލޮލަކުން ބަލައިގެން. ގަބޫލުކުރާނީ ހަސަދަވެރިކަންނެތް ކޮންމެ މީހަކު..
usmaan
05 July 2020
ސިޔާމުގަސްތުގައި ސަކަޖަހާ ، ސަކަރާތް ޖަހަން އުޅުނު ދުވެހެއްހެން ހީވަނީ.
ޖާބެ
05 July 2020
ދުުވާލުގެ އިރު އެއީ ހަނދޭ ބުންޏަސް ގަބޫލްކުރާނެ މިހުން ތިބޭނެ. މިވެސް ވައްތަރެއްގެ ބައްޔެއް
އަބްދޫ
05 July 2020
ނަސީދަކީ އެއްވެސް ކަމެއްކުރަންދަންނަ މީހެއްނޫން. ގަދަބަދަވިކަމާ ނުބައިނުލާކަމުގާ ހައްދު ފަހަނަޅާފަ ހުރި މީހެއް
ޝޮކްތެރަޕީ
05 July 2020
ހަގީގަތަކީ ޕީޕީއެމްވެސް ބޮޑުބަދަލެއް ގެންނަން ޖެހޭކަން. ޤައުމު އިންޑިޔާގެ މުށުތެރެޔައް ނުދަނީސް އަހަރުންމެން ރަނގަޅު ވިސްނުމެއްގަ ކުރިޔައް ދަން ޖެހިއްޖެކަން. އެހެންނޫނީ ވަގުތު ފާއިތުވެ ހިގައިދާނެ. ދިވެހިންގެ ތެރޭގަވެސް ދުސްމަނުން ތިބޭނެ.
ހާސް
05 July 2020
ގައުމު މިހާރު މިއޮތީ ބަންގްލަދޭސް މީހުންގެ އަތްދަށުގަ. ދިވެހިރާއްޖޭގެ ގާނޫނުތައްވެސް ނުހިގާބައެއް އެއީ. އިންޑިއާ އަތްދަށަށް ގައުމު ނުދާނެ. ޢެކަމުގެ ބިރެއްނެތް.