ފްލެޓްގެ މަސައްކަތްކުރާ ބިދޭސީން ކުރިން މުޒާހަރާ ކުރަނީ: މުސާރައިގެ ކަންކަން ހަމަޖައްސަން މިމަހުގެ 10 އާ ހަމައަށް ވަނީ ވަގުތު ދީފައި.
08 ޖުލައި 2020 - 14:57
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓް އިމާރާތްކުރާ ސައިޓުގައި ހުރި މުދާތައް ވިއްކާލައިގެން ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭން އައިލެންޑް އެކްސްޕާޓުން ނިންމި ނަމަވެސް، ސިފައިންނާއި ފުލުހުންގެ ކުންފުނި ސިފްކޯ އާއި ޕޮލްކޯގެ އެއްވެސް މުދަލެއް ނުވިއްކަން އެ ދެ ކުންފުނިން އަންގައިފި އެވެ.
އެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރާ ބިދޭސީން ވަނީ މުސާރަ ނުދޭތީ މިދިޔަ ހޯމަދުވަހު ހުޅުމާލޭގައި މުޒާހަރާކޮށް، ހަމަނުޖެހުން ހިންގައިފަ އެވެ. މުސާރަ ނުދީ އޮތުމަކީ ގޯހެއް ކަން ގަބޫލުކޮށް، އައިލެންޑް އެކްސްޕާޓުން އިއްޔެ ބުނެފައި ވަނީ އެކަން މިވަގުތު ހައްލުކުރެވެން އޮތީ ސައިޓުގައި ހުރި ތަކެތި ވިއްކާލައިގެން ކަމަށެވެ. އެކަން އެގޮތަށް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެކަމަކު، އައިލެންޑް އެކްސްޕާޓުގެ އެ ވާހަކަތައް "މިހާރު" ގައި އިއްޔެ ޖެހުމާއެކު، ފްލެޓް އަޅާ ސައިޓްތަކުގައި ހުރި ސިފްކޯ އާއި ޕޮލްކޯގެ މުދާތައް ނުވިއްކަން އެ ދެ ކުންފުނިން ވަނީ ސިޓީއަކުން އައިލެންޑް އެކްސްޕާޓަށް އަންގާފައި ކަމަށް އެނގިފައި ވެ އެވެ. ނަމަވެސް މި ކަމުގައި އެ ދެ ކުންފުނީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ފްލެޓް މަސައްކަތުގައި އުޅޭ ބައެއް ބިދޭސީންނަށް މުސާރަ ނުދޭތާ ހަތް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭގެ ސަބަބުން، ހާލުގައި ޖެހި، ރަށުގައި ތިބި އާއިލާގެ މީހުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެ މީހުން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކުރި ހިސާބުން ބިދޭސީންނަށް މުސާރަ ނުދޭ ކަމަށް އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ އެއްބަސްވެވަޑައިގަނެ އެވެ.
އޭނާ "މިހާރު"އަށް ވިދާޅުވެފައި ވަނީ މުސާރަ ނުދެވުނީ މަސައްކަތްތައް ހުއްޓި، ޚަރަދުތައް ބޮޑުވެ، ދެން ވާނެ ގޮތެއް ނޭނގޭ ފަދަ ހާލަތެއް މެދުވެރިވުުން ކަމަށެވެ. ލޮކްޑައުން ތެރޭގައި އިސްކަންދެއްވީ މުވައްޒަފުންގެ ކެއުން ހަމަަޖައްސައިދޭން ކަމަށް ވިދާޅުވި އެވެ.
އަނޮން ވިދާޅުވީ ސައިޓްތަކުގައި ހުރި ސާމާނާއި ވެހިކަލް ފަދަ މުދާތައް ވިއްކަން މަސައްކަތް ކުރަމުން އައި ނަމަވެސް އިގުތިސާދީ ގޮތުން މިހާރު އޮތް ހާލަތުގައި އެއީ ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރުން މިހާރަށް ފެންނަން އޮތް އެންމެ ރަނގަޅު ހައްލަކީ އެ އެވެ.
އޭގެ ފަހުން، މުވައްޒަފުން ދޫކޮށްލައި އެ މަޝްރޫއު، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި، އާރުސީސީއާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި އިމާރާތް ކުރަން ފެށި އެ ފްލެޓުތަކުގެ މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ. އެތަން ލިބުނު މީހުން ވަނީ ޑައުންޕޭމަންޓް ވެސް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
09 July 2020
އާރސީސީ، ކުރީގެ (އާރސީއެންސީ) ތި ތަކެތި ބޭނުންވީދޯ؟ ނާޒިމް ވަރަށް މޮޅުވާނެ އެކަހަލަ ޑީލް ހަދަން.
ގިއޮލޮޖި
09 July 2020
ކަސްޓަމްސް އިން ޓިއުޓީ ފުރީކޮއްމުދާ ރާއްޖެއެރެރެކޮށް ވިއްކާ ކަމަށްވާނަމަ އެކުރެވެނީ ކުށެއް މިކުން ނުކުރުމަށް އެދެން މިކަމާ ކަސްޓަމްސް ހަނު ހުންނާތީ ހައިރާންވޭ ނޫސްބަޔާނެއް ނެރޭކަށް ނުވޭތޯ!!
މޮޔަބެ
09 July 2020
މިދަނޑިވަޅުގައި ޢިމާރާތްތަކާއި އެތަންތަނުގައި ހުރި ތަކެތި ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭނެ. ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށަށް ޢިމާރާތްތައް ގެންނަންޖެހޭނެ.
މުހައްމަދޫ
09 July 2020
ދިރާގު އަދި އުރީދޫ މިއީ ދިވެހި ގައުމުން އެންމެ ގިނައިން ފައިސާ ބޭރުކުރާ ދެ ކުންފުނި. ބިދޭސީ މަސައްކަތްތެރިން ނަށް ވުރެންވެސް މު ދެ ކުންފުނިން ފައިސާ ބޭރުކުރާ މިންވަރު އިތުރު. ކީއްވެބާ މި ވާހަކަތަށް ނުދައްކަނީ.
ބްރައިޑޭ
09 July 2020
ބޭރު ކުންފުނިން ބުނީ ސައިޓުގައި ހުރި އެކުންފުނީގެ މުދާ ވިއްކާ ވާހަކައެއް ނޫންތަ؟ ދެން ސިފްކޯއަކާއި ޕޮލްކޯއަކާ މިކަމަކާ ކޮން ގުޅުމެއް އޮތީ؟ ނޫނީ މި ކުންފުނީގެ މުދަލުގެ ގޮތުގައި ދައުލަތުގެ ދެ މުއައްސަސާގެ ބޮޑުންނަށް ފައިދާވާ ގޮތަށް ހަދާފައިވާ މި ދެ ކުންފުނީގެ މުދާވެސް ހުރީތަ؟ މިހާރު ނޫހުން މިކަން ތަންކޮޅެއް ސާފުކޮށްބަލަ ޚަބަރު ޖަހާއިރު!
މސއވ
09 July 2020
ދިން ފައިސާ ތަކުން އަ.އެކްސް.ޕީ ގެ މަތީމަގާމު ތަކުގަ ތިބި މީހުން ގަނެފައިވާ ފްލެޓް، އެޕާރޓްމަންޓް، ކާރު ތައް ވިކައިގެން މުސާރަ ދޭންވީނުން.
ބޮޑުމީހާ
09 July 2020
ދިވެހި ކޮންޓަރެކްޓަރާއި ހަވާލުވި ބޮޑު މަޝްރޫއެްް ނުނިމި އެބައޮތްތަ! ޓާޓާއާްއި، އައިލެންޑް އެކްސްޕާރޓް ފަދަ ކުންފުނިތައް ގެނެސް ގައުމު ހަލާކުކޮށްފި. އަމީން، އެމްޓީސީސީ، އާރުސީސީ ފަދަ ދިވެހިކުންފުނިތަކަށް ތި ޕްރޮޖެކްޓް ހަވާލުކުރިނަމަ ގައުމުގަ ފައިސާ ހުރެފަ، އެކުންފުނިތައްވެސް ކުރި އަރާނެ
އުދުހޭ
08 July 2020
ބޭރު ކުންފުނިތަކަށް ދޭ ފައިސާ ރާއްޖެއިން ބޭރުކުރެވޭނީ ޕްރޮޖެކްޓް އެއްކޮށް ނިމުމުން ކަމަށް ކަނޑަޅާ ގާނޫނެއް ހަދަންވީ. ހުރިހާ ފައިސާކޮޅެއް ބޭރުކޮށްލީމަ ދެން ނޯވޭ ކުންފުންޏާ ދޭތެރޭ އެޅޭނެ ފިޔަވަޅެއް. ނޫނީ ސެކިއުރިޓީ ޑިޕޮސިޓެއް ބަހަންޓަންޖެހޭ ގޮތް ހަދަންވީ.
ހަކީމް
08 July 2020
މިޤައުމަކީ ސިޔާސީ މީހުންނާއި ފުލުހުންނާއި ސިފައިން ކުޅެން ގެންގުޅޭ ފުއްގަނޑެއް ... ޤައުމައް ލިބޭ ހުރިހާ ލާރިޔެއް މިގޮތަށް ތަޅާ ބާލަނީ.
ހަސަނު1
08 July 2020
ރައްޔިތުން އަތުން ނޫމަޑިން ކާލި 55 މިލިއަން ޑިލަުގެ އެއްބައި އަނޮން އަތުގައި އޮންނާނެ. މުޅިންވެސް ދައުލަތް ފެލައިގެން އުޅޭމީހުން.