"ރޭޕް އާއި ޖިންސީ ގޯނާ އާ ދެކޮޅަށް" މުޒާހަރާ އަށް ވީއޯސީން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް -- ފޮޓޯ: ވީއޯސީ
07 އޯގަސްޓް 2020 - 12:02
ބޭސް ފިހާރައަކަށް ދިޔަ އަންހެނަކަށް އެ ތަނުގައި ހުރި ފާމަސީ އެސިސްޓެންޓަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލޭގެ ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ޖިންސީ ގޯނާއާ ކުރިމަތިވި ކަމަށް ބުނާ އަންހެެން މީހާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބޭސް ފިހާރައިގައި ހުއްޓައި ފާމަސީ އެސިސްޓެންޓް ވަނީ އެ އަންހެން މީހާގެ ޖިންސީ ގުނަވަނެއްގައި އަތްލައިފަ އެވެ. އެ ގޮތަށް ކަންތައް ކުރީ އިންޑިއާ މީހެއް ކަމަށް ވެސް އޭނާއާ ހަވާލާދީ ބުނެފައިވެ އެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ފަދަ މައްސަަލަތައް ރިޕޯޓްކުރަން ބާރު އަޅައި ޖެންޑާ މިނިސްޓްރީން ވަނީ ދާދިފަހުން ކެމްޕޭނެއް ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
07 August 2020
އިންޑިއާމީހުންގެމައްޗަށް ތަހުގީގު ހިންގި ކުށެއްސާބިތުވެ އަދަބުދެވޭހިސާބަކުނޫން ރާއްޖޭގެ މިނިވަންކަން އޮތީ. އެބައެއްގެ ފެންވަރުގެ ކަންކަމާ އުޅުން މީގަ ބުއްދިވެރީ.
ކިނާނާތުރަ
07 August 2020
ޖެނޑަރ މިނިސްޓަރު މިހާރުން މިހާރަށް އިސްތިއުފާ!!!!
އަލީ
07 August 2020
އަންހެނަކާ ދިމާލަށް ހިނިތުންވެލިޔަސް މިހާރު ވެދާނެ ޖިންސީ ގޯނާ އަށް. ބޮޑު ބިރުވެރިކަމެއްގަ މިހާރު އުޅެން މިޖެހެނި.
ގައި
07 August 2020
އިންޑިޔާ މީހެއްވެއްޖިއްޔާ ތީ މިހާރު އަންޓަޗަރބަލްސް، ކޮބާ ފްލައިޓެއްތެރޭގައި އަންހެނަކަށް ފުރައްސާރަކުރި އިންޑިޔާ މީހާ؟ މުޒާހަރާ ލީޑުކުރި އިންޑިޔާ މީހުން؟ އައްޑޫގައި ހަދާ އިންޑިޔާގެ މިލިޓަރީ ފެސިލިޓީ، ސޮރީ "ޓްރެއިނިންގ" ފެސިލިޓީން ދިވެހި ބަޔަކު ވާރޭ ހިޔާވެލަން މަޑުކޮށްލިހައިރުން ލަކުޑިބުރިތައް ހިފައިގެން ފަހައިގަތް އެ ގައުމުގެ މީހުންގެ މައްސަލަ؟ އިހަށްދުވަހުވެސް ބީޖޭޕީގެ އިސްމީހަކު ފާޅުގައި އެ ގޮވާލީ ދިވެހިރާއްޖެ ހިފަންޖެހެއޭ! މިކަންކަމަށް ބަލާފައި ޑިސްޕެންސަރީ ތިޔަ ފުރައްސާރަވެސް ދިވެހި ފުލުހުންނަށް ތިޔަ ކަމުގެ ތުހުމަތު ކުރެވުނު މީހާޔާ ސުވާލުކޮށްލާކަށް ވެސް ނުކެރޭނެ!
އެއްލޭ ހޫރޭ
07 August 2020
ޖިންސީ ގޯނާގިނަވީކީނޫން. މިކަމަށް މީހުން ހޭލުންތެރިވެ ރިޕޯޓްކުރާވަރު އިތުރުވީ. ސިއްރުސިއްރުން ތުންތުންމަތިން ދެވެވުންދިޔަ ވާހަކަތައް ރަސްމީކޮށް ހުށައެޅެންފެށީ.
ޛިމް2
07 August 2020
ޢިންޑިއާ މީހެއްތަ؟ އިސާހިތަކު އަނބުރާ ފޮނުވަ ލާނެ
ހަސަބު
07 August 2020
މިހާރު މިއީ ޖިންސީ ގޯނާގެ ފޯވައްސެއް ހެން ހީވޭ.