މާލިއްޔަތު ކޮމިޓީގެ މެންބަރު ކޮމިޓީ ބައްދަލުވުމެއްގައި--ފޮޓޯ:ނިޝާން އަލީ/މިހާރު
17 އޯގަސްޓް 2020 - 12:07
ކޮވިޑް-19 އާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި ކޮރަޕްޝަންތަކަކަށް ތުހުމަތުކުރެވޭ އަމަލްތަކެއް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާތީ، އެކަން ބެލުމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ ކަންބޮޑުވުމަކީ ފިޔަވަޅު ނާޅާ ދޫކޮށްލެވޭ ވަރަށް ވުރެން ސީރިއަސް ކޮރަޕްޝަންތަކެއް ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ އޮޑިޓުން ފަޅާއަރާފައި ވުމެވެ. މެމްބަރުން އިއްތިފާގުވެވަޑައިގަތީ ވީހާވެސް އަވަހަކަށް އެ މައްސަލަ ކޮމިޓީން ބަލަން ފުރަތަމަ އޮޑިޓަ ޖެނެރަލް ކޮމިޓީ އަށް ހާޒިރުކޮށް، ރިޕޯޓްތަކުގައިވާ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށެވެ.
ރާއްޖެ އަށް ބޭނުންވާ 149 ވެންޓިލޭޓަރު ގަތުމުގައި ތިން ކުންފުންޏަކާ ހަވާލުކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ފެންމަތިކޮށްފައިވާ އޮޑިޓާ ގުޅޭ ގޮތުން ޒިޔަތު ކޮމިޓީ އަށް ހާޒިރުކުރަން ފާސްކުރީ މާދަމާ މެންދުރުފަހު 2:00 އަށެވެ. އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ހުށަހެޅުއްވުމަށް ވަކި ބައްދަލުވުމެއް ބާއްވާނެ ކަމަށް ކޮމިޓީ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިދު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ހާޒިރުކުރާނީ، ދެ ރިޕޯޓް އޮޑިޓަ ޖެނެރަލް ހުށަހެޅުއްވުމުން ކަމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ފިނޭންސް މިިނިސްޓްރީ ހާޒިރުކުރަން ނިންމީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް، އެއްބަސްވުމުގެ އަގުގެ 90 ޕަސެންޓަށް ވާ ފައިސާ ޕާފޯމަންސް ގެރެންޓީއަކާ ނުލައި ހަވާލުކުރި މައްސަލައިގަ އެވެ.
ނާޝިޒް ވިދާޅުވީ އޮޑިޓަ ޖެނެރަލާއި ކަމާ ގުޅޭ މިނިސްޓްރީތައް ހާޒިރުކޮށްގެން ރިޕޯޓުގައިވާ ކަންކަން ބެލުމަށް ފަހު ފިޔަވަޅު އަޅަން އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވުމާ މެދު އިޖުރާއަތުތަކާ އެއްގޮތަށް ނިންމުމެއް ނިންމާނެ ކަމަށެވެ.
އޮޑިޓު ރިޕޯޓުގައި ވަނީ ވެންޓިލޭޓަރު ގަތުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ތިން ކުންފުންޏަކާ ހަވާލުކުރި މައްސަލަ ތަހުގީގު ކުރަން ލަފާދީފަ އެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް 145 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏެއްގެ އިތުރުން މެޑްޓެކާއި ނާޑު ކުންފުންޏާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަން އެކުލެވިގެންވާ ގޮތަށް ކަން އޮޑިޓުން އޮތީ ހާމަވެފަ އެވެ. ހަމައެގޮތަށް ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ވެސް ވަނީ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަން ފަޅާއަރާފަ އެވެ.
ވެންޓިލޭޓަރުގެ އިތުރުން އެސްޓީއޯއަށް 32 މިލިއަން ރުފިޔާއަށް ހަވާލުކުރި ބަލިން ރައްކާތެރިވުމުގެ ސާމާނަށް ވީ ގޮތް ވެސް ނޭނގޭ ކަމަށް، ރިޕޯޓްގައި ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
17 August 2020
އިންސާފަކަށް ވާނީ ހުރިހާ މިނިސްޓްރީ ތަކެއްގެވެސް ރިޕޯޓް ރައްޔިތުންނަށް ހާމަކުރުން.
ސިކުނޑި
17 August 2020
ގާނޫނީ ހުކޫމަތު ދަމަހައްޓަވާ މަޖިލީހަކީ ތަހުގީގީ އިދާރާއެއްނޫން އެ ގުނަންތައް މިދިވެހި ދައުލަތުގަ އެބަހުރި ކޮންމެ ބަޔަކަށްވެސް އެބައެއްގެ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ދެއްވަންވާނެ! މަޖިލީހުން ތިކަން ބަލާނެ ކަމެއްނެތް! އެހެނެއްނޫން ވަޒީރުގެ މައްސަލަބެލިދާނެ އަދި އެ އޮންނަ އުސޫލުން އިތުބާރު ނެތްކަމުގެ ވޯޓުވެސް ނެގިދާނެ!
ހެޔޮވެރިކަން
17 August 2020
ރަ އްޔިތުމީހާ އަށް ހެޔޮވެރިކަން ކޮށްދޭން އައ އި ޕާޓީގެ ވެރިކަމުގަ ނޯންނާނެ އެ އްވެސް ކޮރަޕްޝަނެ އް. ހުސް ދޮގު.
އެންދެރި
17 August 2020
މީހަކު ހައްޔަރު ނުކުރެވި އަދަބު ނުދެވި 5 އަހަރު ވަންދެން މައްސަލަ ބެލުމުގަ އެވެ. މިއީ އޮޅުވާ ލުމެކެވެ.
ބަސް
17 August 2020
މިއީ ރައްޔިތުންގެ މަޖިލީހެއް ނޫން. ރަންނަމާރި މަޖިލިސް.
ގޯސް
17 August 2020
ބަލަ އެއޮތީ ބަލާފަ ދެން ކަލޭމެން އިތުރަށް ބަލަންއޮތީ ކޯޗެއް. ނުބެހޭކަންތަކާ ނުބެހިބަލަ
އަންކަލް
17 August 2020
ކޮބާތޯ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޮޑިޓް ކޮބާތޯ މިނިސްޓްރީ އޮފް ޕްލޭނިންގެ އޮޑިޓް ރިޕޯޓް. ކޮބާތޯ ޑިފެންސްގެ އޮޑިޓް ރިޕޯޓް. ވަކި ޕާޓީއަކަށް ނިސްބަތްވާ އޮޑިޓް ނެރެނީ ވަކި ކަމެއް ވަކި ބަޔެއް ފޮރުވަންތޯ!
ހުސްކޮމިޓީ
17 August 2020
ތިކޮމިޓީ ތަކުގެ ކޮރަޕްޝަން ބަލާނީ ކޮންދުވަހަކުންތޯ؟ މިކަހަލަ މައްސަލަތައް ބަލަން އެތަކެއް މުވައްސަސާއެއް އެބަވޭ. މަޖްލީހުގެ ކޮމިޓީތަކުގައި ވަނީ ނުކިޔަވާ މަގުމަތީގައި އަޑުގަދަކޮށްގެން ހޮވިފައިވާ މޮޔައިންތަކެއް. ކުށްވެރިވަނީ ހިތަށް އެރީމާ. ނުރުހުނީމާ. ބޭނުން ކެނޑުނީމާވެސް އެކުށްވެރިވީ. އެހެންނޫންނަމަ ކޮމިޓީތަކުގެ މައްސަލަތައް ދިގުދައްމަވާ ރައްޔިތުންގެ ލާރި ނުހައްގުން ޖީބަށް މިލަނީ.
ޢިބޫ
17 August 2020
ތި ފިޔަވަޅު އަޅަން ވަރައްދުވަސް ނަގާނެ އެއީ ރައީސް އޮފީސް ވަރައް ސްލޯވާނެ.
ޑރފަލަޑޭ
17 August 2020
ކޮރަޕްޝަންތައް ބަލަން އެއޮތީނުންތަ އޮޑިޓާ ޖެނެރަލް. އޭނާ ރިޕޯޓް ހަދާފަ ފިޔަވަޅު އަޅަން އަންގާގޮތަކަށް ފިޔަވަޅު އެޅީމަ ކޮރަޕްޝަން މައްސަލަ ބެލޭނެ. މަޖިލީހުގަ ތިބެގެން ކޮން ރޯނު އެދުރެއްވާ ބައެއްތަމީ؟