ޕީޕީއެމް އޮފީސް ކައިރީގައި ހުންނަވައި، އަބްދުއްރަހީމް އަބްދުﷲ މިއަދު ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
28 އޯގަސްޓް 2020 - 22:31
މުޒާހަރާ ނުކުރަން އިންޒާރު ދިނަސް ގައުމުގެ ހައްގުގައި ތެދުވެ ކުރަން ޖެހުނު ކަމެއް ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހުންނެވި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
"ރާއްޖެ ވިއްކާލުމާ" ދެކޮޅަށް އިދިކޮޅުން މާލެ އާއި ރަށްރަށުގައި ކުރި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވި އިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ އިރުޝާދުތަކަށް އަޅައެއް ނުލަ އެވެ. މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ބައިވެރިވީ މާސްކު ނާޅަ އެވެ. މި މައްސަލަ ބެލުމަށް ފަހު އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަބްދުއްރަހީމް ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ އެ މީހުންނަށް އިންޒާރު ދިނަސް ގައުމާއި ދީނުގެ ދިފާއުގައި ނުކުންނާނެ ކަމަށެވެ.
"ކިތަންމެ އިންޒާރެއް ދިނަސް ދިވެހިން ދިވެހި ގައުމުގެ ހައްގުގައި ތެދުވާނެ. ދީން ދިފާއު ކުރާނެ. މިނިވަންކަން ދަމަހައްޓާނެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރުން ކުރަމުން އަންނަ ކަންތައްތައް ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭ މިންވަރު އަލުން އިތުރުވާން ފެށުމުން އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލުން ހަރުކަށިކޮށްފަ އެވެ. ފުލުހުން އަންނަނީ މާސްކު ނާޅާއި އަދި ދުއްވުން މަނާ ވަގުތުތަކުގައި ވެހިކަލްތަކުގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންނެވެ. ކޮވިޑް ފެތުރޭވަރު އިތުރުވަމުންދާ ނަމަ އަނެއްކާ ވެސް މާލެ ސަރަހައްދު ލޮކްޑައުންކުރަން ޖެހިދާނެ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފަ އެވެ.
މިހާތަނަށް 7،469 މީހުން ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 28 މީހަކު މަރުވެ 4،873 މީހަކު ރަނގަޅުވެފައި ވުމުން މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން ދަނީ 2،568 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސުރަށްހެލާދުންދަމާމަނިކުބެ
29 August 2020
ހާދަގަދަމީހެކޭ. އިންޒާރަކަށްވެސް ނުގުޑާ! މިދިޔަސަރުކާރުގެ ކަރަފުސަން ޑީޓެއިލްކޮށް ބަލާނެވާހަކަ ބުނެލަބަލަ ވާގޮތެއްބަލަން. ހޯދާފެނޭތޯވެސް
ސިކުނޑި
29 August 2020
ހިފަހައްޓާ ބަހައްޓާފަ އަނގޮޓި އަތުލަންވީ! އޭރުން މައިތިރި ވެދާނެ!!
ޕީއެސްއެމްގެ ސިޔާސީރައިވަރު
29 August 2020
ފޮޓޮއިން ފެންނަނީ އަދުރޭ ފިޔަވައި އެހެން އިންސާނުން މާސްކު އަޅާފައިވާތަން
މައިނާ
29 August 2020
ވެރިމީހާގެ ގަޓުހުރިއްޔަކާ އިންޒާރުދިނުމައްފަހަކު ޤާނޫނާ ޚިލާފަކައް ނުނިކުމެވޭނެ ނުކުތީމަ ވެރިމީހާ ކީރިތި ފުޅުކުރައްވަންޏާ ނުކުންނާނެ!!
ގެދޮރު ނެތް މާލޭމީހާ
29 August 2020
ޤައުމާއި ރައްޔިތުންދެކެ ލޯބިވާމީހަކު މިވަގުތު މުޒާހަރާ ކުރާކަށް މީހުން އެއްކުރާނެކަމަކަށް ޤަބޫލެއް ނުކުރެވޭ. އެހެންނޫނަސް ތި އަދުރޭ އަކީ ދިވެހިރައްޔިތުންދެކެ, އަދި ދިވެހިޤައުމުދެކެ ލޯބިވާ މީހެއް ކަމުގައި އިންސާފަށް ލޯބި ކުރާމީހަކު ނުބުނާނެ. މި ބުނަނީ މި ސަރުކާރުން ކުރާ ހުރިހާ ކަމެއް ކުރަނީ ރަނގަޅަކަށޭ ނޫން.
ވަހީދު
29 August 2020
ބައްޔާއި އެއްވަރަށް ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމީ ނުރައްކަލެއް. ސަރުކާރުން މީގައި ޕޮޒެޓިވްކޮށް ވިސްނަންވީ. އަވައްޓެރި ގައުމެއްގެ ސިފައިން އެއަރޕޯޓެއް އޮންނަ ހަނިމާދޫން 30 ގެ ކުއްޔަށް ހިފައިގެން ރާއްޖެ ފަލަސްތީނަށް ވީ ގޮތަށް ވެދާނެ.
އާންސީ
29 August 2020
ޕޮލިހުން ގޯހީ މަށަށް މިކަމުގަ.
ބީރައް
29 August 2020
ހާދަ ގަދަބަސް ބުނެފަ، އަދުރޭ ހައްޔަރު ކުރޭ
ވައިސޫރި
29 August 2020
މިހާރު ތިޖަހަނީ މަރުފަލިކަމައްވެސްވެދާނެ
އަޙް މަދު.
29 August 2020
މިހާރުވެސް ހާދަ ސިޔާސީއޭ ދޯ؟ ގިނަބަޔަކު ތިބީ މާސްކު ނާޅައެއްނޫން! ގިނަބަޔަކު ތިބީ މާސްކު އަޅައިގެން، އެކަ މަކު އެއްވެސް ގައިދުރުކަ މެއްނެތް!!!!!
ޞޒބސގ
29 August 2020
ގައުމުގެ ހައްގުގެ ނަމުގަ އުޅުނަސް މިކަލޭގެ މިއުޅެނީ ޖީބުން ގެއްލުނު އެތިކޮޅު ހޯދޭތޯ އެކަމުގެ ހައްގުގަކަން ނޭނގޭނީ ޕީޕީ ގަމާރުންތަކަށްއެކަނި. އަދުރޭމެންގެ ވެރިކަމުގަ ހޭވިހަޑި އަދި ހަނދާންނެތޭވަރެއްނުވޭ. ފުރަތަމަ ރެހެންދިފުލެޓުން މުސާރައާނުބައްދަލު ދެފްލެޓްގަތްގޮތް ރައްޔިތުންގެ ހައްގުގަބުނެލަދީބަލަ