ކެފޭ "ތިއޯލޯ" އާއި އެސްބީއައި ހިންގާ އިމާރާތުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު
30 އޯގަސްޓް 2020 - 11:38
މާލޭގައި މިދިޔަ ހުކުރުދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ، އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ ގުޅުވައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދުމަށާއި ބަދުނާމްކުރަން ރާއްޖެ ޓީވީން ޚަބަރު ފަތުރާފައިވާ ކަމަށް ބުނެ މައްސަލަ ބަލައިދޭން ބްރޯޑްކާސްޓިން ކޮމިޝަންގައި އެދިއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި ވަނީ މާލޭގެ ކެފޭއެއްގައި ރޯވެ، ޖެހިގެން ހުރި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހިންގާ އިމާރާތުގައި ވެސް ރޯވުމުގެ ތުހުމަތު، އެ ކޯލިޝަނުގައި އަޅުވަން މަސައްކަތްކޮށްފައި ކަމަށެވެ. ކެފޭ "ތިއޯލޯ"ގައި ރޯވުމާ އެކު ރާއްޖެ ޓީވީން ކުރި ޓުވީޓެއްގައި ވަނީ "ޕީޕީއެމް/ޕީއެންސީން މުޒާހަރާ ކުރިތާ ގިނައިރުތަކެއް ނުވެ އެސްބީއައި އާއި ޖެހިގެން ހުރި އިމާރާތުގައި ރޯވުން!" ކަމަށް ލިއެ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.
އެ ޓުވީޓުގެ ސްކްރީން ޝޮޓެއް ވެސް ވަނީ ބްރޯޑްކޮމް އަށް ހުށަހަޅައިފަ އެވެ.
ރާއްޖެ ވިއްކާލުމާއި ދެކޮޅަށް މާލޭގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތައް ހިފައިގެން މުޒާހަރާކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
ޕީޕީއެމާއި ޕީއެންސީން ބުނީ އެގޮތަށް ރާއްޖެ ޓީވީން ޓުވީޓްކުރީ އަލިފާނުގެ ހާދިސާ އެ ކޯލިޝަނާ ގުޅުވަން ކަމަށެވެ.
"މި އަމަލަކީ ޒިންމާދާރު ނޫސްވެރިކަން ކުރުން ކަމަކަށް މި ކޯލިޝަނަކުން ނުދެކެމެވެ،" ބްރޯޑްކޮމް އަށް ހުށަހެޅި ސިޓީގައިވެ އެވެ.
އަލިފާނުގެ އެ ފަދަ ހާދިސާ ހިނގުމާ އެކު މުހިއްމީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުން ކަން ވެސް ހުށަހެޅި މައްސަލައިގައި ޕީޕީއެމުން ބުނެފައިވެ އެވެ. އެކަމަކު، ރާއްޖެ ޓީވީގެ މަގްސަދަކީ ގަސްތުގައި އިދިކޮޅު ކޯލިޝަން ބަދުނާމުކުރުން ކަމަށާއި އެ ސްޓޭޝަނުން ހިންގާ އެފަދަ އަމަލުތަކާ މެދު ފިޔަވަޅު އަޅައިދޭން ވެސް އެދިފައިވެ އެވެ. މައްސަލަ ބަލަމުންދާ ގޮތުގެ ތަފްސީލް ވެސް ހިއްސާކޮށްދޭން ސިޓީގައި އަބްދުއްރަހީމް އެދިވަޑައިގެންފައިވެ އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި އުރީދޫ މޯލްޑިވްސް ހިންގާ "ގަދަގޭ މުހައްމަދުފުޅު ބިލްޑިންގު"ގައި ރޯވީ ކެފޭ "ތިއޯލޯ"ގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ގިނައިރުތަކެއް ވުމުންނެވެ. ކެފޭގައި އަނދަމުން ދިޔަ އަލިފާންގަނޑު، 10 ބުރީގެ އިމާރާތުގައި ރޯވީ އެތަނުގެ ބޭރުގައި ޖަހާފައި ހުރި ކްލެޑިންގެ ސަބަބުން ކަމަށް، ބައެއް މީހުން ލަފާކުރެ އެވެ.
ކެފޭގެ ވެރިޔާ ތުހުމަތު ކުރާ ގޮތުގައި ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ އެވެ. އެކަމަކު އެކަން ހިނގައިދިޔަ ގޮތެއް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އަލިފާނުގެ މި ހާދިސާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނު ހުންނަ މީހާ
30 August 2020
ރާްޖެޓީވީގަ ރޯކުރީ މިހާރު އަނެތްތަނެތްގަ ހުޅުޖެހީ. މަށްފެނޭ ޕިންކުކުލައިން މަޑުއޮރެންޖެކުލައަކަށް ޕާޓީގެ ކުލަވެސް ބަދަލުކުރަން.
ޚަބަރު
30 August 2020
އަދުރޭޭތީދިވެހިންގެ ހަލާކު
ހާންބެ
30 August 2020
ރާއްޖެޓީވީ އަކީ ވަރަށްގާބިލު ކުދިން ކޮޅެއް އުޅޭ ޓީވީސުޓޭސަނެއް. އަދުރޭ ވެސް ދޭތެރެއަކުން ރާއްޖެޓީވީ ވާހަކަ ދަށްކަނި އެހެންވެ.
އަސްލު
30 August 2020
8 ފެބްރުއަރީގައި ހުޅުޖެހީ ކޮންބައެއްކަން ކޮންމެވެސް މީހަކު ސާފުކޮށްލަ ދެއްވުން އެދެން.
ޓަކިބެ
31 August 2020
ތިއުޅެނީ ފިޔާތޮށި ބައިގަނޑޭ މީހަކުލައްވާ ބުނުވަންތަ؟
ސަޅި
30 August 2020
އިދިކޮޅު ކުދިންކޮޅު ތެޅިފޮޅެނީ އަނެއްކާ ކާކުބާ ހުޅުޖެހީ މިޔަދުވެސް ފިހާރައެއްގަ ރޯވެއްޖެ ވެރިކަން ހޯދަން ބޭނުމުއްޔާ އިންތިހާބައް މަޑުކުރޭ އެކަމަކު ރައްޔިތުންގެ ބައިތުލްމާލު ދަވާލިބަޔަކައް ހިއެއްނުވޭ ވެރިކަން ލިބޭނެހެން
މާސަޅީ
30 August 2020
މިހާރު ދަވާލާ ގޮތް މާ ސަޅިއޭ. އެމީހުންނަށް ވެރިކަން ދީގެން ތިބީމަ ރަގަޅުވާނެ. ކޮވިޑް ކޮންޓްރޯލް ކުރާނެ ގޮތް ނޭނގި މުޅި ރާއްޖެއަށް ފެތުރޭއިރުވެސް އެހެން މީހުން ބޮލުގަ ބަދުނާމު އެޅުވޭތޯ ބަލާ.
އަލް އުސްތާޒު
30 August 2020
މީ ދެން ކޮންކަމެއް ބައެއްގެ ބޮލުގައި އަޅުވަން. 8 ފެބުރުއަރީ މަތިން އަދި ހަނދާނެއް ނުނެތޭ!!
ހާމިދު ޝާހިދު
30 August 2020
ރާއްޖެ ޓީވީ އަކީ އަބަދުވެސް ފިތުނަވެރި ތަނެއް. އެހެނީ ހެއްކެތް ގަރީނާއެއް ނެތި މީސްމީހުންގެ އަބުރު ކަތިލުމާއި ދޮގު އިލްޒާމު އުޅުވުމުގައި އެންމެ އަރާ އޮތް ޗެނަލަކީ އެއީ. އެކަމަކު ކީއްކުރާނީ، މަރިޔަމް ވަހީދާއަކަށް ކެރިވަޑައެއް ނުގަންނަވާނެ، މިނިވަން އިންކުއާރީއެއް ހިންގާ މައްސަލަ ބަލާކަށް. ފެއިލްވެފައިވާ ދެތަނެއްވޭ. އެއީ، ބްރޯޑް ކޮމްއާއި، މީޑިއާ ކައުންސިލް.
ރަމަ
30 August 2020
އެބަކިޔާތަ މަށޭ؟
މޯޑް
30 August 2020
ރާއްޖެޓީވީ ރާއްޖޭގެ ނަންބަރ ވަން ޓީވީ ޗެނަލު. ހަބަރާއި މައުލޫމާތު ފެތުރުމުގަ 24 ގަޑީއިރު. ސުކުރިއްޔާ ރާއްޖެޓީވީގެ ހީވާގި މުށްޒަފުންނަށާއި މެނޭޖްމަންޓަށް.
ޙަބީބު
30 August 2020
މިފަހަރު އެނގިދާނެ ތިޔަބުރޮޑުކޮ މް މިނިވަންވެފަ އޮތްވަރެއް