މަޖިލީހުގެ ޖަލްސާއެއްގައި ސައުދު ވާހަކަ ދައްކަވަނީ: ވިލިނގިލީ ރައްޔިތުން ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ބުނެ އޭނާ ވަނީ އެކަން ކުށްވެރި ކުރައްވާފައި.--ފޮޓޯ: މަޖިލިސް
01 ސެޕްޓެމްބަރ 2020 - 11:56
ގއ. ވިލިނގިލީގައި ހަދާފައިވާ ކޮވިޑް ފެސިލިޓީ އަށް ގދ. ތިނަދޫން އިއްޔެ ގެންދިޔަ ބަލި މީހަކަށް ފަރުވާދޭން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ވިލިނގިލީ ރައްޔިތުން ބަދުނާމު ކުރަނީ ހަގީގަތާ ޚިލާފަށް ކަމަށާއި މައްސަލަ ދިމާވީ ފަރުވާ އަށް ރަނގަޅަށް ތައްޔާރު ނުވެ ތިބުމުން ކަމަށް އެ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ތިނަދޫން ޕޮޒިޓިވްވި 68 އަހަރުގެ ފިރިހެން މީހާ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރީ ހައި ރިސްކް މީހަކަށް ވާތީ އެވެ. ގއ. އަތޮޅާއި ގދ. އަތޮޅަށް ޚާއްސަކުރި 23 އެނދުގެ ފެސިލިޓީގައި އޭނާ އަށް ފަރުވާދޭން އެ ރަށުގެ ބަޔަކު ދެކޮޅު ހެދުމުން ސަރުކާރަށް ޖެހުނީ އެއާޓެކްސީއެއް ފޮނުވައިގެން އޭނާ މާލެ ގެންނާށެވެ. އޭނާ އަށް މިހާރު ފަރުވާދެނީ ހުޅުމާލެ ފެސިލިޓީގަ އެވެ.
މާލެ އާއި ހުވަދު އަތޮޅާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކަށް އުޅޭ އޭނާއާ ގާތުން ބައްދަލުވި 40 އަށް ވުރެން މީހުން ކަރަންޓީންކޮށްފައިވާ އިރު އިއްޔެ ވަނީ އެ ރަށުން ބިދޭސީއަކު ވެސް ޕޮޒިޓިވްވެފަ އެވެ.
ފަރުވާ އަށް ގެންދިޔަ މީހަކު ވިލިނގިއްޔަށް ނާރުވައި ފަޅު ތެރޭގައި އޮތް ލޯންޗުގައި ހަތަރުގަޑިއެއްހާ އިރު ބޭންދުމަކީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމުގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.
ވިލިނގިއްޔަށް އަމާޒުވެފައިވާ މި ފާޑުކިއުންތައް ދިފާއުކުރައްވައި މެމްބަރު ސައުދު ވިދާޅުވީ އެ ރަށު ރައްޔިތުންނަކީ އެއްވެސް ރަށެއްގެ ރައްޔިތަކާ މެދު ތަފާތުކުރާނެ ބައެއް ނޫން ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މުޅި ރަށް ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކީ ކަން ހިނގި ގޮތް ނުބަލައި ކަމުގެ ތުހުމަތު ސައުދު ކުރެއްވި އެވެ.
Villingili rayyithun evves rashehge rayyaithakaai medhu thafātheh nukurāne! Abadhuves kiyaany, maruhabā, Kan dhimaavi goi ragalhah saafu kurumah Media thakai Dr.Nazla ah govālan HPA aai Ga.atholhu hospital Manager & Ga.Atoll council ge raess ge ihumaalah fiyavalhu alhan jehey. https://t.co/L0SULqEy5e
— Saud Hussain MP (@SaudVillingili) September 1, 2020
ސައުދުގެ ޓުވީޓް.
އޭނާ ވިދާޅުވީ ތިން ބުރީގެ ވިލިނގިލީ ހޮސްޕިޓަލްގެ އެއް ފްލޯ، ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެން ކޮވިޑް ފެސިލިޓީއަށް ހަދާފައި ވިޔަސް އެތަނުގައި ފަރުވާ ދެވޭނެ އެކަށީގެންވާ އިންތިޒާމްތަކަކާއި ވަސީލްތަތަކެއް ވެސް ނެތެވެ. މާބަނޑު މީހުންނާއި އެހެން ބަލިތަކުގެ މީހުން ވެސް އެ އިމާރާތުގައި ފަރުވާ ހޯދަން ޖެހިފައި ވުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.
"ބޮޑު ހޭދައެއްކޮށްގެން އިމާރާތުގެ އެތެރެ ރީތިކޮށް، އެނދުތަކެއް އަތުރާފައިވިޔަސް އެކަށީގެންވާ ވަސީލަތްތަކެއް ނެތް. ފަރުވާ ދޭން ހުރީ 65 އަހަރުން މަތީގެ އެންމެ ފިޒިޝަނެއް. ފުއްމާޕޭގެ ޑޮކްޓަރެއް ނެތް، ކޮވިޑް ޓެސްޓެއް ނުކުރެވޭ. ކްރިޓިކަލް ކެއާއަށް ތައްޔާރުކުރީއޭ ބުންޏަސް އެ ފަރުވާއެއް ނުދެވޭ،" ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވި ގޮތުގައި ތިނަދޫން ބަލި މީހާ ފޮނުވާލީ އެ ރަށުގައި މާ ރަނގަޅަށް ފަރުވާ ދެވެން އޮއްވަ އެވެ. ކޮވިޑް ޓެސްޓް ކުރެވޭނެ ގޮތާއި ހާލު ގޯސްވެއްޖެ ނަމަ ފަރުވާ ދެވޭނެ ގޮތް ވެސް ތިނަދޫގައި ހަމަޖައްސާފައިވާ ކަަމަށް ވިދާޅުވި އެވެ.
"ދިމާވި މައްސަލައަކީ ބަލި މީހާ، އެހީތެރިއަކާ ނުލައި ފެސިލިޓީއަށް ދާން ދެކޮޅު ހެދީ. އެޗްޕީއޭ އިން ހުއްދަ ދީފައި އޮތީ ބަލި މީހާ އެކަނި އެތަނަށް ދާން. އޭނާ ބަލައި އެމްބިއުލާންސް ދިއުން ވެސް ލަސްވީ. މުއައްސަސާތަކުގެ ކޯޑިނޭޝަނެއް ނެތް، އެންމެ ފަހުން އެތައް ގަޑިއިރަކު އެތަނުގައި އޭނަ އިންނަން ވެސް ޖެހުނު،" ސައުދު ވިދާޅުވި އެވެ.
ބަލިމީހާ ނާރުވަން ބަނދަރުމަތީގައި މުޒާހަރާކުރި މީހުންނަށް ވުރެން ސައުދަށް ގޯސްވީ އަތޮޅު ހޮސްޕިޓަލާއި އަތޮޅު ކައުންސިލެވެ. ނުރުހުންފާޅުކުރި 10 މީހަކަށް ބަލި މީހަކު ރަށަށް ނާރުވައި ހިފެހެއްޓިދާނެތޯ ސައުދު ސުވާލު އުފެއްދެވި އެވެ.
ސައުދު ވިދާޅުވީ ކޮވިޑް ފެސިލިޓީ ވިލިނގިލީގައި ހަދައި ބަލި މީހުން ގެންނަ ނަމަ، އެކަށީގެންވާ ފަރުވާ ދެވޭނެ އިންތިޒާމް ވެސް އެތަނުގައި ހަމަޖައްސަން ޖެހޭ ކަމަށެވެ އަދި ގިނަ އަދަދެއްގެ ބަލި މީހުން ފެސިލިޓީ އަށް ގެންދާ ހިސާބުން އެ ތަނުގެ އަނެއް ދެ ފްލޯގައި ފަރުވާ ދިނުމާއި ރަށް ލޮކްޑައުންކުރާނެތޯ އާއި އެ ނޫން ވެސް ރައްޔިތުންނަށް އެނގެން ޖެހޭ ގިނަ ކަންކަން އޮޅުންފިލުވައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ވިލިނގިލީގެ ކޮވިޑް ފެސިލިޓީގައި ވަސީލަތްތައް ނެތް ކަަމަށް ސައުދު ވިދާޅުވި ނަމަވެސް ގއ. ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވީ ފަރުވާ އަށް އެތަން ހުރީ ފުރިހަމަ އަށް ތައްޔާރުކޮށްފައި ކަމަށެވެ. ރިސްކު ބޮޑު ބަލި މީހުންނަށް ވެސް ފަރުވާދެވޭނެ ވަސީލަތްތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ، ރިސްކު ބޮޑު ބަލި މީހުންނަށް ފަރުވާދޭ ފެސިލިޓީކަން އެންމެންނަށް އެނގޭނެ. އެކަން ހުއްޓުވީ ސިޔާސީ ގޮތުން ވަކި ބަޔަކު،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިހުސާާސް
02 September 2020
ފަރުވާ އަށް ގެންދިޔަ މީހަކު ވިލިނގިއްޔަށް ނާރުވައި ފަޅު ތެރޭގައި އޮތް ލޯންޗުގައި ހަތަރުގަޑިއެއްހާ އިރު ބޭންދިއިރު ކައުންސިލް އޮތީ ނިދާފަބާ؟ ވި ހުރިހާކަމެއް ޕީޕީއެމް ގެ ބޮލަށް ކަނޑާލާފަ ކައުންސިލުން މިކަމުން މިކަމުން ސަލާމަތްވީ ކިހިނެތް؟
ޢަފްލާ
02 September 2020
ސުވާލަކީ ވެރކަމުގެ ހުރިހަ ބާރެއް އަތުގަ އޮއްވާ މުޒާހަރާއަށް ނުކުތް 6އެްްއްކަ މީހުނަށް ބިރުން ބަލިމީހަ ރަށަށް ނޭރުވުން އެއީ ސަރުކާރުގެ ނާގާބިލު ކަމޭ އެކަމުންވެސް އެނހެނީ މުޒާހަރާ ކުރީ އެމްޑީޕީ މޭހުން ކަން ވ ރަނގަޅަށް އިނގޭ
ދޮންވެލި
02 September 2020
ވޯޓަށް ބިރުން ރައްޔިތުން ދިފާޢުކުރީ....ސާބަހޭ ސައުދޫ...ތީނަ ގެނަދަންވީ ޑަބްލިޔޫ. ޢެޗް. ޢޯ އަށް
ޙަސަންދީ
01 September 2020
ސައުދައް އިގޭ ބަލިމީހާގެ ހާލުވެސް އޭނަޔައް ވާގޮތްވެސް އަދި އެބަލި މީހާ އޮތް ކަންޑިޝަންވެސް އެހެންވީމާ ސައުދަކީ ޑޮކްޓަރެއް!
ފަހުދު
01 September 2020
ވޯޓައް ބިރުން ހައްގުބަސް ބުނަން ނުކެރޭ ދެފުއްކެހެރި
ރަންރީދޫ ޓުވިޓަރޭ
01 September 2020
ގަބީލާ ވިސްނުން ދޫކުރަން ވެއްޖެ.....އުޅެމުން މިދަނީ 21 ވަނަ ގަރުނުގަ.
ރަދީފްއޮފިޝިއަލް
01 September 2020
ވިލިނގިއްލާ ރައްޔަތުންނަޓަވުރެ ގޮތަކެ ނެތެ ބައެކޭ މަނުދެކެން.ތެއިހޭ މީހުން ރަޓަ ބަދުނާމެ ވެއްނޭ ކިއާނެ ބޭނުމެއް މިކޯނެއް.ވަގުތާ ފާއިތުވެގެ.ދެން ފަހަރަކޫން ރަނގަޅަ މެހެމާންދާރީ ދޭތި.ވ.ވެދުން
ސައުދު ބަލި
01 September 2020
ވޯޓުނުލިބިދާނެތީ ދައްކާހާ ވާހަކަ، ސައުދު އަހަރެމެންނަށް ވިލިގިލީގެ މީހުން ގޮތް ކިޔާދޭން އުޅޭނެ ކަމެއް ނެތް. މުޅި ހުވަދު އަތޮޅުގަވެސް ނޯންނާނެ ވިލިގިލިހާ ތަފާތު ބަޔެއް އުޅޭ ރަށެއް. އަހަރެން ދެރަވޭ ތިޔަ ފެސިލިޓީ ވިލިގިލީގަ ގާއިމު ކުރީތީ. ސައުދުއާއި ގާތް ގުޅުން އޮންނަ މީހުން މިކަމުގަ އިސްވެ ތިބުމަކީވެސް ވަރަށް ބޮޑު މައްސަލައެއް.
ރަދީފްއޮފިޝިއަލް
01 September 2020
ކަރަންޓު ދަންތުރައެއްގައި ޖެހިގެން ސިމާދު މަރުވީ ވެސް ގއ.ވިލިނގިލީގަ ދޯ!! ފުރާޅުން ޓިނު ނަގައިގެން ބީއެމްއެލް ބްރާންޗުން ފައިސާވެސް ބަޔަކު ނެގީ މިރަށުގަ ދޯ!! (އަރުޝީފުން ފެންނަން ހުރި ބައެއް އިން ފޯ މި ބުނެލީ) ހެހެހެހެ
ބާލައާދަނު
01 September 2020
ބަލަ ސައުދޫ. ތިޔަކީ ވިލިނގިލި ރައްޔިތުން ބޭނުންވާ މިންގަޑަކަށް ހަދާތަނެއްނޫން. އެޗްޕީއޭގެ މިންގަޑަކަށް ހަދާ ތަނެއް އެމީހުންނަށް ކަމުދާ ވަރަށް ތަން ތައްޔާރުވީމަ އެތަނަށް މީހުން އެގެންދަނީ. ކަލެޔަކަށް އަދި ވިލިނގިލި ރައްޔިތުންނަށް ވެސް ނޭނގޭނެ އެތަން ހުންނަންވީ ފެންވަރެއް. އަހަރެން އަޅާ ގެޔެއް އަޅާނީ އަހަރެން ބޭނުންވާ ފެންވަރަކަށް. ސައުދު ބޭނުންވާ ފެންވަރަކަށް ނޫން.
Ilyas Ali
01 September 2020
މައްސަލަ އަކަށް މިވީ ބަލި، މީހުން ތައްޔާރު ނުވަނީސް ބަލި ފެތުރެން ފެށީމަ އެރަށައް ނޭރުނީ!