އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާ ސަލާމް ކުރައްވަނީ.-- ނިޝާން އަލީ /މިހާރު
02 ސެޕްޓެމްބަރ 2020 - 20:17
ދިވެހިންގެ ތަނަވަސްކަން ހޯދޭނީ ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ވިސްނުންތެރިކަމާ އެކު ގެންގުޅެގެން ކަމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ހެލިކޮޕްޓަރު ދުއްވުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި އަޑުތައް ގަދަވެފައިވަނިކޮށް، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި މި ވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީ ވެސް އެ ގުޅުން ވިސްނުންތެރިކަމާ އެކު ގެންގުޅެގެން ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރުން އެކަން ކުރައްވާނެ ކަމަށް ޝައްކުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
Dhivehi-India gulhumakee zamaanvee gulhumeh. Raajjeyge minivankan dhemehettifai mivanee adhi Dhivehinge thanavaskan hoadheyneeves e gulhun visnuntheri kamaieku gengulhegen. Raees @ibusolih aai MDP vazeerun ekan kuravvanekamee alhugandu hithugai shakku hinga kamehnoon 🇲🇻 🇮🇳
— Mohamed Nasheed (@MohamedNasheed) September 2, 2020
އެކި ނަން ނަމުގައި ދަރަނީގެ ލޯނުތައް ނަގައި އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައި އެ ގައުމަށް ރާއްޖެ ވިއްކާލަން އުޅޭކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ އަޑު އުފުލަން ފަށައިފަ އެވެ. އެކަމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ވެސް ކުރި އެވެ.
ނަޝީދު ރޭ ކުރެއްވި ޓްވީޓުގައި ވަނީ، އިންޑިއާއާ އެންމެ ވާދަވެރި ޗައިނާ އިން ނަގާފައިވާ ލޯނުތަކާ ގުޅޭގޮތުން ވެސް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާއާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި ޑީލްގެ ސަބަބުން ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ޖެހިފައިވާ ކަމަށެވެ. ރައްޔިތުންނަށް އެކަމުގެ ތެދު މައުލޫމާތު ހާމަކުރެވިފައިނުވާތީ ގައުމު ވިއްކާލިކަމުގެ ދޮގު ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އަހެރެންނަކީ ފަޚުރުވެރި ދިވެއްސެއް! މަ ދިވެހި_އިންޑިޔާ ރަހްމަތްތެރިކަމަށް ލޯބިކުރަން
— Hassan Latheef🎈 (@HassanLatheef) September 2, 2020
हम मालदीव के हैं और हम चाहते हैं कि भारत - मालदीव दोस्ती चलती रहे/ अमर रहे।
I am a proud Maldivian and love ❤️ #MaldivesIndiaFriendship @narendramodi @HCIMaldives pic.twitter.com/ca3KaVJa3z
އިންޑިއާގެ އެހީގައި ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތައް ވަނީ ނިމިފަ އެވެ. އަދި އެ ގައުމުން ދޭ ކްރެޑިޓް ލައިންގެ ދަށުން މިހާރު ވެސް ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމައިފައިވެ އެވެ.
ސަރުކާރުގެ އެކި މަގާމުގައި ތިއްބެވި ބޭފުޅުންނާއި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެމްބަރުން މިހާރު އަންނަނީ އިންޑިއާ ބޭރުކުރުމާ ދެކޮޅަށް ތެދުވެ، އެ ގައުމުން ރާއްޖެ އަށް ކޮށްދީފައިވާ ބައެއް ކަންތައްތަކާއި ދީފައިވާ އެހީތަކާ ގުޅޭ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުފައްކިރު
04 September 2020
ދަރަނި ދަންތޫރައެކޭ ބުނެ ޗައިނާ އަށް ފާޑުކިޔާ އިރު ޗައިނާ އިން ނަގާފައިވާ ލޯނަކީ ދިގު މުއްދަތުން ކުޑަކުޑަ އިންޓަރެސްޓަކާ އެކު ދޫކުރި ލޯން. އިންޑިޔާ އިން ނަގާލޯންތަކަކީ ކުރު މުއްދަތުން ބޮޑު އިންޓަރެސްޓަކާއެކު ނަގާލޯން. ދެން ދަރަނީގެ ދަންތުރާގަ މިޖައްސަނީ ޔާމީންތޯ؟ މިސަރުކާރުތޯ/ އިންޑިޔާގެ 33 ޕަސެންޓަކީ ކާންބޯން ނުލިބޭ ފަދަ ފަގީރުން.
ހަޑިމިލޭރު
04 September 2020
ރިޒްގް ދެއްވަނީ ﷲ. ތިޔަ ބޭފުޅާއަށާ މޯދީއަށްވެސް އުޖާލާ ކަން އަންނާނީ ﷲއަށް ކިޔމަންވުމުން. ކެނެރީގޭ ނަޝީދު ފަތުރާ ދަންތުރައިން ދިވެހި ރާއްޖެ ސަލާމަތް ކުރައްވާނދޭވ. އާމީން
އިބިރިހިންބެއްޔާ
03 September 2020
އެއްބަޔަކަށް އެހާވަރަށް ދަރާ ބަގުރޫޓްވެފައި އޮތްކަމަށް ބެއިފުޅާ ވިދާޅުވާ ދުވަސްވަރެއްގައި ކީއްކުރާ އަނެއްބުރިޖު. ފުރަތަމަ ގުޅީފަޅާއި ތިލަފުށި ބަދަރާއި ގުދަން އަދި ފުލެޓް އާބާދުކޮއް މީހުން އާލާކޮއް ނިންމަވާ. ހުޅުމާލެއެކޭ އެއްގޮތަށް ފެރީސަރވިސް އިން ފަށައިގަނެވޭނެ. ތިންހަތަރު ކޮޅުވައްޓާއިން މުދާ ލޮރީވެސް އުފުލޭނެ. މިފަދަ ޓްރާންޕޯޓް ސިސްޓަމަކަށް ދައުލަތުން ޚަރަދުވާނީ (ހެލްތް ސްޓައިލަށް ނުދަންޏާ) ގިނަވެގެން 70 ވަރަކަށް މިލިޔަން ރުފިޔާ. ނޫނީ ޒީރޯ.
އިބިރިހިންބެއްޔާ
03 September 2020
5-10 އަހަރުފަހުން ލާރިކޮޅެއް އެއްކޮއްލާފައި ރަގަޅުބަޔަކު ލައްވާ ދިވެހިން ބޭނުންވާ ބުރިޖު އަޅާލާނީ. ބުރިޖް ފަންޑަށް ފައިސާހޯދާ މަސްދަތުރުދަން ބެއްޔާވެސް ރެޑީ.
މެކް
03 September 2020
ބޮޑު ގައްދާރު އަޑީގަ ހުރެގެން މުޅިގައުމުގެ މިނިވަންކަން ނަގާލަނީ.
ސަންފައްތަ
03 September 2020
މިހާރު މިދެކެވެނީ އިންޑިއާއާއެކު ގާތް ގުޅުން ބޭއްވުމުގެ ވާހަކައެއްނޫން. މިހާރު މި ދެކެވެނީ ދިވެހިރާއްޖޭގެ އިސްތިޤްލާލާ ގުޅުންހުރި ވާހަކައެއް. އިންޑިއާ ސިފައިން މި ދިވެހިރާއްޖޭގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތޭ. ސިފައިން ބާލާށޭ.
އަބްދުﷲ
03 September 2020
އަޅުގަނޑަކީ ވެސް އިންޑިއާގައި އުޅެފައި ހުރި މީހެއް. އިންޑިއާ މީހުންގެ ވިސްނުމާއި އުޅުމާއި ގުޅުން ހުންނަގޮތް ވަރަށް ރަނގަޅަށް އިނގޭ. ހާއްސަކޮށް ހިންދޫ ވަތަނީ ވިސްނުމުގެ ނުބައި ރޫހެއް އޮންނަތަނެއް އިންޑިއާއަކީ. އެމީހުން ނޫން މީހުންނަށް އިހްތިރާމް ކުރަން ދަންނަބައެއްނޫން. އޭގެ މައި މުއްލާ މިހާރު އިންޑިއާގެ ވެރިކަމުގައި މިހުރީ. އެހެންކަމުން އިންޑިއާ އާއި ގުޅިގެން ދުރު މުސްތަގުބަލަކަށް ބަލާއިރު ފެންނަނީ އަޅުވެތިކަން.
ފަނީ
03 September 2020
ނަޝީދު ބުނަނީ ކޮންކްރީޓް ތަރައްގީއަކީ ތަރައްގީއެއް ނޫނޭ. އެކަމު އިންޑިއާގެ އެހީގަ އަނެއް ބޮޑު ބްރިޖްއަޅަނީ ގައުމު މިވަރަށް ދަރާފަ އޮއްވާވެސް. ޗައިނާއިން މިގައުމު ދަރުވާފަ އޮތްނަމަ ރާއްޖެ އެހެން ގައުމަކަށް އިތުރަށް ދަރުވަން ބޭނުންވޭތޯ ރައްޔިތުން ކައިރީ އިހަށް އަހާބަލަ. އެކަން ބޭނުންވާނެ މީހަކު ހުންނާނެހެން ހިއެއްނުވޭ. އިތުރަށް ލޯނުނަގާނަމަ ޗައިނާއަށް ދެރިދެރުމުގައި އަސްލެއްނުވޭ ނޫނީ ޗައިނާއަށް ދެރުވި މީހުންނަށްވުރެ މިސަރުކާރު ނުބައީކަމަށް ބެލެވޭނ
ފިޖް
03 September 2020
ދިފާއީކަންކަމުގައި އިންޑިއާއިން އެހީވާވަރާ ގާތަށްވެސް މިގައުމުގެ ސިއްހީ ދާއިރާއަށް އެހީއެއްނުވޭ އިންޑިއާއިންނެއް. އެއީ ކީއްވެކަން ވިސްނާލީމަ އެނގޭނެ. ހެލިކޮޕްޓަރުކުޅި މިހާރުވެސް މިގައުމުގައި ނިންމަންޖެހޭ. އެކަމު އެދާއިރާގަހުރި ބޮޑުމީހާގެ ވިސްނުން ހުރިގޮތުން ލަދުން ބޯހަލާކުވޭ. ރާއްޖެ މިނިވަންވި ދުވަސްވަރު އެފަދަ މީހަކު ހުރިނަމަ ބުނާނީ އިނގިރޭސިންގެ އަސްކަރިއްޔާ ވަރަށް ބާރުގަދައޭ. އެގައުމު ވަރަށް ބޮޑޭ. ކިހިނެތްހޭ އަހަރުމެން ކުދިމީހުން މިނިވަންވާނީ
އިބިރިހިންބެއްޔާ
03 September 2020
އޭބާއީ. ޓްރިވެންޑްރަމް ތަރައްޤީކުރީ ދިވެހިމެޑިކަލް ޓޫރިސްޓުން ދިން ފައިސާއިން. ސޫތުކުޅި ތަރައްގީކުރީ ދިވެހިވިޔަފާރިވެރިން ދިން ވިޔަފާރި ފައިދާއިން. އިންޑިޔާއަށް ސަލާންޖަހާކަށް ނުޖެހޭ. އިންޑިޔާއަށްވެސް ދިވެހިން މުހިންމު ދިވެހިންނަށް އިންޑިޔާ މުހިންމުވަރަށް. ތާއަބަދުވެސް އޮތީ މިފަދަ ގުޅުމެއް. އެއްޤައުމަކުން އަނެއްޤައުމެއްގެ މައްޗަށް އަތްގަދަކުރާކަށް ކަންކުރަންވީ ގޮތްކިޔައެއް ނޫޅޭ. ބަގުރޫޓްވެފަތިބި ސްމަގުލަރުންނަށް މިކަން ނޭގި އޮތަކަސް.
ކޮތަނބިރި
03 September 2020
މިސަރަހައްދުގެ އެހެންހުރިހާ ގައުމެއް ދަނީ އިންޑިއާއާއި ދުރަށް، މީނައަށް އިންޑިއާއިން ފެނިގެން މިއުޅެނީ ކޯނޗެއްތޯ ބަލަން އެބަޖެހޭ.