15 އޮކްޓޯބަރ 2020 - 08:23
އެމެރިކާ އިން އަލުން ހަނދަށް ދާން ފަށާފައިވާ "އާޓެމިސް" ޕްރޮގްރާމްގައި އެ ގައުމާ އެކު މަސައްކަތްކުރަން އާޓެމިސް އެކޯޑްސްގައި ހަތް ގައުމަކުން ބައިވެރިވެއްޖެ އެވެ.
އެމެރިކާއާ އެކު މި އެއްބަސްވުމުގައި ސޮއިކުރި ގައުމުތަކަކީ އިނގިރޭސިވިލާތް، އިޓަލީ، އޮސްޓްރޭލިއާ، ކެނެޑާ، ޔޫއޭއީ ޖަޕާން އަދި ލަގްޒެމްބާގެވެ. ޖައްވީ މިޝަންތަކުގައި އެމެރިކާއާ ގުޅިގެން މިހާތަނަށް އެންމެ ބޮޑަށް މަސައްކަތްކޮށްފައި ރަޝިއާ މި އެއްބަސްވުމަކު ނުހިމެނެ އެވެ.
ހަތް ގައުމާ އެކު "އާޓެމިންސް" ޕްރޮގްރާމަށް ސޮއިކުރިކަން ނާސާ އިން އިއުލާންކޮށްފައި ވަނީ އެ ޕްރޮގްރާމަކިީ ސްޕޭސް މިޝަންތައް ކުރިއަށް ގެންދަން ޖެހޭ އަސްލު އުސޫލުތަކާއި ހަމަތަކަށް ނުފެތޭ ގޮތަށް އެމެރިކާ އިން ކުރިއަށް ގެންދަން އަމާޒު ހިފާފައިވާ ޕްރޮގްރާމެއް ކަމަށް ވިދާޅުވެ ރަޝިއާ އިން ފާޑުކިޔާފައި ވަނިކޮށެވެ.
އެ ގައުމުގެ ސްޕޭސް ޕްރޮގްރާމް ރޮސްކޯސްމޮސްގެ ޑިރެކްޓަރު ޖެނެރަލް ޑިމިޓްރީ ރޮގޯޒިން ވިދާޅުވީ އަލުން ހަނދަށް ދާން އެމެރިކާ އިން ކުރާ މަސައްކަތަކީ މާ ބޮޑަށް "އެމެރިކާވެފައި"ވާ ކަމަށާއި އެއީ މުޅި ދުނިޔޭގެ ބައިވެރިވުމާއެކު ކުރަންޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޕޭޝް މިޝަންތައް ކުރިއަށް ގެންދަންޖެހޭ އުސޫލުތަކާއި ހަމަތަކުގެ މަތިން ނާސާގެ "އާޓެމިސް" ޕްރޮގްރާމް ކުރިއަށް ގެންދަން ބޭނުންވާ ނަމަ ރޮސްކޯސްމޮސް އޮތީ އޭގައި ބައިވެރިވާ ގޮތަށެވެ. އެކަމަކު އުސޫލުތަކާ އެއްގޮތަށް އެކަން ނުކުރާ ނަމަ ރަޝިއާ އިން އޭގައި ބައިވެރިވާން އެއްވެސް ޝައުގުވެރި ކަމެއް ކަމަށް ޑިމިޓްރީ ވިދާޅުވި އެވެ.
What a memorable moment! We are proud that with today's #Artemis Accords signing, we are deepening our relationships with our partners & are establishing vital principles that will create a safe, peaceful, & prosperous future in space for all of humanity. pic.twitter.com/WpthvUJQy5
— NASA (@NASA) October 14, 2020
އާޓެމިސް އެކޯޑަށް ގައުމުތަކުން އެއްބަސްވެފައި ވަނީ އެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ނެޝަނަލް ސްޕޭސް ކައުންސިލުން ޑްރާފްޓެއް އެކުލަވާލައި ގުޅިގެން މަސައްކަތްކުރަން ޖެހޭ ގޮތުގެ އުސޫލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެއްގަލަކަށް އެރުމަށް ފަހު އެވެ. އެގޮތުން 2024 ގައި ހަނދަށް ދާން ކުރާ މަސައްކަތަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ތަރައްގީކުރުމުގައި ގައުތަމުގެ ބައިވެރިވުން އޮންނާނެ އެވެ.
އާޓެމިސް އެކޯޑާ ބެހޭ ގޮތުން ނާސާގެ އެޑްމިނިސްޓްރޭޓަރު ޖިމް ބްރައިޑެންސްޓައިން ވިދާޅުވީ އޭގެ ބޭނުމަކީ ވެސް އެންމެންނަށް އެއްބަސްވެވޭ އުސޫލުތަކެއްގެ ތެރެއިން މަސައްކަތްތައް ކުރިއަސް ގެންދިއުން ކަމަށެވެ.
"އޭގެ މާނަ އަކި އެންމެންނަށް އެއްގަލަކަށް އެރިގެންވޭ އާޓިމިސްއާ ގުޅުން ހުރި ހުރިހާ މަސައްކަތްތަކެއް ކުރިއަށްދާނީ،" އޭނާ ވިދާޅުވި އެވެ.
އެމެރިކާ އަލުން ހަނދަށް ދާން ކުރާ މަސައްކަތަށް ފާޑުކިޔައިފި https://t.co/PjaKktRJ0d
— Mihaaru (@Mihaarunews) October 14, 2020
ނާސާ އިން ބުނި ގޮތުގައި އާޓެމިސް އެކޯޑްގައި ހަތް ގައުމަކުން ސޮއިކުރި ނަމަވެސް ވަރަށް ގިނަ ގައުމުތަކަށް ބައިވެރިވުމުގެ ދައުވަތު ދިނެވެ.
"އެންމެ ފުރަތަމަ އެއްބަސްވުމަކަށް އާދެވުނު ގައުމުތަކާ އެކު ފުރަތަމަ މި ސޮއިކުރެވުނީ،" ނާސާގެ އިންޓަނެޝަނަލް އެންޑް އިންޓައެޖެންސީ ރިލޭޝަންސްގެ އެކްޓިން އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރު މައިކް ގޯލްޑް ވިދާޅުވި އެވެ. "އެހެންވީމަ މިއީ މިކަން އަދި ނިމުމެއް. އިތުރު ގައުމުތަކަކާ އެކު އަދިވެސް ސޮއިކުރުމުގެ ފުރުސަތު އެބައޮތް."
ނާސާ އިން ވަނީ މި އަހަރު ނިމުމުގެ ކުރިން އިތުރު ގައުމުތަކަކާ އެކު ސޮއިކުރެވޭނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ.
ހަނދަށް ދާން އެމެރިކާ އިން ފަށާފައިވާ އާ ޕްރޮގްރާމަކީ ފުރަތަމަ ފަހަރަށް އަންހެން އެސްޓްރޮނޯޓަކު ވެސް ބައިވެރިކުރާނެ ޕްރޮގްރާމެކެވެ. އަދި މީގެ އެންމެ ހާއްސަ އެއް ކަމަކީ ހަނދާ ގުޅޭ ދިރާސާތަކާއި އެކި މަސައްކަތްތަކަށް "ހަނދުގެ ވަށައިގެން" ޖައްވީ ސްޓޭޝަނެއް ގާއިމުކުރުމެވެ. އެއަށް ދީފައިވާ ނަމަކީ "ލޫނާ ގޭޓްވޭ" އެވެ. އެތަނަކީ ހަނދަށް ދިއުމުމުގެ ކުރިންނާއި ހަނދުން ދުނިޔެ އަށް އަލުން އައުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ކަންކަން ވެސް ހިނގާނެ ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލް 2
15 October 2020
ޖާބިރު ފޮނުވާލަދެޗޭ އަޅެ ޕްލީޒް
ރަބަރު
15 October 2020
ހަނދަށް ދަނީ ކީއްކުރަން. ތިޚަރަދު ދުނިޔެއިން ފަގީރުކަން ނައްތާލަން ކޮށްބަލަ.
ފޫހި
15 October 2020
އެއްވެސް އިރަކު ހަނދަށްތިޔަތަ؟ އަދި ކިރިޔާކަންނޭންގެ މިއުޅެނީ ހަނދަށްދެވޭތޯ
ޕިކްސް
15 October 2020
ޖައްވީ ރޭހުގަ ކުރީގަ އުޅޭ އެއްވެސްގައުމަކުން ހަނދަށް އެމެރިކާއިން އިންސާނުން ނުފޮނުވައޭ ބުނިތަ؟
ޖަމީލުބެ
15 October 2020
އަންހެނުންނާއި މެދު ކުރާ ތަފާތުކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން. އަދި ތިިޔަ މިޝަންގެ ބައިވެރިންގެ %50 އަންހެނުންނަށް ޚާއްޞަ ކުރުމަށް ގޮވާލަން. އަންހެނުންގެ ހައްގުތަކުގައި މަސަައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާތަކުން މިކަމުގަ އިސްދައުރެއް އަދާކުރުމަށް ގޮވާލަން
ރަބަރު
15 October 2020
މަ ހީިހީ ހަލާކު
ގަނޭ
15 October 2020
ޖަޕާނުންވެސް؟