ހުޅުމާލޭގެ ދެވަނަ ފިޔަވަހީ: އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ބިދޭސީއަކު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި -- ފޮޓޯ:ޗނިޝާން އަލީ/ މިހާރު
15 ޖެނުއަރީ 2021 - 18:49
ހުޅުމާލެ އަޒީޒާ މިސްކިތަށް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މީހާ ހަމަލާދިނީ، އުމުރުން ދުވަސްވީ މީހާގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ، އޭނާ މިސްކިތުން ނެރެން އުޅުމަށް ފަހު ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވި އެވެ.
އެ އިންޑިއާ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އެ އިދާރާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަސްފާގު
16 January 2021
ތިޔަ އިންޑިޔާ މީހާ ޑީޕޯޓު ކުރަންޖެހޭ. ބޭރު ގައުމަކަށް އައިސް އެފާޑަށް އުޅެވިގެން ނުވާނެ
ތުންހުދު
16 January 2021
ތިޔަދަނީ މިގައުމުގެ ޓެސްޓިން ފޭސް.... ދެން ތިޔައްވުރެ ބޮޑުކަމެއް ކުރާނީ
ޖޯންސަން
16 January 2021
މިވަގުތައް ޑީޕޯޓްކޮށްލާ ... ކުޑަދުވަސްކޮޅެއްފަހުން ގެނޭ....
އެލެކުސްޖީ
16 January 2021
މޯޑީގެ މީހެއް ދިވެއްސކަށް ހަމަލާދީ ފިލަންއުޅުނީތަ. އިންޑިއާމީހަކު ނުކުރާނެ ތިޔަކަމެއް!
ބުރދި
16 January 2021
ފުލުހުން ބުނީ އެ މީހާ ހަމަލާދިނީ، އުމުރުން ދުވަސްވީ މީހާގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ، އޭނާ މިސްކިތުން ނެރެން އުޅުމަށް ފަހު ކަމަށެވެ. ފުލުހުން ދުވަސް ވީމީހަގެ ބަހެއް ނުހޯދާ އޭނަގެ އަގު ވައްޓާލީ އެވެ. މިއީ ވ ދެރަ ކަމެކެވެ.
ވާނުވާސަމީމު
16 January 2021
އިންޑިޔާ މީހެއްތ، އެއްކަމެއްވެސް ނުކުރެވޭނެ. ރާއްޖެ އޮތީ އިންޑިއާގެ އަޅުވެތިކަމުގައި،
މޯޑް
16 January 2021
އެއްވެސް ވަހެއް ދުވާގެންނެއް ނޫން. އެމީހާ އެ އުޅުނީ ވައްކަށް ކުރަށް. ފުލުހުންވެސް އޮޅުވާލަށް ނޫޅޭ. އެ ބޭބޭ ދެށްކި ވާހަކަ އަޑް އަހާފަ ބާ ފުލުހުން މި މައުލޫމާތު ހާމަ ކުރަނި
ހޯރަބޭ
16 January 2021
ބިދޭސީން ގެ ކަންތައް މިގައުމްގަ މިހާރު ފާލުން ނަންޓާގެން ދިޔަތާ ކިތައްމެ ދުވަހެއް. މިގައުމް ގެ ރަށްއިތުންނަށް ވުރެ އެމީހުންގެ ބާރު ގަދަ ކޮށްލާގެން ބޭނުން ވިޔަފާރިއެއް ކޮށްގެން ހިތަށް އެރިހާ ގޮތަކަށް އުޅޭ އިރުވެސް ކަމާބެހޭ މުއަށްސަސާތައް މި ތިބެނި ރޯނާ ވެފަތަ?
ހަޖަމް
15 January 2021
ވަގުތުން ވަގުތަށް ތި އިންޑިޔާ މީހާ ދޫކޮށްލާ ނޫންނަމަ ދިވެހިންނަށް އިންޑިޔާ ދިއުމަށް ވިސާ ބަންދުވެދާނެ
ހަތުރެއް
15 January 2021
އެއި ބިދޭސީން ގެ މައްސަލަ އަކީ. އެ މީހުން ގައިން ހެޔޮ ކޮންމެ ވަހެއް ?