ޚަބަރު / ކޮވިޑް-19

ލޮކްޑައުނަށް އަހަރެއް: އަދިވެސް ބަންދެއްގައި!

ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މީގެ 404 ދުވަސް ކުރިން ކުރެއްދޫ ރިސޯޓުން. މާޗު 7، 2020 ގައި ޕޮޒިޓިވްވީ އެ ތަނުގައި ޗުއްޓީ ހޭދަކޮށްފައި އަނބުރާ ގައުމަށް ދިޔަ ޓޫރިސްޓަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހެއް.

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާ ދިރިއުޅުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި.- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އެއް އަހަރު ކުރިން މިއަދަކީ މިއިން ޒަމާނަކު ވެސް ނުދެކޭ ފަދަ ބިރުވެރިކަމެއްގެ ތެރެއަށް މުޅި މާލެ ސަރަހައްދު ވައްޓާލި ދުވަހެވެ؛ މުޅި ދުނިޔެ ނާމާންކުރަމުން ދިޔަ ކޮވިޑް-19 ބަލީގެ ފުރަތަމަ ކޭސް، ތޮއްޖެހިފައިވާ މާލެއިން ފެނުނެވެ. މެންދުރު ފަސްވެގެން ދިޔައިރު މާޔޫސްކަމުގެ މޫނަކާއެކު އެންމެން ކޮޅުކޮޅަށް ދުވެ ނެގީ ލޮކްޑައުންއަކަށް ކާބޯތަކެތި އެއްކުރާށެވެ. އަނެއް ބަޔަކު ފުރައިގެން ދިޔައިރު މާލޭގައި ތާށިވި މީހުން ވެސް މަދެއް ނޫނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ބަލި މީހަކު ފެނުނީ މީގެ 404 ދުވަސްކުރިން ކުރެއްދޫ ރިސޯޓުންނެވެ. މާޗު 7، 2020 ގައި ޕޮޒިޓިވްވީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި އަނބުރާ ގައުމަށް ދިޔަ ޓޫރިސްޓަކާ ޑައިރެކްޓް ކޮންޓެކްޓުވި މީހެކެވެ.

އޭޕްރީލް 15، 2020 ގެ މެންދުރު ފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނުގައި ބުނީ މާލެ ހިޔާ ކައިރީގައި ގާއިމްކޮށްފައި ހުރި ފްލޫ ކްލިނިކަށް އޭގެ ކުރީ ދުވަހު ދިޔަ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ޑޮކްޓަރަށް ދެއްކީ ރޯގާގެ އަލާމާތެއް ފެނިގެންނެވެ. މިއީ ތޮއްޖެހިފައިވާ މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ.

މާލެ ލޮކްޑައުން ކުރަން ސަރުކާރުން ކުރި އިއުލާން

އެއާއެކު، އޭނާ ދިރިއުޅޭ މ. ޖަރީމާގެ މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ. ކޮންޓެކްޓް ޓްރޭސިން ހަދަން ފެށިއިރު ޖަރީމާގެ ސަރަހައްދު އެއްކޮށް ބަންދުކޮށް ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. އެ ކްލަސްޓާއާ ގުޅޭ ޑައިރެކްޓް ކޮންޓެކްޓެއް ދަތުރުކުރުމުން ކ. ކާށިދޫ ވެސް ހަމަ އެ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެސް މީހުން އަރައި ފޭބުން މަނާކުރި އެވެ.

މިއީ، ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުން މޮނިޓަރިންގެ ހާލަތަށް ގެނައި ފުރަތަމަ ގެ އާއި މާލެ ސަރަހައްދުން ބޭރުން މޮޮނިޓަރިންގެ ހާލަތަށް ގެނައި ފުރަތަމަ ރަށެވެ.

އޭގެ ފަހުން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވަނީ، ވަކިގޮތެއް އަންގަންދެން 24 ގަޑިއިރަށް ގެއިން ބޭރަށް ނުނިކުތުމަށާއި އާއްމު ދަތުރުފަތުރު ކުރުމުގެ ހިދުމަތް މެދުކަނޑާލުމާއެކު މާލެ ސަރަހައްދާއި ތިލަފުށީ އަދި ގުޅިފަޅަށް މީހުން އަރައި ފޭބުން މަނާކުރުމަށެވެ.

މާލެތެރެއިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މާލެ ސަރަހައްދު ބަންދުކޮށްފައި އޮތްއިރު، މާރުކޭޓު ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

އެ ދުވަހަށްފަހު، އަހަރެއް ވީ އެވެ. ދިރިއުޅުން އަދިވެސް މިއުޅެނީ ހަމައަކަށް ނޭޅިގެންނެވެ. ފާއިތުވި އެއް އަހަރުގެ ތެރޭގައި އެތައް ކަމެއް ބަދަލުވެއްޖެ އެވެ. އެތައް ބައެއްގެ ދިރިއުޅުމަށް، އުއްމީދު ވެސް ނުކޮށް ހުރި، އަދި އަންދާޒާ ވެސް ކޮށް ނުލެވޭ ވަރުގެ ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ. ކުލި ދެއްކޭނެ ގޮތެއް ނެތުމުން އެތައް ބަޔަކު މާލެ އިން ރަށަށް ބަދަލުވެއްޖެ އެވެ. އެތައް ވިޔަފާރިއެއް ބަނގުރޫޓު ވެއްޖެ އެވެ.

Breaking: Male in 3 vana meehaku positive vejje

Breaking: Male in 3 vana meehaku positive vejje

The most trusted news source in the Maldives

Mihaaru

މާލެއިން ކޮވިޑުގެ ބަލި މީހަކު ފުރަތަމަ ފެނުމާ ގުޅިގެން "މިހާރު"ން ކުރިއަށްގެންދިޔަ ލައިވް ކަވަރޭޖް

ލޮކްޑައުންގެ ދެ މަހަށް ފަހު، އޮފީސްތައް ހުޅުވައި މަސައްކަތްކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ ޖޫން 14 ގަ އެވެ. އެކަމަކު އޭރު ވެސް ވަކި ވަގުތެއް ފަހުން ދުއްވާ އެއްޗެހި ދުއްވުމާއި ބޭރުގައި އުޅުން އޮތީ މަނާކޮށެވެ. އެތައް މަހެއް ފަހުން މިއަދުގެ ހާލަތު ބަދަލެވެ. އެތައް ލުއިތަކެއް ވަނީ ދީފަ އެވެ.

ކާފިއު އުވާލައި ބޭނުން ވަގުތެއްގައި ބޭރުގައި އުޅުމުގެ ފުރުސަތު ދީ ކެފޭ ރެސްޓޯރެންޓުތައް ހުޅުވާލައި އެ ތަންތަނުގައި ކެއުން/ބުއިމުގެ ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވެ އެވެ. މި ދޭތެރެއިން، ހާލަތު ގޯސްވެފައި އޮއްވައި ވެސް ދިން ލުއިތަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އޭގެ ތެރޭގައި، ކަރަންޓީން ނުވެ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ދެވޭގޮތް ހިމެނެ އެވެ. އެކަމަކު ފާޑުކިޔުންތަކާ އެކު އެޗްޕީއޭއިން އެ ނިންމުން ބާތިލްކުރީ އެވެ.

ކޮވިޑު ކޭސްތައް، ވާނުވާ ބޮޑު ޓްރެންޑް!

ފުރަތަމަ ކޭސްއާ ގުޅުންހުރި އިތުރު ދެ މީހަކު ހަމަ އެ ދުވަހު، [އޭޕްރިލް 15 ގައި] ޕޮޒިޓިވްވި އެވެ. ޖެހިގެން އައި ދުވަހު ދެ މީހުން، އެއާ ޖެހިގެން އައި ދުވަހު ހަ މީހަކު ޕޮޒިޓިވްވި އެވެ. މާލެއިން ބަލި ފެތުރުނު ފުރަތަމަ ހަފުތާގައި، އެއް ދުވަހަކާ އެންމެ ގިނައިން ޕޮޒިޓިވްވީ އޭޕްރީލް 19، 2020 ގަ އެވެ. އެ ދުވަހު 24 މީހަކު ޕޮޒިޓިވްވި އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އޭޕްރީލް 21، 2020 ގައި 16 މީހަކު ޕޮޒިޓިވްވި އެވެ.

ބަލި ފެތުރުނުތާ އެއް އަހަރުގެ ތެރޭގައި އިއްޔެގެ ހަވީރު 6:00 އާ ހަމައަށް 25،844 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އެއީ ދުވާލަކަށް 70 މީހުންނެވެ.

މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން އެ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް 3،625 ސާމްޕަލް ޓެސްޓުކުރި އެވެ. އޭގެ ތެރެއިން 300 މީހުންނަށް ބަލިޖެހިފައި ވެ އެވެ. މީގެ ކުރިން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ އޮގަސްޓް 20 ވަނަ ދުވަހެވެ. އެ ދުވަހު 278 މީހުން ޕޮޒިޓިވްވި އެވެ.

ކުރިން ކޮވިޑުގެ ހާލަތު އެންމެ ގޯސްވަމުން ދިޔައީ މާލޭގަ އެވެ. އެކަމަކު މި ފަހުން ރަށްރަށުގައި ކޮވިޑު ފެތުރި، އެތައް ސަތޭކަ ބަޔަކު ކަރަންޓީނުގައި ބެހެއްޓި އެވެ. އެ ރަށްރަށުގެ ތެރޭގައި ޅ. ނައިފަރާއި އެ އަތޮޅު ފެލިވަރު އަދި ކ. ދިއްފުށި ހިމެނެ އެވެ.

މި މުއްދަތުގައި 24،141 މީހުން ބަލިން ރަނގަޅުވެފައި ވެ އެވެ. އެއީ ދުވާލަކަށް 63 މީހުންނެވެ.

ކޮވިޑުގެ ފުރަތަމަ މަރު

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ އެ ބަލި ފެތުރުނަތާ ބަރާބަރު ދެ ހަފުތާ ފަހުން އޭޕްރީލް 29، 2020 ގަ އެވެ. އެއީ އެމްއެޗްއޭ ކްލަސްޓާއިން ޕޮޒިޓިވްވި އައިމިނަތު އާދަމް، 83، އެވެ. ދެ ހަފުތާ ފަހުން އޭނާގެ ފިރިކަލުން، ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ށ. މަރޮށި، ހުސެއިން އަބްދުﷲ، 88، ވެސް ކޮވިޑުގައި އަވަހާރަވެފައި ވެ އެވެ.

އެއަށްފަހު، ވޭތުވެދިޔަ ދުވަސްތަކުގައި މުޅި ޖުމްލަ 67 މީހަކު ކޮވިޑުގައި މަރުވެފައި ވެ އެވެ.

ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށުމާއެކު ވެސް އެ ބަލީގައި މަރުވާ މީހުންގެ އަދަދު މިދިޔަ އަހަރު އިތުރުވި އެވެ. އެ ޓްރެންޑް މި އަހަރުގެ ކުރީކޮޅު ވެސް ފެނުނެވެ. ބައެއް ހަފުތާތަކުގައި 2-3 މީހުން ވެސް ބަލީގައި މަރުވެފައި ވެ އެވެ. އޭގެ ތެރޭގައި ގިނައީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނެވެ. ބައެއް މީހުންގެ ހަރަކާތެއް ނެތުމުން ހޮސްޕިޓަލަށް ގެންދިއުމުން ކޮވިޑުގައި މަރުވި ކަމަށް ވެސް ކަނޑައަޅާފައި ވެ އެވެ.

ބަލީގައި މަރުވާ މީހުންނާއެކު ކޮވިޑު ޖެހޭ އުމުރުން ދުވަސްވީ މީހުން ވެސް އިތުރުވެގެން ދިޔަ އެވެ. އެކަމުގެ ކަންބޮޑުވުންތައް އެޗްޕީއޭއިން ދިޔައީ ފާޅުކުރަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް ވެކްސިން ޖައްސަވަނީ.--

ބައްޔަށް އޮތް އުއްމީދު؛ ވެކްސިން

ހާސްކަމުގެ ބޮޑު އަހަރަކަށްފަހު ހަމަ ނޭވާއެއް ލެވުނީ ބައްޔަށް ހާއްސަކޮށްގެން ވެކްސިން އުފައްދެމުންނެވެ. ރާއްޖޭގައި ބަލިން ދިފާއުވުމަށް މިދިޔަ ފެބްރުއަރީ 1ގައި ވެކްސިން ޖަހަން ފަށާފައި ވެ އެވެ. ފުރަތަމަ ޑޯޒަށްފަހު 25،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހައިފަ އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް 273،660 މީހަކު ޖަހާފައި ވެ އެވެ. އަދި ދެ ވަނަ ޑޯޒް 25،369 މީހުންނަށް ދީފައި ވެ އެވެ.

ސަރުކާރުން ނިންމާފައި ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒަށްފަހު ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ ގޮތް ހެދުމާއެކު ލުއިތައް ދޭށެވެ. އެކަމަކު ދޭނެ ލުއިތަކެއް އަދި ހާމައެއް ނުކުރެ އެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު، ރާއްޖޭގެ އެތެރޭގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމަށް ފަހު ދަތުރު ކުރެވެނީ ސީދާ ކިތައް ދުވަސް ފަހުން ކަން އަދި ނިންމާފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާލެ ލޮކްޑައުން ކުރިތާ މިއަދަށް އަހަރެއްވީ އެވެ؛ ލޮކްޑައުން ނެތަސް އަދިވެސް މިތިބީ ބަންދެއްގަ އެވެ. މާލޭގައި މިހާރު މިތިބި ގިނަ މީހުންނަކީ މާލެއިން އެހެން އެއްވެސް ތަނަކަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންނެވެ.

13 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއިރަށްބަލާ

15 April 2021

ބަލި ދިގުލައިގެން ގޮސް ޖެހެން އޮތް އަދަދަށް ޖެހުން. ބަލި އަވަހަށް ފެތުރުނަ ދީގެން ހަމަ އެއަދަދަށް ޖެހި ނިމުން. އެ 2 ކަން އެއްގޮތްވާނެ ކަމެއް ނޭނގޭނެ. އެނގޭހާވެސް އެއްޗަކީ ބައްޔަށް ބަލައިގެން އުޅެން ހަދައިގެން ލިބުނު ގެއްލުން އެހާ ބޮޑުކަން. ބަލައިގެން އުޅުނު އެތައް ބަޔަކަށް އެންމެ ފަހުން ބަލިވެސް ޖެހި ހިފެހެއްޓުންތަކެއްގެ ސަބަބުން ދުވަސްތަކެއްވެސް ބޭކާރުވެ ގޮއްސިކަން. އަދި ބަލި ބަދަލުވެ ނުރައްކާތެރި ވައްތަރުތަކާ ކުރިމަތިލާންޖެހުނުކަން.

The name is already taken The name is available. Register?

ޝޯމޭން

15 April 2021

ފްލޫ ވެކްސިންއަކީ އަހަރަކު އެއްފަހަރު ޖަހަންޖެހޭ އެއްޗެއްކަމަށް ވަރަށް ގިނަމީހުން އެބަ ބުނޭ. މީގެ ތެދުދޮގާ ތަފްސީލު މިހާރުގެ އާޓިކަލްއެއްގަ ޖަހާލެވޭނެގޮތްވާނެތަ؟

The name is already taken The name is available. Register?

އޮސްކާ 1113905152

15 April 2021

ކުރީ ސަރުކާރުގެ އިހުމާލުން ކޮވިޑު ފެތުރުނީ. އޭރު ވައްކަން ނުކޮށް، ތައްޔާރީތައް ވެފައި ހުރި ނަމަ މިހާރު ކިހާރަނގަޅުވީސް.

The name is already taken The name is available. Register?

ޔާމީނު

15 April 2021

ވަހީދު ސަރުކާރުން ވައްކަން ނުކުރި ނަމަ މަގޭ ސަރުކާރުގަ ވެސް އެކަން ކުރެވުނީސް

The name is already taken The name is available. Register?

ފޮލާ

15 April 2021

ޔާމީނު ވެރިކަމުގަ ބެހެއްޓިނަމަ ބަލީގެ ކުރީކޮޅު ޗައިނާއާ ގުޅިގެން ކަންކަން ކުރިލެއް ވަރަށް ތަފާތުވީސް. ވަބާއެއް އަންނާނެކަން ކުރީ ސަރުކާރަށް އެނގޭހާ މޮޅުނަމަ ވޯޓުން ހޮވާދިންނަމަ މާ ވާހަކަ ގިނަނުކޮށް.

The name is already taken The name is available. Register?

ހަސީތޯޕަސީ

15 April 2021

ޔާމީނުތަ ކޮވިޑް ފެތުރީ ؟ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ފެތުރުނީ.

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

15 April 2021

ލޮކްޑައުނަކީ ރައްޔިތުންގެ މައްޗަށް ސަރުކާރުން ހިންގި ވަރަށްބޮޑު ޖަރީމަައެއް.

The name is already taken The name is available. Register?

ގިރާވަރު

15 April 2021

މިހާރު އޮންނަން ވާނީ ކޮވިޑަށް ތައްޔާރުވެވިފަ އެއްކޮށްދޫކޮށްލަންވީ.

The name is already taken The name is available. Register?

ސައިޚް

15 April 2021

ޔާމީނު ވެކްސިން ނުޖެހިއޯ.

The name is already taken The name is available. Register?

ސޯވަޓް

15 April 2021

އެއީ އެހެން މީހުންނާ ބެހޭ ކަމެއް ނޫން.

The name is already taken The name is available. Register?

ކިއްކި

15 April 2021

ދހިވެހިންގެ ނަސީބު ޔާމީނު ވެރިކަމުން ބާލާފަ ހުރިކަން

The name is already taken The name is available. Register?

ސުޕާރި

15 April 2021

އެއީ ކަލޭމެންގެ ބަދުނަސީބު މި ބަލިމަޑުކަން ކުރިމަތިވީއިރު ރޔާމީނު ވެރިކަމުގައި ނެތުން.މި ސަރުކާރުގައި ރައްޔިތުން އެބަ ހާލެއްގައި ތެޅޭ.ދޮގާއި މަކަރުން ވެރިކަން ހޯދާ ބަޔަކަށް ނިކަން ދަތިކަމާއި ތުރާ އަންނާނެ.

The name is already taken The name is available. Register?

ޗިއްކި

15 April 2021

ބަލި އެންމެ ބާރަށް ފެތުރޭ އިންޑިއާއިން ވެކްސިން އުފެއްދިއަސް އެމީހުން އެއޮތީ ބަލި ކޮންޓްރޯލްކުރަން ނުކުޅެދިފަ. ޔާމީން ހުރިނަމަ ބަލީގެ އެންމެ ތަޖުރިބާކާރު ގައުމު ކަމަށްވާ ޗައިނާގެ ބޭނުން ހިފީހީ. ގައުމުން ބަލި ފެނުމުގެ ކުރީކޮޅު ޗައިނާގެ އެހީގައި މި ކުޑަ ގައުމުގައި މާސް ޓެސްޓިންގ ހަދާލެވުނީސް. އަދި އެހެން ކަންކަންވެސް ކުރީސް ޗައިނާގެ އެހީއާއެކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454