ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
29 ޖޫން 2021 - 19:04
ކޮވިޑު-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން މިއަދު ނިންމައިފި އެވެ.
އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. ހާލަތު އެންމެ ބޮޑަށް ގޯސްވި މާލެ ސަރަހައްދުގައި ވެސް ބަލި ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަދި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ލޮކްޑައުން އުވާލުވުމާއި ކާފިއުގެ ވަގުތު ކުރު ކުރުމާއި މިސްކިތްތައް ހުޅުވާލައި ގައިދުރުކަން ބަހައްޓައިގެން ޖަމާއަތުގައި ނަމާދުކުރުން ހިމެނެ އެވެ.
- ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ބަދަލުކުރުން.
- ކާފިއު ނޫން ގަޑިތަކުގައި ފާސް ނުނަގައި ބޭރުގައި އުޅެވުން.
- ކާފިއު ނޫން ވަގުތު ހުރިހާ ވިޔަފާރިތަކެއް ހުޅުވާލުމުގެ ހުއްދަ ދިނުން.
- ކާފިއު ނޫން ވަގުތުތަކުގައި ކެފޭ/ރެސްޓޯރެންޓުތަކުގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން
- މިސްކިތްތަކުގައި ގައިދުރުކޮށް ތިބެގެން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުން.
- ކޮވިޑު ޖެހި ބަލިން ރަނގަޅުވާތާ 60 ދުވަހުގެ ތެރޭގައި ކަރަންޓީންވުމަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވުން.
- ސައުތު އޭޝިޔާގެ ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމުން. ނަމަވެސް އެ ލުއި ދޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން.
މިދިޔަ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ދިން ބޮޑެތި ލުއިތަކުގެ ސަބަބުން މާލެ އާއި އެކި ރަށްރަށުން އެތައް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއާއެކު، އެ ބަލީގައި އެތައް ބަޔަކު މަރުވެ ހާލަތު ބޮއްސުންލައިގެން ދިޔަ އެވެ. އެހެންވެ، ފިޔަވަޅުތައް ހަރުކަށިކުރަން ސަރުކާރަށް މަޖުބޫރަށް ވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިތަބެ
30 June 2021
ބޮޑެތި ދޫތަކެއް ދޭށޭ، އެއީ ބޮޑުކޯމަހުގެ ދޫތަ. ވަރަށް ބޮޑުވާނެ.
ޖާބެ
30 June 2021
ހައްހައް ދުނިޔާ ޗަލާނާ މައްކާރްސޭ... މިހާރު ލުއިދީފިނަމަ ސަރުކާރު ގުޑާފާނެތީ.... ކިރިޔާ ފުމެލިޔަސް ވެއްޓޭހިސާބުގައޮތީ... ދެވަނަ ކަމަކައް ހުރިހާ ރައްޔިތުން ދަރުވާ އިނދަޖައްސާ މަގުމަތިކޮށްފަ ނޫނީ ދޫނުުކުރާނެ ... ކޮވިޑްގެ ނަމުގަ ފައިސާ އެކިއެކި ކަންކަމައް ޙަރަދުކުރުން ، ރައްޔިތުން ގުނބޯ ހައްދާ ދެބޯގެރި ދުއްވާފަ ވަލުދޮރާށިން ޙަޒާނާ ހުސްކުރުން އަޅުވެތިކުރުން ޤަޢުމު ނީލަމައްލުން ... ރައްޔިތުން ފެލުން
ދޫދުޕީޓޫ
29 June 2021
މިހާރު ނޫހުގެ މި އާޓިކަލް ލިޔުނު ބޭފުޅާ ގަސްދުގަ ހަގީގަތް އޮޅުވާލަން އެ ބުނުއްވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ސަބަބުންނޭ ކޮވިޑް ފެތުރި ބޮއްސުން ލައިގެން ދިޔައީ. މާލޭ ސަރަހައްދުގަ އުޅޭ އެންމެނަށް އެގޭނެ ހަގީގަތަކީ އެއީ ނޫންކަން.ހަގީގަތަކީ އިންޑިޔާގެ ގިނަ އަދަދެއްގެ ބަޔަކު ޓްރާންސިޓް ކަރަންޓީނު ފެސިލިޓީ އަކަށް ދިވެހި ރާއްޖެ ބޭނުން ކުރުމުގެ ނަތީއްޖާ އިން ކޮވިޑް ފެތުރި ހައްދުން ނެއްޓި އޮބި ނޯވެގެން ދިޔައީ. މި ހަގީގަތް ނޫސްވެރިން ފޮރުވަން އުޅެނީ ކީއްވެ ކަމެއް ނޭގެ.
1828 އަށް
29 June 2021
މާލޭ މީހުން އެކަނިތަ މާލޭގަ އުޅެނީ? ގަމާރުވިޔަސް ފުކެއް ބޮޑުވަރު. އާއިލާ މީހުން ކައިރިއަށް ދާން ބޭނުންވެފަ ތިބި މީހުން ވެސް މާލޭގަ އެބަތިބި. އެއީ ސްކޫލް ބަންދާ ގުޅުންހުރި ކަމެއްވެސް ނޫން.
ކިނބޫ
29 June 2021
ނާގާބިލު އޮޅުވާލާސަރުކާރު. ވޯޓުލެވުނުމޮޔަ ހިތަށްއަރާ.
މިވަރެއްނެތް
29 June 2021
ދިވެހިތާރީޚުދުއް އެންމެ ނާގާބިލުވެރިޔާ ގެ ގައުމީ އިނާމު އިބޫއަށް ހައްގު.
ފޫހި
29 June 2021
ދިވެހިންނަށް ގައުމު ތެރޭގައި ލުއިދިނަސް މި ސަރަހައްދުގެ ގައުމުތަކުގެ މީހުންނަށް ބޯޑަރު ހުޅުވާނުލުމަށް ގޮވާލަން. ކޮންމަފަހަރަކު އިންޑިޔާ މީހުންނަށް ލުއި ދޭން ހަދައިގެން މި ބަލި ފެތުރެނީ. ކެފޭތަކަކުންނޫން.
މޯޑިސް
29 June 2021
އައިޖީއެމް ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓެއް ހަމަޖެހެނީ ދެމަސް ފަހުން މީނިމިދިޔަ ސަރުކާރުން ދަރުމަވަންތަ ކޮތަރުކޮށި ހުވުމަށްފަހު ރައްޔަތުން ފަސޭހަ ކުރަން ކުރިކަމެކޯލަ ބައެއްފަހުރު މަރުވާ ފަހުން ވެސް އެޕޮއިންޓްމަންޓް ހަމަޖެހިގެން ގުޅާ މިކަން ރަންގަޅުކޮއް ދެންވުން އެދި ހެލްތު މިނިސްޓަރ އަށް ދަންނަވަން. މޯޑިސް!!!ސަނީ ސައިޑް އޮފް ލައިފް
2 ޑޯސް
29 June 2021
ކަލޯ ކޮބާ ދެވަަނަ ޑޯޒް ޖެހި މީހުނަށް ނެތް ކަމެއް
ނިރު
29 June 2021
ދެން ރައްޔެތުންނަށް ލުއި ލިބޭނީ މިސަރުކާރު ވެއްޓީ އާސަރުކާރެއް އާދުވަހަކުން.