08 އޯގަސްޓް 2021 - 10:01
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވިޔަސް، ކަރަންޓީނު ނުވެ އެމިރޭޓްސް އަށް އެތެރެ ނުވެވޭނެ ހަ ގައުމެއް، އެމިރޭޓްސް އިން އިއްޔެ ކަނޑައަޅައިފި އެވެ.
އެ ހަ ގައުމަކީ، އިންޑިޔާ، ޕާކިސްތާން، ބަނގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ އަދި ފިލިޕީންސް އެވެ. އެމިރޭޓްސްގެ ކަމާ ގުޅޭ އިދާރާތަކުން ބުނާ ގޮތުގައި މި ގޮތަށް ކަނޑައެޅީ، އެ ގައުމުތަކުން ދެ ޑޯޒް ފުރިހަމަކޮށްގެންކަމަށް ބުނެ އެމިރޭޓްސް އަށް އެތެރެވޭ މީހުން ވެސް، ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް އިތުރުވަމުން ދާތީ އެވެ.
އެމިރޭޓްސްގެ ޕަބްލިކް ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުތަކުން އެމިރޭޓްސް އަށް އެތެރެވާ މީހުންގެ ތެރެއިން ގަތަރުގައި ދެ ޑޯޒް ފުރިހަމަކޮށްގެން އަންނަ މީހުން ދެ ދުވަހަށް، ޓޫރިސްޓު ހޮޓަލެއްގައި ކަރަންޓީނު ވާންޖެހޭނެ އެވެ. އަދި އެ ނޫން ގައުމަކުން ދެ ޑޯޒް ފުރިހަމަކޮށްގެން އަންނަ މީހަކު ނަމަ 10 ދުވަހަށް، ޓޫރިސްޓު ހޮޓަލެއްގައި ކަރަންޓީނު ވާންޖެހޭނެ އެވެ.
އެމިރޭޓްސްގައި ކޮވިޑް ފެތުރެން ފެށީއްސުރެ މިއަދާ ހަމައަށް އެ ގައުމުގައި 227000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން 601 މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް މިމަސް ފެށުމަށް ފަހު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް ހުންނަ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން އައުމުން ވެސް، ބައެއް ގައުމުތަކުން އަންނަ މީހުން ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ ގޮތަށް ނިންމުމުން، ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އެމިރޭޓްސް ސަރުކާރަށް އަމާޒުވެފަ އެވެ. އެމީހުން ބުނާ ގޮތުގައި، އެއް ބާވަތެއްގެ ކޮވިޑް ވެކްސިން ޖަހައިގެން އައުމުން ވެސް، ވަކި ގައުމުތަކެއްގެ މީހުން ކަރަންޓީނުވާން ނުޖެހި، ވަކި ގައުމުތަކެއްގެ މީހުން ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތުމަކީ، ވަރަށް ބޭއިންސާފު ނިންމުމެކެވެ.
ގަތަރުގައި ޖަހާ ވެކްސިން، ގަތަރުން ޖަހައިގެން އެމިރޭޓްސް އަށް އައުމުން ދެ ދުވަހު ކަރަންޓީނުވެގެން ސަލާމަތްވާ އިރު، ހަމަ އެ ވެކްސިން އެހެން ގައުމަކުން ޖަހައިގެން އައުމުން 10 ދުވަހު ކަރަންޓީނު ވާންޖެހެ އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތައް ދިނުމުގެ ތިން ވަނަ ފިޔަވަހި ތަންފީޒު ކުރަން ފެށީ މިމަސް ފެށުމާ އެކުގަ އެވެ. އެހެން ނަމަވެސް، ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް ފެންނަން ފެށުމާ ގުޅިގެން، ލުއިތައް ދިނުމާ މެދު އިތުރު ވިސްނުމަކަށް ދާންޖެހިފައިވާ ކަމަށް އެމިރޭޓްސް ސަރުކާރުން ބުނެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދިނުމަށް މިއަހަރުގެ ކުރީކޮޅު ފަށާފައިވާ ޕްރޮގްރާމްގެ ތެރެއިން، މިހާތަނަށް 3.9 މިލިއަން ޑޯޒްގެ ވެކްސިން، އެމިރޭޓްސްގައި ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭކްސެންސް
09 August 2021
ތިޔަ ގައުމުތަކަކީ ފޭކް ސެޓްފިކެޓް ހައްދަން ވަރަށް ފަސޭހަ ގައުމުތައް. އަދި ވަރަށްގިނައިން އެކަހަލަ ކަންތަށް ކުރާމީހުން އުޅޭ ގައުމުތައް
ޔެލޯފިން
09 August 2021
ކޮބާފެނޭ ރައްޔިތުންގެ ރައްކަލައްޓަކާ ގުރްބާން ވާގައުމުތައް
ގަމީހާ
08 August 2021
މީގެ މާނަޔަކީ އެގައުތަކުން ވެކްސިން ޖަހައިފީމޭ ކިޔައިގެން ވެކްސިން ނުޖަހާ މަކަތުހަދާކަމަަށް އެމިރޭޓްސް އިން ގަބޫލުކުރަނީއޭ.
ކޮވިޑް އައްޑަނަ 2025
08 August 2021
މި ގައުމަށް ތިހުރިހާ ބަޔަކައްވެސް ވަދެވޭނެ، ޖެހިޔަސް ނުޖެހިޔަސް. ހަމައެކަނި މިތާގެ ވެކްސިން ނުޖަހާ މީހުންނަށް އުގޫބާތް ދައްކަން މި ސަރުކާރުން ރެޑީވަނީ. 2023ގެ ވޯޓް އަށް އެހުން ހަންދާންނައްޓާލުމަށް އެދެން އިހްތިރާމްއާ އެކީ.
އުދުހޭ
08 August 2021
އިންޑިޔާމީހުން ފޭކް ޑޮކިއުމަޓް ހަދަނީކަމަށް ވެލެވޭ. ފޭކް ޕައިލެޓް ސެޓްފިކެޓް ހަދާ ބަޔަކު ފޭކް ކޮވިޑް ނަތީޖާ ނުހަދާ ހުންނާނެތަ؟
ހުސެންް
08 August 2021
ރާއްޖެ އައް ރަގަޅު ފުރުސަތެއް... ޓޫރިސްޓް ހޮޓާތަކުން ޕީސީއާރް އައް މަކަރު ނެހެދުން ރަގަޅު
ކޮނާޓޭ
08 August 2021
އާދޭ އާދޭ އުދުހިފަ އާދޭ. ދިވެހިންގެ ބިމަށް އުފަލުން އާދޭ. ވެކްސިނެއް ޕީސީއާރެއް އެކައްޗެއް ބޭނުމެއް ނުވާނެ. ސޮނިފޮތިކޮޅު ކޮނޑުމައްޗަށް އެއްލާލައިގެން އަވަހަށް އާދޭ
މުއިމުއިނާ
08 August 2021
ދެން ރާއްޖެ އައިސް މިތަނަށް ހަބޭހަށް ކޮވިޑް ފަތުރާލާފަ ޓެގް ޓިމް މީހުން ނުކުމެ ދިވެހިން ބޮލަށް ކަނޑާލާފަ ގައުމު ލޮކް އަޅުވާފަ ދިވެހިން ގޭ ބަންދުކޮށްލީމަ އެއޮތީ ރާއްޖެ ކޮވިޑުން ސަލާމަތް ވެފަ. ހެސްކިޔާފަ ލާރި ލިބެއެއްނު "ނެގެޓިވް" ޕީސާއާރު ދީގެން.
އޯކޭ
08 August 2021
އެހެންވެ ރާއްޖެ މިއޮތީ އެ މީހުންނަށް ހުޅުވާލާފަ... ބެސްޓް އަމިއްލަ އެދުން ނެއް ކޮވިޑް ޓެގް ޓީމު ގަދަ އޭ.
ކުޑަކަތީބު
08 August 2021
ދެން ފެންނާނީ ދެޑޯޒު ފުރިހަމަ ކުރަން ރާއްޖެ އަންނަތަން. ޚާއްޞަ ހުއްދައެއްގެ ދަށުން. ހަމައެއް ލަމައެއް ނޯންނާނެ