20 މާޗް

March 20, 2020 3
މިހާރު މި އޮތް ހާސްކަމުން އަރައިގަންނާނީ ކިހިނެއް؟

މުޅި ދުނިޔެއާ އެކު ރާއްޖެ ވެސް މިވަނީ ހާސްކަމެއްގެ ތެރޭގަ އެވެ. ކޮވިޑް-19 ގެ ބާރު ފެތުރުންތަކާ އެކު މުޅިންހެން އުޅެން ޖެހިފައި މިވަނީ ބިރެއްގެ ތެރޭގަ އެވެ. މިއީ އެންމެންގެ ވެސް ހާލެވެ. ނަފްސާނީ އެކި ބަލިތައް ހުންނަ މީހުންނަށް އެ ބިރުވެރިކަން އިތުރަށް ބޮޑުވެ އިތުރު މައްސަލަތަކާ ކުރިމަތިވެ އެވެ.

19 މާޗް

March 19, 2020 23
އެންމެ ގޯސްވިޔަސް ތަދުމަޑުކަމެއް ނާދިރު: ވިޔަފާރިވެރިން

އެންމެން ވެސް މުދާ ގަނެ ފޮރުވަނީ އެވެ؛ އެހެންވެ، މި ރިޕޯޓަށް ވާހަކަ ދެއްކެވި ރާއްޖޭގެ ވަރަށް ވަރުގަދަ ވިޔަފާރިވެރިންނާ އަޅުގަނޑު ކުރި އެއް ސުވާލަކީ، މި ހާލަތުގައި ތި ގޭގައި ކާބޯތަކެތީގެ އެއްވެސް އެއްޗެއް ސްޓޮކް ކުރަން ހެއްޔޭ އެވެ؟

18 މާޗް

March 18, 2020 22
ބަދަލުކުރަންވީ އާދަތައް، ދޫކޮށްލަންވީ ބޯހަރުކަން

ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރަން ޖެހުނީ އާދައިގެ ބަލިމަޑުކަމަކާ ގުޅިގެނެއް ނޫނެވެ. މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރިގެން ގޮސް، ބައިނަލްއަގްވާމީ މިންގަނޑުތަކުން ދުނިޔެއަށް ނުރައްކާތެރި ވަބާއެއް (ޕެންޑެމިކް) ގޮތުގައި ކަނޑައެޅި ކޮރޯނާ ވައިރަސްގަ އެވެ. އެންމެ...

17 މާޗް

March 17, 2020 3
ކޮވިޑް-19: ބޭނުންވަނީ އަވަސް ނިންމުންތަކެއް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަރާ ތޮޅުންތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވާނީ ވިޔަފާރިވެރިންނަށެވެ. ވިޔަފާރިވެރިންނަށް ކުރާ އަސަރު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރާނީ އާންމުންނަށެވެ. މި ދަނޑިވަޅު މުހިންމުވާނީ އެ ގެއްލުންތައް ކުޑަކުރަން ސަރުކާރާއި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަޅާ...

March 17, 2020 54
ވިޔަފާރިތައް ބަނގުރޫޓު ވިޔަނުދީ! ފިޔަވަޅު އަޅާ!

ހުރިހާ ރައްޔިތުންގެ ވެސް ތިބީ ވަރަށް ކަންބޮޑުވެފަ އެވެ. އެންމެން ވެސް ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ. ވަޒީފާގެ ބިރުވެރިކަން މި ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. އަންނަ މަހު ވެސް މުސާރަ...

March 17, 2020 25
ކޮވިޑް-19: ފަރުދީ ޒިންމާގައި އެ ދައްކަނީ ނަމޫނާ!

ގއ، ކޮނޑޭއަށް މިހާރު ހިނގައްޖެ ނަމަ އެންމެ ފުރަތަމަ ވެސް އަޅައިގަންނާނީ އެ ރަށު އަތިރިމަތީގައި ބަހައްޓާފައި ހުރި އަތް ދޮންނަ ތައްޓެވެ. އަތިރިމަތީގެ ދެ ސަރަހައްދެއްގައި، ރަށަށް...

15 މާޗް

March 15, 2020 33
އިޓަލީގައި ދިވެއްސެއްގެ ތަޖުރިބާ: އެއް އަޒުމެއްގައި

އާދައިގެ ދުވަހެއް ނަމަ، ހެނދުނު 8:30 ގައި އާތިފާ އަލީ އޮފީހަށް ވަޑައިގަންނަވާނެ އެވެ. އިޓަލީގެ ރޯމްގައި ހުންނަ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާގެ މައި އޮފީހުގައި، ފިރިކަލުންނާ އެކު އޭނާ މަސައްކަތް ކުރައްވާއިރު ދެ އަހަރުގެ އަންހެން ދަރިފުޅު ގެންދަނީ އެ އިދާރާގައި ހުންނަ ޑޭކެއާ ސެންޓަރަށެވެ. ދަރިފުޅާ އެކު އެނބުރި ގެއަށް...

13 މާޗް

March 13, 2020 29
ކޮވިޑް-19: ބިރަކީ ކުއްލިއަކަށް ބަލިމީހުން ގިނަވުން

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އިޓަލީން ރާއްޖެ އައި 12 މީހުންގެ ގްރޫޕެއްގައި ހިމެނޭ އެކަކު، ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ހުއްޓާ ހުން އައިސް ބަލިވި އެވެ. އޭނާ އަށް އެ ރަށުގެ ޑޮކްޓަރު ފަރުވާދިނެވެ. އޭނާ ކޮޓަރިން ނުނިކުމެ އުޅުނެވެ. އެނބުރި އިޓަލީ އަށް ދާން މާޗު 1 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ އެވެ. އެކަމަކު، ހުން...

11 މާޗް

March 11, 2020 46
އޭރު ފަސްކުރެވުނު، މިފަހަރު ނުވާންވީ ކީއްވެ؟!

ރާއްޖެއަކީ އިންތިޚާބުތައް ފަސްނުކުރާ ގައުމެއް ނޫނެވެ. ޚާއްސަކޮށް ލޯކަލް ކައުންސިލް އިންތިޚާބެވެ. އެންމެ ފަހުން 2017 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު މަހަކަށް ވުރެ ގާތްވެފައި ވަނިކޮށް ދެ މަހަށް ފަސްކުރަން ޖެހުނީ އޭރު ވެރިކަން ކުރި ޕީޕީއެމަށް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

09 މާޗް

March 09, 2020 23
އަލީ ވަހީދުގެ އުއްމީދީ ވާހަކަ: ޓޫރިޒަމް ކޮޅަށް ޖެހޭނެ

ޗައިނާގެ ޝެންހާއީގައި ޓްރާންސިޓް ކުރިއިރު، ޗައިނާ އިން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅު، މެކްސިކޯގެ އެ ދެމަފިރިންނަކަށް ނޭނގެ އެވެ. އެމީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާ އެކު، އެންގީ އެތެރެނުވެވޭނެ ކަމަށެވެ. އެއީ ރާއްޖޭގައި ހަނީމޫން ހޭދަކުރަން ދެމަފިރިން ދުށް ހުވަފެން...

March 09, 2020 41
އަހަނ... ބަލަބަލާ ހުއްޓާ އެ ޖަހާލީ ކުޅެއް!

ހޮޓަލުން ނުކުމެ މަގުމައްޗަށް އެ ޖަހާލަނީ މާސިންގާ ރަތްކުޅެކެވެ. ހައްޕުޑުތައް ބުރައިގެން އެ ދިޔައީ އެތަނުގައި ހުރި ސައިކަލްތަކަށެވެ. ފާރު ވެސް ރަތުން ޖަރީވެއްޖެ އެވެ. މަޑުމަޑުން...

March 09, 2020 22
އިޓަލީގެ ޓޫރިސްޓުން ނެތުމުން ކެޔޮދޫ އެކަނިވެރިވެއްޖެ!

މީގެ ކުރިން އިޓަލީގެ ޓުރިސްޓުން، ވ. ކެޔޮދޫގެ ގެސްޓް ހައުސްތަކުގެ އެނދުތައް ފުރާލަދެ އެވެ. އެމީހުންގެ ލޯބި އެރަށަށް ވަރަށް ޚާއްސަ އެވެ. އަދި ރަށުގެ ރައްޔިތުންނަށް ވެސް އިޓަލީ...

06 މާޗް

March 06, 2020 10
ތޯހާއަށް ދަރިވަރުންގެ ހިތްގައިމު ޝުކުރު

މަޑުމައިތިރި ރާގެއްގައި، ހިތްގައިމު އަޑުތަކުން ދަރިވަރުންގެ ޝުކުރު، މިދިއަ ބުދަދުވަހު ހާއްސަކުރީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި މިހާތަނަށް ހުންނެވި ތޯހާ ސަލީމްގެ ޚިދުމަތްތަކަށެވެ. އެ ސްކޫލުގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން 10 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު، މި މަހު އޭނާ ޣިޔާސުއްދީނުން...

04 މާޗް

March 04, 2020 6
ޚާއްސަ ގާނޫނުތަކުން ގާނޫނުލްއުގޫބާތު ޕެރަލައިޒްވެފައި؟!

މިހާރު ގާނޫނުލް އުގޫބާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެންމެ ބުރަ މަސައްކަތުން އެކުލަވާލި ގާނޫނެވެ. އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ ޕޯލް އެޗް ރޮބިންސަން ޑްރާފްޓް ކުރެއްވި އެ ގާނޫނު ވުޖޫދަށް ގެންނަން ކުރި މަސައްކަތުގެ ނަތީޖާ ނުކުތީ 10 އަހަރު ފަހުންނެވެ. ގިނަ ދިރާސާތަކަކަށް ފަހު އެކުލަވާލި އެ ބިލް ރައްޔިތުންގެ މަޖިލީހުގެ ދެ...

03 މާޗް

March 03, 2020 81
އަގުބޮޑު، ސިންގަލް ވިންޑޯ މަޝްރޫއުގައި ކޮރަޕްޝަން؟

އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް ކުރިއަށް ގެންދަން ހުޅުވާލި ބީލަމަށް، ޝަރުތު ހަމަނުވާ ކުންފުންޏަކުން ކުރިމަތިލައި، އެހެން ހުރިހާ ކުންފުންޏެއްގެ މައްޗަށް ކުރި ހޯދި ގޮތާ މެދު ސުވާލު...

02 މާޗް

March 02, 2020 5
އުފެދުމުގައި އައިބު ހުރުން: ހާއްސަ ސަމާލުކަމެއް ދީ!

މާބަނޑުވުމުން ޑޮކްޓަރު ދިން ފޯލިކް އެސިޑް ގަވައިދުން ބޭނުން ކުރިން ހެއްޔެވެ؟ ނޫނީ ވެކްސިން ހަމައަށް ޖެހިން ހެއްޔެވެ؟ އުޅޭ މާހައުލު، ސިނގިރޭޓުގެ ދުމުން ތަޣައްޔަރު ވެފައިވާއިރު، ފައިދާ ހުރި ކާއެއްޗެހި ބޭނުން ކުރަން ސަމާލުކަން ދެވުނީ ކިހާ ވަރަކަށް ހެއްޔެވެ؟

01 މާޗް

March 01, 2020 40
އަމިއްލަ މީހެއްގެ ލޯނު މައްސަލަ ވެސް މަޖިލިހަށް!

ރައްޔިތުންގެ މަޖިލިހުން މިހާރު ފެންނަ ބައެއް މަންޒަރުތަކުން، އެއް ބަޔަކަށް ގަބޫލުކުރެވެނީ، ގައުމު ހިންގުމުގެ ބާރު ވެސް އޮތީ އެތަނަށް ކަމެވެ. އާންމު މީހަކާއި ބޭންކަކާ ކޮށްފައިވާ މުއާމަލާތެއްގެ މައްސަލަ ވެސް، ކޮމިޓީއަށް ވައްދައިފި އެވެ. ވަޒީރުން މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވާ އިރު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު...

26 ފެބުރުއަރީ

February 26, 2020 21
ގާނޫނީ ފަންނަށް ގާނޫނުން ބޮޑު ހުރަހެއް؟!

ގާނޫނީ ފަންނުގެ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ގާނޫނީ ދާއިރާގެ މީހުން އެތައް އަހަރެއް ކުރިންސުރެ އެންމެ ބޮޑަށް އެދެމުން ދިޔަ އެއް ކަމެވެ. އެއީ ވަކީލުން އެކި ދުވަސްވަރު އެކި މުއައްސަސާތަކުގެ ބެލުމުގެ ދަށުން، ގަވާއިދުތަކެއްގެ ދަށުން ރެގިއުލޭޓް ކުރަމުން ދިޔަ ދިއުން ނިމުމަކަށް ގެނެސް، އެހެން ފަންނީ ދާއިރާތަކެކޭ އެއްގޮތަށް...

24 ފެބުރުއަރީ

February 24, 2020 4
ޖަމާލުއްދީނަށް 35 އަހަރު، ކާމިޔާބީތައް ގިނަ

ތައުލީމީ ދާއިރާގައި، ހޭދަކުރެއްވި މި ދިގު މުއްދަތުގައި ވެސް އޭނާއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭން ޖަމާލުއްދީން ސްކޫލުން ދެމުން އަންނަ ސަމާލުކަމެވެ. މީގެ އެތައް އަހަރެއް ކުރިން އެކަން ފެށި އިރު ގިނަ މީހުން ގަބޫލުކުރީ އެފަދަ ކުދިން ތިބެން ޖެހޭނީ ހަމައެކަނި ގޭގައި...

23 ފެބުރުއަރީ

February 23, 2020 65
ނޫމަޑިން ދައުލަތަށް ދޭން ޖެހޭ ފައިސާއަށް ވީ ކިހިނެއް؟

ދެ އެގްރިމެންޓެއް ބާތިލްކުރުމުގެ ބަދަލެއްގެ ގޮތުން ނޫމަޑިއަށް 55 މިލިއަަން ޑޮލަރު (848 މިލިއަން ރުފިިޔާ) ދޭން މި ސަރުކާރުން ނިންމި ނިންމުން ދިފާއުކުރައްވާ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް އެތައް ވާހަކައެއް ދައްކަވައިފި އެވެ. އާބިޓްރޭޝަން ނިމެންދެން މަޑުކޮށްފި ނަމަ، ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ވެސް ދައްކަން...

22 ފެބުރުއަރީ

February 22, 2020 25
ރާއްޖޭގެ ރީތި ކަމަށް ވެސް ދެން އޮތީ 20 އަހަރު ބާ؟

ރަށް ގިރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ނަމަވެސް މި އަހަރުގެ އިރުވައި މޫސުމުގެ ހަޅަ ދިގުދެމިގެންގޮސް، ވަޔާއި އޮއި ބާރުވެ، ކުރިމަތިވި ގިރުމުގެ މައްސަލައިން، ބައެއް ރަށްރަށުގެ ރައްޔިތުން ތިބީ ކަންބޮޑުވެފަ އެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ބަހުސްތައް ފަތުރައިލި އެވެ....

21 ފެބުރުއަރީ

February 21, 2020 40
ސަލާހުއްދީން ތުރުކުރެއްވި އަތަރުގެ މީރު ވަސް!

ސްރީ ލަންކާގެ ސެންޓްރަލް ހޮސްޕިޓަލުގެ އެ ކޮޓަރި އަށް ވެރިވެފައިވަނީ މަރުގެ ހިމޭންކަމެވެ. އެ މަޑުމޮޅިކަމުގެ ތެރެއިން ފޭދެމުން އަންނަނީ ހިކުމަތްތެރި ބަސްކޮޅެއްގެ އަޑެވެ. ކޮންމެ ނަފްސެއް ވެސް މަރުގެ ރަހަ ދެކޭނެ ކަމަށް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ސޫރަތުގެ އާޔަތެކެވެ. އެއީ ހިތްޕުޅުގެ އާލާސްކަންފުޅެއް ޖެހި އެ...

20 ފެބުރުއަރީ

February 20, 2020 8
ވިޔަފާރީގެ ތެރެއިން ސަގާފަތް: އާޝިފާ އަކީ މިސާލެއް!

ބައެއް ޒުވާނުންނަށް ފަހަރެއްގައި މިއީ ވަރަށް އޮޑު ކަމެކެވެ. އެކަމަކު ގދ. މަޑަވެއްޔަށް އުފަން އާޝިފާ މުސްތަފާގެ ވިސްނުން މުޅިން ތަފާތެވެ. ކަސަބުން އަންނައުނު ހަދައިގެން އެ ވިއްކައި،...

February 20, 2020 47
ހުރި ހައްގުތައް ވެސް ނުލިބޭ، އަދިވެސް ހަނިކުރަނީތަ؟

މުވައްޒަފުން ހައްގުތަކުން މަހްރޫމް ކުރުމަކީ ދާދި ފަހުން އަންނަން ފެށި ޝަކުވާތަކެއް ނޫނެވެ. މުވައްޒަފުންނާ މެދު ތަފާތު ކުރުމާއި ސިިޔާސީ ބޭނުމަށް މުވައްޒަފުންނާ މެދު އަޅާ...

19 ފެބުރުއަރީ

February 19, 2020 69
ބޭކާރު، ހަރަދު ބޮޑު ތަރައްގީ!

ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ބޮޑު، ހދ. އަތޮޅުގައި 19،500 އަށް ވުރެ ގިނަ މީހުން އުޅޭއިރު، އެ އަތޮޅުގެ ކައުންސިލްތައް ހިންގުމަށް ދައުލަތުން ހަރަދުކޮށްފައިވަނީ ބޮލަކަށް 2،700 ރުފިޔާގެ ނިސްބަތުންނެވެ. ރާއްޖޭގެ އެންމެ އާބާދީ މަދު، ވ. އަތޮޅުގައި ދިރިއުޅެނީ 1،800 މީހުންނެވެ. އެކަމަކު އެ އަތޮޅުގެ ކައުންސިލްތަކަށް ކުރި ހަރަދު، ބޮލަކަށް...