ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން: ޔާމީން

މަހިބަދޫގައި ޔާމީން ވާހަކަ ދައްކަވަނީ: ސުޕްރީމް ކޯޓުގެ 1 ފެބްރުުއަރީ 2018 ގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ޕީޕީއެމް

ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1, 2018 ގެ އަމުރު ލިޔުނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގައި އދ. މަހިބަދޫގައި މިއަދު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ތިބުމުގެ އިތުރުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވެސް އިންޑިއާއިން ވަންނަމުންދާ ކަމަށެވެ. އެމަނިކުފާނު ވެރިކަމުގައި ޖަލުގައި ތިބި އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު 1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން ކަމަށް ވިދާޅުވެ، އެކަން ކުރި މީހާ އިންޑިއާ އެމްބަސީގައި މިހާރު ވެސް އެބަހުރި ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެ ހުކުމް ނެރުނީ އިންޑިއާއިން. އެ ހުކުމް ނެރުނީ އިންޑިއާގެ މާލޭގައި ހުންނަ އެމްބަސީން. އަދިވެސް މިއަދު ވެސް އިންޑިއާ އެމްބަސީގައި އޭރު އެކަންކުރި އިސް މީހާ މިހާރު ވެސް އެބަހުރި. އެހެންވީމަ މި ބުނަނީ އިންޑިއާއަކީ ނޮހޮރުއްޕާނެކޭ." ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން އޭރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ޖަލަށްލި އެވެ. އަދި ސުޕްރީމް ކޯޓުގެެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އެ އަމުރު އޭގެ ތިން ދުވަސް ފަހުން ބާތިލްކުރީ ދެން ތިއްބެވި ތިން ފަނޑިޔާރުން އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަކީ އަޣްދާރުން ކަމަށް ވެސް މިއަދު ޔާމީން ތުހުމަތު ކުރެއްވި އެވެ.

"މިއަދު ވެސް އެ ފަނޑިޔާރުން އެބަތިއްބެވި ދުނިޔޭގައި. އެއީ ޣައްދާރުން. އެއީ ޣަދަރުވެރިވެފައި ތިބި މީހުން." އޭރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށް އިޝާރާތް ކުރައްވައި، ޔާމީން ވިދާޅުވި އެވެ.

ޔާމީން މަހިބަދުއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ --- ފޮޓޯ/ޕީޕީއެމް

ޔާމީން ވިދާޅުވި ގޮތުގައި ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅޭ މައުލޫމާތު އިންޑިއާ ސިފައިންނަށް ކުރިން ނޭނގި އޮވެދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ރާއްޖެއަށް ހަމަލާދިން މީހުން އައި ކަނޑުމަގުން ބޯޓުތަކުން ކަމަށް ވާއިރު، އިންޑިއާ ސިފައިންނަށް ނޭނގި އެ މީހުންނަށް ރާއްޖެ އާދެވުމާއި ހަމަލާދޭން ފެށުމާ އެކު ވަރަށް އަވަހަށް އިންޑިއާ ސިފައިން ރާއްޖެ އައުމަކީ އިއްތިފާގެއްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

"އެ މީހުންނަށް ނުފެނި މިތަނަކަށް ނާދެވޭނެ. އެ މީހުންނަށް ނުފެނި ސިލޯނުގެ ސަރަހައްދުން ބޭރަކަށް ވެސް ނުނިކުމެވޭނެ. އަދި ކީއްތޯ، ސިލޯނު ސަރަހައްދުން ނިކުމެގެން 18 ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނައިރު ދުއްވާފައި އައިސް ދިވެހިރާއްޖެއަށް ވަނީ. ދިވެހިރާއްޖެއިން އިންޑިއާގެ އެހީތެރިކަމަށް އެދުނީމަ ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއާފޯސް މޮބިލައިޒްކޮށްފި. މި ހުންނަނީ އިއްތިފާގުތޯ؟. މި ހުންނަނީ އިއްތިފާގެއް ނޫން." ޔާމީން ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން ޔާމީން ވިދާޅުވީ އެ އެއްބަސްވުން އޮތްގޮތުން ސަރުކާރުގެ ހުއްދަ ނެތި އިންޑިއާގެ އަސްކަރީ މަނަވަރުތައް ރާއްޖެއަށް ވަދެވޭނެ ކަމަށެވެ. އަދި އެތަނުގައި ތިބޭ އިންޑިއާ ސިފައިން ރާއްޖޭގެ އެއްވެސް ހުއްދައަކާ ނުލައި، ހަތިޔާރު ގެންގުޅުމުގެ ހުއްދަ ވެސް އޮންނަ ކަމަށާއި އެއީ ކަނޑައެޅިގެން ގާނޫނާ ޚިލާފް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިހާރު މާލެ ތެރޭގައި ވެސް އިންޑިއާ ސިފައިން ހަތިޔާރު ގެންގުޅޭ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"އެންމެ ކުޑަމިނުން މަނާ ނުކުރޭ ހަނގުރާމަ މަތީ ހަތިޔާރު ގެންނަން ވެސް. ހަމަ ވަރަށް ޖެނެރަލްކޮށް އޮތީ. ވަރަށް އާންމުކޮށް ލިޔެލާފައި އޮތީ ހަތިޔާރު. ހުރިހާ ވައްތަރެއްގެ ހަތިޔާރު ގެންނާނެ އަދަދަކަށް ގެނެވޭނެ. ގެންނާނެ. ގެންނަންވެގެން އެއާފޯސް ޖައްސާނެ ތަނެއް ހަދަން އެ މަސައްކަތް ކުރަނީ." ޔާމީން ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ތިބުމަކީ ރާއްޖެއަށް 'ބޮޑު ނޮހޮރުއްޕާނެއް' ކަމަށް ތަކުރާރުކޮށް ޔާމީން ވިދާޅުވި އެވެ. އަދި އިންޑިއާއަށް ދާ ދިވެހިން އެ ގައުމަށް ނާރުވައި، ފޮނުވާލާއިރު އިންޑިއާގެ ބޮޑެތި ކުށްވެރިން ރާއްޖެ އަޔަސް، ދިވެހި ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

51 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 8%
icon angry icon angry 63%
icon wow icon wow 13%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިވަރެއްނެތް

12 March 2022

ސުޕްރީމްގެ ހުކުމް އިންޑިޔާ އެމްބަސީގައި ލިޔުމަށް ޖާގަދީ އަދި އެފަދަ ހުކުމް އިއްވާ ފަދަ ފަނޑިޔާރުން ސްޕްރީމް ކޯޓަށް އައްޔަންކުރުމުގެ ބޮޑު އެއް މޭސްތިރީއަކީ މަނިކުފާނު ނޯންތޯ؟ އެހެންވީމަ މިއަދު ޝަކުވާކުރުމުގެ ޖާގައެއް މަނިކުފާނަށް އޮތްކަމަކަށް މަމެން ގަބޫލެއް ނުކުރަން. އެއާއި ޚިލާފަށް މިސަރުކާރުން ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރުން ގަނެވިއްކޭނެ ކަމަކަށް މަމެން ގަބޫލެއް ނުކުރަން. އެކޯޓުން މިއަދު މަނިކުފާނަށް ވެސް އިންސާފު އެބަލިބޭދޯ؟

The name is already taken The name is available. Register?

އެކްސިސް

12 March 2022

ތިބުނަނީ އެ ފަނޑިޔާރުންނަށް މަރުގެ އަދަބު ދޭނަމޭތަ ...އިދިކޮޅުގަ ހުންނަ އިރުވެސް ޑިކްޓޭޓަރ ވިސްނުން.

The name is already taken The name is available. Register?

ޙަސަން މުބީން

13 March 2022

ދޭންޖެހޭ

The name is already taken The name is available. Register?

ހުސެން

12 March 2022

ލ.ގަން އަދި ކައްދޫގައި މިތިބޭ އިންޑިޔާ ސިފައިން ތަންތަނަށް އެކިކަންކަމުގަ (ހިދުމަތްހޯދުމަށް) ގުޅާފަ އެބަބުނެޔޭ މިގުޅަނީ އެމްއެންޑީއެފު އިންނޭ!! މިހިރީ މިހާރު މިވެރިންގެ ކަންތައްގަނޑު ހުރިހިސާބަކީ، ވީއެންމެ އަވަހަކަށް އިންޑިޔާގެ މިލިޓަރީ މިތަނުން ބޭރުކޮށް އަދި ގަވައިދާ ހިލާފަށް އިންޑިޔާމީހުން މިރާއްޖޭގައި ހިންގާ ބިޒުނަސްތައް ހުއްޓުވަންޖެހޭ، މިހާރު މިކަން ނުކޮށްފިނަމަ ފަހުން ލިބޭގެއްލުން ބޮޑުވާނެ

The name is already taken The name is available. Register?

ފިޔާ

12 March 2022

ދެން ތިހެން ކޮސްގޮވަގޮވާ ހުރެލާ. ތިގޮވާ ކޮސް އަޑުއަހާނެ މީހަކު މިގައުމަކު ނޫޅޭ.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

12 March 2022

އެކަމެ ދޮގެއްނުކުރެވޭނެ އޭގެ ސާފު ހެކި މިގައުމުން ފެންނަމުންމިދަނީ..އިންޑިޔާ މިގައުމު ކޮންޓްރޯލު ކުރަމުން މިދަނީ..ވެރިކަމުގަތިބި މީހުންގެ އަމިއްލަ ބާރެއް އެއްވެސް ކަމެއްގަނެތްކަން ސާފު..ހިރުވާތަނެއް ކަހާލަން ބޭނުންވިޔަސް އިންޑިޔާގެ ހުއްދަނެތި ކަހާނުލެވޭނެ..މިއީ ރައްޔިތުންނަ ފެންނައޮތް ކަމެއް މިކަން އެއްމެ ސާފުކޮށް އެގޭނީ މީޑިޔާތަކަށް ނޫސްވެރިންނަ...

The name is already taken The name is available. Register?

މަނީ މަނީ މޭން

12 March 2022

ޔޫ އީޓް ގަވަރުމެންޓް މަނީ އޯލްސޯ

The name is already taken The name is available. Register?

ހުސްނުހީނާ

12 March 2022

މިހާރުދެން ތިހާސަރު ދެމުން ހުއްޓާލަން ވެއްޖެދޯ؟ ތި ހޮޅިގޮވުން އަޑުއަހާނެ ބަޔަކު ތިބީކީއެއްނޫން. އެއްކަލަ ގޮތްނޭގޭ ޑޮލަރު ތަކުން އެޅި މަހާ ބިލްޑިނގް ހޯމްސްޓޭއަށް ދޫކުރަން ފަށާލަބަލަ. މާރަނގަޅުވާނެ!

The name is already taken The name is available. Register?

ކޫކޫ

12 March 2022

އެހެންވީމަ ތިޔަ ބުނަނީ އޭރުގެ ސުޕުރީމު ކޯޓުގެ ފަނޑިޔާރުންނަށް އެވަރުގެ އެއްޗެއް ލިޔެލަންވެސް ނޭނގޭނެޔޭ އަދި އިންޑިޔާ އެންބަސީގަ އުޅޭ މީހުންނަށް ދިވެހިން ލިޔަން އިނގެޔޭ.

The name is already taken The name is available. Register?

ހިބަރުވަދުސޭލް

12 March 2022

ރައްޔިތުން މުދަލާ ފައިސާއަށް ޚިޔާނަތްތެރިވުމަށްވުރެ ބޮޑުޣައްދާރުކަމެއް ނެތް.ކޮންމެ ހަފުތާބަންދަކު ތިޖޯކުކިއުން ހުއްޓާލާފަ ބިގް ގޭމްފިޝިންގއަށް ދޭބަލަ.

The name is already taken The name is available. Register?

ާއުނިމާ

12 March 2022

އެއަށްވުރެބޮޑުކަމެއް ގައުމު ވިއްކާލާ ފައިސާ ނެގުން

The name is already taken The name is available. Register?

މުޅޭ

12 March 2022

މިކަހަލަ އޮޅުވައިލުމަށް ނުހެއްލޭ! ދިވެހި ރާއްޖޭގައި އިންޑިޔާގެ އެންބަސީއެއް ނުހުންނާނެއެވެ. ހުންނާނީ ހައިކޮމިޝަނެކެވެ. ތަނަކަށް ގެންގޮސް ސުވާލުކުރީމަ ހަތްހުވާކޮށްފައިވެސް ވިދާޅުވެވޭނެ އިންޑިޔާ ހައިކޮމިޝަނުން އެއްޗެއް ލިޔެގެން ނެރުނުވާހަކަ ބުނިކަމަކަށް. ގޯނިގޯންޏަށް ލާރިއަޅައިގެން ހިނގިވާހަކަބުނި މެންބަރުވެސް ބުނީ އެއީ ސިޔާސީވާހަކައެކޭނު! ނޫނޭ! ނޫނޭ! އޮޅުވައިލުމަށް މޮޅު! އެމެންބަރުގެ އެބަޔާން ނުކުތީ މިސިކުނޑިންކަން ޔަގީން!

The name is already taken The name is available. Register?

120687

12 March 2022

އެ އިރަކީ ރާއްޖެ ކޮމަންވެލްތު އިން ވަކިވެފައި އޮތް ދުވަސްކޮޅަކަށް ވާތީ، "މުޅޭ" ނަމުގައި ކޮމެންޓުކޮށްފައި ފަރާތަށް އެނގިވަޑައިނުގެންނެވި ނަމަވެސް، އެ އިރަކު ރާއްޖޭގައި އިންޑިޔާގެ ހައިކޮމިޝަނެއް ނުހުންނާނެ. ހުންނާނީ އެމްބަސީއެއް. މި ސަރުކާރު އައިސް އަނެއްކާވެސް އިނގިރޭސީ ތައްޕާހަށް ވެއްޓިވަޑައިގެންނެވީ. ދެން އެންބަސީތައް އަނެއްކާވެސް ހައިކޮމިޝަންތަކަށް ބަދަލުވީ. އޯކޭ. ނޭނގެނީ ވިއްޔާ މި ކަމާ ބެހޭ ޖެނިވާ ކޮންވެންޝަން ވިދާޅުވެލައްވާ. އިނގޭތޯ.

The name is already taken The name is available. Register?

ނަންބަރޫ

12 March 2022

މިދައްކަނީ މިރުހުގެ ކުޅި ވާހަކަ. މިރުސް ހެއްދިތަނެއްގެ ވާހަކައެއް ނޫން

The name is already taken The name is available. Register?

120687

13 March 2022

ނަންބަރޫ އަށް ބުނެލަން އޮތީ، މިރުސް ހައްދާ ތަނުގެ ސަބަބުން ރަހަވެސް ބަދަލުވެޔޭ. ނަޝީދު އަނގަ ވިހަ ޖެހިއްޖެ މިރުހުން ކުޅިވެދާނެތޯ ސުވާލުކޮށްލެވިދާނެ. އެ ނުބައި އަނގަ ލަފަހައްޓާނެ ނަމަ ކިހާ ރަނގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454