އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ. އަދި އެ މަޝްރޫއުގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކްޓަނުގެ ވިހަގޭސް މަދުކުރެވޭނެ.
އެސްޕަޔާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި އާބާދީ އެންމެ ބޮޑު ހަ ރަށެއްގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް މެލޭޝިއާގެ މެގަ ފަސްޓް އާއި ޗައިނާގެ ޕަވަ ޗައިނާގެ ޖޮއިންޓް ވެންޗާއަކާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި (ކ-ވ) ޕަވަ ޗައިނާގެ ޖެނެރަލް މެނޭޖާ ސޮންގް ކިން ގޯ އާއި މެގަ ފަސްޓްގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން ޗިން ސަން އަދި ފެނަކައިގެ ޑިރެކްޓާ އަހުމަދު އަޒްލީމް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
29 މާޗް 2022 - 14:03
އާބާދީ އެންމެ ބޮޑު ހަ ރަށުގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފި އެވެ.
އެއީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން އަންނަ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއުއެކެވެ. ރާއްޖޭގެ ތިން ސިޓީ ކުޅުދުއްފުއްޓާއި ފުވައްމުލައް އަދި އައްޑޫ ހިމެނޭ ގޮތަށް އެ މަޝްރޫއު ދެން ކުރިއަށް ގެންދާނީ ބ. އޭދަފުއްޓާއި ޅ. ހިންނަވަރު އަދި ގދ. ތިނަދޫގަ އެވެ. އެ ރަށްތަކުގައި ގާއިމްކުރާނީ އަވިން 11 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ނިޒާމެކެވެ.
މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މިއަދު ހެނދުނު ހ. މީރުމާ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ސަރުކާރާއި އެންވަޔަޒަމަންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކްގެ އިސްވެރިންނާއި އަދި އެ މަޝްރޫއު ހަވާލުކުރި މެލޭޝިއާގެ މެގަ ފަސްޓް ޕަވަ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް ކުންފުންޏާއި ޕަވަ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަންގެ ޖޮއިންޓް ވެންޗާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި މަޝްރޫއު ހިންގާ ރަށްތަކުގެ ކައުންސިލްތަކުން ވެސް ބައިވެރިވި އެވެ.
އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއުގައި ސޮއިކުރި ރަސްމިއްޔާތުގައި ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ (ކ-1) އަދި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް (ކ-2).-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ދުބާއީގައި ހުންނަވައި ވާޗުއަލްކޮށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. މެގަ ފަސްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަން އެވެ. އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވަ ޗައިނާ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިން ގޯ އެވެ.
ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން އުފައްދާ ކަރަންޓް، ގަނެވިއްކުމަށް ހަދާ ޕަވަ ޕާޗޭސިން އެއްބަސްވުމުގައި މެލޭޝިއާ އާއި ޗައިނާގެ ކުންފުންޏާ އެކު ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ.
އެ މަޝްރޫއު އަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ދެމެދު ސޮއިކުރި ކޯޕަރޭޝަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އަހުމަދު އަޒްލީމެވެ.
Today I have signed a contract to install 11 MW of solar pv in 6 islands including the cities in the Maldives. This is the largest solar pv contract in our history under PPA model. It is the lowest rate ever received for a PPA. We are transitioning to ☀️ pic.twitter.com/Sagy8td9Ed
— Shauna Aminath 🎈❓ (@anuahsa) March 29, 2022
- އައްޑޫގައި ތިން މެގަވޮޓް
- ފުވައްމުލަކުގައި ދެ މެގަވޮޓް
- ގދ. ތިނަދޫގައި ދެ މެގަވޮޓް
- ކުޅުދުއްފުށީގައި 1.5 މެގަވޮޓް
- ބ. އޭދަފުށީގައި 1.5 މެގަވޮޓް
- ޅ. ހިންނަވަރުގައި އެއް މެގަވޮޓް
އެންވަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މެލޭޝިއާގެ މެގަ ފަސްޓް އާއި ޗައިނާގެ ޕަވަ ޗައިނާ އަކީ އެސްޕަޔާ ޕްރޮޖެކްޓްގެ ދަށުން 11 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައް އުފައްދާ ނިޒާމު ގާއިމްކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި 34 ކުންފުނީގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުނިތަކެވެ.
އަވިން ހަކަތަ އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރާއި އެންވަޔަޒަމަންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކާއި މެގަ ފަސްޓާއި ޕަވަ ޗައިނާ އާއި ފެނަކަ ކޯޕަރޭޝަނާއި އަދި ރަށު ކައުންސިލްތަކުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ވިއްކުމަށް ހުށަހަޅާފައި ވަނީ 15 އަހަރުގެ މުއްދަތަށް ޔުނިޓަކަށް 9.9 ޔޫއެސް ސެންޓް (1.52ރ.) އަށެވެ. އެއީ މިހާތަނަށް ރާއްޖޭގައި ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެއްބަސްވުމުގެ ދަށުން ހުށަހެޅުނު އެންމެ ކުޑަ އަގެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓް އުފައްދާ އަގުގެ 50 ޕަސެންޓަށް ވުރެ ކުޑަ އަގެކެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރު ކުރީކޮޅުގަ އެވެ. އަހަރަކު 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެ ކަމަށް ލަފާކުރާ އެ މަޝްރޫއުގެ މަސައްކަތް ނިންމައި އަންނަ އަހަރު ފަހުކޮޅު ކަރަންޓް ދޭން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި (ވ-ކ) މޭލެޝިއާގެ މެގަ ފަސްޓްގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން ޗިން ސަން އާއި ޕަވަ ޗައިނާގެ ޖެނެރަލް މެނޭޖާ ސޮންގް ކިން ގޯ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
"އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ރުފިޔާ ކުޑަކުރެވޭނެ. ނަމަވެސް، މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާ ނަމަ ދައުލަތުން ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކްޓަނުގެ ވިހަގޭސް މަދުކުރެވޭނެ،" އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.
އެސްޕަޔާ ޕްރޮޖެކްޓްގެ ދަށުން މާލެ އަށް ބޭނުންވާ ކަރަންޓް އަވިން އުފެއްދުމުގެ ގޮތުން ސިނަމާލެ ބްރިޖުގެ ލިންކް ރޯޑުގެ އެއް ފަރާތުގައި ސޯލާ ޕެނަލް ބެހެއްޓުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ޖުލައިގައި ފަށާއި، އަހަރުގެ ފަހުކޮޅު ހިދުމަތް ދޭން ފަށަން ވެސް ވަނީ ނިންމައިފަ އެވެ.
އެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭގެ 1،000 ހައުސިން ޔުނިޓުގައި މިހާރު ވެސް 1.5 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށްފައިވެ އެވެ. އެ ޕެނަލްތައް މެދުވެރިކޮށް 2018 ވަނަ އަހަރުން ފެށިގެން އަންނަނީ ކަރަންޓް ނަގަމުންނެވެ.
މާލެ އާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހިންގާ އެސްޕަޔާ ޕްރޮޖެކްޓަށް 16 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.
އެސްޕަޔާ ޕްރޮޖެކްޓްގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ "އެރައިސް" ޕްރޮޖެކްޓުން ވެސް ރާއްޖޭގެ އެކި ރަށްތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމަށް އިއުލާނުކޮށްފައިވެ އެވެ. އެ ރަށްތަކުގެ ތެރޭގައި ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންޑު
29 March 2022
ށުކުރިއްޔާ ރައީސް ޔާމީނު. އެމަނިކުފާނުގެ ދައުރުގައި ފެށި މިޕްރޮޖެކްޓު ގެ މޭވާ އަދި ކިރިޔާ ފެންނަން މިފެށީ.
ގާސިމް
29 March 2022
ތި ޕޮރޮޖެކްޓުން ކަޓަށް ކިހާވަރެއް ލިބުނުބާ. ނޫނީ ދޭންޖެހުނުބާ.
ކުޑަ ރިކިލު
29 March 2022
މާލޭ އެކިއެކި ގޭގެއަށް ބަދަލުގެ ގޮތުގަ އެކަނިވެސް ދިހަވަރަކަށް އަހަރުގެ ތެޔޮގަނެވޭހާ ފައިސާ ގެންގޮއްސި.
އޮނަރަބްލް ބޮޑު މުހަންމަދު
29 March 2022
ޕީޕީއޭ މޮޑެލްގެ ދަށުން އިންވެސްޓްކުރުމަށް ބޭރު ބަޔަކަށް ހަވާލުކޮށް އެމީހުން އަތުން ކޮންމެ އަހަރަކު ސޯލާ ކަރަންޓު ގަނެގެން އަހަރަކު 39 މިލިއަން ރުފިޔާ ސަލާމަތްކުރެވުންތޯ ރަގަޅީ ނުވަތަ ސޯލާއަށް ސަރުކާރުން ލޯނެއް ނަގައިގެން ނުވަތަ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ސަރުކާރުން މިހިދުމަތް ދިނުމުންތޯ ދިގުމުއްދަތަކަށް ހަރަދުކުޑަވާނީ؟ ޕީޕީއޭ މޮޑެލްގެ ދަށުން އެންމެ ކުޑަ އަގެއް ހުށަހެޅި ފަރާތަށް ދިނީމާ އެއީ މިކަން ދިޔައީ ރަގަޅަށް ކަމުގެ ހެއްކެއް ނޫން
އޮނަރަބްލް އަފީފު ދީދީ
29 March 2022
ތިކަންވެސް ކުރާންވީ. އެކަމަކު ދައުލަތުންކުރާ ޙަރަދު ކުޑަކުރުމަށާއި ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކޮށް، ކުންފުންޏަށް ގެއްލުންނުވެ ކަރަންޓް ހެޔޮއަގުގައި ވިއްކުމަށްޓަކާ އައްޑޫ ސެންޓްރަލް ޕަވަރ ހައުސް އިން މުޅި އައްޑޫސިޓީއަށް ކަރަންޓް ދިނުމަށްޓަކާ ހުޅުމީދޫ އަވަށަށް މެރިން ކޭބަލް އަޅާފައި ކަރަންޓް ދޭންވީ ނޫންތޯ. # އަދި އިތުރަށް މިނެޓްވޯކް ތެރެއަށް ސައުތު ޕާމް، ހެރެތެރެ އަދި ޝަންގްރިލާޒް ވައްދައިގިނަމަ ކުންފުންޏަށްލިބޭ ފައިދާ ބޮޑުވާނެ.