އިބޫ، އޭނާގެ ސަޕޯޓަރަކާ އެކު ފޮޓޯއެއް ނަންގަވަނީ.
06 އޯގަސްޓް 2018 - 23:43
ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކުގެ އިތުބާރު އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ކަށަވަރު ކޮށްދޭނީ ގާނޫނުތަކުގެ ތެރެއިން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ލ. އާއި ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ތިމަރަފުށީގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، ބޯ ވާރޭގައި ކުރިއަށް ގެންދިޔަ ޖަލްސާގައި އިބޫ ވިދާޅުވީ، ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އިންވެސްޓަރުންނަށް އިތުބާރު ނެތުން ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއް ގައި އެކަން ހައްލު ކޮށްދެއްވާނެ ކަމަށެވެ.
"އިތުބާރާ އެކު، އިންވެސްޓް ކުރާނެ ޔަގީން ކަން ރާއްޖޭގައި ނެތުން. މާހައުލު ނެތީ. އަޅުގަނޑުމެން ސަރުކާރެއް ގައި އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި އިންވެސްޓްމަންޓްތައް ރައްކާތެރި ކުރާނެ ގާނޫނުތައް. ގާނޫނުގެ ތެރެއިން އިންވެސްޓްމަންޓްތައް ރައްކާތެރި ކުރެވޭނެކަން އަންގައިދޭނަން،" ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާރު ރިސޯޓްތައް ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ހުއްޓިފައިވާ ޕްރޮޖެކްޓްތައް އޭގެ ސަބަބުން ކުރިއަށް ގެންދެވޭނެ އެވެ.
އިބޫ ވަނީ މިހާރު ނުހެދިހުރި ރިސޯޓްތައް ހެދުމަށް ލޯނު ހަމަޖައްސައި ދެއްވައި އެ ރިސޯޓުތައް މާކެޓަށް ނެރޭނެ ކަމުގެ ވައުދުވެސް މިއަދު ވެވަޑައިގެންފަ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ތިމަރަފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދިން ކަން ފާހަގަ ކުރައްވައި އިބޫ ވަނީ އޭނާގެ ވެރިކަމެއްގައި މި ރަށަށް އިތުރު ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
* ހިއްކާފައިވާ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރުން
* ރަށުގެ މަގުތައް ހަދައި ދިނުން
* ލޯކަލް ޓޫރިޒަމް މި ރަށަށް ތައާރަފު ކުރުން
ހަމަ އެއާ އެކު އިބޫ ވަނީ އަތޮޅުތަކުގެ ފެރީ ނިޒާމު ހައްލުކޮށް ބާރު ސްޕީޑުގައި ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަވައި ދޭނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
ތ. އަތޮޅާއި ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އާއި މިއަދު އިބޫ އާއި ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ތ. އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ. މާދަމާ އިން ފެށިގެން ބުދަ ދުވަހާ ހަމަ އަށް ލ. އަތޮޅުގެ އެކި ރަށްތަކަށް ވަޑައިގަތުމަށް އިބޫ ވަނީ ނިންމަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީ
09 August 2018
ފުރަތަމަ ހަދަންވީ ޓޫރިޒަމް ބޯއިކޮޓް ކުރާ މީހުންނާއ ދޭތެރެ އަޅާނެ ފިޔަވަޅެއް. މިހާރުވެސް ރާއްޖޭގައި އިންވެސްޓަރުން ހިމާޔަތް އޮވޭ
ދުއާ
07 August 2018
ބޭރު ގައުމުތަކުގެ ނުބައި ނުފޫޒުން ރާއްޖެ ރައްކާތެރިކުރައްވާން ދޭވެ. އާމީން
ޒެޑްސް 1
07 August 2018
މި އިންތިޚާބަކީ އިގްތިސޯދީ ވަޢުދުތަކުގެ އިންތިޚާބެއް ނޫނެވެ. އިގްތިސާދީ ވަޢުދު ކޮށް ބޮޑެތި މަޝްރޫޢުތަކުގެ ވަޢުދު ޙަގީގަތަކަށް ހެދުމުގައި ޔާމީނު ވަރެއް ނެތެވެ. މިކަން ކުރުވުމަށް އަހަރެމެން އިބޫ އެއް ބޭނުމެއް ނުވެއެވެ. ޔާމީނު ފަހަތުން ކޮޕީ ކުރަމުން އިބޫ ވަޢުދު ވާނެ ކަމެއް ނެތެވެ. އިބޫގެ ކިބައިން އަހަރެމެން މިއަދު ބޭނުންވަނީ އުފާވެރިކަން ގެނެސްދިނުމުގެ ވަޢުދެވެ. މިނިވަންކަން ކަށަވަރުކޮށް ދިނުމުގެ ވައުދެވެ. ބިރުން ރޫރޫ އެޅުން ހުއްޓުމަކަށް ގެނައުމުގެ ވަޢުދެވެ. ޖަލު ގޮޅިތަކުން ސަލާމަތްވެ ތިބެވޭނެކަމުގެ ވަޢުދެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހަކަށް ފުރުސަތު ހޯދައިދޭނެކަމުގެ ވަޢުދެވެ. އިންސާފުވެރި ޝަރީޢަތް ކުރެވޭ ސިޔާސީ ވެރިންގެ ނުފޫޒުން އެއްކިބާކުރެވިފައި އޮތް މިނިވަން މުސްތަގިއްލު ކޯޓުތަކަށް ފުރުސަތު ހޯދައި ދޭނެކަމުގެ ވަޢުދެވެ. ރައްޔިތުންގެ ދިފާޢުގައި ރައްޔިތުންގެ ޙިމާޔަތުގައި ސިޔާސީ ކުލަ ނުޖެހި ތިބެގެން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ހަދާނެކަމުގެ ވަޢުދެވެ.
ކޮލެޖް ބޯއީ
07 August 2018
އިބޫ ލައްވާ ހުސް ވައުދު ގޯންޏެއް އޮއްސާ މިލަނީ އަންނި ގެ ރޭވުމަކުން. އޭރުން އިބޫވެސް ވައުދުވެ ވައުދު ނުފުއްދުނު ލީޑަރެއްގެ ގޮތުގައި ރޭރުވެގެން ފޭވެދާނީ
ރަސްކަލާ
07 August 2018
އިންވެސްޓްމަންޓްތައް ހުރީ ހަމަ ސަޅިކޮށް ހިމާޔަތް ވެފަ. އެހެންނޫންނަމަކަ ބޭރު ކުންފުނިތަކުން ރާއްޖޭގަ އެންމެ ރިސޯޓުގަނޑެއްވެސް ނުހިންގީސް. ތި ދައްކަނީ ހަމަ ތިމަރަފުށީގަ މި ސަރުކާރުން އެޅި ނަރުދަމާ މައްޗަށް އަނެއް ނަރުދަމާ އަޅާ ވާހަކަ. ފެން ހަރުލާ ވާހަކެއް ނޫން ތީކީ.
ވާލުސޮރު
07 August 2018
ގާނޫނު ތީ މިހާރު އަހަން އެންމެ ފޫހިވާ ބަސް ދެން އޮތީ އަދުލު އިންސާފު. މިދެބަސް އިވުނަސް މޭނުބައިކޮށް ހޮޑުވެސްލަވާ.
ސޮރޭ
07 August 2018
ބަލަ މަހީކުރީ ރާއްޖެއަށް ދިމަވެފަ އޮތް އެންމެބޮޑު މައްސަލަ އަކީ ކަލޭމެންގެ ރޫހާނީ ލީޑަރު ޖަލުގަ ހުރުންހެން. މިހާރު މިދައެކަނީ ކޮންވާހަކައެއް
ލިޕޭ
07 August 2018
ކޮންއިރަކު ނެތީ
ކިއްލިބާޝާ
07 August 2018
ޤާނޫނަކީ ސިޔާސީ ބޭފުޅުން ކުޅެސަކަރާތްޖަހަން އޮތް ފުއްގަނޑެއް. އެ މޮޑޭނީ އެބޭފުޅުން ބޭނުންގޮތަކަށް. ފަޅުތައް ވިންކަން ގާނޫނު ފާސްކުރީ އެމްޑީޕީއާއި ޕީޕީއެމް އެކުވެގެން. މީއެއްނޫންތޯ ގައުމަށް ގައްދާރުވުމަކީ. މިހާރު އިބޫ މާ ނޫންކަމަށް ހެދޭނެކަމެއް ނެތް.
ޖަވާނީ
07 August 2018
ގާނޫނު ތަންފީޒްކުރަން ލިބުމުގެ ކުރިން އިބޫ ތިހުންނެވީ ރައްޔިތުން ބޭނުންވަނީ ޖަޒީރާ ދިރިއުޅުމޭ ވިދާޅުވެފަ.ރައްޔިތުން ބޭނުމެއްނުވޭ އިނގޭތޯ.. ރަށްރަށުގެ އެއްމެން ބޭނުންވޭ އިނގޭތޯ ނަރުދަމާ މަގުތައް ހެދުން ޒަމާނީ ހުރިހާ ވަސީލަތެއް..ފޫޅުދިގު ހަންޑި އައިމިނާބީ އުޅުން ޒަމާން ގޮއްސި...ފަނުން ހަދާ ގޭގޭގައި މިސްކިތުވަޅުން ފެންބޮއިގެން ގޮނޑުދޮށަށް ފާހާނާ ކޮށްގެން. ޖަޒީރާއޭ ކިޔާފަ ފަހުން ބުނާނެ ޖަޒީރާ ދިރިއުޅުން އުޅޭށޭ.. އެއީ ވައުދެކޭ..ރީތި ވެއްޖެއްނު.