ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ..---ފޮޓޯ: ހުސައިން ވަހީދު/މިހާރު
22 އޮކްޓޯބަރ 2019 - 22:35
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގުކޮށް އެ ބޭފުޅުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަން ފަނޑިޔާރުންގެ ޖަމިއްޔާ އިން މިރޭ ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނީ އެ ބޭފުޅުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަށް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މިވަގުތު ބައެއް ފަނޑިޔާރުން ހިމޭނެ ކަމަށް ބިޝާމް ވިދާޅުވުމަކީ އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ވަނީ އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭ ނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަން އެންމެހައި މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނޫސްބަޔާން pic.twitter.com/xE42ymlyFM
— Judges Association of Maldives (@JudgesMaldives) October 22, 2019
ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް އަމަލެއް އެއްވެސް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމަ އަށް ތަބާވުމަށް އެންމެހައި ފަނޑިޔާރުންނަށް އެ ޖަމިއްޔާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
ކުރީގެ ސަރުކާރުގައި ހިންގި މި ޚިޔާނާތް މި ވެރިކަން ފެށުމާއެކު އަލުން ތަހުގީގުކޮށް ފުލުހުން ވަނީ ބައެއް މައްސަލަތަކުގައި ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އޭގެތެރެއިން، މި ހިޔާނާތުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ.
ރަށްތައް ވިއްކައިގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ ޖަމާކުރީ އަދީބުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފަށެވެ. އެ ފައިސާ ލޯންޑާކޮށް، ކުރީގެ ސަރުކާރުގައި ސިޔާސީ ބާރުވެރިކަން ހޯދުމުގެ ގިނަ ކަންކަމަށް ހޭދަކޮށްފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.
ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތަހުގީގުތައް ވެސް ފުލުހުން ކުރިއަށް އެބަގެންދެ އެވެ. ފުލުހުންގެ ތަހުގީގުގައި އަދީބު ގެންދަވަނީ ޚިޔާނާތުގެ ފައިސާ ދައުރުވި ގޮތާއި މަންފާ ލިބުނު މީހުން ކިޔައިދެއްވަމުންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަށް ފަހު ދައުލަތުގެ ފައިސާ ލިބުނު، (ޑޮލަރު ގަތުމުގެ ތެރެއިން ނަމަވެސް) 155 މީހުންގެ ލިސްޓެއް އާއްމު ކުރި އެވެ. އެއީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފުން ޖަމާކުރި މީހުންނެވެ. އެކަމަކު މި ލިސްޓުގައިވާ އެކަކު ވެސް ދައުލަތުގެ ފައިސާގައި ޖެހުނު ކަމަކަށް ނުވި އެވެ. އޭގެތެރެއިން ގިނަ މީހުން ބުނެފައި ވަނީ އެއީ އެސްއޯއެފާ އެކު ހިންގި ޑޮލަރުގެ ސައްހަ މުއާމަލާތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެން ފޯއް ރުއްކެޑި
23 October 2019
ސްޕާ މެ ޖޯރިޓީ ދީފައޭ ތިއޮތީ ފަޑިޔާރެކޭ ފުލުހެކޭ ސިފައިންނެކޭ މެންބަރެކޭ ވަޒީރެކޭ ކިޔާނެ ކަމެއް ނެތް އޭނަ ނުކުރިޔޭ މީނަނުކުރިޔޭ މޫނަކަށް ކަދުރާއަކަށް ނުބަލާ ބޭރުކުރޭ
އޮނަރަބްލް އަފީފު ދީދީ
23 October 2019
ޤަވާއިދާއިހިލާފު ބިދޭސިންގެމައްސަލަހައްލުކުރުމަށް ހަވާލުކޮށްފައިވާ ފައްޔާޒު އަކީ އެކަންކުރެވޭނެމީހެއްނޫން. # ލައްކައަކާއި ގާތްކުރާއަދަދަކަށް ހަމައެކަނި ބަންގްލަދޭޝް މީހުން ތިބިއިރު އޭނާ ކޮންގޮތަކަށް ކިހިނެއް ވިސްނައިގެންތޯ ވަގުތީ ގޮތުން ނަމަވެސް އެމީހުން ރާއްޖެއައުން ނުހުއްޓުވާ މިކަން ކުރާން އުޅެނީ؟! # މޯލްޑިވިއަންފްލައިޓުން ޑާކާއިންއަންނަ "ޓްއަރިސްޓްމީހާ" އަނެއްދުވަހު ޤަވާއިދަށްފެތޭލިސްޓްގައިޖެހުމަށް ގަލޮޅު ދަނޑުގައިހުންނަކަން ފައްޔާޒަށްއިގޭތަ؟
ަވަޖުދީ
23 October 2019
ފަނޑިޔާރުންގެ މައްޗަށް ބާރުފޯރުވޭ މަޖިލީހުގެ މެމްބަރުންނަކީވެސް ނަޒާހަތްތެރިކަން ހުރި ބަޔަކަށްވާންޖެހޭ. އެމްއެމްޕީއާރސީގެ ފައިސާގައި ޖެހިފައިވާ މަޖިލިސް މެމްބަރުންގެ މައްސަލަތައްވެސް ބަލައި މަގާމުން ދުރުކުރަންޖެހޭ.
ނެގުނުކަތީބު
23 October 2019
ހަމައެކަނި ފަނޑިޔާރުންނެއް ނޫން! ތުހުމަތުކުރެވޭ އެންމެން. ވިޔަފާރިވެރިންނާއި ނުފޫޒުގަދަ މަހުޖަނުންވެސް.
ވައިސޫރަ
23 October 2019
ތުހުމަތުކުރެވޭ ފަޑިޔާރުންނަށް ފިޔަވަޅު އެޅުން ލަސްނުކުރާށޭ! މިހާރުވެސް އެމަސައްކަތް އެކުރަނީ ބައާވާތެއް ކުރެވޭތޯ؟
އިމަނާ
23 October 2019
ދުއްވާލަން ބޭނުންވީމަ ތުހުމަތުކޮށް ވާހަކަދެއްކިދާނެ. ނަމަވެސް ފިޔަވަޅުއެޅޭނީ ކަމެއްސާބިތުވީމަ. ތިޔަގޮތަށް ޢަމަލުކުރުމަކީތޯ އިންސާފުގެމަގަކީ. ތިޔަގޮތަށްތޯ އަނިޔާވެރިކަން ނައްތާލަނީ. އަޅުގަނޑު ހަމަ އާސޯހްވެއްޖެ.
ާއުނިމާ
23 October 2019
ތުހުމަތުކުރެވޭ ފަޑިޔާރަކަސް މެންބަރަކަސް މިނިސްޓަރަކަސް ސަރުކާރުގެ މުވައްޒަފަކަސް ޕާޓީކުދިންނަސް ދޮނެއްކަޅެއް ނުބަލާ ފިޔަވަޅު އަޅަންވީ! ޒީރޯ ޓޮލަރަންސް ގައި ހިފަހައްޓަނީ ކިހާވަރަކަށްތޯ ރައްޔިތުން ބަލަން މިތިބީ
މާފަ
23 October 2019
3 މިނިސްޓަރެއްގެ ނަންވެސް ތިޔަ ޢާއްމު ކުރެއްވީ ޝަރީޢަތުުން އެކަން ސާބިތުވެގެނެއް ނޫން އެހެންވީއަރު ތިޔަބުނާ 155 މީހުންގެ ނަންތަކާ އަދި އެހެން އިތުރު ބަޔަކު މިކަމުގައި ބައިވެރިވެފައި ވާނަމަ އެމީހުންގެ ނަންތައް ޢާންމު ނުކުރެވިގެން އުޅެނީ ކޮންކަމެއް ވެގެންތޯ.
ހުތާ
23 October 2019
މަޖިލީހުގެ މެންބަރުން މާނަޒާހަތްތެރި ބަޔަކަށްވެގެން ގައުމުގެ މުއައްސަސާތަކުގެ ވެރިން ކޮމިޓީތަކަށް ދެއިރު ކާބޭހެއްހެން ހާޒިރުކޮށް ރައްޔިތުންގެ ކުރިމަތީގައި ވެރިންނަކީ އެއްވެސް ބައެއްކަމަށް ދޭހަނުވާ މޭރުމުން ސުވާލުކޮށް ހަދާއިރު މަޖިލީހަށް ހޮވިފައިވާ ގިނަ މީހުން ހޮވިފައި އެތިބީ ވޯޓު ގަނެގެންނެވެ. ހުރިހާ ރައްޔިތުންނަށް އެކަން އެނގެއެވެ. އެފަދަ ބަޔަކަށް ކުރެވޭނީ ކޮން އިސްލާހެއްތޯއެވެ. މެންބަރަކަށް ވެވުނީމާ މިމީހުންނަށް ހީވަނީ މިތިބެވެނީ...
އެމްސަް
23 October 2019
އޭގެ އިތުރަށް، ފޭރިކައިގެން އުޅޭ މެމްބަރުންވެސް މަދެއް ނޫން!
ހިޔާލު3
22 October 2019
ރައްޔިތުން ގުނބޯހައްދާފަ ބޮޑުން ދަވްލަތުގެ ތަނަވަސްކަމުގައި .ނަރަކަ އާއި ސުވަރުގެ މަތިން ހަދާންނެތުމަކީ ޣާފިިލުވުމެކެވެ.