އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
14 ޑިސެމްބަރ 2019 - 11:08
ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޗައިނާއާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ދައްކާ ނަމަ، އޭގެ ނަތީޖާ ހިތި ވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
ޝިޔާމްގެ މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވަފުދަކާ އެކު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ "ލޮކް ސަބާ ޓީވީ" ގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމާ ގުޅިގެންނެވެ. އަދި އެ ވާހަކަތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ސަފީރު ޒޭންގް ލިޒޯންގް ވަނީ ނަޝީދަށް ރައްދު ދެއްވައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ގިނައީ ޗައިނާގެ އިންވެސްޓްމަންޓުތައް ކަމަށެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓް އައުމުން، ދިވެހި ވިޔަފާރިވެރިންނަށް ވީ ފައިދާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިގްތިސާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެނީ ވެސް ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުންގެ ސަބަބުންނެވެ.
"މިއަދު ގައުމުގެ އެންމެ މަތީ އިސްވެރިން އަރާ ޗައިނާއާ ބޭޝް ކުރީމަ، އޭގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ހިތިވާނެ. ދިވެހި އާއިލާތައް ނިކަމެތިވާނެ. މިއަދު ޗައިނާ މާކެޓު ހުއްޓާލައިފި ނަމަ، ނިކަމެތި ވާނީ ދިވެހި އާއިލާތައް،" ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން ރާއްޖޭގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައިފި ނަމަ، އެކަމުގެ ހިތި ނަތީޖާ ވެސް ލިބޭނީ ދިވެހިންނަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އޭގެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުން. ނިކަމެތިވާނީ ދިވެހިން،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދިގެން އުފެދިފައި އޮތް ސަރުކާރެއް ނޫނެވެ. ސަރުކާރުގެ ވެރިންނަށް ތިއްބެވީ 400 މިލިއަނެއްހާ ޑޮލަރަށް ގައުމު ވިއްކާލާފައި ފިލައިގެންދާ ފަދަ ބައެއް ކަމަށާއި އެބޭފުޅުން ބޭނުން ވަނީ ރާއްޖެ އަޅުވެތިކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައްލަވާ ތި ބޭފުޅުން ވަކިވަކިން މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން، އެ ބޭފުޅުންގެ އަތުގައި އޮންނާނެ ޑްވަލް ސިޓިޒަންޝިޕް. އެހެން ގައުމެއްގެ ޕާސްޕޯޓް އެއިން ކޮންމެ ބޭފުޅަކު އަތުގައި އޮންނާނެ. އެހެންވީމާ ލާރިކޮޅަކަށް ގައުމު ވިއްކާލާފައި ގޮސް އެބޭފުޅުން ވަޒަންވެރި ވާން ބޭނުންވާ ތަނެއްގައި އެ ބޭފުޅުންނަށް ވަޒަންވެރި ވެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.
"ލޮކް ސަބާ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު އޮތް ގުޅުން ބަދަހި ނުވެ ރާއްޖެ ވެއްޓުނީ ބޮޑު ދަރަންޏެއްގެ ތެރެއަށް ކަމަށެވެ. ރާއްޖެ އާއި ޗައިނާ ދެމެދު ގާއިމްކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް ކުރިއަށް ނުގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކުރެއްވި ފުރަތަމަ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބޭފުޅަކު އަނެއްކާ ވެސް، ނާޒުކު އަދި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކަވާފައިވާ ކަމަށެވެ. ސަފީރު ވިދާޅުވީ ދަންތުރައެއްގެ ބަދަލުގައި ޗައިނާ އަކީ އެކި ކަންކަމުގައި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގރހނޑ
15 December 2019
ކގައުމަށް ގައްދާރުނުވޭ! ސިޔާމޫ
އަހުލު ކިތާބީ ހެކި---
15 December 2019
ޗައިނާ އާއި ބެހެން އުޅެނީ މިމީހުން! އަހަރެމެން ނުބެހެމެވެ އަލިފު ހ
ޒިންޖިއާންގެކަރުނަ
14 December 2019
ބަލަ ދިވެހިންގެ ޙިމާޔަތުގަ އެއްނޫންތަ މީނަ ޥާހަކަދައްކަންވީ ؟ މިގޮތަށް ދިވެހިންނަށް އިންޒާރު ދެންޏާ، މީނަ ހައްޔަރުކޮށްފަ ޙާއިނުންގެ ދަރަޖައިގަ އަދަބު ދޭންޖެހޭ! ލުތުފީ އާއި ސަގަރޭއަކީ ވެސް އަދި 9 ވަނަ ހަސަން ރަސްގެފާނެކޭ މީނައެކޭ ކޮބާ ތަފާތަކީ ؟ ދިވެއްސަކަށްވިޔަސް މީނަގެ ކުރިމަތީ ޗައިނާ ދިވެހިންނަށްވުރެ މޮޅުވީމަ އެއޮތީ ޤައްދާރުވެވިފަ! ކާފަރު ޤައުމެއްގެ ދިފާޢުގަ އަހަރެމެން މުސްލިމް ދިވެހި އުންމަތް ޤުރުބާންކުރަން އިންޒާރުދޭނީ ޤައްދާރުން!
ދަތްނެތްކުއްޖާ
14 December 2019
މާބާރަށް ހަލޭނުލަވާ ތިބޭ. މަމެންގެ ބިއުޓިފުލް ވެރިކަން ބަލަން. އަދިވެސް ﷲގެ ވާގިފުލާއިއެކު 30 އަހަރު މޑޕ މި ޤައުމުގައި ވެރިކަން ކުރާނެ. ތަމެންގެ މުސްތަޤުބަލު ވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގަކަން ޔަޤީން. ވ ސަލާން.
ދޮން މަނިކު
15 December 2019
30 އަހަރުގެ ވެރިކަމެއް އެއްވެސް ފަރާތަކަށް ކުރެވިގެން ނުވާނެ. އެކަން ކުރިއަ ނުދޭންވެގެން 30 އަހަރުގެ ވެރިކަން ހުއްޓުވީ. ރިޕީޓް ކުރުވާކަށް ބޭނުމެއް ނޫން.
މިނިކާ
15 December 2019
އާދެ ދޮން މަނިކު އެބުނީ ތެދެއް. އަލުގަންޑުމެން ޑިމޮކްރަސީ ގެނައީ އެކަން ހުއްޓުވުމައް. މޑޕ އަކަސް އެހެނެއް ނުހެދޭ!
ބޮނޑަގޭ ދޮންއަލިއެ
14 December 2019
ޗައިނާ ރައީސުތަ؟
މުރީދު
14 December 2019
ކިތަންމެ ބޮޑަސް ލޯނު އެއޮތީ ދިވެހި ސަރުކާރުން ނަގާފައި! އެ ޖެހޭނީވެސް ދައްކަން! މީގައި ގޯހީ ޗައިނާއެއްވެސް ނޫން، އިންޑިޔާއެއްވެސް ނޫން! ސްޓެރެޖިކް ގިނަ ސަބަބުތަކާއި ހުރެ އެ 2 ގައުމުންވެސް ބޭނޫންވޭ ރާއްޖޭ މައްޗަށް އަތްގަދަ ކުރަން! މި ކަހަލަކަންތައް ރާއްޖެއަށް ގެއްލުން ނުވާގޮތަށް، އަދި އެ 2 ގައުމަށް ވެސް ފައިދާވާގޮތަށް ބައްޓަން ކުރެވޭތޯ ބެލުމަކީ އެއިރެއްގެ ސަރުކާރުގެ ޒިންމާއެކެވެ. މާބޮޑަށް އެއްކޮޅަށް ގޮސް ހުސްވީމައި އަރައިގަންނަން ދަތިވާނެއެވެ.
އޭޑީ
14 December 2019
ކޮމެންޓުގެ ފުރަތަމަބައި ރަނގަޅު! ނަމަވެސް ޗައިނާއަށް ބަރޯސާވެ، ޗައިނާއަށް ހުސްވެ، ބޯޑަރުގައި އޮތް ގައުމުތަކާއި ގުޅުން ކަނޑާލީ ޔާމީނުގެ ވެރިކަމުގައި! ދުނިޔޭގެ އެއްވެސް ގައުމެއްގައި ބޯޑަރުގައި އޮންނަ ގައުމަކައި ގުޅުން ކަނޑާލައިގެން ހަމަޖެހުމެއް ލިބިފައެއްނެތް! ތަރައްގީގެ ނަމުގައި ޗައިނާއަކީ އަބަދުވެސް ޙުދުމުޙްތާރުވެރިކަންތަކަށް ރިސްވަތުދީގެން ގައުމުތަކުގެ ބިން ފޭރޭބައެއް! ގޫގަލް ސާރޗްކޮށްލާ! ނަޝީދު ދައްކަވަނީ ރަނގަޅުވާހަކަ
ބީޑީ
15 December 2019
އޭޑީގެ ކޮމެންޓްގައި ވެސް ރަނގަޅީ ފުރަތަމަ ބައި!!
ނަރެލް
14 December 2019
ޝިޔާމް މެންގެވާހަކަ ހުންނަގޮތުން ހައިރާންވޭ ޔޫރަޕްގެ ގައުމަކާގުޅުން ބާއްވަންޏާ އިސްލާމްދީނާދެކޮޅުވީ އެކަމަކު މިފަހުގެ އަހަރުތަކުގަ މުސްލިމުންނަށް ސަރުކާރަކުން އެންމެ ދެރަވަރުކުރި ބަޔަކަށް ޗައިނާގެ ނަން ނޫސްތަކުގެ ފަލަސުރުހީގަ ދީނޭކިޔައިގެން އަނގައަރުވާކަށް ނުކެރޭ ޝިޔާމުމެންނަކަށް
ޑާޑާ
15 December 2019
ޝިޔާމުމެންނަށް ޗައިނާއަށް ކުޑައިމީސް ބަހެއް ބުނުމުގެ ޤާބިލުކަމެއް ނުހުންނާނެ، ހިންގާފަ ހުރި ޖަރީމާތައް ބޮޑުކަމުން، އުއްމީދުކުރަނީ ދުރުނޫން މުސްތަޤްބަލެއްގަ މިސޮރުވެސް ހުރަގެއަށް ލާނެ ކަމަށް.
އަލްޖިބްރާ
14 December 2019
ޗައިނާ އެއީ ކަލޭގެ ތަނެއްތަ ؟ ނަތީޖާ ހިތިވާނެއޭ ތިގޮވަނީ ؟ މިހާރުވެސް ކަލޭމެންގެ ކަރުބުޑުގާއި ހިތިރަހަ ލާފަ ހުރިވަރު ކުޑަތަ ؟
ހުވާ މިބުނީ
14 December 2019
ހަމަ ހުވާ! ތިބުނީ މަވެސް ބުނަން ހިތަށް އެރި ވާހަ ކަ އެވެ.
ވަސަންތީ
14 December 2019
ޗައިނާއޭ ކިޔާފައި އިންޑިޔާގައި ވާހަކަ ދެއްކުމަކީ ޒިއްމާދާރުކަން ކުޑަކަމެއް. އެކަމަކު ސިޔާމް މެން ވިސްނަންޖެހޭ މިކަހަލަ ކަންތަކާއި ނުބެހެން. މިސަރުކާރުން ކަންކަން ކުރާނީވެސް ޗައިނާގެ އެހީތަރިކަމާއިއެކު.
ކެކެކެ
14 December 2019
ކަލޭވެސްތީ މޭޑް އިން ޗައިނާ ގޮލައެއްދޯ. ޗައިނާއިން އަންނަ ޓޫރިސްޓުން އަތުން ރިސޯޓް ތަކަށް ވަންނަނީ ރޫމް ރެވެނިޔު އެކަނި. ރިސޯޓް ތަކަށް އައިސް ހަރަދެއް ކުރާ ބައެއްނޫންއެއީ. ކޮން ޗައިނާ މާރކެޓްއޭ ކިޔާކަށް