ޚަބަރު / ޕީޕީއެމް/ޕީއެންސީ އިއްތިހާދު

ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަން އެމްޑީޕީން ނިންމާފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ދެ ޕާޓީން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ، އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުން ރައްޔިތުންނަށް އޮޅުވައިލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފަ އެވެ. އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވައިލަމުން ދަނީ އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެންނެވެ.

"މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން މި ހިންގާ ކަންތައްތައް އެއްގޮތަކަށް ވެސް މި ކޯލިޝަނުން ބަލައި ނުގަންނަ ވާހަކަ ދަންނަވަމެވެ،" ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސް ދައުރެއް އަދާކުރައްވާ ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ވެ އެވެ.

"ވުމާ އެކު، ރައީސް ޔާމީން އަށް ތާއީދު ކުރައްވާ މި ކޯލިޝަންގެ މެމްބަރުންނާއި ދިވެހި ގައުއުމު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް އެމްޑީޕީން ދައްކަމުންދާ ހުވަފެންތަކާއި ދަޅަތަކަށް ނުހެއްލުމަށް މި ކޯލިޝަނުން އިލްތިމާސް ކުރަމެވެ. އަދި މި ޕާޓީ އަށް ތާއީދު ކުރައްވާ ފަރާތްތަކުން މިފަދަ ކަންކަމުގައި ބައިވެރި ނުވުން އެދެމެވެ: އިދިކޮޅު

އެ ދެ ޕާޓީން ބުނީ، މިހާރު އޮތީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއް ކަން މިދިޔަ ދުވަސްތަކުގައި ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އަނެއްކާ ވެސް ގިނަ ހުވަފެންތަކެއް ދައްކަން މަސައްކަތް ކުރާ ކަމަށް ބުންޏެވެ.

"ވުމާ އެކު، ރައީސް ޔާމީން އަށް ތާއީދު ކުރައްވާ މި ކޯލިޝަންގެ މެމްބަރުންނާއި ދިވެހި ގައުއުމު ދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް އެމްޑީޕީން ދައްކަމުންދާ ހުވަފެންތަކާއި ދަޅަތަކަށް ނުހެއްލުމަށް މި ކޯލިޝަނުން އިލްތިމާސް ކުރަމެވެ. އަދި މި ޕާޓީ އަށް ތާއީދު ކުރައްވާ ފަރާތްތަކުން މިފަދަ ކަންކަމުގައި ބައިވެރި ނުވުން އެދެމެވެ،" ބަޔާނުގައި ބުންޏެވެ.

ޕީޕީއެމް/ޕީއެންސީގެ ނޫސްބަޔާން

ޕީޕީއެމް/ޕީއެންސީން ބުނިގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ނޫނީ ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތެއް ނުކުރެވޭނެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، އުތުރުގެ އަތޮޅުތަކަށް ވަރަށް އަވަހަށް ދަތުރުތަކެއް ކުރަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

31 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 2%
icon angry icon angry 96%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަށުމީހާ

16 January 2020

ހސަނަށް ހީވާނެ ފުޅައް ބުޑުން ދަންޏާ ކެޔޮގަޑު ކަޑާނެހެން

The name is already taken The name is available. Register?

ޓިނު

12 January 2020

މިއީ ލަދު ހަޔާތުގެ ކަންފުޅެއްވެސް ތިބިބައެއްތަ؟ މި ވޭތުވެ ދިޔަ 5 އަހަރު ކުރީ ކީއްތަ؟

The name is already taken The name is available. Register?

ހަރު މުދާ

12 January 2020

އަދުރޭމެން މޯލްޑިވިއަން ގެ ދުވަސް ދުއްވާލި ގޮތަށް މިސަރުކާރުން އެކަމެއް ނުކުރާނެ. އެސްޓީއޯއިން ކަމެއްވެސް ނުކުރުވާނެ. ޕާޓީގަނޑުގެ މައްޗަށް އެކަކު އަނެކަކަށް ވެރި ނުވެވިގެން އުޅެނިކޮށް އެމްޑީޕީ އެއޮށް ނައްޓާލަނީ ކެމްޕޭނަށް މުޅި ތިލަދުންމަތި ފަތަޙަ ކޮށްލަން. އދި އެވެސް ކަނޑުބޯޓުން.

The name is already taken The name is available. Register?

ސޮލިއުޝަން

12 January 2020

ލަދު ނުގަނޭދޯ މިހެން ކިޔަން

The name is already taken The name is available. Register?

ލަދުކުޑޭ

12 January 2020

ކެމްޕޭނަށް ދައުލަތުގެ މުދަލާ ފައިސާއާ ވަސީލަތްތަކާ އޮފީސްތަކާ އެތަންތަނުގެ ބަޖެޓާ ބޭނުންކުރި ބަޔަކަށް ހީވާނީ އެހެން މީހުންވެސް ކުރާނެއޭ!

The name is already taken The name is available. Register?

މަގުފުޅާޓިނު

12 January 2020

"މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން މި ހިންގާ ކަންތައްތައް އެއްގޮތަކަށް ވެސް މި ކޯލިޝަނުން ބަލައި ނުގަންނަ ވާހަކަ ދަންނަވަމެވެ،" މީހަކުއަޅެ ވާތާވެދާނެނު، ތިޔަކޯޅޭޝަނުން ބަލައިގަނޭތޯ ނުގަނޭތޯ ބަލާކަށް ނުޖެހެއޭ، ކިހިނެއްވެގެން ތިޔާ އުޅެނީ.

The name is already taken The name is available. Register?

5698

12 January 2020

ތެދެއް. ތިކުދިންނަކީ ފައިސާހުރި ކުދިން. ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ވަޒަންވެރިވެވޭނެ. މީހަކު ވާތާވެދާނެ ކަލޭމެނާހުރެ. އަހަރެމެން ބޭނުންވަނީ ތަރައްޤީގެ ނަންވެސް ނުގަންނަ. އިންތިހާއަށް ކޮރަޕްޓް އެކިއެކި ނަންނަމުގައި އަހަރެމެން ދާއޮހޮރުވައިގެން ހޯދާ ފައިސާކޮޅު ފޭރޭނެ ސަރުކާރެކޭ. އަހަރެމެން ބޭނުމީ ފަގީރުކަމާ ބަނޑުހައިހޫނުކަމޭ. އަނިޔާވެރިކަމާ ހިތްދަތި ކަމޭ!! އަދުރޭ މެނަށް ސާފުވެއްޖެތަ؟ އަޅުވެތިކަން އަހަރެމެން މިތިބީ އިޙްތިޔާރުކޮށްގެން.

The name is already taken The name is available. Register?

އަޙުމަދު.

11 January 2020

އަދުރޭމެން ރީއްޗޭނޫން ތިވާހަކަ ދައްކާކަށް. ޢަދުރޭމެން ސަރުކާރުގަ ކަންކުރި ގޮތަކަށް މިސަރުކާރަކު ނުކުރާނެ. ތިޔައުޅެނީ ދޮންހަސަނަށް ހެދިގެން. ޢަދުރޭމެންގެ ނޫންތޯ ބުނީ އޭރުގެ ކެންޕޭންތަކުގަ ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާނެކަމަށް ގުދޯ ގުދޯ ނުގޮވާ ހުރެވޭތޯ ބަލާ.

The name is already taken The name is available. Register?

1234

11 January 2020

ކަލޯ މި ދިޔަ 5 އަހަރު ބަޔަކު ތިހެންކީމާ ބުނިއެތި ހަ ދާވޭތަ؟

The name is already taken The name is available. Register?

ޑާޑާ

12 January 2020

"އަހަރުމްނެ ޕީޕީއެމުން ކެމްޕޭނުކުރާނީ ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން" 2018ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުތެރޭ ޕްރޮފެސަރު އަދްރެމެޓިކް މިހެންވެސް ބުނި. އަދި އެއީ އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުންނާ ދެންވެސް އިދިކޮޅު ޕާޓީތަކުގަ ތިބި އިސްފަރާތްތައް ހިފާ ހައްޔަރުކޮށް ޖަލަށްލާފަ، ކަފާލާތާ ކަފާނެ އާލާތާވެސް ނުދީ، އަދުރޭ ކަލެއަށް އެއްޗެއް ވިސްނޭނީ ކޮން އިރަކުންތަ،

The name is already taken The name is available. Register?

ަސދފ

11 January 2020

މުލީއާގެ ހިފައިގެން އުޅުންއިރު ކޮބައިތަ މިބައިގަނޑު..؟ އަމިއްލަ މީހާގެ ވާހަކަދޯ..

The name is already taken The name is available. Register?

ހާމަ333

11 January 2020

ތި ހުރިހާ ސަރުކާރެއްގަވެސް ކުރިކަމެއް? ވަކި ރަނގަޅު އެއްބައެއްވެސްނެތް...ފޮނިވާހަކަ ހައްތާވެސް ކޮންމެ ބަޔަކުދައްކަނީ....އަމަލު މުޅީން އިދިކޮޅު..ވޯޓް ކާރިވީމާ ރައްޔިތުނަށް އެންމެންވެސް ހެޔޮވާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454