ހިއުމަން ރައިޓްސް ކޮމެޓީން ރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރު ރޮޒައިނާ އާދަމް ކޮމެޓީގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
18 ޖެނުއަރީ 2020 - 14:23
ސިފައިންގެ ދެ މީހަކު، ކުޑަ ކުއްޖަކު ރޭޕްކުރި ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ސިފައިންނާ ހިއްސާ ކޮށްފައިވާ ނެތް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ކުއްޖަކު ރޭޕް ކުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ސިފައިންގެ ދެ މީހެއްގެ މައްސަލަ އެ ކުއްޖާގެ މަންމަ ފުލުސް އޮފީހަށް ހުށަހެޅުމުން ވެސް އެކަން ކުރިއަށް ނުދިޔަ ކަމަށެވެ. އެހެންވެ އޭނާ އަމިއްލަ އަށް ވިލީފުލުހަށް ވަޑައިގެން އެ މައްސަލަ ހުށަހެޅުއްވި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އެ ކުއްޖާ ވިކްޓިމައިޒްކޮށްފައި ވަނީ ފޭސްބުކް މެދުވެރިކޮށް ކަމަށާއި އޭގެ ފަހުން ވެސް އެ މީހުން ކިތައް ކުދިންނާ ދޭތެރޭ އެގޮތަށް އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނީ ރޭޕާ ގުޅޭ މައުލޫމާތު އެއްވެސް ފަރާތަކުން އެ އިދާރާއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. ރޮޒެއިނާ އަދި ފުލުހުންނާ ގުޅުމުން ވެސް، 15 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމެއް، އެކަމެއް ކުރި މީހަކު ނުވަތަ ބަޔަކު ބުނެދީފައި ނުވާ ކަމަށް ބުންޏެވެ.
ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިންގާފައިވާކަމުގެ މައުލޫމާތު ހިއްސާކޮށްފިނަމަ، އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"ކުރިއަށް އޮތްތަނުގައި ވެސް މިގޮތަށް އަމަލު ކުރެވޭނެ ކަމުގެ ޔަގީންކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.
ދެ އަހަރުގެ ކުއްޖަކު ރޭޕްކުރުމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ކުއްޖާގެ ބައްޕަ އާއި ކާފަގެ އިތުރުން މުނިކާފަ އެވެ. އޭގެ ތެރެއިން ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ޖަހައި، މައްސަލަ ތަހުގީގުކުރުމަށް ވަނީ މާލެ ގެނެސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްކާނުބެ
19 January 2020
މިވަރުވީމަ ދެން ބުނާނީ ކީކޭ! ސާބިތުނުހިފޭ ވާހަކަ ދެއްކުމަކީ މިވެރިންނަށް ލިބިފައިއޮންނަ ލައިސަންސެއްގެ ގޮތުގައި މިވަނީ، ވާހަކައެއް ދައްކާއިރު އޭގެ ހެކިހުރެގެން ދައްކަންވާނީ، ޔޯލަކޮށް، އެބޫޅޭ މިބޫޅޭ މީހުންނެކޭ އެއްގޮތަށް މިފެންވަރުގެ މީހުން ވާހަކަ ދައްކާނަމަ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މިފަދަ ބޮޑު އަމާނާތެއް މަތިކޮށްފަ ރައްޔިތުންގެ މަޖިލިސްފަދަ ރައްޔިތުންގެ އިތުބާރާ އެތަނަކަށް ބަރޯސާ ވަތަނަކަށް ވެއްދުމާ ވިސްނާލަންޖެހޭ!
ާއުނިމާ
19 January 2020
ސިސްޓަމް ރަނގަޅު ކުރެވުނީމަޔޯ، ހުރިހާ ކަމެއް ސިސްޓަމަަކަށް ނުކެޑޭނެ
ޢާސީ
19 January 2020
މީހާދަ ފޮނިކަ މެއް ހުންނަ އަންހެނެކޭދޯ
މޯޑޭ
19 January 2020
ޖިންސީ ފުރަންސާރަ ކުރާ މީހުން ބައިވަރު އެމީހުންނަށް އަދަބު ނުދެވޭތީ ހުރިހާވެސް މަންސަލައަކީ ރޮޒޭމެން 65 ގޮޑީގެ އަގުލަބިންޔަތުން ފާސްކޮށްބަލަ ޖިންސީފުރަށްސާރަކުރާމީހުންނަށް މަރުގެ އަދަބު ދޭށް
މުލޭ
18 January 2020
ރޭޕް ކޮށްފިޔޭ ބުނުމަކުން ނުފުދޭނެ މިޒަމާނުގައި. ކުށެއްނެތް މީހެއްގެ ދިރިއުޅުން ހަލާކު ކޮށްލުމުގެ ހަތިޔާރަކަށް "ރޭޕް" ގެ ލަފްޒު ބޭނުންކޮށްގެން ނުވާނެ. އަދި ރޭޕްކޮށްފިނަމަ ހައްގު އަދަބުވެސް ދެވެންޖެހޭނެ.
ތައްބެ
18 January 2020
ރޮޒައިނާ ފެންވަރަކީތީ ގައުމުގެ ދިފާޢީ ބާރުގެ އަގު ވައްޓާލަނީ މާދަމާ ވެސް ރޮޒައިނާ އަށް ނުރައްކަލެއް ކުރިމަތި ވާއިރަށް ހަށިފާރަވެރިއަކަށް އެބޭފުޅުން އިނގޭ ތޯ ތިއްބަވާނި.
ކިކް
18 January 2020
ރޮޒޭ ޓްވީޓްކޮށްލިނަމަ މާ ބާރު ސްޕީޑްގަ ތިކަން ހިނގައިގަނެ ސިފައިންނަށްވެސް އެނގިފަ އޮތީހީ. ޓްވީޓީގެ ޒަމާން މިއީ. އެންމެންވެސް ޓްވީޓްކުރަމާ.
މުމުމ މުޖޭ
18 January 2020
ރޮޒައިނާގެ ފެންވަރު. އެއްވެސް ޒިން މާދާރުކަ މެއް ނެތް
ގޮބާ
18 January 2020
މި އަނދިރި ސަރުކާރުގަ ވާނުވާ ނޭގޭނެ. އެކަކު އަނެކަކަށް ބުހުތާނު ދޮގު ހެދުން. ކުއްވެރިންނެއް ނުތިބޭނެ. ނަފުސާނީ ބަލި ޖެހިފަތިބި މީހުން މުޅިންވެސް. އެމް.ޑީ.އެން ހަމީދެއްނުން އޯކޭ ވާނެ
ޜޮޒައިން
18 January 2020
މމމމމިކަހަލަ މީހުން މަޖިލީހުގަ މުއައްސަސާއެއްގެ އަގާ ގާދަރު ފުނޑާލީ ހައްގުން ކަމަކާއި ނުލާ