ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ.
18 ޖެނުއަރީ 2020 - 18:00
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލަތަކެއް ދިރާސާކޮށް އެކަންކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ ބޮޑަށް އިސްކަންދީގެން ކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެގޮތޮން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ފާސްކުރީ އެ މަޖިލީހުންކަން ފާހަގަކޮށްފައިވެ އެވެ.
"ކުޑަކުދިންނާ ގުޅޭ މިފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ،" ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލަޔާ ގުޅޭ ގޮތުން މަޖިލީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ރޭ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ކަމާ ބެހޭ ދައުލަތުގެ ހުރިހާ އިދާރާއެއްގެ ވެރިން މިރޭ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. އެ ކޮމިޓީގެ ބައްދަލުވުން މިރޭ 9:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.
Thuthu kujjaku eynaage amilla munikaafa, kaafa adhi bappa ge jinsee shikaara akah veekamee inthihaa ah kanboduvun huri ladhuvethi kameh. Mikamaai gulheygothun eki eki faraiythah javaab dhaaree kurumah Majlis in massakkaiy kuraane https://t.co/mqM15t1XiC
— Mohamed Nasheed (@MohamedNasheed) January 18, 2020
ރޭޕްކުރި މައްސަލާގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެ ރަށުން ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންގެ ބަންދަށް އެ އަތޮޅު ގެމަނަފުށީ ކޯޓުން 15 ދުވަސް ދީފައި ވާއިރު، މައްސަލަ ތަހުގީގުކުރުމަށް މާލެ ގެނެސް މިހާރު ވަނީ ދޫނިދޫގައި ހައްޔަރުކޮށްފަ އެވެ. މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކުއްޖާގެ ބައްޕަ ރޭ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ.
އަނިޔާ ލިބުނު ތުއްތު އަންހެން ކުއްޖާ އަށް އިންސާފު ހޯދައިދީ ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބަލައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކަތަ
19 January 2020
ރަނގަޅު. ތިޔަ ޖެންޑަރ މިނިސްޓްރީއާއި، ޕޮލިހުންނަށް ވުރެ، ރައްޔިތުންނަށް އިތުބާރުކުރެވޭ މަޖިލިސްއަށް. އެކި ޕާޓީތަކުގެ ކޮކްޓޭލް މިނިސްޓަރުންތަކާ ހުރެ އެމްޑީޕީއަށް ހުރިހާ އުނދަގުލެއް. ޢަދާލަތު ޕާޓީގެ ޝިދާތާއާއި، އިމްރާނާއި، އަހުމަދު ޒާހިރު ފެއިލްވެއްޖެ. ޖުމްހޫރީ ޕާޓީގެ މަލީހާއި، އަމީން ވެސް ފެއިލް. ޢެމްއާރުއެމްގެ ޗަބީ ވެސް ފެއިލް. މި ސަރުކާރަށް ރައްޔިތުން ކުރި އުންމީދު މިދަނީ ފެނަށް! ރައްޔިތުންނަށް ކިރިޔާ ވެސް އުންމީދެއް އޮތީ މަޖިލިސް އިން.
ނަސީދު
19 January 2020
ޙަމަ ތިގޮތައް ހުރިހާކަމެއް ބެލެންޖެހޭނެ މީހުންމަރާ މީހުންވެސް، ކަރަޕްޓްސަންވެސް މިގޮތައް ދެންދައްކާނެކަމެއްނެތް
ބޭރުވެލާ
19 January 2020
17ވަނަ މަޖިލީހުގަ ވެސް ކުޑަ ކުއްޖަކާ ބެހުނު މީހެއް ހުރި....އެންމެ ފަހުން ޖޭޕީ އަށް ވަދެ ހިމާޔަތް ހޯދީ... ގާސިމް އަކީ ކޯޓް ތެރެއަށް އޭނަގެ ދިގު އަތް ފޯރާ މީހެއް.
ޒިންދަގީ
19 January 2020
ބޭކާރު ވާހަކަ ގިނަނުކޮށް މުއައްސަސާތައް ޒިންމާދާރުކުރުވަބަލަ..
ޢެޑްމުންޑޯ
19 January 2020
ޖިންސީ ގޯނާގެ އޮއްބާލެވިފައިވާ މައްސަލަތަށްވެސް ބަލަންޖެހޭ ، މިގޮތުން 2019 ވަނައަހަރު ގެމަނަުށީގައި ވަނީ 16 އަހަރުގެ ސްކޫލް ކުއްޖަކު ވިހާފައި ، ޖިންސީ ގޯނާކުރިމީހާ ވަރަށް ފާޅުގާ އެކުއްޖާ ބްލެކްމެއިލްކޮއްގެން އުޅުނީ ، އަދި 2010 ގައިވެސް ގްރޫޕަކުން 16 އަހަރުގެ ކުއްޖަކު ރޭޕޮކޮއަގެން ފުލުހުން މައްސަލަ ބެލި ، އެގްރޫޕްގައި ހިމެނޭ ބަންގާޅީންވެސް ، ބަނަގާޅިންވަނީ ތަހުގީގައި އެއްބަސްވެފައި ، އެބަންގީން މިހާރުވެސް ހަމަރަށުގައި މަޖާނަގަނީ
ައަފުރާސިޔާބު
18 January 2020
ބަލަތީ ގާނޫނުހަދާ މަޖިލީހޭ. މައްސަލަ ބަލާ މަޖިލީހެއްނޫނޭ. ކިހިނެއްވެގެން ތިޔައުޅެނީ. މަޖިލީސް އެކަނި ބާއްވާފައި އެހެންތަންތަން އުވާލަބަލަ. އެގްޒެކެޓިވް ބާރުގެ ތެރެއަށް ވަދެ މުޅިނިޒާމު އޮޅުން ބޮޅުން އަރުވައިލައިފިޔޭ.
އައްޒާމް
18 January 2020
ތީ ތިބޭޅާ ތިތަނަށް ލާން އަހަރުމެން ތާއީދު ކުރާ ކަމަކީ. ބާރަށް ކުރިޔަށް!
ވާނުވާ ބެ
18 January 2020
ކަލޭމެންނަކީ މައްސަލަ ބަލާބައެއް ނޫން! މައްސަލަ ބަލަން ހުންނާނެ މުއައްސަސާތަކެއް އުފައްދާފަ. އެމީހުން އަށް އެކަން ނުވަންޏާ ޒިންމާދާރުކޮށް، މަގާމުން ދުރުކުރޭ
ފާނު
18 January 2020
ހޯރަ އިއްބެ ދޫކޮށްލި މައްސަލަ ބައްލަވައި ދެއްވާ...
ާއުނިމާ
18 January 2020
ކަތިވަޅިދީ މަރިޔަބުދީ، ދަނޑުތައް ދިނުމުންވެސް ތިޔަ ކަމެއް ނުެއްވިޔެއްނު، ކައުންސިލްތައްވެސް ލިބުނީމަޔޯ ކަންތައްތައް ކޮށްދެވެނީ