ޚަބަރު / ފުލުހުން

ސިފައިންގެ މީހަކަށް ބޮޑެތި ތުހުމަތުތަކެއް: ޖިންސީ ގޯނާ، ރޭޕް، ބްލެކްމެއިލް

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، އެ މައްސަލަތަކުގެ ތުހުމަތަށް މިރޭ އިރާކޮޅު މާލެ އިން އުމުރުން 36 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ސިފައިންގެ މީހެއް ކަމެއް ނުވަތަ ނޫން ކަމެއް އިޒްމިއާ ވިދާޅެއް ނުވެ އެވެ.

ނަމަވެސް، އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ، އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރު ކުރިކަން ފުލުހުން އަންގާފައިވާ ކަމަށެވެ.

Sifainge 2 meehaku kuda kujjaku rape kuri massalaeh fenmathi koffi

Sifainge 2 meehaku kuda kujjaku rape kuri massalaeh fenmathi koffi

The most trusted news source in the Maldives

Mihaaru

މައްސަލަ ނުބަލާކަމަށް ވިދާޅުވެ ރޮޒައިނާ ކަންބޮޑުވުން ފާޅުކުރުން---

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކާ މެދު ޖިންސީ ގުޅުން ހިންގި މައްސަލައެއް ނުބަލާ ކަމަށް ވިދާޅުވެ، ޖެންޑާ، ހިއުމަން ރައިޓްސް ކޮމިޓީގައި ކަންބޮޑުވުން ފާޅު ކުރައްވާފައިފަ އެވެ. އޭނާގެ އެ ވާހަކަތަކާ ގުޅިގެން އޭރު ސިފައިން ބުނީ އެފަދަ ކަމެއް އެއްވެސް ފަރާތަކުން ސިފައިންނަށް އަންގާފައި ނެތް ކަމަށެވެ.

ރޮޒައިނާ އެ ވިދާޅުވާ މައްސަލަ އާއި މިރޭ ހައްޔަރުކުރި ސިފައިންގެ މީހާއާ ގުޅުން އޮތް ކަމެއް އަދިއެއް ނޭނގެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް އެންމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވެސް ނުވާ އަންހެންކުއްޖަކަށް އެ ކުއްޖާގެ މުނިކާފަ އާއި ކާފަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެ ކުއްޖާގެ، އުމުރުން 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނިކާފަގެ ފަރާތުން ތަކުރާރުކޮށް ލިބުނު އެ އަނިޔާތަކުގެ ތުހުމަތުތަކާ ގުޅިގެން އެ ދެ މީހުން ވަނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާގެ ބައްޕަ ވެސް އެ ދުވަހު ހައްޔަރު ކޮށްފައި ވާއިރު، އޭނާ އަށް ކުރަނީ ދަރިފުޅަށް އިހުމާލުވުމުގެ ތުހުމަތެވެ.

Offenders | Child Sex Offenders Registry

Offenders | Child Sex Offenders Registry

ޖިންސީ ގޯނާކުރާ މީހުންގެ ރެޖިސްޓަރީ

5 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 6%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެޑްމުންޑޯ

23 January 2020

މިރާއްޖެ މިދަނީ އިންޑިޔާފަދަ ރޭޕިސްޓް ގަެުމަކަށް ، މިސްރާބު ވަރަށް ނުރައްކާ ، މިފަދަ މީހުންނަށް އުމުރުދުވަހުގެ ޖަލުހުކުމް ކޮއްގެންނަމަވެސް ގައުމު ސަލާމަތް ކުރަންޖެހޭ ، ހަމަޔަގީނުންވެސް މަގޭދަރިއަކު ރޭޕްކުރާމީހަކު ދެވަނަ ކުއްޖަކު ރޭޕްކުރާކަށް ފުރުސަތެއް ނުދޭނަން

The name is already taken The name is available. Register?

ޮޮޕޮލިސް

23 January 2020

މީގެ ކުރިން ކޯޓުން އަމުރު ނުދީގެން ކުރިޔަށް ނުދެވި ހުރި މައްސލަލަތަކެއް މި ހިނގި ކަންތައްތަކާއި ގުޅިގެން ކޯޓުވެސް ސައިޒުވެ އަމުރު ދޭން ފެށުމާއި ގުޅިގެން ފުލުހުން ވަނީ މެކުހަށް ޖައްސާފަ

The name is already taken The name is available. Register?

ތުމާ

23 January 2020

ކިހާ ބޮޑު މުސީބާތެއް.

The name is already taken The name is available. Register?

އަންކަލޯ

23 January 2020

14 އަހަރު، މީ ސީރިއަސް މައްސަލަޔެއް.... މީގެ ކިތައް ކޭސް ފެންމަތި ވާނެބާ! ގައުމެއް ނެތް

The name is already taken The name is available. Register?

ތަމީމް

23 January 2020

ރޮޒައިނާ އެ ވިދާޅުވާ މައްސަލަ އާއި މިރޭ ހައްޔަރުކުރީ އެ ބުނާ ސިފައިންގެ މީހާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454