ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާރިސް ވާހަކަ ދައްކަވަނީ. އޭނާ އަކީ ޕީޕީއެމް މެމްބަރެއް ކަމަށް ރައީސް ޔާމީން ފެކްޝަނުން ގަބޫލެއް ނުކުރޭ. - ފޮޓޯ: މަޖިލިސް
05 އޮކްޓޯބަރ 2016 - 13:05
ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ސަރުކާރުން ޝަރުތެއް ކަނޑައެޅީ ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވާތީ ކަމަށް އެ ޕާޓީ އާއި އިދިކޮޅު ބައެއް ޕާޓީތަކުން ވެސް މިއަދު ތުހުމަތުކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުންގެ ނަންތައް އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށް ފަހު ފޮނުވަން ރައީސް އޮފީހުން އިއްޔެ ވަނީ އަންގައިފަ އެވެ. މަންދޫބުންގެ ނަންތައް ފޮނުވައިދޭން އެދި ކުރިން ފޮނުވި ސިޓީގައި، ކައުންސިލުން ފާސްކުރަން ޖެހޭނެ ކަމަށް ބުނެފައެއް ނުވެ އެވެ.
ކައުސިލުން ފާސްކުރާ މަންދޫބުންގެ ނަންތައް ފޮނުވަން މި އެންގީ، މަޝްވަރާގައި ޕީޕީއެމް ތަމްސީލްކުރައްވާނީ ފާރިސް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކަމަށް އެ ޕާޓީން ނިންމައި ރައީސް އޮފީހަށް ސިޓީ ފޮނުވުމުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ތަމްސީލުކުރައްވާނީ މި ދެ ބޭފުޅުން ކަމަށް ކަނޑައެޅުއްވީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
މެމްބަރު ފާރިސް (ކ) އަދި ވަހީދު: ސަރުކާރުގެ ބައެއް ނިންމެވުންތަކާ ދެކޮޅަށް ދެ ބޭފުޅުން ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވޭ. -- ފޮޓޯ: މަޖިލިސް
މަޝްވަރާގެ މަންދޫބުންގެ ނަންތައް ކައުންސިލުން ފާސްކުރަން އެންގި ސަބަބެއް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ފޯނު ނުނަންގަވާތީ، ސާފެއް ނުވި އެވެ.
ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވީ މިއީ ފާރިސް އަށް އަމާޒުކޮށްގެން ނިންމި ނިންމުމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި އެގޮތަކަށް ނޭންގޭނެ ކަމަށާއި އެ ޕާޓީއެއްގެ މަންދޫބުން ކަނޑައެޅުމުގެ އިހްތިޔާރު އޮންނަން ޖެހޭނީ އެ ޕާޓީއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަކި މީހަކު ނުވަތަ ވަކި ތަނަކުން ނިންމައިގެން މެމްބަރުން ފޮނުވާކަށް ރައީސް އޮފީހަކަށް ނޭންގޭނެ. ޕާޓީތައް ހިންގަނީ ގާނޫނާއި އެ ޕާޓީއެއްގެ ހިންގާ ގަވާއިދާ އެއްގޮތަށް. މަޝްވަރާގައި ޕީޕީއެމް ތަމްސީލްކުރައްވާނެ މަންދޫބުން މި ކަނޑައެޅީ އަސާސީ ގަވާއިދާ އެއްގޮތަށް،" އޭނާ ވިދާޅުވި އެވެ.
މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ސަރުކާރުގެ އެންގުމަށް އެމްޑީޕީގެ އިސް ބައެއް މެމްބަރުން ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ޕާޓީތަކުން މަންދޫބުން ކަނޑައަޅަން ޖެހޭނެ ވަކި ގޮތެއް އެންގިއިރު، ސަރުކާރުގެ ފަރާތުން ބައިވެރިވާ މަންދޫބުން ކެބިނެޓުން ފާސްނުކުރީ ކީއްވެތޯ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
Keevvethoa sarukaaruge faraathun mashvaraagai baiverivaa beyfulhunge nanthah cabinetun faas nukoh baiverivelavvany? https://t.co/Mb1vIcbeRm
— Anas Abdul Sattar (@anasabdulsattar) October 5, 2016
މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ސަރުކާރުގެ އެންގުމަށް ފާޑުވިދާޅުވެ އަނަސް ކުރެއްވި ޓުވީޓެއް.
މަޝްވަރާގައި ސަރުކާރުގެ ފަރާތުން ބައިވެރިވާ މަންދޫބުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝައިނީ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ
ސިޔާސީ މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވާނެ ބަޔަކު، ރައީސް ޔާމީނަށް ތާއީދުކުރާ މީހުންގެ ކޮންޓްރޯލް އޮންނަ ޕީޕީއެމް ކައުންސިލުން ފާސްކުރާ ނަމަ ފާރިސް އާއި ވައްޑެ އަށް އެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަކަށެއް ނުބެލެވެ އެވެ.
ފާރިސް އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ މީހުން ގަބޫލެއް ނުކުރެ އެވެ. ރައީސް ޔާމީން ފަޅީގައި އަޣުލަބިއްޔަތު އޮންނަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ވަނީ ފާރިސް އެ ޕާޓީން ވަކިކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓު ދެއްވި މައްސަލައެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އަންގައިގެންނެވެ.
ސުލޫކީ ކޮމެޓީގެ މި ނިންމުން ގަބޫލުނުކުރަން ޕީޕީއެމުން ވަނީ ނިންމައިފަ އެވެ.
އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ވެސް ހުއްޓާލަން ޖެހުނީ އެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގަތުމާ ދެކޮޅު ހައްދަވައި މެމްބަރުން ބައްދަލުވުމުން ނުކުމެ ވަޑައިގަތުމުންނެވެ.
ފާރިސް އާއި ވައްޑެ ފަހަކަށް އައިސް ގެންދަވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ސަރުކާރުން ކުއްލި ގޮތަކަށް ކާޑުގެ އަގު އެތައް ގުނައެއް ބޮޑުކުރި މައްސަލާގައި ފާރިސް އާއި ވައްޑެ މިހާރު ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.
ސަރުކާރާ އެކު އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ މީގެ ކުރިން ވެސް ފޭލްވީ ޕާޓީތަކުން ބައިވެރިވާން ނިންމި މަންދޫބުން ސަރުކާރުން ގަބޫލުނުކޮށްގެންނެވެ. އެމްޑީޕީން ބައިވެރިވާނެ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހުށަހެޅިއިރު އަދާލަތުން ފޮނުވީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ނަމެވެ. އެކަމަކު ދެ ބޭފުޅުންނަކީ ވެސް ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުށްވެރިން ކަމަށް ބުނެ ދެ ބޭފުޅުން ވެސް މަޝްވަރާގައި ބައިވެރިކުރަން ސަރުކާރުން އެއްބަހެއް ނުވި އެވެ.
މަޝްވަރާގަައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާގައި މަންދޫބުން ކަނޑައެޅުމާއި މަޝްވަރާ ކުރާނެ ކަންކަން ކަނޑައަޅާނީ އެ ޕާޓީއަކުން ކަމަށެވެ. މަޝްވަރާގައި އެމްޑީޕީ އާއި އަދާލަތު ތަމްސީލުކުރާނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ކަމަށް ނިންމައި ފޮނުވިއަސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޝްވަރާގެ މޭޒަށް ހުށަހަޅާ ހުރިހާ ކަމަކާ ވާހަކަ ދައްކާނެ ކަމަށާއި މުހިއްމީ މަޝްވަރާގެ މޭޒަށް އައުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ
16 October 2016
މި ކުޅެމުންދާ ކުޅިގަނޑުން މި ގައުމު ސަލާމަތް ކުރައްވައިފާންދޭވެ! އެމް ޑީ ޕީ ގެ އަމާޒު ޔަޤީން
ތިމަންނަ
05 October 2016
އަދި މިއުޅެނީ ނުފެށިގެން މިހާރު "ކޯޅެން" ފެށީ ...
އަނގޮޓި ރިޔާޒު ވިލިގިލި
05 October 2016
ޔާމިންއާ ނުބެހެއްޗޭ. އެއީ އަހަރުމެންގެ ލޮބުވެތި ރައީސް. ތިކޮއްދެއްވާ ކަންތަކަށް ފަށްފަށުން ޝުކުރުދަންނަވަން ރައީސް. ދެގޮތެއްނު ތިއަޒުމުގަ ހިފަހަޢްޓާތި.
ދޮން އާމިރު
05 October 2016
ކިހާވަރެއތޯ ދެއްވީ........
ޕާޓީ
05 October 2016
ކޮންމެސް ކުއްޖަކު ކިޔާދީބަ ޕާޓީގެ ޒައީމް އާއި ޕާޓީގެ ރައީސްގެ ތަފާތު. ދެން ބުނެދީބަ ރައީސް ޔާމިން އަކީ ޕާޓީގެ ކާކުކަމާ ރައީސް މައުމޫން އަކީ ޕާޓީގެ ކާކުކަން. އަދި ރައީސް އޮފީހާ ޕޕއމ އާއި އޮތީ ކޮންގުޅުމެއްކަން. މިހާރު ގަބޫލް ކުރެވޭ ގޮތުގަ ޕޕއމ ހިންގަނީ ރައީސް އޮފީސް އެތެރެއިން. ޕާޓީގެ ނިންމުން ނިންމަންޖެހޭނީ ޕާޓީ އޮފީހުން ރައީސް އޮފީހަކުންނޫން. ކުދިންނަށް އެބަފެނޭތަ މުށުތެރެއަށްލާ ބާރުކުރަމުން ފިއްތަމުންދާ މަންޒަރު. ތިކިޔާ ރީދޫ މީހުން ނޫނީ ތިކުދިން ތި ރުޅިއަންނަށް އމޑޕ ރާއްޖޭގަ ނެތްނަމަ ރާއްޖޭގެ ރައްޔިތުން މިހާރު އުޅޭނީ އަދިރި އަދިރިން ރާއްޖޭގަ ވެރިކަން ކުރިއިރު އުޅުނު ހާލަތުގަ.
ޝަހާމް އިބްރާހިމް
05 October 2016
މިހާރު މިއީ ވަރަށް ބޮޑުވެއްޖެ މައްސަލައެއް. މަޖްލިސް އަށް މިމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ވައްދައިގެން ނަމަވެސް ހައްލު ކުރަން ވެއްޖެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ، ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި. އެކަމަކު މިއަދު ރައީސް ޔާމީންއާއި ޕީޕީއެމް އަކާ ވާވެސް ކަމެއްނޫން...! މިއީ ދެން ކިހާ ހެއްވާކަމެއް. ކޮންމެވެސް އެއްގޮތަކަށް މިކަން ނިންމަންވެއްޖެ. ރައީސް ޔާމީންގެ ހައިސިއްޔަތެއް ޕާޓީގައި ނެތްކަމަށްވަނީނަމަ، މިހާރު އޮތް ވެރިކަމުގެ ސައްހަކަމާދު ސުވާލު އުފެދޭނެ. އެހެންނޫނީ ރައީސް ޔާމީން ރަސްމީގޮތުން އެމަނިކުފާނުގެ ބަސް ވިކޭ ޕާޓީއަކާ ގުޅިވަޑައިގަންނަވަންވީ. މައުމޫންގެ އުނދަގޫވެސް މިހާރު މާ ބޮޑީ....! އަމިއްލެއަށް ހުދުމުހުތާރުވެގެން އަމިއްލަ ދަރީގެ ނަން މި ހުށަހަޅަނީ. އެހެންމީހަކާ، ކައުންސިލަކާ މަޝްވަރާ ކޮށްލުމެއްވެސް ނެތި...!
ބީޕްރެކްޓިކަލް
05 October 2016
ޕާޓީ ކައުންސިލުން ފާސްކުރުން ކީއްވެތޯ މައްސަލަ އަކަށް ވާންވީ. އެއީ ނޫންތޯ އެންމެ ޑިމޮކުރަޓިކް ހަމައަކީ. ޕާޓީގެ ވަކީ ބޭފުޅަކަށް ފެންނަ ގޮތަށް ނުވަތަ އާއިލީ ގޮތުން ގާތް މީހަކު ސިޔާސީ ޕާޓީއެއް ތަމްސީލު ކުރުން އެއީ ހަމަޖެހޭ އުސޫލެއް ކަމަށް ނުދެކެން. ކޮންމެ ކަމެއްގައި ރިވެތި ގޮތް ދޫކޮށްލާ އަމިއްލައަށް ވިސްނޭ ގޮތް ކުރިއަރުވަން މަސައްކަތް ކުރާތީއޭ މިއޮޅެނީ އެއްވެސް ކަމެއް ހަމައަކަށް ނޭޅިގެން
ބޭބެ
05 October 2016
މައުމޫނު ބުނާނެ ވަރަށް ބާރުލާފަ ކައުންސިލުންނޭ ކަންކަން ނިންމަނީ!! ދެން މިހާރުވެސް ޕާޓީގެ ކައުންސިލުން ނިންމަންވީނު!! އެއީ ޑިމޮކްރަސީގެ އެންމެ ރަގަނޅުގޮތަކީ!!
ކާން
05 October 2016
ފާރީޝް އަކީ ޕީ.ޕީ އެމް މެމބަރެއްތަ؟ މައުމޫން ބޭނުންވަނީ ކެނެރީގޭ ނަޝީދުއަށް ތާއިދުކޮށްގެން ކަން ދައްކާ ވާހަކަތަކުންނާ އަމަލުން ހީވޭ
ދޮން އާމިރު
05 October 2016
ނަޝީދުއާ ތިޔަކަމާއި ހުރީ ކޮންގުޅުމެއްތޯ...
ހައިރާން
10 October 2016
އަޅެ ކޮންމެ ކަމެއްގެ ތެރެއަށް ނަޝީދު ތިވައްދަނީ ތި ކުދިންއެ ނަޝީދެއް ދެކެ ހާދަ ލޯތްބެކޭ ތިވަނީ ހަމަ ބެހިނުލާ ނުތިބެވެނީތަ؟ ހަމަ ހައިރާންވޭ!
އަލިބެ
05 October 2016
މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައަޅާނީ ޕާޓީންކަމަށް ވާއިރު، މަންދޫބުން ކަނޑައަޅާނެގޮތްވެސް އެނގޭނީ ޕާޓީއަށެވެ. ވަކިގޮތަކަށް މަންދޫބުން ކަނޑައަޅަން ސަރުކާރަކަށް ނޭންގޭނެއެވެ. ކޮމަންވެލްތުން އެންގީ އެއްވެސް ޝަރުޠަކާ ނުލައި މަޝްވަރާތަށް ފެށުމަށެވެ. އެހެންވީއިރު ކޮންމެހެން ސަރުކާރުން ޝަރުޠުތައް ކުރިމަތި ކުރަން އުޅޭނެކަމެއްނެތެވެ.
ހުދުހުދު
05 October 2016
ޕާޓީގެ މަންދޫބުން ކައުންސިލް އިން ފާސްކުރަން މިޖެހެނީ ޕާޓީ ގެ މިހުންނަކި ނޭގޭ ހިސާބަށް ޕާޓީ ރައިސުން ޚުދުމުޚްތާރު ވެގެން ޕާޓީ ޓޯކްސް ނިމޭ ހިސާބުން ޕާޓީ ކައުންސިލުން އެޕާޓީ ތަމްސީލް ކުރީ އެ ޕާޓީ މެމްބަރެއް ނޫންކަމަށް ނިންމައި އެބަސްވުންތައް ގަބޫލް ނުކޮށްފިނަމަ ހުރިހާ މަސައްކަތް ބޭކާރުވީ... ދެނޯ
ޒާހިރު
05 October 2016
މި ރާއްޖެއިން ޢާއިލީވެރިކަން ނުފިލާނެދޯ ؟ ދިގުމުއްދަތެއްގައި ވެރިކަން ކުރެއްވުމަށްފަހު އެހެން ބަޔަކަށް ބައިވެރި ވެވޭގޮތަށް ބާއްވަލަދެއްވި އިންތިޚާބުގަ ތިމާ ފެއިލްވީ ވެސް އަމިއްލަ އެދުންބޮޑުވީމަ. ދުރާލައި މީހަކު ތައްޔާރުކުރެއްވި ދުވަހެއްނަމަ މޔސރކ އަތަށް ވެރިކަން ނޮގޮސް މިޖީލް ސަލާމަތްވީސްދޯ ؟ ދެންވެސް މަޑުން ތިއްބަވައިގެން ގާބިލް ހިއްތި މީހަކުއުފައްދަމާބަހީ !
މުޖުތަބާ
05 October 2016
ރައީސް މައުމޫން ގެ ޚިދުމަތް ފަނޑުކޮށްނުލެވޭނެ. ކިތައްމެވަރަށް ބަޔަކު ރައީސް މައުމޫން އާއި ޖައްސާލިޔަސް އަދިވެސް އެންމެގިނަ ބައެއްގެ ލޯބި ހޯއްދަވވާފައިވަނީ ހަމަ ރައީސް މައުމޫން. މީ ޙަޤީޤަތް.
ހުދުހުދު
05 October 2016
މުޖުތަބާ.. މައމޫނަށް 5000 ވޯޓްވެސް ދެން ނުލިބޭނެ. އެ ޒަމާން ގޮސްފި
އަންތަރީސް
10 October 2016
މުޖުތަބާއަށް ތިވިސްނެނީ އަދި މުޅިން ރަންގަޅަކަށް ނޫން ވީމާ ބުނެފައި ތިވަނީ ހަގީގަތޭ ބުންޏަސް ހަގީގަތެއްނޫން ރަންގަޅު މިސާލެއް ބުނެލާނަން 2013 ވަނަ އަހަރުގެ އިންތިޚާބުގައި ޔާމީނާ މައުމޫނާ ސިޔާމާ އަދިވެސް މުޅިސަރުކާރާ ހުރިހާ މިނިވަން މުައްސަސާތަކާއި އެންމެން ވެގެން ހެސްކިޔާފަ މަސައްކަތް ކޮށްވެސް ފުރތަމަ ބުރު ލިބިފައިވަނީ އެންމެ 53000 ވޯޓު ޤާސިމް އެކަނިވެސް 50000 ވޯޓު ހޯދާފައިވޭ އަދި ދެން ހުރި މީހާ ހުރީ ތި ދެ ލީޑަރު އެކުގައި މަސައްކަތް ކުރިއަށް ވާދަވެސް ކޮށްލެވޭ ހިސާބެއްގައެއް ނޫން ވީމާ މިޤައުމުގެ އެންމެ ގިނަ މީހުންގެ ތާއީދާއި ލޯބި ލިބިފައި މައުމޫނަށް ކަމަށް ބުނުން ނުވަތަ ހީކުރުމަކީ ރަންގަޅު ގޮތެއްނޫން