ަޗައިނާގައި ދެ ކުއްޖަކު މޫނުމަތި އަޅައިގެން ދަނީ: ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާ އިން
03 ފެބުރުއަރީ 2020 - 09:36
ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރި ނަމަވެސް، ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސްގެ ސަބަބުން ވަރަށް ބޮޑު ހިޔަންޏެއް އެޅިއްޖެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މި ބޮޑު ހިޔަނިއެޅުމުން ސަލާމަތްވުމަށްޓަކައި، ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް 13،287 ބުކިން ވަނީ ކެންސަލްވެފަ އެވެ.
އެކަމަކު ރައީސްގެ ތަގުރީރުގައި، ސަރުކާރުން ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމަށް ދެކެމުން އަންނަ އުއްމީދުތައް އެގޮތުގައި އޮންނާނެ ކަމަށް އިޝާރަތްކުރެއްވި އެވެ. އެގޮތުން 2021 ނިމުމުގެ ކުރިން ރާއްޖެއަށް 2.1 މިލިއަން ޓޫރިސްޓުން ގެންނާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން، މަސައްކަތަކަށް ވާނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެން ބާކީ އޮތް ދެ އަހަރު، ކޮންމެ އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވިދާޅުވި އެވެ.
"ފަތުރުވެރިކަމުގެ ދާއިރާ އިން އަޅުގަނޑުމެން އަމާޒުހިފި މިސްރާބަށް، މާތް ﷲގެ ވާގިފުޅާ އެކު، މިދިއަ އަހަރު ވާސިލްވެވުނުކަން އުފަލާ އެކު ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި 1.5 މިލިއަން ޓުރިސްޓުން ޒިޔާރަތްކުރީ މިދިއަ އަހަރެވެ. އަހަރު ނިމުނު އިރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އަ އެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އޭގެ ކުރީ އަހަރަށް ވުރެ 14 ޕަސެންޓްގެ ކުރިއެރުމެކެވެ.
- 158: ރާއްޖޭގައި މިހާރު ހިންގާ ރިސޯޓްތައް
- 607: މިހާރު ހުރި ގެސްޓްހައުސްގެ އަދަދު
- 156: ރާއްޖޭގައި ދުއްވާ ސަފާރީތައް
- 12: ޓޫރިސްޓް ހޮޓަލްގެ ގޮތުގައި ރަޖިސްޓްރީކޮށް ހިންގާ ތަންތަން
- 5،0591: ރާއްޖޭގައި ހުރި ޓޫރިސްޓް އެނދުގެ އަދަދު
- 1.7 މިލިއަން: މިދިއަ އަހަރު ޒިޔާރަތްކުރި ޓުރިސްޓުންގެ އަދަދު
- 13،287: ކޮރޯނާވައިރަސްގެ ސަބަބުން މިއަދާ ހަމައަށް ކެންސަލްވި ބުކިންސް
ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އަސަރެއްކުރަނީ، ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ވާތީ އެވެ. ސަަރުކާރުން މިހާރު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރަމުން އައި ސީދާ ދަތުރުތައް ހުއްޓާލުމުގެ އިތުރުން، އެހެން މަގުތަކުން ވެސް، ޗައިނާ އިން އެއްވެސް މީހަކު ރާއްޖެ އެތެރެނުވެވޭ ގޮތަށް ނިންމައިފަ އެވެ. އަދި ޗައިނާއަށް ޒިޔާރަތްކުރި މީހަކަށް ވެސް ރާއްޖެ ނާދެވޭނެ ކަމަށް، އިއްޔެ އިއުލާންކުރި އެވެ.
ރައީސް ވިދާޅުވީ މި އަހަރު ރާއްޖޭގައި އަލަށް 13 ރިސޯޓާއި 74 ގެސްޓްހައުސް ހުޅުވާނެ ކަމަށެވެ. އެ ތަންތަނާ އެކު، ރާއްޖޭގައި އަލަށް 1،300 ޓޫރިސްޓް އެނދު އުފެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިހާރު ވަނީ ޗައިނާއާ ދެމެދު ދަތުރުފަތުރު ހުއްޓާލައިފަ އެވެ. އޭގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ލޮޅުންތަކެއް ވަނީ އަރައިފަ އެވެ. އެކަމަކު މިއީ ކިހާ ދުވަހަކަށް ދެމިގެންދާނެ ކަމެއްކަން ނޭނގޭތީ، ގެއްލުމުގެ ސީދާ މިންވަރު އަދި ދެނެއެއް ނުގަނެވެ އެވެ.
މީގެ ކުރިން 2003 ގައި، ހަމަ ޗައިނާއިން އުފަންވި ސާސް ރޯގާ ކުރިމަތިވި އިރު، ރާއްޖެއަށް ޗައިނާގެ ޓޫރިސްޓުން އަައުން އާންމެއް ނޫނެވެ. އޭރު ރާއްޖޭގެ ޓޫރިޒަމް ބޮޑަށް ބިނާވެފައި އޮތީ، ޔޫރަޕްގެ ގައުމުތަކުގެ ޓޫރިސްޓުންނަށެވެ.
އެކަމަކު 2009 އިން ފެށިގެން ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ، މިހާރު އެއް ގައުމުން އެންމެ ގިނަ ބަޔަކު އަންނަނީ، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދު އޮތް ޗައިނާ އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ހައްސާން
03 February 2020
ކޮބައިތޯ ރިޒޯޓް ބޯއީސް އެންޑް ގަރލްސް. އިޤުތިސާދީ ހާއްސަ ހާލަތާއި ގުޅިގެން އަވަހަށް އިހުތިޖާޖު ކުރަންވީނޫންތޯ؟ އަލީ ވަހީދު އިސްތިއުފާއަށް ގޮވާލާން ވީނޫންތޯ؟
ރަމީޒް
03 February 2020
ކުރަންވީ..އަލީވަހީދު ރައީސްއަށް ދޮގު މައުލޫމާތު ދިނީ..ބުނީ 11ހާސް ބުކިން ކެންސަލް ކުރިއޭ އެކަމު 24ހާސް ބުކިން ހަދައިފިއޭ..ދެން ކޮބާ ގެއްލުމެއް .
ޖާދު
03 February 2020
ޓޫރިޒަމްއަށް އެކަނި ބަރޯސާވުން އެބަޖެހޭ ކުޑަވާން. ކީއްވެގެންތޯ އިންޑަސްޓިރަލް މަސައްކަތްތައް ނުހިންގަންވީ؟ ވަޒީވާ ވެސް އިތުރުވެގެން ނުދާނެތޯ؟ އިންޑިއާއިން ދަގަނޑު ކުނޑި އުފުލާގެން ދުނިޔޭގެ މާދުރު ގައުމު ތަކުވެސް އެކުރަނީ، ރާއްޖޭގަ ކުރާނަމަ ހަރަދު ވެސް އެއައްވުރެ އެތައް ތަނެއް ނުޑަވާނެ ޔަގީން.
ގެއްލުން
03 February 2020
އިއްތިފާގެއް، ބަދުނަސީބެއް، ނަސީބެއް ކިޔާކަށް ނޭނގެ. ކޮންމެއަކަސް އެމް.ޑީ.ޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ގްލޯބަލް ކްރައިސިސްއެއް އެބަ އާދޭ. 2008 ގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވުން. މީގެ އިތުރުން ރާއްޖެއިން ޑޮލަރު ނުލިބުން. މިފަހަރު ކްރޯނާ ވައިރަސް. އެހެން މީހުން ވެރިކަމަށް އައިމަ އެތެރެއިން އެމް.ޑީ.ޕީ ކްރައިސިސް. ހަޅުތާލު. ބޭރާ ގުޅިގެން ވެރިކަމަށް އަންނަން ޖަހާ ސަކަރާތާއި ގަެުމަށް ދޭ ގެއްލުން.
ާއުނިމާ
03 February 2020
މީގެން ދޭހަވަނީ އަސްލު އެމްޑީޕީއަކީ ރާއްޖޭގެ ވެރިކަންކުރަން ކުރަންޖެހޭ ބައެއްނޫންކަން، މީގެ ސަބަބަުތަކެއްވެސް ހުންނާނެ! ވަރަށް ބަދުނަސީބުވެރިކަމެއް!
މާކަނޑު
03 February 2020
ދެން ކަލޭ ތިބުނާގޮތުން އިންަސާނުންގެ އިހުތިޔާރުން ބޭރުގަ ހިނގާ ކަންކަމަކީވެސް ވަކިބަޔަކު ވެރިކަމުގަ ތިބީމަ ވާ ކަންކަން. އެބަޔަކު ނައްތާލީމަ ދުނިޔެއަށް ހަމަޖެހުމާ އަމާންކަން ލިބޭނެޔޭ ކަލޭ ތިބުނަނީ. ކޮސް ގޮވިޔަސް ތިދެން ފުކެއް ބޮޑުވަރު.
ވާނީ
03 February 2020
އެހެންވުމަކީ ބެލެންސެއް. ވެރިކަމަށް އަރަނީ އެތައް ދޮގަކާ ކުރަންނުވާ އަމަލުތަކެއް ކޮށްގެން. އެކަމުގެ ބަދަލު އަރާހަމަކުރާނެ އެކަމާ ކިތަންމެ ދެރަވިއަސް. މިހާރަކު ނެތް އިދިކޮޅު ބަޔަކު އެއްވެސް ކަމެއް ހާސްކުރާކަށް މިގައުމުގައެއް. އޭގެ މާނައަކީ އަމާން އޮމާން 5 އަހަރު ލިބުމޭ ހީވުމަކީ ކުށްހީއެއް. އެބަޔަކު ކުރި ނުބައެއްގެ ބަދަލު އެބަޔަކަށް ލިބޭއިރު އެހެން މީހުންނަށްވެސް އޭގެ އަސަރުކުރާނެ. ވާ ކޮންމެ ކަމަކީ ލިބޭ ފިލާވަޅެއް. އިބްރަތްލިބޭނީ މަދުބަޔަކަށް.
ނިރު
03 February 2020
އިސްޓިކާ ޖަހާގެން ލިބޭލާރި މަދީތަ، މަށައްފެންނަނީ 24 ގަޑިރު ބުރިޖް ދެފަރާތުގަ ޕޮލިހުން ބައިތިއްބަން
ހަކީމް
03 February 2020
ތިއީ ހުރިހާ ގައުމަކަށްވެސް ތިކަން އޮތްގޮތް މިހާރު ދުނިޔެއަށް މި ދިމާވެފައިވާ ގްލޯބަލް ކޮރޯނާ ކްރައިސިސްގައި. ހިތްވަރު ކުރައްވާ އެންމެ ބޭފުޅުން.
އާދަނުގެ ދަރި ސާބިގު
03 February 2020
ހިޔަނި އެޅުނުކަމަށް ރައީސް ވިދާޅުވިއިރު ޓޫރިޒަމް މިނިސްޓަރ ވިދާޅުވަނީ 11000 ކެންސަލް ވިޔަސް 20000 އިތުރު ބުކިންގ ހެދިޔޭ. ޓޫރިޒަމް މިނިސްޓަރަކަށް ނޭނގޭ ވާނުވާއެއް. ހަޤީގަތަކީ އަބަދުބެސް ކެންސަލް ވާވަރަށްވުރެ ބުކިން އިތުރުވާކަން. އެއީ ރާއްޖެއަށް އޮންނަ ޑިމާންޑްގެ ބޮޑުކަމުން. ކޮންމެއަކަށް ސަރުކާރުން އެބަޖެހޭ ރައްޔިތުން ޕެނިކް ނުވާގޮތަށް ބަހުރުވަ ގެންގުޅެން.
ކޮރަލް
03 February 2020
ސިޔާސީ މީހުންގެ އަދި މަޖްލިސް މުސާރަ ތައް ކުޑަ ކޮށްބަލާށެވެ. ހުސް ވާހަކަ ބޭނުމެއް ނޫނެވެ.