ރާއްޖެ އިން ކޮވިޑް-19 އަށް ތައްޔާރުވުމަށްޓަކައި ބޭއްވި އިމަޖެންސީ ޑްރިލްގެ ތެރެއިން: ކޮވިޑް-19 ހުރި ހަތަރު ބިދޭސީ އަކު ރާއްޖެ އިން މިހާތަނަށް ވަނީ ފެނިފައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
09 މާޗް 2020 - 00:55
ކޮވިޑް-19 އަށް ރާއްޖެ އިން އަނެއްކާ ވެސް ދެ މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އިއުލާންކޮށްފި އެވެ.
އެ އިދާރާ އިން ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރުވީ، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބިދޭސީ ދެ މީހެއްގެ ފަރާތުން ކަމަށެވެ.
އއ. އަތޮޅުގައި ހިންގާ ބަތަލާ ރިސޯޓުގެ ތިން މީހަކު ޓެސްޓު ކުރިއިރު، އޭގެ ތެރެއިން ދެ މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ނަމަވެސް އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މީހަކު ކަމެއް ނުވަތަ ޗުއްޓީ އަށް އައިސްފައި ތިބި ބައެއް ކަމެއް އެޗްޕީއޭ އަކުން އަދި ނުބުނެ އެވެ.
Samples from three foreign nationals staying in AA. Sandies Bathala have been tested for #COVID19.
— HPA Maldives (@HPA_MV) March 8, 2020
2 out of 3 of these samples have tested positive.
We continue to monitor the situation and will provide further updates
އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓް
އެޗްޕީއޭ އިން އިއްޔެ ރޭ ބުނެފައިވާ ގޮތުގައި، ބަތަލާ އައިލެންޑްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްްތަކެއް ފެނުމާ ގުޅިގެން، އޭނާގެ ޓެސްޓުތައް ހެދުމަށާއި މޮނިޓާ ކުރުމަށްޓަކައި އެ ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
އެކި ގައުމުތަކުގައި ހަލުވިކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނުނުކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ރާއްޖެ އިން އެ ބަލި ފުރަތަމަ ފެނިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއެއްގެ ހަށިގަނޑުންނެވެ.
އެހެންކަމުން، ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާކަން މި ކަށަވަރުވީ ހަތަރު މީހަކަށެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް އަމަލުކުރާތީ، އެ މީހުންގެ ގައުމުގެ އިތުރުން ޒާތީ މައުލޫމާތުތަކެއް އެއްވެސް އިދާރާ އަކުން ހާމައެއް ނުކުރެ އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ބޭއްވި ނިއުސް ބްރީފިންއެއްގައި ވިދާޅުވެފައި ވަނީ، ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުންނާ އެކި ގޮތް ގޮތުން ގުޅުން ހުރި 173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކުރެއްދޫ ރިސޯޓުގެ ކޮޓަރިތަކުގައި 93 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އަމީން ވިދާޅުވެފައި ވެ އެވެ.
އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުން ތިބި ބަތަލާ ރިސޯޓުގެ ކޮޓަރިތަކުގައި ވެސް 11 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އޭނާ ނޫސްވެރިން ގާތު ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދެ މުވައްޒަފަކު ފެނިގެން ކަރަންޓީނު ކޮށްފައިވާ، ކުރެއްދޫ ރިސޯޓުގެ އެހެން މުވައްޒަފަކު ށ. ފޯކައިދު އަށް ދިޔަ ފަހުން އެ ބައްޔަށް ޝައްކުވާ އަލާމާތްތައް ފެންނާތީ، އެ މީހާގެ ޓެސްޓްތައް ހެދުމަށް ފަރުކޮޅުފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެޗްޕީއޭ އިން މިރޭ ބުނެފައި ވެ އެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ފޯކައިދޫން މި މީހާ ފާހަގަވުމާ އެކު، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އެ މީހާ މިހާތަނަށް ބަހައްޓާފައި ހުރީ އެކަހެރިކޮށެވެ. ނަމަވެސް ޓެކްނިކަލް ބޭފުޅުންގެ ލަފާގެ ދަށުން، އެ ރަށަށް އަރައި ފޭބުން މަނާކޮށްފައި ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި އަމަލުކުރާ އުސޫލަށް ބަލާއިރު، އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ، އެ ވަގުތަކު އޭނާ ހުރި ރަށަކަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކުރާނެ އެވެ. އެ އުސޫލުން މިހާރު ވެސް ކުރެއްދޫ ރިސޯޓާއި ބަތަލާ އައިލެންޑް ރިސޯޓު ވަނީ ކަރަންޓީން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަައަލީ ތަކުރު
10 March 2020
މި ވަގުތުގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް 114،443 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ނަމަވެސް އޭގެ ތެރެއިން 64،154 މީހަކު މިހާރު ވަނި ރަނގަޅު ވެފަ އެވެ. އެހެންވެ ބަލި ޖެހިފައި މިހާރު ތިބި މީހުންގެ އަދަކަކީ 50،289 އެވެ.
އޮނަރަބްލް އަފީފު ދީދީ
09 March 2020
ހިތަށް އަރަނީ "ސޯލިޙް އާއި ނަޝީދުގެ ޗޮއިސް އަކަށް އަލީ ވަހީދު ވެގެންދިޔަ ސަބަބު" އިގޭތޯ؟ # އެއްވެސް ހާލުގައި މިހެން މިދެންނެވީ ރިސޯޓް މެނޭޖްމަންޓުން ހިންގި ޖިނާއީކުށް ޤަބޫލު ކުރާތީ އަދި އެކަމަށް ރުހިގެނެއްވެސް ނޫން. # އަހަރުމެން މާކުރިންވެސް މިކިޔަނީ "އަލީ ވަހީދަކީ ރާއްޖޭގެ އެންމެ ބޮޑު އިޤްތިސޯދީ ސިނާއަތުގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓޭނެ އިލްމާއި ތަޖުރިބާ ހުރިމީހެއްނޫނޭ" ސޯލިޙްއަށް ދެންވެސް އޮތް ގޮތަކީ މި ފުރުސަތު ބޭނުންކޮށް ދުރުކުރުން.
ހޫރޭ
09 March 2020
ނިއުމަތަށް ޝުކުރުނުކޮށް ﷲއަށް ފުރައްސާރަކުރުމުގައި ގޮތްދޫނުކޮށް ރައްޔިތުންނަށް އޮޅުވާލުމުގައި ކޮރަޕްޝަން ޒީރޯ ޓޮލަރެންސްގައި ގައުމު ހިންގަން ގަދަ ފައި ވިއްދިޔަސް އަތުން ބީވާ ވަގުތު ޖެހުމުން ބީވެގެންދާނެ. ޑޮލަރުގެ ތާށިކަން ބޮޑުވެ ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރައިން އުނިކޮށް އެއިން ސަރުކާރު ހިންގަން އުޅެގަތީމާ އިހު ހިނގިމަގުން ހިނގަން ޖެހިދާނެ.
ބަކުރުއްދީން
09 March 2020
އަހަންނަށްވެސް އެ ބަލި ޖެހިއްޖެހެން ހީވޭ... އެކަމު ހޮސްޕިޓަލަށް ނުދާނަން! ގިނަގިނައިން ދުޢާކޮށް ކަޅު ދިރި ބޭނުންކުރަމުން މިދަނީ. ހުރިހާ މުސްލިމުން އަހަންނަށް ހެޔޮ ދުޢާކޮށްދެއްވާ.
އެހެން ނުހަދާ،
09 March 2020
އަވަހަށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދަމާ، އެހެން ނޫނީ ގޯސް ވެދާނެ، ދޮކްޓަރަށް ދެއްކިޔަޔަސް ކަޅުދިރި ބޮވިދާނެ،
އާމީނު
09 March 2020
ޕެނިކް ނުވޭ. ދޯ އަލީ ވަހީދު؟
ޔެސް
09 March 2020
އަލީ ވަހީދު އަށް ކޮވިޑް19 މީ އެއްވެސް އެއްޗެއްނޫން
އެހެން ނުހަދާ
09 March 2020
މިކަން މިހެން ވުމުން، ދިވެހިން ދިވެހިންގެ ގޮތުގައި ތިބެބަލަ، މާބޮޑަށް ތެޅެނީ،
ޠާސިޔާ
09 March 2020
ޢެމްޑީޕީއަށް ވޯޓް ދިނުން ނިމުނީ. ޤައުމު ހިންގާއިރު ރައްޔިތުންގެ ހައްޤު ރައްކާތެރިނުކުރީމަ. ފޫހިވެއްޖެ. ތިވައިރަސް ނުޖެހި ދިވެހި މުޖުތަމައު ސާލާމަތް ކުރުމަށް ﷲ ހަޒްރަތުގައި ދުއާ ދަންނަވަން.
ހާބީލު
09 March 2020
ބަލަ ކޮންގޮތަކުން ރައްކާތެރި ނުކުރާ ވާހަކަތަ؟ މުޅި ދުނިޔޭގައި އުޅޭ އެއްޗެއް، ރާއްޖެ ނައިސް ހުއްޓުވުމަކީ ނާދިރުކަމެއް. ސިއްހީދާއިރާގެ މީހުންނާ އެންމެންވެސް ހުރިހާ ގޮތަކުން ރައްޔިތުން ރައްކާތެރިކުރުމަށް މަސައްކަތްކުރާތަން މަށަށް އެބަ ފެނޭ. ދެން އޮންނާނީ މާހިރުންގެ ލަފާގެ މަތިން އަހަރެމެން ފަރުދީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން.
ހަސަންދީދީ
09 March 2020
އެއުޅެނީ ދުނިޔޭގައި އޮތް އެންމެ އެޑްވާންސް ގައުމުކަމަށްވާ ޔޫ.އެސް.އޭ ވެސް ތިކޮރޯނާ އަތްދަށުވެ ގޮތް ހުސްވެގެން... ނުވިތާކަށް އެންމެ މުއްސަދި ގައުމުތައްވެސް އެއުޅެނީ ކޮރޯނާގެ ކިބައިން ސަލާމަތްނުވެގެން... މިއީ ވަކި ބަޔަކު ވެރިކިަން ކުރާތީ ވާގޮތަެއްނޫން... މުޅިދުނިޔޔެއަށް ކޯފާ އައިސް އަރާހަމަކޮށްފަމިއޮތީ.. ވިސްނާ ފިކިރުކޮށް އިސްލާހުގެ މަގަށް ރުޖޫއުވޭ
އެސްކޮބާރ
09 March 2020
ޕެނިކް ނުވުމަކީ ވަރަށް މުހިއްމުކަމެެއް. އެކަމަކު އަޅަން ޖެހޭ ފިޔަވަޅު އަޅަން ޖެހޭ. ފުރަތަމަ ކަމަކަށް މާލޭގެ ތޮއްޖެހިފައިވާ އާބާދީތެރޭ ބަލި ފެތުރިދާނެތީ ރަށްރަށުގެ މީހުން ވަޒީފާ ދޫކޮށްފައި ރަށަށް ދާން ޖެހޭ. މިއީ ރިސޯޓު ހިންގަންވީ ވަގުތެއްނޫން. ވަޒީފާ އަދާކުރަންވީ ވަގުތެއް ނޫން. ދަރިން ސްކޫލަށް ފޮނުވަންވީ ވަގުތެއް ނޫން. ދުނިޔޭގައި ބަލި ކޮންޓްރޯލްވީމާ ވާލްޑް ބޭންކުން އަހަރެމެންގެ ގައުމުގެ އެއްއަހަރުގެ ބަޖެޓް ދީފާނެ.
ސާޖިދު ނަދި އަދުވާލާ
09 March 2020
ކަލޭ ތީ ވާލްޑް ބޭންކުގެ މެނޭޖަރުތަ؟
ބޮލްހަލާކު
09 March 2020
ވަރަށް މޮޅޮ. ބަލި ފެތުރިދާނެތީ ދަތުރުކުރަންވީ. ދަތުރުކުރުމުން ފެތުރުމުގެ ޗާންސް ބޮޑުވާނެކަން ހަމަ ނޭންގެނީ؟؟ އެއްޗެއް ނޭންގޭ އިރު ވޯލްޑް ބޭންކް ކިޔާފަ ކޮމަންޓު ކުރޭ. ވޯލްޑް ބޭންކުން ފައިސާ ގަހުން ލާރި އަޅައިގެން ދުނިޔޭގެ ހުރިހާ ޤައުމެއްގެ އިގްތިސާދު ބިނާކޮށްދޭނެ ވިޔަ. ބޯ ހަލާކު. އަދިވެސް ތަންތަނަށް ކޮމަންޓު ކުރެވޭތޯ ބަލާ.
ޙުސެންދީ
09 March 2020
ސަދަގާތް ދިނުމަކީ ބަލިތަކުގެ ޝިފާއެއް..ހަދީސް
ހާސަރު
09 March 2020
އިޓަލީގެ ފަތުރުވެރިން މިހާރުވެސް ބައިވަރު ރިޒޯޓްތަކުގައި އެބަތިބި އެރިޒޯޓްތަކުގެ މުއައްޒިފުން މިވަގުތު ރަށްރަށަށް ނުގޮސް ދުވަސްކޮޅަކު މަޑުކޮށްލުން އެހެންމީހުންގެ ރައްކާތެރިކަމަށް މުހިއްމު.
ފުވާދު ޝަރީފު
09 March 2020
މި ވަޤުތަކީ އިންތިޚާބު ބާއްވަން އެމްޑީޕީ އަށް އެއްމެ ރަގަޅު ވަޤުތެވެ. ވީމާ އިންތިޚާބު ފަސް ކުރެވޭކަށް ނެތެވެ.