އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
14 މާޗް 2020 - 14:11
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މިރޭ 12 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ބޭރު ޓުރިސްޓުން ނުގެނެވޭނެ ކަމަށް، އެޗުޕީއޭއިން ނިންމައިފި އެވެ.
މިހާރު ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެޗުޕީއޭއިން މި ގޮތަށް ނިންމާ ކުރި އިއުލާނެއްގައި ބުނީ މިރޭ 12 އިން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާއަށް މޭލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓަލާއި ގެސްޓްހައުސްތަކަށް ބިދޭސީ އެއްވެސް ދަތުރުވެރިޔަކު ޗެކިން ކުރެވިގެން ނުވާނެ ކަމަށެވެ.
"މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހިންގާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓެލްތަކުން މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް ފަތުރުވެރިޔަކު ޗެކިން ކުރުން ހުއްޓާލުމަށް އަންގަމެވެ،" ޓްވިޓާ މެދުވެރިކޮށް އެޗުޕީއޭ އިން ނެރުނު އިއުލާންގައި ބުނެފައިވެ އެވެ.
މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ގެސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓާލުމަށް އެންގުން pic.twitter.com/IKoY8q3JEA
— HPA Maldives (@HPA_MV) March 14, 2020
އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފެފައިވާ ގޮތުގައި މިހާރު މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބި ޓޫރިސްޓުންގެ ހަދާފައިވާ ބުކިންގެ މުއްދަތުގައި އެ މީހުންނަށް ތިބެވޭނެ އެވެ.
މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާތަނަށް ސަރުކާރުން އެޅި އެންމެ ބޮޑު ފިޔަވަޅެވެ. މީގެ ކުރިން ވަނީ ރިސޯޓްތައް އެކަހެރިކޮށް، އަދި ރިސޯޓްތަކުން އެއްވެސް މީހަކު އެހެން ރަށްރަށަށް ދިއުން މަނާކޮށްފަ އެވެ.
އެޗުޕީއޭގެ ނިންމުން މި އައީ ރިސޯޓްތަކުން ކޮރޯނާވައިރަަސް އަށް ޕޮޒިޓިވް މީހުންގެ އަދަދު މިއަދު 10 އަށް އަރާފައި ވަނިކޮށެވެ. މި އެންމެންނަކީ ވެސް ބިދޭސީންނެވެ. އެކަމަކު އެއީ ޓޫރިސްޓުންކަމެއް ނުވަތަ ރިސޯޓްތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންކަމެއް، އެޗުޕީއޭއަކުން ނުބުނެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ލަފާއަރުވަނީ މައިމޫނާ އެވެ. އަދި ހެލްތު މިނިސްޓަރުގެ މަޝްވަރާތަކާ އެކު އެ ފިޔަވަޅުތައް އޭނާއަށް އިއުލާންކުރެއްވެ އެވެ.
ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސްގެ ސަބަބުން މިހާރު ދުނިޔެ ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. މިހާރު އެންމެ ނުރައްކާތެރީ ޔޫރަޕް ސަރަހައްދެވެ.
ޑަބްލިޔުއެޗުއޯއިން ބުނީ ޗައިނާގައި އެ ވައިރަސް އެންމެ ބާރަށް ފެތުރުނު އިރު، ދުވާލަކު ފެންނަ ކޭސްތަކަށް ވުރެ ޔޫރަޕުން މިހާރު ފެންނަ ބަލިމީހުންގެ އަދަދު ގިނަ ކަމަށެވެ. އިއްޔެ އެކަނި ވެސް އިޓަލީން ވަނީ 280 މީހުން، ކޮވިޑް-19 ގައި މަރުވެފަ އެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިގެން އުޅެނީ ވެސް އިޓަލީން އައި ޓޫރިސްޓެއްގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެސްޓްހައުސްތައް
15 March 2020
މާލެ، ހުޅުމާލެ، ވިލިނގިލި އަށް ފަތުރުވެރިން ޗެކިންކުރުން ހުއްޓުވި ފަދައިން އެހެން ރަށްރަށަށްވެސް މިފިޔަވަޅު އަވަހަށް، ލަސްނުކޮށް، އެޅުމަށް ގޮވާލަން، ބައިވަރު ރަށްތަކުގައި ގެސްޓްހައުސްތައް ބައިވަރު އެބަހުރި. ބައިވަރު ފަތުރުވެރިންވެސް އެބަތިބި.
ަޢަލީ 222
15 March 2020
ގޭގައި ކުދިން އޮންލައިންކޮށް ކިޔަވާއިރު ދިރާގުން ޑާޓާ ކޮޅެއް ހިލޭ ލިބޭގޮތެއް ނުވާނެތަ؟ ފެންކުންފުނިންވެސް 1 ޓަނު ލިބޭ ހިލޭ.
ނަޝީދު.
15 March 2020
ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަކީ ކޮންކަހަލަ ކޮލިފޭކަށަނާ ތަޖުރިބާއެއް ހުރި ބޭފުޅެއްތޯ؟ ކީއްވެތޯ އެއްވެސް ހަބަރެއްގަ އެތަފްސީލް ނެތީ؟
ފަޒޫ
15 March 2020
ހެލްތު މިނިސްޓަރު ކަމާ ހަވާލުވިފަހުން ކްރައިސިސްއަކަށްފަހު ކްރައިސިސްއެއް ހައްލުކުރަމުން އަމީނު ދައްކަމުން ތި ގެންދަނީ ހަގީގީ ލީޑަޝިޕަކީ ކެތްތެރިކަމާއި އިލްމާ ހިކުމަތްތެރިކަމާ ދުރުވިސްނުންކަން. އަމީނު ތި ދައްކަމުންގެންދާ ނަމޫނާ ލީޑަޝިޕަށް ސާބަސްދެން
އެހެން
15 March 2020
ރަނގަޅު ނިންމުމެއް.. ސުވާލަކީ އިންޓަނޭޝަނަލް ޕެސެންޖާ ފްލައިޓްތަކާއި ޕްރައިވެޓް ޖެޓް ޖައްސާ އައްޑޫ ސިޓީ ގަމުގައި ކޮންކޮން ސަލާމަތީ ފިޔަވަޅުތަކެއް ތޯ އެޅިފައިވަނީ..
ފެއިލް
14 March 2020
ކަރަންކާ މަގުގަ ސެލްފް އައިސޮލޭޝަން ކުރާނެ ގޮތެއް ބުނެދޭންވެއްޖެ. މި މަގުގަ ދަންވަރު ވާއިރުވެސް މީހުން ހުސްނުވޭ. އަޑުގަދަކަ ކަމުން ބައެއް ފަހަރަށް ނިދޭ ވަރެއް ނޫން. މީ ހަމަ ހުސް ސަރުކާރުގެ އިހުމާލު.
ކަންބޮޑު
14 March 2020
ޕޮޒިޓިވް ވާ މީހުން މާލެ ނުގެނެސް ވާކަށް ނެތްތޯ؟ ވަކި ރަށެއްގަ ބެލެހެއްޓޭ ގޮތަށް....
ޑޮކްޓަރ ނާން
15 March 2020
އަންނި ތިހެން ބުނީ މަ ކަމަކު ނުދިޔަ އެއްނު
ތުއްތުނާ
14 March 2020
އެންމެ ފަހުން ބަލި މީހަކު މިފެނުނީ ކަރަންޓީނު ކުރެވުނު 3 ރިސޯރޓް ގެ ތެރޭގައި ހިމެނޭ ރަށަކުން...... އެކަމަކުވެސް 3 ދުވަސް ފަހުން ކަރަންޓީނުން ރަށްތައް ދޫކޮށްލައިފި ؟....... ދެން އަނެއްކާ ޓެސްޓް ހަދައިގެން ޕޮޒިޓިވް މިވަނީ ؟ ބަލީގެ އަލާމާތްތައް ނުފެނި 14 ދުވަސް ހުންނަ ކަމަށްވާއިރު ރިސޯޓުގައި ތިބި ހުރިހާ އެންމެން ޓެސްޓްތައް ހަދައިގެން ނޫންގޮތަކަށް ކަރަންޓީނުން ދޫކޮށްލީ ކީއްވެ؟......
ދަގަތްފާނު
14 March 2020
ހަރަދު ކުޑަޖުރަންވެސް އެބަޖެހޭ. މާލޭ ބުރިޖުފުޅު ދުވާލުގަޑީގަވެސް ދިއްލާފަ އޮންނަނީ، އޭގެބަދަލުގައި މިދުވަސްކޮޅު ރޭގަނޑުވެސް ނުދިއްލަންވީ، މަގުމަތި ފެންނަވަރު އަލިކަން ކޮންމެ ވެހިކަލެއްގަވެސް ހުރޭ.
ލަަތިއްޓޭ
14 March 2020
ސަރުކާރޫ.... އޯވަރރިއެކްޓް ކުރުމަކީ ރަގަޅު ކަމެއް ނޫން.
މުސާރަ
14 March 2020
ކޮންމެހެންވެސް ކުރަންޖެހޭ ނުކޮއް އޮތްކަމެއް! އެވާހަކަ ނުވެސް ދައްކަނީއޭ!