މިއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އާއި ދުނިޔޭގެ ޚަބަރުތައް ގެނެސްދިނުމަށް ފަށާފައިވާ ބްލޮގެކެވެ. ކޮވިޑް-19 އާ ގުޅޭ ފަހުގެ މައުލޫމާތުތައް ކޮންމެ ދުވަހަކު ވެސް މި ބްލޮގް މެދުވެރިކޮށް ގެނެސްދޭނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހާލަތު ވެސް ހިމެނޭނެ އެވެ.
ޑރ. މުރާދު މީޑިއާ ބްރީފިންއެއްގައި ވާހަކަ ދައްކަވަނީ: ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ފުރަތަމަ 13 މީހުން ވެސް މިހާރު ރަނގަޅުވެއްޖެ ކަމަށް އޭނާ މިރޭ ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
29 މާޗް 2020 - 12:24
އެޗްޕީއޭ އިން މިރޭ ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ކަރަންޓީންގައި 860 މީހުން އެބަތިބި. އައިސޮލޭޝަންގައި ތިބީ 20 މީހުން.
ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީގޮތުން ހުއްޓައިލަން އެންގުން pic.twitter.com/aXaYJtEnPK
— Health Protection Agency (@HPA_MV) March 29, 2020
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާގެ އެންގުން
ރާއްުޖޭގައި ހިންގާ ހުރިހާ ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް މާދަމާ ރެއިން ފެށިގެން ވަގުތީ ގޮތުން ހުއްޓައިލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ އަންގަވައިފި. އާންމު ސިއްހަތުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އޭނާ އެ ނިންމުން ނިންމެވީ ކޮވިޑް-19 އާ ގުޅިގެން ވަކި ގޮތަކަށް އަންގަންދެން.
ދެ ރިސޯޓެއްގެ ދެ ދިވެއްސަކާއި ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތެއް ފެނުމުން އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރާ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެއީ ދި ސްޓޭންޑާޑް، ހުރުވަޅި މޯލްޑިވްސް ރިސޯޓާއި ލަކްސް ނޯތު މާލެ އެޓޯލްގެ ދެ ދިވެހިން. އަދި ހުރުވަޅި ރިސޯޓުގެ ދެ ބިދޭސީއަކު ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރަމުން ގެންދާ ކަމަށް އެޗްޕީއޭ އިން ބުނި. އެ ހަތަރު މީހުން މިހާރު ތިބީ "ހޯމް އައިސޮލޭޝަން" ގައި. މި ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެ ދެ ރިސޯޓު ވެސް އާންމު އުސޫލުގެ މަތިން މި ވަގުތަށް ވަނީ ބަންދުކޮށްފައި ކަމަށް އެ އިދާރާ އިން ބުނޭ.
މަބްރޫކް: މިހާތަނަށް އައިއިރު ވަރަށް ބޮޑަށް ތަފާތު ފެންނަމުން އެބަދޭ. ފަރުދީ ޒިންމާ އަދާކުރާ ތަން ވެސް ފެނޭ. އަޅުގަނޑު އުފާވޭ މުޖުތަމައެއްގެ ގޮތުގައި މިކަން ކުރެވޭތީ. އެކަމަކު އަދިވެސް އެކަން ރަނގަޅު ކުރެވޭނެ. ކުރިއަށް އޮތްތާނގައި އެކަން ރަނގަޅު ކުރުމަށް އިތުރު ކަންކަން ކުރެވޭނެ.
ޑރ. މުރާދު: ދަރުމަވަންތަ ހޮސްޕިޓަލުގައި ތިއްބާ ރަނގަޅުވި ދެ މީހުން އަދިވެސް ތިބީ އެތާނގައި. އެ މީހުންގެ މައިގަނޑު މުއްދަތު ކަމަށް ބަލަނީ އެއް މަސްދުވަސް. އެކަމަކު ވެލިދޫގައި އަޅުގަނޑުމެން މި ބަލަނީ ބަލި ރަނގަޅުވުމަށް ފަހު 14 ދުވަސް އެތާނގައި ތިބެން ޖެހޭނެ ކަމަށް. މިއަދު ނެގެޓިވް ވި މީހުން ވެސް 14 ދުވަސް ވުމުން ޓެކްނިކަލް ސައިޑުން ޑިސްޗާޖް ކުރެވޭނެ
މަބްރޫކް: މިއަދު ގެއެއްގައި މަރުވި ބަންގްލަދޭޝްގެ މީހާ ކޮރޯނާވައިރަސް އަށް ޓެސްޓް ކުރެވި އޭނާ ވަނީ ނެގެޓިވް ވެފައި
ޑރ. މުރާދު: ވެލިދޫގައި ކަރަންޓީން ކޮށްފައިވާ ދެ ދިވެހިން ފިޔަވައި އެހެން މީހުން ނެގެޓިވް. އޭގެ މާނަ އަކީ ކޮވިޑް-19 އަށް މި މަހުގެ 7 ން ފެށިގެން ރާއްޖެ އިން ޕޮޒިޓިވް ވި ފުރަތަމަ 13 މީހުން ރަނގަޅުވުން. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ދެ މީހުން ކަމަށް ވާއިރު، އޭގެ ތެރެއިން ފުރަތަމަ މީހާ ޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހު. ދެވަނަ މީހާ ޕޮޒިޓިވްވިކަން ސަރުކާރުން އިއުލާން ކުރީ މިއަދު. އެ ދެ ދިވެހިންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީގައި ބައިތިއްބާފައި ތިބި މީހުން.
އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޕްރެސް ކޮންފަރެންސް ދެންމެ ފަށައިފި
މާލެ ސަރަޙައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް އެންގުން pic.twitter.com/ms7BhIH7Ix
— Health Protection Agency (@HPA_MV) March 29, 2020
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާގެ އެންގެވުން.
މައިމޫނާގެ އެންގުމުގައި ވިދާޅުވީ، މިރޭ 12 ޖެހުމަށް ފަހު އެ އެންގުމަށް އަމަލު ކުރަން ޖެހޭ ކަމަށް. ކޮވިޑް 19 އާ ގުޅިގެން މާލޭގެ ބައެއް ޖިމްތައް މިހާރު ވެސް ވަނީ އަމިއްލަ ގޮތުން މެދުކަނޑާލައިފައި. އެކަމަކު ބައެއް ޖިމްތަކާއި ކަސްރަތު ކުލާސްތައް އަދިވެސް ހިންގަމުން ގެންދޭ.
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި ގްރޫޕް ކަސްރަތު ކްލާސްތަކާއި އަދި އެ ނޫން ވެސް އެ ފަދަ ކްލާސްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ އަންގަވައިފި.
ސައުދީ އަރަބިއާގެ ޖިއްދާ އަށް ވަދެ ނުކުތުން މަނާކޮށް ސައުދީ ގަޑިން މިއަދު މެންދުރު ފަހުން 3 އިން ފެށިގެން ޖިއްދާގައި ކާފިއު ހިންގާ ގޮތަށް ހަމަޖައްސައިފި
ފުލުހުން ބުނީ، ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އެޅުމަށްޓަކައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާގެ އެންގުމަށް އަމަލު ކުރަން އިލްތިމާސް ކުރާ ކަމަަށް. އެ އެންގުންތަކާ ޚިލާފަށް އަމަލުކުރާ ފަރާތްތައް މިހާތަނަށް ވެސް ވަނީ ހައްޔަރުކޮށްފައި. ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރިސޯޓުތަކާއި ސަފާރީތަކަށް އަށް އަރައި ފޭބުން ވެސް މި ވަގުތުން ވަނީ މަނާކޮށްފައި.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގެވުމާ ޚިލާފަށް، ލ. ކުނަހަންދޫ ކައިރީގައި އޮތް ސަފާރީއަކުން ރޭ ދެ މީހަކު ފައިބައިގެން އެ ރަށަށް ފޭބުމާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށް، ފަސް ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ލ. ގަމު ކޯޓުން އަންގާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި. އުމުރުން 37 އަހަރާއި 39 އަހަރުގެ އެ ދެ ފިރިހެނުން ހައްޔަރުކުރީ މިއަދު.
އިންޓަނެޓު މެދުވެރިކޮށް، ތައުލީމް ހާސިލް ކުރުމަށް ލުއިތަކެއް ހޯދައިދިނުމަށް ސްކޫލް ކުދިންނަށާއި ޓީޗަރުންނަށް 30 ދުވަހުގެ ހިލޭ ޑޭޓާ ޕެކޭޖެއް ދިރާގާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން މިއަދު ތައާރަފްކޮށްފި. ދިރާގުން ތައާރަފު ކުރި މި މޯބައިލް ޑޭޓާ ޕެކޭޖަކީ 5 ޖީބީގެ ޑޭޓާ ޕެކޭޖެއް. މި ޕެކޭޖު 30 ދުވަސް ވަންދެން ބޭނުން ކުރެވޭނެ. ޕެކޭޖު ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީން ދިރާގާ ހިއްސާ ކޮށްފައިވާ ދިރާގުގެ ޕޯސްޓްޕެއިޑް އާއި ޕްރީޕެއިޑް އާއި މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ހިދުމަތް ގެންގުޅޭ ދަރިވަރުންނާއި ޓީޗަރުންނަށް.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް
ޑރ. އަލީ ލަތީފު: އާންމު ގޮތެއްގައި އަޅުގަނޑުމެން ކަރަންޓީނު މި ކުރަނީ ވަކިވަކި ކޮޓަރިތަކުގައި. ކަރަންޓީނު މި ކުރަނީ 14 ދުވަހަށް. ސަފާރީ ބޯޓެއް ކަރަންޓީނު ކުރުމުގައި، އޭގައި ހުރި ޓޫރިސްޓަކު ޕޮޒިޓިވް ވުމާ އެކު ކަރަންޓީނު ކުރަން އެންގީ މި މަހުގެ 13 ގައި. ތާރީހު ގުނަން ފެށީ 13 ވަނަ ދުވަހުން ފެށިގެން. އެ އުސޫލުން 14 ދުވަސްކޮށްފައި އެ ޓޫރިސްޓް ދޫކޮށްލީ. އޭގެ ފަހުން އަޅުގަނޑުމެން އޭނާ ޓެސްޓް ހެދިން. އެ ޓެސްޓް ހަދަން ނިންމީ ޕްރޮޓޮކޯލްގެ ދަށުން.
ޑރ. އަލީ ލަތީފު: ކަރަންޓީން ކުރުމަށް ފަހު 14 ދުވަސް ހަމަވީމަ އަޅުގަނޑުމެން މީގެ ކުރިން ޓެސްޓެއް ހަދާކަށް އެއްވެސް ޕްރޮޓޮކޯލެއް ނަހަދަން. އެކަމަކު ފާއިތުވެދިޔަ ތަނުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ކަރަންޓީނު ކުރާތާ 14 ދުވަސް ހަމަވުމަށް ފަހު ވެސް ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހު. އެހެން މި ހަދަނީ އަޅުގަނޑުމެންގެ އަތުގައި ޓެސްޓް ކިޓްތައް ވެސް ހުރުމާ އެކު.
މަބްރޫކް: ރާއްޖެ އަށް މި ވަގުތު ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ގެނައުމަށް ކާގޯ ފްލައިޓްތައް މާދަމާ ލަންކާ އަށް ފަށާނެ
މަބްރޫކް: ރޯޔަލް އައިލެންޑްގައި ޕޮޒިޓިވް ވި ދިވެހި މީހާ ޕޮޒިޓިވް ވީ މި މަހުގެ 27 ގައި
މަބްރޫކް: ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 270 އަށް ވުރެ ގިނަ މީހުން ވަނީ ފްލޫ ކްލިނިކްތަކަށް ގޮސްފައި
މަބްރޫކް އަޒީޒު: ހުރަވަޅި ރިސޯޓް އޮތީ މިހާރު މޮނިޓަރިން އަށް ގެނެސްފައި. އެ ރިސޯޓުގައި ދެ ސާމްޕަލްއެއް ނެގެމުން އެބަދޭ.
އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޕްރެސް ބްރީފިން ފަށައިފި
Additional Information regarding the Moratorium for all Bank of Maldives customers with personal, housing or business loans.
— Bank of Maldives (@bankofmaldives) March 29, 2020
Press Release: https://t.co/Tj4p5Jieek
ބީއެމްއެލްގެ ބަޔާން
The bank has been trying to do their utmost to help the customers and the country according to the best of its ability and as per the international standards that it must follow and adhere to, and will continue to monitor the situation as it unfolds.
— އިބްރާހިމް އަމީރު (@iameeru) March 29, 2020
ފިނޭންސް މިނިސްޓަރު އަމީރުގެ ޓުވީޓް
ބީއެމްއެލް އިން ކުރިން އިއުލާންކޮށްފައިވާ ގޮތުގައި އެ ހަ މަސް ދުވަހުގެ ލޯނަށް ވާ އިންޓަރެސްޓް ފައިސާ ލޯނުގެ އަދަދަށް އިތުރު ކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރެއަށް އެ ބައި ބަހާލައިގެން ދައްކަން ޖެހޭ. އެކަމަކު މިއަދު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އެ ހަ މަހުގެ އިންޓަރެސްޓް އެރިޔަސް އޭގެ މައްޗަށް ކޮމްޕައުންޑް އިންޓަރެސްޓް ނަރާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައި.
ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާ އިރު، ކޮވިޑް 19 އާ ގުޅިގެން ފަސްކޮށްދީފައިވާ ހަ މަހުގެ މުއްދަތުގައި އަރާ އިންޓަރެސްޓް ޑަބަލް ނުވާ ގޮތަށް އެ ބޭންކުން ހަމަޖައްސައިފި
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދެ ދިވެއްސަކު މިހާތަނަށް ވަނީ ފެނިފައި. އޭގެ ތެރެއިން އެންމެ ފަހުން ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރީ މިއަދު. މި ދެ މީހުންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީން ފެސިލިޓީގައި ބައިތިއްބާފައި ތިބި ދެ މީހުން ކަމަށް އެޗްޕީއޭ އިން ބުނޭ. ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިފައިވާ 17 މީހަކު ފެނިފައި.
LIVE on TV:
— Health Protection Agency (@HPA_MV) March 29, 2020
Press conference regarding #COVID19 and the situation here in Maldives.
Time: 3:30pm
Place: Dharubaaruge
އެޗްޕީއޭގެ ޓުވީޓް
ކޮވިޑް-19 އާ ގުޅޭ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮންމެ ދުވަހެއްގެ މެންދުރު 2:30 ގައި ބާއްވާ މީޑިއާ ބްރީފިން މިއަދު އޮންނާނީ 3:30 ގައި ކަމަށް އެޗްޕީއޭ އިން ބުނޭ. ދެވަނަ މީޑިއާ ބްރީފިން އޮންނަނީ ރޭގަނޑު 9:00 ގައި.
އިންޑިއާގެ ކޮޗިން އިން މި މަހުގެ 15 ގައި އައްޑު އަށް ދިޔަ މީހަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިން ޑޮކްޓަރާއި ދެ ނަރުހަކު އަމިއްލަ އަށް ގޭގައި އެކަހެރިވާން ނިންމާފައިވާ ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ދެންމެ ވިދާޅުވެއްޖެ. ކޮޗިން އައި މީހާ އައިސޮޅޭޓް ކޮށްފައި ވަނީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި. ސޯބެ ވިދާޅުވި ގޮތުގައި، އެ ބަލި މީހާގެ ކޭސް އަކީ "ލޯ ރިސްކް" ކޭސްއެއް ކަމަށް އެޗްޕީއޭ އިން އެންގި ނަމަވެސް ޑޮކްޓަރާއި ދެ ނަރުހުން ގޭގައި އައިސޮލޭޓްވީ އެ މީހުންގެ އަމިއްލަ ރައްކާތެރިކަމަށް. ސޯބެ ވިދާޅުވީ، ބަލި މީހާ ވަރަށް ބޮޑަށް ހުން އައިސްފައިވާ ކަމަށް.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން 21 ދުވަހުގެ މުއްދަތަށް އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން، ނުގެނެވި ހުރި ބޭހާއި ކާބޯތަކެެތީގެ ބާވަތްތައް ގެންނަން ފަށާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި
އިންޑިއާ އާއި ލަންކާއިން ރާއްޖެ އަށް އެތެރެކުރާ ތަރުކާރީގެ ބައެއް ބާވަތްތައް މާރުކޭޓުން ހުސްވެއްޖެ އެވެ. އާއްމުކޮށް އިންޑިއާ އާއި ލަންކާއިން ގެންނަ ތަރުކާރީގެ ތެރޭގައި ހިމެނެނީ ލީކްސް އާއި ކެޕްސިކަމް އާއި ބީންސް އަދި ބެލް ޕެޕާ ހިމެނެ އެވެ. މި ބާވަތްތައް މި ވަގުތު މާރުކޭޓުން ލިބެން ނެތް ނަމަވެސް މާދަމާ އިން ފެށިގެން ލިބޭނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެ އެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ކުރަމުން އަންނަނީ ވަރަށް މުހިންމު އެކަމަކު ނުރައްކާތެރި މަސައްކަތްތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ
ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ އަނބިކަނަބަލުން ސޯފީ ގްރެގުއާ ރަނގަޅުވެއްޖެ. ދެ ހަފުތާ އަށް ފަހު އެކަމަނާ ރަނގަޅުވިކަން ވަނީ އިންސްޓަގްރާމް ވީޑިއޯ މެސެޖެއް މެދުވެރިކޮށް އިއުލާން ކުރައްވާފައި.
ނިއު ދިއްލީ (މާޗް 29) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން 21 ދުވަހަށް ގައުމު ލޮކްޑައުން ކުރުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އެކަމަށް ޓަކައި ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
މަހަކު އެއް ފަހަރު ދެއްވާ ރޭޑިއޯ ތަގްރީރުގައި މޯދީ ވިދާޅުވީ އެ ފިޔަވަޅުތައް އެޅުއްވީ އެހެން އެއްވެސް ގޮތެއް ނެތިގެން، ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
މުޅި އިންޑިއާ ލޮކްޑައުން ކުރުމުގެ ކުރިން ފަހަރަކު ސްޓޭޓެއްގައި ދިޔައީ ފިޔަވަޅުތައް އަޅަމުންނެވެ. ޕަބްލިކް ޓްރާންސްޕޯޓް ހުއްޓާލުމުގެ އިތުރުން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، މޯލްތަކާއި ޖިމް އަދި ސްވިމިން ޕޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ލޮކްޑައުންއަކަށް ރައްޔިތުން ތައްޔާރުވެފައިވާ މިންވަރު ބެލުމަށް އިންޑިއާގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވަނީ 14 ގަޑިއިރަށް ކާފިއު ހިންގައިފަ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ 12 އިން ފެށިގެން އިންޑިއާ ލޮކްޑައުންކުރިކަން އިއުލާން ކުރެއްވީ އެރޭ 8 ޖެހިއިރު ގައުމާ މުޚާތަބް ކުރައްވާ މޯދީ ދެއްވި ތަގްރީރުގަ އެވެ. އެހެންވެ އެއް ސިޓީން އަނެއް ސިޓީ އަށް މަސައްކަތު ގޮސް ތިބި މީހުން ވަނީ ތާށިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
29 March 2020
ކަންބަޅިއެއް ޤުރުބާން ކުރާހެން މިފެންނަނީ ރިސޯޓް މުވައްޒަފުން ޤުރުބާން ކުރާތަން. ސަރުކާރުގެ އޮފީސްތައް ބަންދު، މުވައްޒަފުން ފުލް މުސާރައާއެކު ގޭގައި. އެކަމަކު ރިސޯޓްގައި މަސައްކަތްކުރާ މަސައްކަތްތެރީން ރިސޯޓް ބަންދުގައި. ސަރުކާރަކަށް ރިސޯޓްގައި މަސައްކަތް ކުރާ މަސައްކަތްތެރީންގެ ފުރާނަ މުހިންމެއް ނޫން.
3344
29 March 2020
ألحمدلله
މަރޭމަރޭމިތުރު
29 March 2020
سبحان الله ٱلْحَمْدُ لِلّٰهِ الله أكبر. ދެ މީހުން ފިޔަވައި އެހެން ހުރިހާ މީހުން ރަނގަޅުވީތީ ﷲ އަށް ހަމްދުކުރަން. އަދި ކެނޑިނޭޅި މިކަމުގައި ހެލްތު މިނިސްޓަރާއި އޭނާގެ ޓީމުން ހޯދަމުންގެންދާ ކުރިއެރުންތަކަށް ފަށްފަށުން ޝުކުރު އަދާކުރުން. ތިބޭފުޅުންގެ މަސައްކަތުގައި ﷲ ބަރަކާތްލައްވާށި
ކީބޯޑް
29 March 2020
ދެން އެކްޓިވް 4 "މިހާރު" ގައި ޖަހާފައި އިނީ ކީއްވެ...؟
ބުއްޅަ
29 March 2020
ރައްޔިތުންނާއި ގައުމުސަލާމަށްކުރުމަށްޓަކައި ޑޮކުޓަރުންނާއި ސިއްހީއެހީތެރިންނާއި ކުރާއްވާ ތިޔަބުރަމަސައްކަތަށް ހިފެހެއްޓުމެއްނެތް ސުކުރާއި ސާބަސް
އެހެންތަ
29 March 2020
ނެގެޓިވް ވި އެންމެން ކަރަންޓީނުން ދޫކޮށްނުލާ އިތުރު ޕްރޮބޭޝަނަލް ޕީރިއަޑެއްގަ ބޭތިއްބުމަކީ ބަލިފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅެއް.
ބަބުރުލް ސަލީމް
29 March 2020
ވަރަށް އުފާވެރި ޚަަބަރެއް. އެކަމަކު ދެރައީ ނޭންގުމަކުން ރަޝިޔާއަށް ވަރުގަދަ ބޮނޑިއެއްދެވުނީތީ.
އަލިފުތާ
29 March 2020
ތިއެންމެން ރަގަޅުވެއްޖެއޭ ކިޔާފައި ނެގެޓިއުކޮށްފައި ދޫކޮށްލާތަނުން އަނެއްކާ ޕޮޒިޓިއުވެސް ވެދާނެ.... ހާދަ އަވަހަށް ބަލިވާމީހުން މިތަނުގައި ރަގަޅުވަނީ... އެމެރިކާ އިޓަލީ ، ސްޕެއިންނުން މިގައުމު މިސާލަކަށް ނަގައި މިތަނަށް އެތަނުގެ ބަލިމީހުން ފޮނުވަން ވިސްނަފާނެ... ވީހާވެސް އަވަހަކަށް މިސްކތްތައް ބަންދުން ދޫކޮށްލުމަށް ގޮވާލަން...
އެސްކޮބާރ
29 March 2020
ހިލޭއެހީގެ ގޮތުގައި ލިބޭ ޓެސްޓު ކިޓުތަކުގެ އިތުރަށް ސަރުކާރުގެ ހަރަދުގައި ކިޓުތައް ގަނެގެން ގެނެސްގެން އާބާދީގެ ވީހާވެސް ގިނަބަޔަކު ޓެސްޓުކުރުމަށް މީގެ ހައެއްކަ ދުވަސްކުރިން ކޮމެންޓުކުރިން. ޖުމްލަ ގޮތެއްގައި ތިބޭފުޅުން ތިގެންގުޅުއްވާ އުސޫލުތައް ރަގަޅު. އެކަމަކު މާމަދު މީހުން ޓެސްޓުކުރަން ތިއުޅުއްވަނީ ކީއްވެތޯ؟
މޮޑްރިޗް
29 March 2020
އައްޑޫގެ ގެއަކުން އެންބިއުލާންސްގަ ގޮސް ޕްރޮޓެކްޓިވް ގިއަރ އަޅައިގެން ތިބި ބަޔަކު ފައިބާ ތަންފެނުނު...އެއީ މިހާރު އައްޑޫން ފެނިގެން އުޅޭ ކޭސްއާއި ގުޅުން ހުރެދާނެ ކަމަށް ލަފާކުރެވޭ ގެއެއް....ވީއިރު ސުވާލަކީ މަބުރޫކު މިއަދު ބުނި ކަރަންޓީނު ކޮށްފައިވާ މީހާ ހުރީ ގޭގަތޯ? އާންމުންގެ ތެރެއަށް ދޫކުރެވިފަތޯ?