ޓްރިވެންޑްރަމްގައި ތާށިވި ދިވެހިން ގެނައި ދުވަހުގެ މަންޒަރެއް. ބޭރުގައި ތިބި މީހުންނަށް އާއިލާތަކުން ފޮނުވި 1000 އަށް ވުރެ ގިނަ ޕެކޭޖް ވަނީ ފޯރުކޮށްދީފައި.
18 އެޕްރީލް 2020 - 17:19
ސްރީ ލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން ފޮނުވައިދޭން އެދުނު ޖުމްލަ 1،601 ޕެކޭޖް ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ، ތިން ގައުމުގައި ތިބިި މީހުންނަށް ވެސް ޕެކޭޖްތައް ފޯރުކޮށްދިނީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި، ބުރަ މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ. ޚާއްސަކޮށް، ކޮރޯނާވައިރަހާ ގުޅިގެން އެ ގައުމުތަކުގެ ހާލަތު ވެސް ދަތިވެފައިވާ މި ނާޒުކް ވަގުތުގައި ތަކެތި ފޯރުކޮށްދިނުމަކީ ބުރަ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ލަންކާގައި ތިބި އާއިލާތަކަށް ގެންދިޔަ ޕެކޭޖްތައް، އެ ގައުމުގެ ފްރައިޓް އެޖެންސީއެއް މެދުވެރިކޮށް ރައްދު ކޮށްދިން އިރު، އެ ތަކެތި ހިފައިގެން ދަތުރުކުރި އުޅަނދުތައް ކޮންމެ ޕޮލިސް ޗެކްޕޮއިންޓަކަށް މަޑުކުރުވައި ބަލައި ފާސްކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
"ދެހިވަލާ އާއި ކަލުބޯވިލާގައި ގިނަ ގެތައް ހުރީ ހަނި މަގުތަކުގައި ކަމަށް ވާތީ ޑެލިވަރީ އެޖެންޓުންނަށް ޖެހުނީ ވެހިކަލްތަކުން ފައިބައިގެން ހިނގާފައި ގޮސް އެޑްރެސްތައް ހޯދާށެވެ. ދުވާލެއްގެ ތެރޭގައި ރައްދު ކޮށްދެވޭ ޕެކޭޖްގް އަދަދު މަދުވެ، މަސަައްކަތް ލަސްވީ އެހެންވެ އެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
ބޯކޮށް ވާރޭ ވެހޭތީ މިއަދު މެންދުރު ފަހު މަސައްކަތް މެދު ކެނޑުނު ނަމަވެސް ޕެކޭކްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާނެ އެވެ.
ލަންކާ: 586 (ރައްދު ނުކުރެވި 36)
އިންޑިއާ (ޓްރިވެންޑްރަމް/ކޮޗިން): 144
މެލޭޝިއާ: 331
ކޮވިޑް-19 ހަލުވި ކަމާ އެކު ފެތުރެން ފެށި އިރު، ބޭސްފަރުވާ އާއި ޒަރޫރީ އެކި ބޭނުންތަކުގައި އެކި ގައުމުތަކަށް ގޮސް ތިބި މީހުންނާއި އެ ގައުމުތަކުގައި ކުރިއްސުރެ ތިބި ދިވެހިންގެ ތެރެއިން ވެސް ރާއްޖެ އަށް އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސަައްކަތް ވެސް ސަރުކާރުން އައީ ކުރަމުންނެވެ. އެ ކަން ވެސް ސަރުކާރުން ކުރީ އެ ގައުމުތަކާ ވާހަކަ ދައްކައިގެން އުނދަގޫ މަރުހަލާތަކެއްގެ ތެރެއިންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާ އެކު ފެތުރޭ ކޮރޯނާވައިރަސް އަށް މިާއިތަނަށް 2.2 މިލިޔަން މީހުން ޕޮޒިޓިވްވެ، އޭގެ ތެރެއިން 154,726 މިހުން ވަނީ މަރުވެފަ އެވެ. ރާއްޖޭން އެ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އެންމެ ފަހުގެ އަދަދަކީ 34 ގައި އުޅޭއިރު ވެރިރަށް މާލެ އިން އެކަނި ވެސް މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 14 މީހަކު ވަނީ ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެ 14 މީހުންގެ ތެރެއިން އެކަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝްގެ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލު
19 April 2020
މާލޭގައި ދިރިއުޅޭ ރާއްޖެތެރޭ މީހުންނަށްވެސް އެމީހުންގެ ރަށްރަށުން މިފަދަ ކެއަރ ޕެކޭޖް ފޮނުވުމުގެ ފުރުސަތު ހަމަޖައްސާދޭންވާނެ. މާމަ ހަދާ އަސާރައާއި، ކަށިކޭލާއި، ބަބުކޭލާއި، ތެލުލި ފަތާއި، ކަނަމަދާއި ރިހާކުރު ޕެކޭޖުތައް މޯލްޑިވިއަންގެ ފްލައިޓްތަކުގައި ގެނެސްދޭންވާނެ.
ސުނިލް
18 April 2020
ކޮން ޕެޖޭޖެއް ފޯރުކޮށްދޭކަށް؟ މީ މުޅިން ގޭމު. ތި ޕެކެޖް ފޮނުވުމާއި މަބްރޫކު އަޜުވައިގެން ސްޓަންޓު ޖެއްސުމުގެ ބަދަލުގައި މާލެ ސަލާމަތް ކުރިނަމަ މާރަގަޅުވީސް. ތެދެއް ދިވެހީން ބަހެއް ނޭހި. ބަސް އަހާ ވަރަށް ކެމްޕެއިނެއް ނުކުރެވޭ. އަތްދޮންނަން ބުންޏަކަސް އަދި މިގައުމުގެ މީހުނަށް އެގޭ ވަރެއް ނުވޭ. ޓީވީތަކުން ނެށުން ދެއްކީ. މަސްދަތުރާ ޖީޑޭ ބޭއްވީ. އޭގެ ހިތި ނަތީޖާ މިއަދު މި ފެންނަނީ.
ކުޑަ އަލީ
18 April 2020
ޢަދި ވެސް މޮޅެތި ވާހަކަތަ ދައްކަނީ އިސްތިއުފާ ދީ މުޅި ދިވެހި ރާއްޖެ ބިރުވެރި ކަމުގައި މީގެ ފުރިހަމަ ޖިންމާނަގަން ޖެހޭނީ ސަރުކާރުން
މޫސަބެ
18 April 2020
ޢަބްދުއްލޯޝާހިދު މެޑެލް ޖަހަރން ރައްޔިތުނގެ ޓެކްސް ފައިސާއިން މިއޮތީ ބޮޑު މާސިންގާ އިސްރާފެއްކޮއްފަ.
ނަންނުކިޔާ މީހެއް
18 April 2020
ހަމަ ތިކަހަލަ ޕެކޭޖަކަށް ބޭނުންވެފަ މިހިރީ. ގެއިން ނުނިކުންނާށެ ބުނީމަ ނުނިކުމެ މިހިރީ. އެހެންވީމަ ޕެކޭޖެއް ބޭނުންވޭ އެބަ!
އޮނަރަބްލް އަފީފު ދީދީ
18 April 2020
މޫނާސަބާއާއި ނުގުޅޭ ވަރަށް ގިނަކަންކަންވެސް ސަރުކާރުން ދަނީ ކުރަމުން. # މިސާލަކަށް ތިޔަ ޤާއުމުތަކަށް މޯލްޑިވިއަން ކުރި ދަތުރުގައި މަސްދަޅު ގެންގޮސް އެމްބަސީގައި ބަހައްޓާ ދިވެހިންނަށް ހެޔޮއަގުގައި ވިއްކުން އެންމެ ރަނގަޅު. # އެހެން ނަމަވެސް ބޮޑު ޙަރަދުކޮށްގެން މެލޭޝިޔާއަށް މަމީ ނޫޑެލްސް ގެންދިއުމާއި ސްރީލަންކާއަށް ކޯސްޓް ހިކިކިރާއި އިންޑިޔާއަށް ތެލުލިފަތާއި ސަމްބޯލް ފަދަ ތަކެތި ނުފޮނުވިޔަކަސް ވާނެ. މިވަގުތު އެތަނަކުން ލިބޭ ކެއުމަކުން ފުއްދާލާ.
ޖުލައިހު
18 April 2020
!! މާލޭ ތިބި ގިނަ މީހުންނަށް އަސާސީ ކާޑުގެ ބާވަތް ނުލިބި މިވަނީ! ބޮޑުވަރު