ޚަބަރު / ކޮވިޑް-19

ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ، އެކަމަކު އޭނާ ޕޮޒިޓިވެއް ނޫން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ކުރެއްވި ޒިޔާރަތެއްގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސާމިޔާއާ ވާހަކަފުޅު ދައްކަވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު އަމީން.---ފޮޓޯ: ރައީސް އޮފީސް

22 އެޕްރީލް 2020 - 09:15

73 comments
22 އެޕްރީލް 16:59

މިއަދުގެ ހަވީރުގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ.

22 އެޕްރީލް 16:56

މިއަދުގެ ހަވީރުގެ މީޑިއާ ބްރީފިންގައި މަބްރޫކް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

22 އެޕްރީލް 16:54

މިއަދުގެ ހަވީރުގެ މީޑިއާ ބްރީފިންގައި ޑރ. މޫސާ މުރާދު ވާހަކަ ދައްކަވަނީ.

22 އެޕްރީލް 16:38

މަބްރޫކް: ސާމްޕަލް ނެގުމުގެ ކަންކަން ހުރިހާ ރަށަކުން ވެސް ކުރެވޭނެ އެކަމަށް ޓްރޭންކޮށްފައި ތިބި މީހުން ވެސް އުޅޭނެ. އުލިގަމު ކޭހުގައި ކޮންްޓެކްޓް ޓްރޭސިންގައި ދިމާވި މައްސަލައަކީ އެސްއޯޕީ ބަދަލުވެފައި އޮތީމަ ދިމާވި މައްސަލައެއް.

22 އެޕްރީލް 16:30

މުރާދު: ކަރަންޓީން ފެސިލިޓީއަކުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މިއަދު ވަނީ ނިޔާވެފައި. އޭނާ ކޮވިޑަށް ޕޮޒިޓިވްއެއް ނޫން. އެކަމަކު އޭނާގެ ސިއްހީ މައްސަލަ އަށް އަޅުގަނޑުމެން ފަރުވާދިނީ. އޭނާ އަކީ އިންޑިޔާއިން އައި ދިވެއްސެއް.

22 އެޕްރީލް 16:26

ޑރ. އަފްޒަލް: ކޭސް 86 ގައި ހިމެނޭ ދިވެހި މީހާއަކީ ކޭސް 36 އާ ގުޅިފައިވާ ކޮންޓެކްޓެއް. އޭނާ އަކީ އެސްޓީއޯގައި ސެކިއުރިޓީ ވެސް ބަލަހައްޓާ މީހެއް. އަދި އޭނާ އަކީ ޓެކްސީ ވެސް ދުއްވާ މީހެއް. އޭނާ އަކީ އަމީން ހިޔާގެ ކޭސްއާ ގުޅުން ހުރި މީހެއް.

22 އެޕްރީލް 16:25

ޑރ. އިބްރާހިމް އަފްޒަލް: އެންމެ ފަހުން ޕޮޒިޓިވްވި ދެ ކޭހުގެ ތެރެއިން 85 އަކީ، މި މަހުގެ 21 ވަނަ ދުވަހު ހުން އައިސްގެން ކުލިނިކަށް ދިޔަ މީހެއް. އޭނާ ކުރިން ހުރީ ރައްޓެއްސެއްގެ ކައިރީގައި. ބަލިވުމާ އެކު އޭނާ ވަނީ ގެއަށް ބަދަލުވެފައި. އޭނާގެ 13 ކޮންޓެކްޓް މިހާތަނަށް ވަނީ ހޯދިފައި. އޭނާ ވަނީ މި މަހުގެ 14 ވަނަ ދުވަހު އީދު މިސްކިތަށް ނަމާދަށް ގޮސްފައި.

22 އެޕްރީލް 16:17

މަބްރޫކް: އަޅުގަނޑު މި މައުލޫމާތު ދެނީ އެންއޯއީސީގެ ފަރާތުން. މިތަން މި ހިންގަނީ ޑިޒާސްޓާ އޮތޯރިޓީގެ ދަށުން. މިތަން ހިންގުމުގައި ހެލްތު މިނިސްޓަރާއި ޑިފެންސް މިނިސްޓަރުގެ އިސް ދައުރެއް އެބައޮތް. މީގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ޓޫރިޒަމާއި ހޯމް މިނިސްޓްރީގެ ދައުރު ވަރަށް ބޮޑަށް. އެތަންތަނުގެ ކޮންމެ ދުވަހުގެ އަޕްޑޭޓްް ރައީސަށް އަންނަނީ ފޮނުވަމުން. މުދަލުގެ ކަންތަކުގައި އިކޮނޮމިކް މިނިސްޓަރު، އަދި ސޯޝަލް މައްސަލަތަކުގައި ނައިބު ރައީސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ. މީގެ ތެރޭގައި ޖެންޑާ އާއި ބައެއް މިނިސްޓްރީ ވެސް ހިމެނޭ.

22 އެޕްރީލް 16:11

މަބްރޫކް: ރާއްޖޭގައި ތިބި ބިދޭސީންގެ 80 އެއްހާ މީހުން ވަނީ އެހެން ތަނަކަށް ގެންދެވިފައި. ރާއްޖޭގައި އުޅޭ ބިދޭސީން ބައެއް މީހުންނަށް ޑެލިވަރީ އާއި ޓޭކްއަވޭގައި ވެސް ވަރަށް ބޮޑަށް ދަތިވަމުން އެބަދޭ. އަދި އިއްޔެ ނިންމުނު ނިންމުމެއް އެކަހަލަ މީހުން އެހެން ތަނަކަށް ބަދަލުކުރުމަކީ. އެހެންވެ، އެ މީހުން ގެންދިޔައީ ވިލިވަރަށް. ވިލިވަރަކީ ކުރިންް ރިސޯޓެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެއް. ތިބޭފުޅުންނަށް ފެނިފައިވާ ވީޑިއޯ އާއި ފޮޓޯތަކަކީ ކޮންސްޓްރަކްޝަންގައި ބޭނުންކުރަމުން އައި ތަނެއް. އެ މީހުން ވަރަށް އަވަހަށް ގެންދަން ޖެހުނީ. އެހެންވެ، މިހާރު އޭގެ ތެރެއިން ބައެއް މީހުން ވާނީ އެހެން ތަނަކަށް ބަދަލުކޮށްފައި. އެހާ ފެންވަރު ދަށްކޮށް ހުރި ތަނަކަށް ގެންދެވުމަކީ އަޅުގަނޑުމެން މާފަށް އެދެން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން.

22 އެޕްރީލް 16:07

ތަރުޖަމާނު މަބްރޫކް އަޒީޒު: ހއ. އުލިގަމް މިހާރު ވަނީ މޮނިޓަރިން ހާލަތަށް ބަދަލު ކުރެވިފައި. އުލިގަމާއި ހިރިމަރަދޫގެ ކޭސްއާ ބެހޭ ގޮތުން ބައެއް ވާހަކަ ދައްކާލާނަން. ވޭތުވެދިޔަ ދެ ދުވަހުގެ ކޭސްތަކަކާ ގުޅިގެން ޓެގްގެ އެޑްވައިސް އަކީ މިކަން ކުރާ އިރު އެންމެ އިސްކަން ދޭން ޖެހޭނީ ހައި ރިސްކް ކޮންޓެކްޓަށޭ.

22 އެޕްރީލް 16:04

ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި

22 އެޕްރީލް 15:57

ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ހަދަމުން އަންނަ މެޑިކަލް ފެސިލިޓީގެ އެންމެ ފަހުގެ މަސައްކަތްތައް އައިޖީއެމްއެޗުގެ ޓީމަކުން މިއަދު ބައްލަވަނީ.

22 އެޕްރީލް 15:54

ކޮވިޑް-19 ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ހުޅުމާލޭގައި ހަދަމުން އަންނަ މެޑިކަލް ފެސިލިޓީގެ އެންމެ ފަހުގެ މަސައްކަތްތައް އައިޖީއެމްއެޗުގެ ޓީމަކުން މިއަދު ބައްލަވަނީ: މި ތަން ކުރިއަށް ހަފުތާގެ ތެރޭގައި ބޭނުން ކުރަން ފެށޭނެ ކަމަށް ސަރުކާރުން ބުނެފައިވޭ. މި ސެންޓަރުގެ ތިން ފްލޯގައި 222 އެނދު ބަހައްޓައިގެން ބަލި މީހުންނަށް ފަރުވާ ދެވޭނެ.

22 އެޕްރީލް 15:50

ކޮވިޑް-19 ގެ ބަލީގެ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި ހަދަމުން އަންނަ މެޑިކަލް ފެސިލިޓީގެ އެންމެ ފަހުގެ މަސައްކަތްތައް އައިޖީއެމްއެޗުގެ ޓީމަކުން މިއަދު ބައްލަވަނީ.

22 އެޕްރީލް 12:24

ރާއްޖެ އަށް ބަންގްލަދޭޝް އިން އެހީދިނުމާ ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓް

22 އެޕްރީލް 12:23

ރާއްޖެ އަށް ބަންގްލަދޭޝް އިން ހަދިޔާކުރި ތަކެއްޗާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: ފޮރިން މިނިސްޓްރީ

22 އެޕްރީލް 12:17

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބޭހުގެ ބައެއް ބާވަތްތަކާއި މެޑިކަލް އިކުއިޕްމަންޓް އަދި ކެއުމަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ބަންގްލަދޭޝް އިން ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި. މި ތަކެތި ހިފައިގެން ބަންގްލަދޭޝްގެ މަނަވަރެއް މިހާރު ވަނީ ރާއްޖެ އައިސްފައި. ބަންގްލަދޭޝް އާއި ނޭޕާލްގައި 71 ދިވެއްސަކު ވެސް ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި މިދިޔަ ހޯމަ ދުވަހު ވަނީ ރާއްޖެ ގެނެސްދީފައި.

22 އެޕްރީލް 10:35

ރައީސްގެ ޓުވީޓް

22 އެޕްރީލް 10:35

މި އަހަރުގެ”އާތު ޑޭ“ ފާހަގަކުރާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ވަނީ ދުވަހަކު ވެސް ބޮޑުނުވާ ވަރަށް އިތުރުވެފައި ކަމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. އާތު ޑޭ ގެ މުނާސަބަތުގައި އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މޫސުމީ ބަދަލާއި ކޮވިޑް-19 ގެ ވަބާ އެކުވުމުން، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ވަނީ ނުރައްކާ ބޮޑުވެފައިި ކަމަށް. މިފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ މަސައްކަތް ކުރާއިރު މޫސުމީ ބަދަލާއި ކޮވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތްތަކަށް ވެސް ރިއާޔަތްކުރަންޖެހޭ ކަމަަށް ރައީސް ވިދާޅުވި.

22 އެޕްރީލް 10:13

ބީއެމްއެލް އިން ބުނީ، ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެ އިން ބޭރުގައި ތިބޭ ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށްޓަކައި އޭޓީއެމުން ފައިސާ ނެގޭނެ އަދަދު އިތުރުކޮށް، ދިވެހި އެކައުންޓްތައް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ގޮތް ވެސް ކުރިން ހަމަޖައްސައިދީފައިވާނެ ކަމަށް.

22 އެޕްރީލް 10:10

ބީއެމްއެލްގެ ޓުވީޓް

22 އެޕްރީލް 10:05

މާލެ ސަަރަހައްދުގައި އަންނަ މަހުގެ 1 އާ ހަމައަށް އިއުލާން ކޮށްފައިވާ ލޮކްޑައުންއާ ގުޅިގެން، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި، އޭޓީއެމްތަކަށް ފައިސާ ޖަމާކުރެވޭ އަދަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރުކޮށްދީފި. އެ ބޭންކުން ބުނީ، ވިޔަފާރި އެކައުންޓުތަކަށް މިހާރު ދުވާލަކު 500،000ރ. ޖަމާކުރެވޭނެ ކަމަށް. އާންމު ފަރުދުންގެ އެކައުންޓުތަކަށް ދުވާލަކު 100،000ރ. ދެން ޖަމާކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނޭ.

22 އެޕްރީލް 09:50

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އިއްޔެ ވިދާޅުވީ، ކުލި ނުދެއްކިގެން މަގުމަތިވެފައި ތިބި އާއިލާއެއްގެ ދެ މީހަކަށް ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ހޯދައިދީފައިވާ ކަމަށް. އޭނާ ވިދާޅުވީ، މިއީ އެންމެން ވެސް އިންސާނިއްޔަތު އިސްކުރަންވީ ވަގުތު ކަމަށް. ސަރުކާރުން ވެސް އެދިފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މުޅި ގައުމު އޮތް އިރު މި ދުވަސްވަރު ކުލި ނުދެއްކުނަސް އެ ފަދަ އާއިލާތައް ގެތަކުން ނުނެރުމަށް. އަދި އެ މީހުންނަށް އެހީވާން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވޭ. ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، މުސާރަތައް ދަށްކޮށް، އަދި ބައެއް ތަންތަނަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ވެސް ބޮޑެތި ތާށިތަކެއް ކުރިމަތިވެފައިވާތީ ގިނަ ބަޔަކު ތިބީ ހާލުގައި ޖެހިފައި.

22 އެޕްރީލް 09:46

މާލޭ ސިޓީ ކައުންސިލްގެ ޓުވީޓް

22 އެޕްރީލް 09:46

ކުލި ނުދެއްކުމުގެ ސަބަބުން ގެއަކުން ނެރެފި ނަމަ ނުވަތަ މާލޭގައި ހުރުމުގައި ދަތިތަކެއް ދިމާވެއްޖެ ނަމަ ގުޅަންޖެހޭ ނަމްބަރަކީ 1412 ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި.

ރާއްޖޭގައި ކޮވިޑް-19، 80 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެ ބަލިމަޑުކަމުން އަރައިގަތުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހުން ރޭ ނެރުނު ދެންނެވުމެއްގައި ބުނީ ގައުމަށް ކުރިމަތިވެފަިއވާ މި ބޮޑު ކާރިސާ އިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ. އަދި އެ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދަންނަވަން އެ މަނިކުފާނު ވިދާޅުވި ކަމަށް ބަޔާނުގައި ވެ އެވެ.

"ކޮވިޑް-19، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުން ދިޔުމާއެކު، ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާތީ، ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުންގެ ދެންނެވުމުގައި ވެ އެވެ.

"މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،"

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމާއި ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އާއި ނޭޝަނަލަ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ އިރުޝާދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތެވެ.

"މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ދެންނެވުމުގައި ބުންޏެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ މިހާރުގެ އަދަދަކީ 86 އެވެ. އޭގެ ތެރެއިން 66 މީހުން ފެނުނީ މާލެ އިންނެވެ. އެންމެ ފަހުން އެ ބަލި ފެނުނީ ދެ ދިވެއްސެއްގެ ގައިންނެވެ. އެޗްޕީއޭ އިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ އެއީ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ދެ ދިވެހިން ކަމަށެވެ.

ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ކޮވިޑް-19 ފެތުރެން ފެށުމާ އެކު، މި އަހަރުގެ ވަރަށް ކުރީކޮޅު ރާއްޖޭގައި ވަނީ އެ ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދައުލަތުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން އެޅުމަށްޓަކައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނަމުގައި ވަކި ތަނެއް އުފައްދައިފަ އެވެ. މި ސެންޓަރުގެ ދަށުން 40 އަށް ވުރެ ގިނަ އޮފީސްތަކުގެ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

73 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 43%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާސިރު ހެދިގޮތް ނުހެދޭނެދެން

22 April 2020

ވެރިކަން ކުރާ ރަށް މާލޭން ރަށްރަށުގެ ރައްޔިތުން ބާލަން ގޮވާލާއިރު ތިޔަ އުޅެނީ ހިއު މަން ޓްރެފިކިންގ ހިންގާން ރާއްޖެ އެތެރެކުރި މާލޭގަ މިވަގުތު ތިބި 150،000 ބަންގްލަދޭޝް ރައްޔިތުން ނުބޭލިގެން. ގައު މަށް ލިބުނުހާ ފައިސާއެއް މާލެ ތަރައްގީ ކުރު މުގަ ކޮޅެއް ނެތް! ބޭންކު ތަކުން މާލޭ އޭރިއާ އަށް އެކަނި ލޯނު ދީފަ އެހެން ރަށްރަށުގެ ރައްޔިތުން އިތުރު ޗޮއިސްއެއް ނެތް ގޮތަށް މާލެ އަންނަ ޖެހޭގޮތަށް ނިޒާ މު ބައްޓަންކޮށް ލޯނު ދައްކަން 4 ދަ މު ޑިއުޓީތަކުގަ!

The name is already taken The name is available. Register?

ޣައްސޭ

22 April 2020

ރާއްޖެތެރޭ ރަށަކުން ދެތިން ސާންޕަލް ނަގަންޖެހުނީ އެސް.އޯ.ޕީ ބަދަލުވީ. ސާމްޕަލް ނުނެގި ޓެސްޓް ނުކުރެވި ރައްޔިތުން ބިރުވެރި ކަމުގައި ތިއްބާ ރަށްތައް މޮނިޓަރިން ހާލަތުން ނަގާ ދޫކޮށްލުމަކީ ޚޮށްގެންވާނެކަމެއްނޫން. ޢެޗް.ޕީ.އޭގެ އެފިޔަވަޅަކީ ބަލިފެތުރިދާނެ ކަނުގެ އެކަށީގެންވާ ސަބަބެއް އޮވެ ފަރުވާލެއްނެތި ކުރި އަމަލަކަށްވުން ގާތް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 April 2020

ޤއ ގައި "ދިވެހިރާއްޖޭގެވެރިރަށަކީ މާލެ" ކަމުގައިލިޔެފައިއޮތަސް "ދިވެހިދައުލަތަކީ މާލެއެއްނޫން" އިގޭތޯ؟ # ދައުލަތުގެޙަޒާނާއާއި މުއްސަނދިކަން ހަމައެކަނި މާލެއަށްހޭދަކޮށް މާލޭމީހުންގެއުފަލަށްޓަކާ މިދައުލަތްޤުރުބާންކުރުމުންނޫންތޯ މިފަދަހާލަތެއްގައިވެސްމާލެއާއިނުލާ ތުރާކުނާއި އައްޑޫމީހާއަށްވެސް ފުރާނަ ސަލާމަތްކުރަން ކަމެއްނުކުރެވިގެންއުޅެނީ. # ސޯފުބޯފެނެއްނެތް. ކާޑްގެބާވަތްތައް މާލޭގެ ގުދަންތަކުގަ. ކޮވިޑް ޓެސްޓްކިޓް މާލޭގައި. ވަރުގަދަ ވެރިރަށެއްނު.!

The name is already taken The name is available. Register?

އަޅުކަލޭގެ

23 April 2020

ތި މޭރުމުން ވާހަކަ ދައްކަންޏާ ދައުލަތަށް ލިބުނުފައިސާއި ދެން އެންމެ ގިނައިން ޚަރަދު ކޮށްފައި އޮތީ އައްޑޫއަށް. ކީއްވެ އެހެން އަތޮޅުތަކަށް ޚަރަދު ނުކުރީ؟ އައްޑޫ މީހުންނަކީ ވަކި ޙާއްސަ ފާސްތަކެއް އޮތްބައެއްތަ؟ ކީއްކުރަން އައްޑޫއަށް ވަކި ރީޖަނަލް ޕޯޓެއް ދޭންވީ. ބޮޑު ހޮސްޕިޓަލަކާ އެއަރޕޯޓާއި ލިންކު ރޯޑެއް ދޭންވީ. ޕައިޕުކުރި ސާފު ބޯފެނާ ނަރުދަމާ ދޭންވީ؟ މާލޭން ބޭރުވާ ކާޑުގެ ބޮޑުބައި ދާންވީ.. ވަރުގަދަ އައްޑޫ އެއްނު! އަނގައެއް އޮތިއްޔާ އެއްޗެހިގޮވިދާނެދޯ؟

The name is already taken The name is available. Register?

ޙަބީބު

22 April 2020

ސަރުކާރުން މުޅިންވެސް ފޮނިކަނޑަނީ އެއްވެސް އޮއްޓަރެއްނެތްބައެއް ސަރުކާރު ހިންގަންތިބީ

The name is already taken The name is available. Register?

ދޮން

22 April 2020

މިވަގުތަކީ އަމިއްލަ ގެ ހުރި މީހުން އަނބުރާ ގެއަށް ދާންވީ ވަގުތު. ފޮނިކަމާ ބޮޑާކުމުން ދުރުވެ. ކުލި ދެއްކޭނީ ފައިސާ ހުރެގެން. ނެތް އެއަޗެއް ނުދެވޭނެ. މީ ވ ގިނަ މީހުންގެ ހާލަކީ. ސަރުކާރުން ނުޖެހޭނެ މިމީހުނަށް އެހީވާކަށް، މިއަށްވުރެ މާ ހާލުގަ ކުދިތަންކޮޅުގަ އުޅޭމީހުން އެބަތިބި ރަށްރަށުން މާލެއައިސް. ޢެމީހުނަށް އެހީވިއްްޔާ މާ ރަނގަޅުވާނެ. ވ ސަލާން.

The name is already taken The name is available. Register?

އީސް123

22 April 2020

ރަށަކަށް ނުދެވޭ..ލޮކްޑައުންގައި އޮތީމަ ނުދެވޭ..ޓިކެޓް ނަގާފައި އޮތީ..މޯލްޑިވިއަން އިން ވަކިއެއްޗެއް ނައަންގާ އޮތީ އެތެރޭގެ އުދުހުންތައް ހުއްޓާލާފައި. އެހެންވީމަ ކޮންތާކަށް ވަންނަންވީ ކުލި ނުދެެކެންޏާ ދޮން..ނިކަން ބުނެބަލަ

The name is already taken The name is available. Register?

ދ‫ޮންބައްޕަ

22 April 2020

ކުދި ތަންކޮޅުގަ އުޅުނަސް ބޯ މަތީ ފުރާޅެއް އޮންނާނެ ދޯ? މަގުމަތިވީމަ އެ ވަރު ވެސް ނުވާނެ ދޯ? ދެން ކޮން ބައެއްގެ ހާލުބާ ބޮޑު ވާނީ?

The name is already taken The name is available. Register?

ޙަމްދަރުދީ

22 April 2020

ދަންނަވަންތޯ 10 ދުވަހުން ކަރަންތީނި ފެސިލިޓީ އެއް ނިންމާލީ އޭ ކިއާ ފަ ފޮނިކެޑިތަން ތީ ފޮޓޯތައްދެއްކީ އެތާގެ ސުޓާފު އެކޮމެޑޭސަން ގެ ރޫމްތައް އެތާގަ އޭރު މީހުން ބޭތިއްބީވެސް ދެންބަގުލަދޭސްމީހުންވެގެން 10 ދުވަހުން ސުމިތު ބޮޑަކައްލައިގެން ނިންމި ޓިނުގުދަނައް ކޮއްޕާލީ ރެސޯޓު ތައްހުސްވެ ރީސޯޓު ވެރިންގެ ދީލަތިކަމުން މިއަދު މީހުންކޮލޫ އެކަހެރި ވެސް ކުރެވެމުން މިދަނީ އަދިވެސް އީވާމެން މަސައްކަތްކުރާނެ ލިބޭ ލަރިކޮޅުން ޓެކުސްނަގަެިގެން ސިޔާސީ ވާން

The name is already taken The name is available. Register?

ގޮށި897

22 April 2020

އަލީ ވަހީދު ނުނިދާ 7 މިލިއަން ޚަރަދު ކޮށްގެން ހެދި ވިލިވަރު ތި ފެނުނީ. ހަމަ އެގޮތަށް ފަރުކޮޅުފުށި ވެސް އޭނަ އިސްވެ ހުރެ ހެދި. އެއްތަނެއްވެސް ބޭނުމެއް ނުކުރެވޭ. އަލުން ބަލުން ފަރުކޮޅުފުށި ހަދަންޖެހުނީ. މުޅިވެޔޮ ފީނުވަނީސް ފީ ކަރާ ކަނޑަން އެބަޖެހޭ.

The name is already taken The name is available. Register?

ޟޯދުބެ1

22 April 2020

މަރުވެއްޖެ.. މިހެން ޖެހުމުގެ ބަދަލުގައި "ނިޔާވެއްޖެ" މިހެން ޖެހީމަ ބަހުގެ ފަށުވިކަން އިތުރުވާނެ ކަމަށް ފެނޭ!

The name is already taken The name is available. Register?

ކަކުނިބޯ

22 April 2020

މިވަގުތު ފަރުވާދެވޭނީ ކޮވިޑަށް އެގޭތޯ ދެން އެހުންނަނީ އެސް އޯ ޕީ ގެދަށުން ބައްޔެއްނޫ ކޮވިޑް ޓެސްޓް ދުވަލަކު 2 ފަހަރު ހަދަންވިޔަސް އޯކޭ ޑިސްލައިކްދިނަސް ނިދިނަސް މިއީ މިއަދު މިޤައުމުގެ ހާލަތު ދެގުޅަ ޕެނަޑޮލް

The name is already taken The name is available. Register?

ނިރާޝާ

22 April 2020

ފިތުނަ ނަހަދާ މަޑުންއޮވެބަލަ. އޭނާއަކީ އިންޑިޔާގައި ބޭސްކުރަމުންއައި ބަލި މީހެއް

The name is already taken The name is available. Register?

ސަމަރުބުލޫ

22 April 2020

ކަކުނިބޯ ކިޔަނީ ހަމަ ކިޔަންވެގެން. ހެހެހެ! ބުނާނެ އިތުރު އެއްޗެއް ނެތް!

The name is already taken The name is available. Register?

އަބްދުއްالله

22 April 2020

އޭ ކަލޭމެންނަކަށް މިކަމެއް ނުވިއެއް ނުން؟ ހުއްޓާލާފަ، ދަރު ކަނޑަން، ނޫނީ ރާ އަރަން ދާންވީ ނުން؟

The name is already taken The name is available. Register?

އ‫ަބުދު

22 April 2020

ކ‫ަލޭމެން ތިޔަ ތިބީ ބާލާފަ. ދަައުލަތް ދަވައިލީމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454