ކޮވިޑް-19 / ފުލުހުން

ލޮކްޑައުން އިތުރަށް ހަރުކަށި ކޮށްފި؛ ދެން ބާޒާރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު

މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް، ނުކުމެ އުޅުނު މީހަކާ ފުލުހުން ސުވާލު ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

15 މެއި 2020 - 01:55

61 comments

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކޮންމެ ގެ އަކުން ވެސް މިއަދުން ފެށިގެން ބާޒާރަށް ނުކުމެވޭނީ ހަފުތާއަކު އެއް ފަހަރު ކަމަށް ފުލުހުން ކަނޑައަޅައިފި އެވެ.

މިއީ ކޮރޯނާވައިރަސް އިން ފެތުރޭ ކޮވިޑް-19 ގެ ސާޖެއް ނުވަތަ ކުއްލި އިތުރުވުމެއް މި ދެ ހަފުތާގައި އަތުވެދާނެ ކަމަށް ސިއްހީ މާހިރުން ގަބޫލު ކުރައްވާތީ އެޅި ފިޔަވަޅެއް ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.

މާލެތެރެއަށް ކޮރޯނާވައިރަސް ފެތުރެން ފެށުމުން، މިދިޔަ މަހުގެ 15 ގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ލޮކްޑައުންކޮށް، ކޮންމެ ގެއަކުން ކޮންމެ ހަފުތާ އަކު ތިން ދުވަހުން އެއް ދުވަހު ބާޒާރަށާއި އެހެނިހެން ބޭނުމަށް އެކަކަށް ނުކުމެވޭ ގޮތަށް ފުލުހުން ހަމަޖައްސައި ދިނެވެ. އެކަމަށް އެދި ޚާއްސަ ފޯމު ފުރަން ޖެހެނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށެވެ. އެ ފޯމު ފުރުމުން ފުލުހުންގެ ހުއްދައެއް ކޮންމެ މީހެއްގެ ފޯނަށް ވެސް ލިބޭނެ އެވެ. އެ މީހަކަށް ބޭރުގައި ހަރަކާތްތެރިވެވޭނީ ވަކި ވަގުތަކަށް، ވަކި ސަރަހައްދުތަކެއްގަ އެވެ.

ފުލުހުން މިއަދު ބުނީ، ކުރީގެ އުސޫލު ބަދަލުކޮށް، ދެން ބާޒާރަށް ދާން ނުކުމެވޭނީ ހަފުތާއަކު އެއްފަހަރު ކަމަށެވެ. ކޮންމެ ގެ އަކަށް ވެސް ކަނޑައަޅާފައިވާ އާ ގަޑިތައް، ފޯނަށް ފޮނުވާ އާ މެސެޖަކުން އެނގޭނެ ކަމަށް ފުލުހުން ބުންޏެވެ.

އެ ގޮތަށް އަމަލު ކުރޭތޯ ފުލުހުން އައީ ބަލަމުންނެވެ. އެގޮތުން ބާޒާރަށް ގޮސް ފިހާރަތަކުގެ ކިއޫގައި ތިބޭ މީހުންނާ ސުވާލުކޮށް، ޚާއްސަ ހުއްދަ އޮތްތޯ ބަލަ އެވެ. އެ ހުއްދަ ނެތް މީހުން ގެ އަށް ފޮނުވަމުން ދިޔަ އެވެ.

ފުލުހުން މިއަދު ބުނީ، ކުރީގެ އުސޫލު ބަދަލުކޮށް، ދެން ބާޒާރަށް ދާން ނުކުމެވޭނީ ހަފުތާއަކު އެއްފަހަރު ކަމަށެވެ. ކޮންމެ ގެއަކަށް ވެސް ކަނޑައަޅާފައިވާ އާ ގަޑިތައް، ފޯނަށް ފޮނުވާ މެސެޖަކުން އެނގޭނެ ކަމަށް ފުލުހުން ބުންޏެވެ.

"އަލުން ރެޖިސްޓަ ކުރައްވަން ނުޖެހޭނެ،" ފުލުހުން ބުންޏެވެ.

ފުލުހުންގެ ޓުވީޓް

ފުލުހުންގެ މި ފިޔަވަޅާ އެކު، ބެލެވޭ ގޮތުގައި މި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބޭރުތެރޭގައި އާންމުން އުޅުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރާނެ އެވެ.

ފުލުހުން މިހާރު ވަނީ ދަންވަރު 1 ން ހެނދުނު 9 އާ ދެމެދު އާންމުންނަށް ސިނަމާލެ ބްރިޖަށް އެރުން ވެސް މަނާކޮށްފަ އެވެ. މި ފިޔަވަޅުތަކާ އެކު، ބެލެވޭ ގޮތުގައި މި ދެ ހަފުތާގައި މިފަދަ ބައެއް ކަންކަން ކަމާ ބެހޭ އިދާރާތަކުން ދާނީ ލޮކްޑައުންގެ މުއްދަތުގައި ވަރުގަދަ ކުރަމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އެޅުމަށްޓަކައި މިދިޔަ މަހުގެ 15 ން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. ކޮންމެ 14 ދުވަހަކުން އެޗްޕީއޭ އިން ލޮކްޑައުން އިތުރު ކުރަމުން ގޮސް އެންމެ ފަހުން ކަނޑައަޅާފައިވާ ގޮތުން ނަމަ އެ މުއްދަތު ހަމަވާނީ މި މަހުގެ 28 އަށެވެ.

ފުލުހުން މިހާރު ވަނީ ދަންވަރު 1 ން ހެނދުނު 9 އާ ދެމެދު އާންމުންނަށް ސިނަމާލެ ބްރިޖަށް އެރުން ވެސް މަނާކޮށްފަ އެވެ. މި ފިޔަވަޅުތަކާ އެކު، ބެލެވޭ ގޮތުގައި މި ދެ ހަފުތާގައި މިފަދަ ބައެއް ކަންކަން ކަމާ ބެހޭ އިދާރާތަކުން ދާނީ ލޮކްޑައުންގެ މުއްދަތުގައި ވަރުގަދަ ކުރަމުންނެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 ގެ 982 މީހަކު ފެނިފަ އެވެ. އޭގެ ތެރެއިން ރަނގަޅުވީ 46 މީހެކެވެ. ހަތަރު މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

61 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 5%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާފަބޭ2020

15 May 2020

ފުރަތަމަލޮކްޑައުންކުރާށޭ ކިހާވަރަކަށްސިއްހީދާއިރާގެބޭފުޅުންގޮވީ އެއަޑުނާހާ ވާނެހައެތިވީފަހުން ތިޖަހަނީއުނބަށް އެހެންގައުމުތަކުން ފުރަތަމަލޮކްޑައުންކުރީ ދެންލުއިތައްދެނީ ރާއްޖޭގަކުރިންލުއިދެނީފަހުންވަރުގަދަކުރަނީ ސަޅިދޯ

The name is already taken The name is available. Register?

މަސްފަތަފޮޅި

15 May 2020

މާލޭ މީހާ އަށް އަހަރުމެން އަހަރަކު އެއްފަހަރު ކުލި ދައްކާން ޖެހޭ ގޮތަށް ވެސް ފުލުހުން ހަމަޖައްސަބަލަ. އެހެން ހަދައިގެން ނޫނީ ވަދެ މިތިބަ ގޮޅި ތަކުގައި ނުތިބެވޭނެ. މަސައްކަތެއް ކޮށްގެން ލާރިއެއް ލިބުނީމަދޯ ކުލިދެއްކޭނީވެސް.

The name is already taken The name is available. Register?

ގުއިފުކު ފުރޭތަ

15 May 2020

ކަލޭ ދޭބަލަ ރަށަށް ހިތް ހަމަޖެހިގެން އުޅެން. މާލޭގަ ހުރުގެން މާލޭ މީހުނާ ދިމާލަށް އެއްޗެހި ގޮވިޔަސް އަމިއްލަ ރަށެއް ތަރައްގީެއެއް ނުވާނެ. މާލޭގަ ކުއްޔައް އުޅެވޭނީ ކުއްޔައް ދޭމީހާއަށް ލާރިދައްކައިގެން.

The name is already taken The name is available. Register?

އުދުރުތައްޙާނުގެއަލިމަނިކުފާނު

15 May 2020

ބަނގިލަދޭޝްވައްތަރުމީހުން ހާދަގިނައިން މަގުމަތިންފެނެއޭ. އެމީހުންނަށް ޚާއްސަބާވަތެއްގެ ފާހެއްތަ ދޫކޮށްފާ އޮންނަނީ؟ އެމީހުންގެ ފާސް އަންނަނީ ސީދާ ބަނގުލޭޝުންތަ؟

The name is already taken The name is available. Register?

ފަހުދު

15 May 2020

މިވަގުތު ލޮކްޑައުން އުވާލުުމަކީ އެއްގޮތަކައްވެސް ކޮއްގެންވާނެކަމެއް ކަމަކައް ނުފެނޭ. މިސާލަކައް ބުނަންޏާ ސްވީޑަންއަކީ މާރްޗް-އޭޕްރީލްގަ ގައުމުތައް ލޮކްޑައުންކުރިއިރު އެކަން ނުކޮއް މަޑުކުރި ގައުމެއް. ޢެގައުމަކީ މިއަދު ނިސްބަތުންބަލާއިރު ދުނިޔޭގަ އެންމެ ހަލުވިކަމާއިއެކީ ބަލިފެތުރި އަދި ނިސްބަތުން ބަލާއިރު މިބަލީގަ މީހުން މަރުވާއަދަދު އެމެރިކާއައްވުރެވެސް މަތީގައޮތް ގައުމެއް. މިފަދަ ހާލަތްތަކުގައި އަމިއްލައެދުން އިސްކުރުމަކީ ނިކަމެތިކަމުގެ ސިފައެއް.

The name is already taken The name is available. Register?

މޭން1232

15 May 2020

ތި ކޮންތާކުން ހޯދި ހިސާބެއް…..ކިތަންމެ ވަރަކަށްބުންޏަސް ދިގުމުއްދަތްކަށް ލޮކް ޑައުންގަ ބޭއްވުމަކީ ހުރިހާ ގޮތަކުން ގެއްލުންބޮޑު އެއްވެސް ފައިދާއެއްނެތްކަމެއް…..

The name is already taken The name is available. Register?

ފަހުދު

15 May 2020

މިބަލިމަޑުކަން މޮނިޓަރކުރާ ޖޯންހޮޕްކިންސް ޔުނިވަރސިޓީ ވެބްސައިޓުން އަދި ސްވީޑަންގެ ކޮވިޑް-19 އައް ޚާއްސަ އެގައުމުގެ އޮފިޝަލް ވެބްސައިޓުން. އެމައުލޫމާތަކީ އާންމުކޮއްފައިވާ މައުލޫމާތުތަކެއް.

The name is already taken The name is available. Register?

އަލީރާޖާ

15 May 2020

ސަރުކާރުން ބުނަނީ މިކަމުގައި އިސްބަސް އަދި ފަހުބަސްވެސް ބުނާނީ ޑޮކްޓަރުން ކަމަށް. އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން ކުރާ ގޮތެއް ނޫން. މި ކަމުގައި އިސްބަސް އަދި ފަހުބަސް ބުނާ މީހުންގެ ތެރޭގައި ޑޮކްޓަރުންގެ އިތުރުން އިގްތިސޯދީ މާހިރުން، ސައިކޮލޮޖިސްޓުން، ޕަބްލިކްހެލްތު އޮފިޝަލުން، ވިޔަފާރިވެރިން ވެސް ހިމެނެންޖެހޭ. ދުނިޔޭގައި ރައްކާތެރިކަމާ އެކު އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވަނީ ހަމަ އެކަނި ރަގަޅު ސިއްހަތެއް އެކަންޏެއް ނޫން.

The name is already taken The name is available. Register?

ލޮކީ

15 May 2020

ރަގަޅު ވާހަކައެއް. ފަހުބަސް ބުނަންޖެހޭނީ ރައީސް. ހުރިހާ މީހުންގެ ލަފާ އަޑު އެހުމަށްފަހު ގައުމަށް އެންމެ ރަގަޅު ގޮތަކީ ކޮން ގޮތެއް ކަން ނިންމާނީ ރައީސް. އިސް ބަސް ވެސް ފަހު ބަސް ވެސް ބުނާނީ ސިއްހީ މާހިރުން ކަމަށް ރައީސް ވިދާޅުވި ދުވަހު ހިތަށް އެރި އަހަރުމެންގެ މައްޗަށް ބަސް ބުނެ ގައުމު ހިންގަން އަހަރުމެންގެ ޤާނޫނު އަސާސީގައި ޒިންމާ ކޮށްފައިވަނީ އަނެއްކާ ސިއްހީ މާހިރުންބާވައޭ. ރައީސް ތަންކޮޅެއް ފުންކޮށް ކަންކަމާ ވިސްނާަވޑައިގަންނަވާ.

The name is already taken The name is available. Register?

1234

15 May 2020

ވަރަށް ރަނގަލު ވާހަކައެއް...

The name is already taken The name is available. Register?

މެދުމާފަންނު މެދުހެންވޭރު

15 May 2020

ގައިމު މަބީރުކު ބުނި އިތުރަށް ހަރުކަށްޓެއް ނުކެރާނަމޯ

The name is already taken The name is available. Register?

ލޮކީ

15 May 2020

900 މީހުންނަށް ޖެހި 3މީހުންގެ ފުރާނަ ދިޔަފަހުން ޑޮކްޓަރު އަރާ މިބުނީ ބައްޔަށް ފަރުވާދޭން ޓީމް ތައްޔާރުކޮށް 24 ގަޑިއިރު ފަރުވާންދޭން ފަށަން ރާވާވާހަކަ. މިއޮއްހާދުވަހު ކުރީ ކޮންކަމެއް.މައްސަަލައަކީ ކިތަންމެ މޮޅަށް ކިޔަވާފައި ތިއްބަސް ކަންކަން އިންތިޒާމުކޮށް ރާވާ ހަދަން ނޭންގެނީ. އެއީ ސުކޫލުތަކުގެ މައްސަލައެއް ސުކޫލުތަކުން ހަަމައެކަނި ކިޔަވައިދެނީ އެކަޑެމިކް ބައި.ދިރިއުޅުމާ ރޭވުމާ،ހިދުމަތް ކުރުމާ ޒިންމާދާރުވުން ދަސްކޮށެއް ނުދޭ. ނަތީޖާ މިފެންނަނީ.

The name is already taken The name is available. Register?

އަލިހަންދްރޯ

15 May 2020

މިހާރު ފުދިއްޖެ! ލޮކްޑައުން އުވާލައްވާ! ސިއްހަތު ސަލާމަތްވުމާ އެއްވަރަށް ދިރިއުޅެމެއްވެސް ބޭނުންވޭ! ތައުލީމުދީ، މަސައްކަތްކޮށް، ފައިސާ ހޯދައިގެން ނޫނީ ދިރިއުޅެވޭނެ ގޮތެއް ނެތް.! މިވައިރަސް އާއި އެކީ ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ދިރިއުޅެން ދަސްކުރޭ! ސްވިޑަން ނަމޫނާ އަކަށް ބަލާ!

The name is already taken The name is available. Register?

ރައްޕު

15 May 2020

ކަންކަން އަންދާޒާކޮށް މިސްމެނޭޖް ކުރެވޭނީ މިވަރަށް. ޕީކަކަށް ދެ ހަފްތާ ތެރޭ އަންނާނޭ ކިޔާތާ އެއް މަސް ވެގެން ދިޔައީ. މިހާރު މިބުނަނީ ޕީކަށް އަންނާނީ ދެ ހަފްތާތެރޭގައޭ. އެ ދެހަފްތާ ފެށޭއިރެއް ނިމޭއިރެއް ނޭންގޭ. ޕީކު މިހާރު ސަރޖަކަށް ވެއްޖެ. މީގެ 10ދުވަސް ކުރިން ބުނީ ދުވާލަަކު 300 މީހުނަށް ބަލިޖެހޭނޭ. އެސަމްޕަޝަނަކަށް ބުނީ 15% ހޮސްޕިޓަލަށް އެޑްމިޓްވާނޭ. މާނައަކީ ދުވާލަކު 45 އެޑްމިޓްވާނޭ. މިހާރު ދުވާލަކު އެކަކުވެސް އެޑްމިޓެއް ނުކުރޭ. މޯޑެލް ގޯސް

The name is already taken The name is available. Register?

ސިޓިޒަންސް އޮފް މާލެ

15 May 2020

މާލޭގައި ދިރިއުޅޭ މީހުންނަށް ގޭގައި ތިބެވޭނީ ކާބޯތަކެތި ލިބިގެން! ހަފްތާއަކަށް ވާވަރަށް ތަކެތިގަނެގެން ގަޑިއެއްގެތެރޭގައި ގެއަށް ވަނުމަކީ ވެދާނެ ކަމެއްތޯ؟

The name is already taken The name is available. Register?

ނޮޓް ޕޮސިބަލް

15 May 2020

ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454