ނަޝީދު މިއަދު ވިދާޅުވީ، ރާއްޖޭގެ ގެސްޓް ހައުސްތަކަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 28 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ ކަމަށް. ކޮންމެ ސަފާރީ ބޯޓަކަށް މަހެއްގެ މައްޗަށް 1.5 މިލިއަނާއި 1.8 މިލިއަންގެ ގެއްލުމެއް ވާނެ ކަމަށް މަޓީން ލަފާކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި.
19 މެއި 2020 - 13:29
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖެ އަށް ޓޫރިސްޓުން ނާންނާނެ ކަމަށާއި އެ ޖަމިއްޔާގެ އަޑު އަހަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާ އޮތް މިންވަރާއި ޓޫރިޒަމް ދާއިރާ އަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މަޓީން ބުނެފައި ވަނީ މި ހާލަތުގައި ޓޫރިޒަމް ދާއިރާ އާންމު ހާލަތަކަށް އައުމަކީ ނާދިރު ކަމެއް ކަމަށެވެ. މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ޓޫރިޒަމް ދާއިރާ އިން އާމްދަނީއެއް ލިބޭނެ ކަމަށް ނުފެންނާތީ، އެ ދާއިރާގެ "ފިއުޗާ ރެވެނިއު ފޯކާސްޓް" އެއް މި ދަނޑިވަޅުގައި ހެދިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މަޓީން ބުންޏެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް އެ ރިޕޯޓް މަޖިލީހަށް މިއަދު ހުށަހެޅުއްވުމުން، އެކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، މަޓީން ބުނާގޮތުގައި މި އަހަރު ރާއްޖެ އަށް ޓޫރިސްޓުން ނާންނާނެ އެވެ. މަޓީގައި ތިއްބެވީ އެންމެ ތަޖުރިބާކާރު ބޭފުޅުން ކަމަށް ވާއިރު އެ ޖަމާއަތުން ދައްކާ ވާހަކަ އަޑުއަހަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ކޮވިޑް-19 ގެ ސަބަބުން ކޮށްފާނެ އަސަރު ދެނެގަތުމަށް ސަރުކާރުން މިހާތަނަށް ދިރާސާއެއް ހަދާފައި ނުވާތީ ދިރާސާއެއް ހެދުމަށް ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އުޅޭ ބޭފުޅުންނަކީ މި ތަނުގެ ވިޔަފާރީގެ ކަންކަން ވަރަށް ރަނގަޅަށް، ވަރަށް ޒަމާން ވަންދެން ދަންނަ ބޭފުޅުން. އެ ބޭފުޅުން އެ ދައްކާ ވާހަކައާ އަޅާ ނުލައި އެ ބޭފުޅުން ދައްކާ ވާހަކަ ބޮލާލައި ޖަހައިފައި އަޅުގަނޑު ގައިމު ވެސް ލަފައެއް ނުކުރަން މި ރާއްޖޭގައި އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދެވިދާނެ ކަމަކަށް ވެސް. އަދި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރެވިދާނެ ކަމަކަށް ވެސް." ނަޝީދު ވިދާޅުވި އެވެ.
މަޓީން އެ ގޮތަށް ލަފާކުރި ނަމަވެސް ކައިރީގައި އެއާޕޯޓް ހުރި ރިސޯޓްތައް ހުޅުވޭނެ ގޮތް ހަދައި ދިނުމަށް ރިސޯޓްތަކުން ސަރުކާރުގައި އެދެމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް-19އާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެ އަންނަ ޖުލައި މަހު ބޯޑަރު ހުޅުވާލައިގެން ޓޫރިޒަމް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިން ވަނީ ވިދާޅުވެފަ އެވެ.
Tourism July mahu fesheyne kamuge ummeedhu ebaoiy: Ali Waheed
The most trusted news source in the Maldives
Mihaaru
ޖުލައި މަހު ޓޫރިޒަމް ފެށޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވުން
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މަޓީން ވަނީ މީގެ ކުރިން ފާޑު ކިޔައިފަ އެވެ. މަޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ބިނާވެފައިވަނީ ޓޫރިޒަމް ދާއިރާއަށް ކަމަށްވާ އިރު، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެ ދާއިރާ އިން ކަމަށެވެ. މިކަން މިހެން އޮތް އިރު ސަރުކާރުގެ އެހީގެ ޕެކޭޖް ކަނޑައަޅާފައިވަނީ ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ މަޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެ އެވެ. ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓްވެ، ވަޒީފާތައް ސަލާމަތް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެ ކަމަށް ސަރުކާރުގައި އެކި ގޮތްގޮތުން އެދުނަސް، އެދެވޭ ފިޔަވަޅެއް ނުފެންނަ ކަމަށެވެ.
އެ ބަޔާނާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އެއީ ސަރުކާރުގައި ކޮޅުފައިން ޖެހުން ކަމަށް ވިދާޅުވެފަ އެވެ. އެ ފަހަރު ވެސް ނަޝީދު ވަނީ މަޓީގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.
"ދިވެހިރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އުޅޭ ބޭފުޅުންނަކީ މި ތަނުގެ ވިޔަފާރީގެ ކަންކަން ވަރަށް ރަނގަޅަށް، ވަރަށް ޒަމާން ވަންދެން ދަންނަ ބޭފުޅުން. އެ ބޭފުޅުން އެ ދައްކާ ވާހަކައާ އަޅާ ނުލައި އެ ބޭފުޅުން ދައްކާ ވާހަކަ ބޮލާލައި ޖަހައިފައި އަޅުގަނޑު ގައިމު ވެސް ލަފައެއް ނުކުރަން މި ރާއްޖޭގައި އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދެވިދާނެ ކަމަކަށް ވެސް: ނަޝީދު
ރާއްޖޭގެ ގެސްޓް ހައުސްތަކަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 28 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ކޮންމެ ސަފާރީ ބޯޓަކަށް މަހެއްގެ މައްޗަށް 1.5 މިލިއަނާއި 1.8 މިލިއަންގެ ގެއްލުމެއް ވާނެ ކަމަށް މަޓީން ލަފާކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ކޮވިޑް-19 ގެ ސަބަބުން ކޮށްފާނެ އަސަރު ދެނެގަތުމަށް ސަރުކާރުން މިހާތަނަށް ދިރާސާއެއް ހަދާފައި ނުވާތީ ދިރާސާއެއް ހެދުމަށް ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވާގޮތުން އެމްއެމްއޭއިން ހަދާފައިވާ ސިނާރިއޯތަކަށް ބަލާއިރު، އެންމެ ރަނގަޅު ސިނާރިއޯގައި ވެސް މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ޖީޑީޕީ 7.7 ޕަސެންޓް ދަށްވާނެ އެވެ. އެންމެ ގޯސް ސިނާރިއޯގައި މިދިޔަ އަހަރާ އަޅާބަލާއިރު ޖީޑީޕީ 17.7 ޕަސެންޓް ދަށާވާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
20 May 2020
ދެން ކީއްކުރަންތަ ބޯޑަރ ހުޅުވަނީ ޓޫރިސްޓުން ނާންނަންޏާ؟!
ސިޓިޒަންސް އޮފް މާލެ
20 May 2020
މަޓީން ބުނަން ބޭނުން އެއްޗެއް އެމީހުން އަމިއްލައަށް ބުނާނެހެން ހީވަނީ!
އެސްކޮބާރ
19 May 2020
ނަޝީދު ރާއްޖޭގެ ރައީސްކަމަށް 2008 ވަނަ އަހަރު ވަޑައިގެން ފުރަތަމަވެސް ކުރެއްވި އެއްކަމަކީ ރިސޯޓުތައް ކުއްޔަށްދެވޭ މުއްދަތު 35 އަހަރަށްވުރެ އިތުރުކުރީ. އޭގެ ކުރީގައި އޮންނަނީ 35 އަހަރަށްވުރެ އިތުރުކުރަން ބޭނުންނަމަ ރައްޔިތުންނަށް ހިއްސާ ވިއްކަންޖެހޭގޮތަށް. ރައްޔިތުންނަށް ހިއްސާ ވިއްކުމަކާ ނުލާ މިހާރު 99 އަހަރަށް ރިސޯޓު ހިންގޭ. މިކަން ބަދަލުވާން އެބަޖެހޭ. ނަޝީދު ބޭނުންފުޅުވަނީ ކޮވިޑަށް ޓެސްޓުކުރުންވެސް ޕްރައިވެޓައިޒްކުރަން.
އެސްކޮބާރ
19 May 2020
މިއަހަރަކު މާގިނަ ޓޫރިސްޓުންނެއް ނާންނާނެ. އެކަން މަޓީއިން ނުބުންޏަސް އެގޭ. ދެން ނިއު ނޯމަލްގައި ރާއްޖޭގެ އިގުތިސާދު ބަދަލުވާން އެބަޖެހޭ. މަދު މަހުޖަނުންތަކެއްގެ ބާރު އޮތް ޓޫރިޒަމް އިންޑަސްޓްރީ ރައްޔިތުން ހިންގާ އެއްޗަކަށް ބަދަލުވާނެ ޖެހޭ. މިކަން ކުރެވޭނީ ސީދާ ސަރުކާރުން ހިންގާ ރިސޯޓުތަކެއް އުފެދިގެން އަދި ރައްޔިތުންނަށް ރިސޯޓުތަކުގެ ހިއްސާ ވިއްކައިގެން. ރަށްރަށުގައި ގެސްޓްހައުސް ހަދަން ބޭނުންވާ މީހުންނަށް އެހީވެދީގެން. ހޯމްސްޓޭ ތައާރަފުކޮށްގެން
ފަހުދު
19 May 2020
ރިސޯޓު ދިންފަހުން ލޮލީގެ ޚަބަރެއް ދަބަރެއް ވީއެެއް ނުވީއެއް ނޭންގޭ
ނައިލޯން
19 May 2020
މަޓީގެ ދިފާއުގައި ނަޝީދު ނުކުތުމަކީ ވަރަށް ދަށްވުން. އެތައްބަޔަކު ރިޒޯޓްތަކުން ކަނޑާލައި، ސަރުކާރުގެ އެހީތެރިކަމުގެ ފައިސާއިން ވެސް ބޮޑު ބަޔެއް ނުދީގެން ބޮޑާހާކައި މިދަނޑިވަޅުގައި އެންމެ ބޮޑު އަނިޔާއެއް ދިވެހިންނަށް ދިން ބަޔަކީ ހަމަ އެއީ. ނަޝީދުގެ ތާއީދަށް ބޮޑު ބަދަލެއް އަންނަތަން ފެނޭ. ހާއްސަކޮށް އައްޑޫ ކަހަލަ ތަންތަނުން
މުރާސިލް
19 May 2020
ތިޔަ ވާނީ ކަނޑައެޅިގެން ދޮގަކަށެވެ. ނަޝީދަކީ ތެދެއް ހެދެން އޮތަސް ދޮގެއްނޫނީ ނަހަދާ ބޭފުޅެކެވެ. ރަނގަޅަށްވިއްޔާއި މާދަން، ނަޝީދުގެ ވާހަކަ މަޓީން ދޮގުކޮށް ބަޔާން ނެރޭނެއެވެ. ބަލަން ތިބޭށެވެ.
ރަދީފު ބިން ރަފައިދާ
19 May 2020
އަނެއްކާ ބޯގަޅިވާހަކަދައްކާންފެށީ. މީ ދެން ކިހާ ބޮޑުވެއްޖެކަމެއް.
ރާއްޖެ
19 May 2020
މިއީ ރައީސް މީހާ ކުރިއަށް ނިކުމެ ސަރުކާރުގެ ޕްލޭން ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ ވަގުތު. ގައުމުގެ ހާލަތު ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ވަގުތު. ޢެކަން ކުރަން ޖެހޭނީ މަބުރޫކެއް ނޫން. ރައީސް މީހާ ފިލާ އޮވެގެން ގައުމެއް ނުހިންގޭނެ. ކޮންމެ ރެޔަކު ލެޕްޓޮޕެއް ކުރިމަތީ އިނދެ ޓްވީޓް ކުރިޔަސް ކަންތައްތައް ހައްލެއް ނުކުރެވޭނެ. ލީޑަރޝިޕް ދައްކައިދީ.
ްއަދުރޭ
19 May 2020
މަޓީން އެހެންއެބުނަނީ ރިސޯޓް މުވައްޒަފުންގެމުސާރަ ކުޑަކުރުމުގެ ބޭނުމުގަ