ރޭޕް މައްސަލަތައް ބަލަން ގޮވައިލާ ބަޔަކު މުޒާހަރާ ކުރަނީ. ކުއްޖަކު ރޭޕްކޮށް،ބަނޑު ބޮޑުވި މައްސަލައެއްގައި މިއަދު މީހަކު ހައްޔަރު ކުރި.
03 ޖުލައި 2020 - 20:33
މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކޮށް، އެ ކުއްޖާ ބަނޑުބޮނޑުވި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 23 އަހަރުގެ މީހެއް ކަމަށެވެ.
އެ މައްސަލަ ބަލަން ފެށިކަމަށް ފުލުހުން ފުރަތަމަ ބުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭރު ބުނީ އެ މައްސަލަ ބަލަަމުން އަންނަނީ ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްރަން ޑިޕާޓްމަންޓާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މާލޭގެ ގެސްޓްހައުސެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. އެ މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ މިނިކް
04 July 2020
ބަޑުބޮޑުނުވާހާހިދަކުރޭޕްކޭސްއަކައްނުވާނެ
މިނިވަން ރިޕޯޓަރ
04 July 2020
އަސްލު މައްސަލަ ދިމާވާ ހަޤީޤީ ސަބަބު ހައްލު ނުކޮށް މުޒާހަރާ ކުރުމަކުން ހައްލެއް ނުވާނެ. މިޔަރުކޮށްޓަކަށް ރާގޮނޑިއެއް ލާފަ، މިޔަރުތަށް ކައިރި ރާގޮނޑި ނުކާށޭ ބުނުން ކަހަލަ ކަމެއް. ޤާނޫނު ތަކުގެ ނިކަމެތި ކަމަކުން ނޫން ރޭޕް ގިނަވެގެން މިއުޅެނީ. މީސްތަކުން ދީނަށް ރުޖޫއަ ވާންވީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރަންވީ
އޮރިޖިނަލް މޮހަނު
04 July 2020
މީހަކު ހައްޔަރު ކުރެވިއްޖެއްޔާ އަނެއްކާ ރަނގަޅަށް، އުސޫލުގެ ތެރެއިން ހެކި ހޯދާފަ ޕީޖީއަށް ފޮނުވައްޗޭ. އެހެންނޫނީ އަނެއްކާ ނިޒާމުގެ ތެރޭން ތިކަންވެސް އޮއްބާލާނެ. މިހާރުވެސް ތިމީހެއް ބަލާނެ ސިޔާސީ ކޮން ފަރާތެއްތޯ މީނާއަށް މަދަދެއް ނުފޫޒެއްދޭނީ. އޭގެ ބަދަލުގަ އެބައެއްގެ ހަރުގެ ބަލަހައްޓާ ހަޅޭއްލަވާ ހެދުމަށް ތައްޔާރުކަމަށް. ކީތްކުރާނީ. މިއީ މަލްޓިޕާޓޭ ޑިމޮކްރަސީއަށްފަހު ޤައުމުގެ ހާލު.
ޖަމީލުބެ
04 July 2020
މަޖްލިސްގަ ކުރެވުނު ބަހުސެއްގައި، ވަކި ޕާޓީއަކަށް ނިސްބަތްވާ އިއްޒަތްތެރި މެންބަރުންކޮޅެއް، ވަރަށް ޖޯޝާއި ފޯރީގައި ވަކާލާތު ކުރަމުން ގެންދިޔައީ، މިފަދަ ކަންތައް ރާއްޖޭގައި ނުހުއްޓުވިގެން މިއުޅެނީ އެހެން ޕާޓީއަކަށް ނިސްބަތްވާ ޖެންޑަރ މިނިސްޓަރ ހުރެގެން ކަމަށެވެ. ހުރިހާވެސް ހައްލަކީ އޭނާ ވީހާ އަވަހަކަށް ބޭރުކުރުމެވެ. ދެން މަހީކޮށްގެން މިހިރީ ދެން މިހާރު އެފަދަ ކަންތައް ރާއްޖޭގައި ނުހިނގާނެކަމަށް.