އެޗްއީއޯސީގެ މިއަދުގެ މީޑިއާ ބްރީފިންގައި (ކ-ވ) ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސާމިޔާ، އެ ސެންްޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ، އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ.
04 އޯގަސްޓް 2020 - 19:09
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މަނާކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ ވިދާޅުވީ، މާލެ ސަރަހައްދުގައި ރޭގަނޑުގެ އެ ގަޑީގައި ބޭރަށް ނުކުމެ އުޅުން މަނާކުރަން ސަރުކާރުން ނިންމީ އެކަކު އަނެކަކާ ބައްދަލުވާ މިންވަރު މަދުކުރަން ކަަމަށެވެ.
ރޭގަނޑު 10 ން ފަތިހު 5 އަށް ކާފިއު ހިންގާއިރު، އެ ގަޑީގައި އުޅަނދުފަހަރު ދުއްވުން ވެސް މަނާވާނެ ކަމަށް ސާމިޔާ ވިދާޅުވި އެވެ. ބޭރަށް ނުކުމެ އުޅުން މަނާ ވަގުތުގައި ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތަކުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެއް ވެސް އޭނާ ވިދާޅުވި ގޮތުގައި ނުދެވޭނެ އެވެ.
"[ރޭގަނޑު] 10 އަކުން ބަންދުކުރާތީވެ، މިއަށް ތައްޔާރުވުުމުގެ ގޮތުން، ހުރިހާ ވިޔަފާރިތަކެއް 9:30 އިން ފެށިގެން ބަންދުކުރެވޭނެ،" ސާމިޔާ ވިދާޅުވި އެވެ.
މިއަދުގެ މީޑިއާ ބްރީފިންގައި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސާމިޔާ ވާހަކަ ދައްކަވަނީ.
މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތުގެ އިތުރުން އެެހެން ގަޑިތަކުގައި ވެސް ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ ސާމިޔާ ވިދާޅުވާ ގޮތުގައި ބަލި ފެތުރުން އިތުރުވާ ސަބަބަކީ ބައްދަލުވާ މީހުންގެ އަދަދު ގިނަވުން ނުވަތަ "ކޮންޓެކްޓް ބަބުލް" ބޮޑުވުން ކަމަށް ވާތީ އެވެ.
ފުލުހުންގެ ފަރާތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ރޭގަނޑު 9:30 ގައި ވިޔަފާރިތައް ބަންދުވުމުން، އެންމެން ވެސް ދާން ޖެހޭ ތަންތަނަށް އަވަހަށް ދާން އެދޭ ކަމަށާއި ބޭރަށް ނުކުމެ އުޅުން މަނާ ގަޑީގައި އުޅޭ މީހުން ޖޫރިމަނާ ކުރާނެ ކަމަށެވެ. މިރެއިން ފެށިގެން ފުލުހުން އެ ކަންތައް ބަލަން ފަށާނެ ކަމަށާއި މިފަހަރު އުޅނދުތަކަށް ހުއްދަ ވެސް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން ހާއްސަކޮށް، ޓެކްސީ ސެންޓަރުތަކުގައި ދުއްވާ ކިތައް ޓެކްސީއަށްތޯ ހުއްދަ ދޭނީ މަޝްވަރާ ކޮށްފައި އެކަމަށް ގޮތްތަކެއް ނިންމާނަން. އެހެން ނަމަވެސް އަޅުގަނޑުމެން މި ފަހަރު އެއްވެސް ފަރާތަކަށް، ޔޫޓިލިޓީ ނޫނީ އެހެން ހިދުމަތެއް ކުރާކަށް އެއްވެސް ހުއްދައެއް ނުދޭނަން،" ޝަރީފް ވިދާޅުވި އެވެ.
މިއަދުގެ މީޑިއާ ބްރީފިންގައި މާލެ ސިޓީ ޕޮލިސްގެ އިސްވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވާހަކަ ދައްކަވަނީ.
ކާފިއު ގަޑީގައި މާލެ ސަރަހައްދުގައި ދުއްވޭނީ އެޗްއީއޯސީ އާއި ސަލާމަތީބާރުތަކުގެ ވެހިކަލްތަކާއި އެމްބިއުލާންސްތަކަށެވެ. އެކަމަކު އެ ގަޑީގައި ވެސް ތަންތަނަށް ޑިއުޓީ އަށް ދާން ޖެހޭ މީީހުންނަށް އެ މީހުން މަސަައްކަތްކުރާ ތަންތަނުގެ ފާސް ނުފަތަ ޔުނިފޯމާ އެކު ދެވޭނެ އެވެ.
މިއަދު އިއުލާނުކުރި އެހެން އުސޫލުތަކުގެ ތެރޭގައި އޮފީސްތައް ހުޅުވި ނަމަވެސްް އެ ތަންތަނަށް ދާ މީހުންގެ އަދަދު 50 ޕަސެންޓަށް މަދުކުރުމާއި ރަށްރަށުން މާލެ އަށް ދަތުރުކުރާ އުޅަނދުފަހަރުން މީހުން ފައިބާނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ފުލުހުން އެކަން ވެސް ބެލެހެއްޓުން ހިމެނެ އެވެ. އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި މާލެ އިން އެހެން ރަށްރަށަށް ފަސް ދުވަހަށް ދަތުރުކުރެވޭ ގޮތަށް ހެދި އުސޫލު ވެސް މިއަދުން ފެށިގެން ވަނީ އުވާލައިފަ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން އާ ފިޔަވަޅުތަކެއް އެޅީ އެބަލި ފެތުރޭ މިންވަރު މިހަފުތާގައި ކުއްލިއަކަށް އިތުރުވުމުންނެވެ. އެގޮތުން ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 500 އަށް ވުރެ ގިނަ އާ ކޭސްްތައް ވަނީ ފެނިފަ އެވެ. ޚާއްސަކޮށް ދިވެހިންގެ މެދުގައި އެ ބަލި ފެތުރުން ވަނީ އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮގިންގވެބަލަ
05 August 2020
ބަލަ ކާފިއު އިއުލާނުކުރަންވެސް މީހެއް މީހެއް ނެތް އެމީހަކާ އެމީހެއް ކޮބާތަ ރައީސް އިބްރާހީމް
އަނޫ
05 August 2020
ފަރުދީ ޒިންމާ އަދާ ކުރެވޭނީ މުޖްތަމައެއް ގައި އުޅޭ ބައެއްގެ ހުންނަން ޖެހޭ ތަހުޒީބު ކަން ހުރެގެންތާ. އެފަދަ އެއްވެސް ގޮތެއް ފޮތެއް ނެތް ޖީލެއް މި އޮތީ. އެތައް ޒަމާނެއް ވަންދެން ނަޝީދު ދަސްކޮށް ދެމުން ގެންދިޔައީ ކަމާބެހޭ ފަރާތްތަކަށް ގޮންޖަހާ ބުނާ ގޮތެއް ނަހަދާ އުޅުމަކީ މޮޅު ކަމެއް ގޮތުގައި. މިހެން މިކަން ކުރުމުގެ ނަތީޖާ މިއަދު މި ފެންނަނީ. މިއީ އެތަށް ޒަމާންތަކަށް ދެމިގެންދާނެ ނާތަހުޒީބުކަން.
ގާދިރު
05 August 2020
ތީ އަހުރެމެން ނިދާ ގަޑި، ދެން އެގަޑީގެ ނީދާފައި ދުވާލު ބޭރު ގައި އުޅުނީމައި ފަރުދީ ޒިންމާ އަދާކުރީ ކަމަށް ވާނެތޯ؟ މިގޮތަށް ތިނެރެމުންދާ ގަވައިދުތައް ހަރުދަނާ ކުރަން އަދިވެސް ނުވޭތޯ؟ ބަލިދަނީ އަދިވެސް ހިފެހެއްޓުމެއް ނެތި ފެތުރެމުން
ހަނީޝާ
05 August 2020
ބައްލަވާ، މި ގައުމުގެ ކޮން ޒުވާނެއްތޯ 10 ޖަހާއިރު ނިދާ އުޅެނީ؟ މަވެސް އުޅެނީ މި ގައުމުގައި، މަށަކަށް ނުފެނޭ ގޭގޭ ކުޑަ ކުދިން ނޫނީ 10 ޖަހާއިރު ނިދާފަ ތިބޭ ބައެއް. ގިނަ ޒުވާނުން ފެންނަނީ މި ގަޑީގައި ކޮފީތަކާއި ސައްލާ ޕާޓީތަކުން
ހަނީޝާ
05 August 2020
ހަނީޝާ......ރޭގަނޑު ބޭރުގަ އުޅެފަ އައިސް، ދެން ދުވާލު އެންމެން ތިބެނީ ގޭގެއަށް ވަދެފިލާތަ؟
އެހޭނީ
05 August 2020
މިފަހަރުވެސް ތިހެން މަނާކޮށްފަ އޮއްވާ ސަފާރީތަކަށް އަރައި ވަކި ޕާޓީއެއްގެ ބޮޑެތި މީހުންނަށް މަޖާކޮށް ހެދޭނެހެން ހީވަނީ އެކަމު. ބޭރުގައި ނުއުޅެވޭ ގަޑީގައި ބޭރުގައި އުޅުނު ބައެއް މީހުންނާމެދު ފިޔަވަޅު އެޅުނުތަނެއް ނުފެނުނު. އެކުއްޖާ ގަޔަށް ނާރާކަމަށް އެންމެ ފަހުން ނިމުނުއިރު ރަލުގެ މައްސަލަ ސާފުކޮށް އެނގުމުން އެކަމާވެސް އަޅައެއްނުލެވުނު.
ހޯރަބޭ
05 August 2020
ޑޮކުޓަރ މަބުރޫކާއި ޑޮކުޓަރ އަފުޒަލު ވަރަށްހަމަ ނެތް.
ދޮންކެޔޮ
05 August 2020
މަގުމަތީ ސިގިރޭޓްބުޔުން ވަގްތުން ވަގްތަށް މަނާކުރަންޖެހޭ. މާސްކުނަގައިގެންތިބެނީ ސިގިރޭޓްބޯން މަގުމަތިންދާމީހުން މޫނަށް ދުންބުރުވަން.
ރާއްޖެ
05 August 2020
ފްރަންޓްލައިން އެލަވަންސް އަދިވެސް ނުލިބޭ. އެ ލިބުނު މީހަކާ ދިމާ ނުވޭ.
ހޯރަބޭ
05 August 2020
ބަގުލާދޭސް މީހުން މައިތިރި ކޮށްބަލަ. ގެއެއްގެ ސިޑިދަށް ފެނުނަސް ވިޔަފާރި ކުރަނި. މަގުމަތީ ގަސް ބޮނޑުގަ ތިބެ ގެން ކުރުބާ ހަދަ ހަދާފަ ވިއްކަނި. ހެދިކާ ވިއްކަނި.. ދެން ތިބެ ތިބެގެން ކަރުކެހި ކެހިފަ މަގުމަޗަށް އެ ޖަހަނި ކުޅުނު. އަގަދޮވެފަ މަގުމަށްޗަށް ބުރުވާލަނި.. ކޮބާތަ ސިޓީކައުންސިލު. ނުފެންނަނީތަ މި މީހުން މި ސީޓީއަށް ގަދަވެ ގަނެގެން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް.
ރުބެލް މިއާ
05 August 2020
އާރުން އެހެން ނޫނަސް 10 ޖެހީމާ ނިދަނީ. ނިދާފަ ފަތިހު ތެދުވަނީ. މަސައްކަތް ކުރަނީ ދުވާލު. ދިވެހި ޒުވާނުން ބޭނުންވަނީ ރޭގަނޑު ހޭލާ އުޅެނީ
ޒުވާން
05 August 2020
ސާ މިޔާ ވަރައް ރީތި ، އިނގޭ ހަ މަބުނެލީ
ފަސްވަނަ ފްލޯ
05 August 2020
40 މަތި ، އެކަމަކު ޒު ވާނޭ އަމިއްލަ އަށް ކޮމެންޓު ކުރަނީ