ޚަބަރު / އާދަމް ޝަރީފް (ލޯކަލް ގަވަމަންޓް މިނިސްޓަރު)

ޗައިނާ-އިންޑިއާގެ އަލިފާނަށް ދަރުއަޅާ ނަމަ، ދެ ގައުމުގެ ދުޝްމަނަކަށް ރާއްޖެ ވެދާނެ: އާދަމް ޝަރީފް

މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ދުނިޔޭގެ އިގްތިސޯދީ ދެ ބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާއާ ދެމެދުގައި ރޯވެފައިވާ އަލިފާނަށް، ދަރުއަޅާ ބަޔަކަށް ރާއްޖެ ވެއްޖެ ނަމަ، ދިވެހިންނަކީ އެ ދެ ގައުމުގެ ދުޝްމަނަކަށް ވެދާނެ ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދީފައިވާ ސޮވެރިން ގެރެންޓީތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ކުރީގެ ތިން ފިނޭންސް މިނިސްޓަރުން، މަޖިލީހަށް ހާޒިރުކޮށް މިއަދު ވަނީ ސުވާލުކޮށްފަ އެވެ. މުޅި މަޖިލިސް ކޮމެޓީއަކަށް ބަދަލުކޮށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު ހާޒިރުކޮށް ސުވާލުކޮށްފައިވަނީ، ރާއްޖޭން ޗައިނާ އިން ނަގާފައިވާ ލޯނުތަކާއި އެ ނުދެއްކިއްޖެ ހާލަތެއްގައި ދިވެހިން ދައްކަން ޖެހޭނެ އަގާ ގުޅޭގޮތުންނެވެ.

އާދަމް ޝަރީފްގެ ޓުވީޓް

މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މިކަން ސިފަ ކުރެއްވީ، އިންޑިއާގެ ތާއީދު ހޯދަން ކުޅޭ ޑްރާމާއެއްގެ ގޮތުގަ އެވެ. އަދި އެ ޑްރާމާގައި އަދަބު ލިބިގެން ނުވަތަ، މި ވާހަކައިގެ ތެރޭގައި ހަލާކުވެގެން މިދަނީ ޗައިނާ އާއި ރާއްޖެއާ އޮތް ގުޅުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޗައިނާ އާއި އިންޑިއާއާ މެދު ރާއްޖެ އިން ބާއްވާ ގުޅުމާ ބެހޭ ގޮތުން އެކި ފިކުރުގެ މީހުންގެ ތެރޭގައި ބަހުސް ކުރަމުންދާ މިވަގުތު، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ދެ ގައުމުގެ ދުޝްމަނަކަށް ވުމުގެ ބަދަލުގައި ބަވަނަވެފައިވާ ދުނިޔެއެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ވާން ޖެހޭނީ ހުރިހާ ގައުމަކާ ގުޅިގެން ގައުމަށް އެހީތެރިކަން ހޯދުން ކަމަށެވެ.

މުޅި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އެކި ނަންނަން ކިޔާފައި ޗައިނާ އަށް އިންޓްރަސްޓް ނުލައި 1.4 ބިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭ ކަމަށެވެ. އަދި މިހާ ފަރުވާލެއްނެތި، ދަރަނި ދައްކާނޭ ގޮތެއް ވެސް ނެތި އަދި ރަހުނު ކުރާނެ އެއްޗެއް ވެސް ނުދައްކާ، ރާއްޖޭގެ ރައުސުލްމާލު ޗައިނާ އަށް ވިއްކާލަން ޖެހުނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އީވާ ވިދާޅުވި ގޮތުގައި ފަސް އަހަރުގެ ތެރޭގައި ޗައިނާގެ ދަންތުރައިގައި ރާއްޖެ ވަނީ ޖައްސައިފަ އެވެ. އަދި އެކަމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ކުރިއަށް އެ ގެންދިޔައީ އިންޑިއާ އަށް ކުޅެދޭ ޑްރާމާއެއްގެ ގޮތުގައި ތުހުމަތު ކުރައްވަމުން، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ އެއީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިންޑިއާ އިން ތާއީދުކުރާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށްތޯ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްތޯ ބެލުމުގެ ރޭހެއް ކަަމަށެވެ.

"އެ ޑްރާމާގައި އަދަބު ލިބިގެން ނުވަތަ، މި ވާހަކައިގެ ތެރޭގައި ހަލާކުވެގެން މިދަނީ ޗައިނާ އާއި ދިވެހިރާއްޖެއާ އޮތް ގުޅުން،" ޗައިނާގެ ލޯނުތަކާ ބެހޭ ގޮތުން ފާޅުކުރައްވާ ކަންބޮޑުވުމަކީ ޑްރާމާއެއް ކަމަށް ސިފަ ކުރައްވަމުން ތޯރިގް ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުން ޗައިނާއާ ގާތް ގުޅުމެއް ބޭއްވި ނަމަވެސް، ވެރިކަން ބަދަލުވުމަށް ފަހު މި ސަރުކާރުން ގުޅުން ބަދަހިކޮށްފައިވަނީ އިންޑިއާއާ އެވެ.

28 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 9%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލކޖހގ

12 August 2020

ލޯނު ނަގާނީ ލޯނު ދެވޭވަރުގެ ބައެއްގެ އަތުން. މުޅި ދުނިޔޭންވެސް އެންމެ ގިނަ ބަޔަކު ލޯނުނަގަނީ ޗައިނާގެ ބޭންކްތަކުން. އަދި ދި ކައްޕަޅި އިންޑިޔާއިންވެސް އެމީހުންގެ މެގަ ޕްރޮޖެކްޓްތަކަށް ލޯނު ނަގަނީ ޗައިނާއިން. ޔޫރަޕްގެ ގިނަ ގައުމުތަކުންވެސް ލޯނު ނަގަނީ ޗައިނާއިން. އެއީ ވިޔަފާރި. ބައްދާ ބޮސްދިނުމެއްނޫން. ދިވެހިންގެ ތަންދޮރު ނުފިލާކަމުގެ ފައިދާ މިސަރުކާރުން ނަގައިގެން ދުނިޔޭގެ އެއްބާރާ މިޖެހެނީ ފަގީރު އިންޑިޔާގެ އަޅުވެތިކަމަށް އަހަރެމެންގެންދަން.

The name is already taken The name is available. Register?

36987

12 August 2020

ޗައިނާގެ ރައީސް ދިވެހިރާޢްޖެއަށް ވަޑައިގަތީމަ ރައީސް ޔާމީން ގޮސް ބައްދާ ބޮސްދީ ހެދިތަ؟ އިންޑިޔާގެ ބޮޑުވަޒީރު ރާޢްޖެ ވަޑައިގަތީމަ އިބޫ ގޮސް ބައްދާ ބޮސްދީ ހެދިތަ؟ ދެ ވީޑިޔޯ ބަލާލާ. ޑިޕްލޮމެޓިކް ގުޅުންތަކާއި އަޑިނޭނގޭ ބިރުވެރި ގުޅުންތަން ފެނިގެންދާނެ.

The name is already taken The name is available. Register?

އަލި

12 August 2020

އަހަރެމެން ބޭނުންވަނީ ޗައިނާ ފަދަ އިގްތިސާދީ ބާރަކާއި އެކު ގާތް ގުޅުމެއްބާއްވަން..އިންޑިއާ އަކީ އަވަތްޓެރިއެއްނަމަވެސް އަމިއްލަ ގައުމުގެ މީހުންނަށްވެސް މާބޮޑުކަމެއް ކޮއްދެވޭ ބައެއްނޫން..ހަމަ އެކަނި އަސްކަރީ ގޮތުން ބާރަކަށް ވީތީ އެހެންމީހުންބާރު ފޯރުވަނީ،،،

The name is already taken The name is available. Register?

5698

12 August 2020

އަދި ހަނދާން ކުރަންޖެހޭ ކަމަކީ، ޗައިނާއަކީ ދުނިޔޭގެވެސް އެއްބާުރުކަން. އިންޑިޔާއަކީ އެމެރިކާއާއި އިޒްރޭލްގެ ޑަރޓީ ގޭމް ކުޅެދޭ ބައިވެރިއެއް. ހަތިޔާރުކޮޅަކާއި ފަގީރުންގެ ލަޝްކަރެއް. ޗައިނާއަކީ ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރެއް. ސެކިއުރިޓީ ކައުންސިލްއިން އެއްވެސް ކަމެއް ނިންމޭނީ ޗައިނާގެ ބަހެއް އޮވެގެން. އިންޑިޔާއަކީ ރާއްޖެކަހަލަ އާދައިގެ މެންބަރެއް. ޗައިނާއާ އޮންނަ ކޮންމެ ގުޅުމެއް ރަޝިޔާއާއި އޮންނާނެ. ޔޫރަޕަކަށް ނުކުރޭނެ ޗައިނާއަށް ނޫނެކޭބުނާކަށް.

The name is already taken The name is available. Register?

ޙިނި

12 August 2020

ޔާމިނުދޯ އިންޑިޔާ އާޖައްސައިލައިގެން އުޅުނީ، މައުމޫނުގެ ހިޔަނީގެ ނިވާގައި ފިލާއޮއްވާ ވެރިކަމައް އާދެވުނީމަ ފެންވަރުއޮޅި ބޯގޮވީ، އެއްދުވަހު އާތޫރު ބުރަދާސް ގެންނާނެ، އަނެއްދުވަހު ނޯތުކޮރެޔާއައް ތެޔޮވިއްކާނެ، ނޫނީ ސައުދީ ކަޅުފައިސާ ގޯނިގެންނާނެ، ބޭބެ ޖަލައްލާނެ

The name is already taken The name is available. Register?

58965

12 August 2020

ހާދަ ވިޔާނުދާ ކޮންމެންޓޭ ތިކުރަނީ. ޔާމީން އެކަކާވެސް ޖައްސާނުލާ. ޔާމީން ބުނީ ގައުމުގެ ރައްޔިތުންނަށް ދޭން ހުރި ވަޒީފާކޮޅު އިންޑިޔާރައްޔިތުންނަކަށް ނުދެވޭނޭ. ހޮސްޕިޓަލަށް ބޭނުންވާ ފަހުގެ މެޝިނަރީގެ ބަދަލުގައި އިންޑިޔާގައި ހުރި އައުޓް ޑޭޓެޑް މެޝިނަރީ ނުގަނެވޭނެއޭ. ބޮޑެތި ޕްރޮޖެކްޓް ހިންގުމުގެ ގާބިލްކަން އިންޑިޔާގައި ނެތްއިރު އެމީހުންނަށް ހޮސްޕިޓަލާއި ބްރިޖް އަޅާކަށް ހަވާލެއް ނުކުރެވޭނެއޭ. މިކަންކަމަކީ ދިވެހި ގައުމަށް ފައިދާއަށް ކުރިކަންކަމެއްނޫންތަ؟

The name is already taken The name is available. Register?

Happy

12 August 2020

އިދިކޮޅުން ކަލޭމެންދޯތި ދަރުއަޅނީ.. ޢީންޑިޔާ އަށް ބަޥާނަގަނީ!!?

The name is already taken The name is available. Register?

ހޯރަބޭ

12 August 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު އެތެރޭގެ ދަރަނިތަކާއި، ނުއުފުލޭ ވަރުގެ ބިޔަ ދަރަނިތައް ވަނީ ބޭރަށް ދައްކަން މަޖުބޫރު ކުރުވާފަ. އެހާލަތު ގެންނެވީ މިއަދުގެ ރައީސެއް ނޫން. ދެން ބަޔަކު އަނގަފުޅާކޮށްފަ ބުންޏަސް މިއީ ހަޤީގަތް

The name is already taken The name is available. Register?

ސަހްލަން ވަސަހްލަން

12 August 2020

ގައުމު އޮތް ހާލަތު ނޭނގި ދޯ ވެރިކަމަށް އާދެވުނީ.! ހާލަތު ސާފުވިއިރު ޒިންމާ އުފުލޭވަރުނުވާކަން ޔަގީންވީމަ ނުވަތަ ހާލަތުން އަރައިގަނެވޭނެކަމުގެ އުއްމީދެއް ނެތިއްޔާ ދެން އިސްތިއުފާދިނުމަކީ ވެސް ކުރެވެން އޮތްކަމެއް

The name is already taken The name is available. Register?

5698

12 August 2020

ވެރިކަމާ ބަޔަކު ހަވާލުވާނީ ދަރަނި އޮތަސް އަރަނި އޮތަސް އެއެއްޗަކާ އެކީ. ދިވެހިންނަކީ ވަރަށް ވިޔާނުދާބައެއް. އެކަން ހުރިހާ އެންމެންވެސް ދަނޭ. ދެން މިވެރިކަން އައިސް، ދިވެހިން ހުސްކޮށްލާ އަޚްލާޤު ރަނގަޅު ކެރޭ އިލްމީ ބައެއްވެސް ގެންނަން ބުނަންވީނު. ވެރިކަމާ ހަވާލުވާއިރު، މިހަވާލުވަނީ ކިހާވަރެއްގެ ކަމަކާކަން ނޭނގޭ މީހުން ވެރިކަމާ ހަވާލުނުވާނީ. ދަރަނި މެނޭޖްކުރަންވެސް ނޭނގެންޏާއި އިސްތިއުފާ ދޭނީ. ދިވެހިން އެބައާދޭސްކުރޭތަ ވެރިކަންކޮށްދޭށޭ ކިޔައިގެން.

The name is already taken The name is available. Register?

ބުއްފުޅިން

11 August 2020

ޒަމާނުއްސުރެ ރާއްޖެއަކީ ވަކިފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެއް. އަދި އިންޑިއާއާއެކު ހާއްސަ އެކުވެރިކަމެއް ބާއްވާ ނަމަވެސް ސަރަހައްދީ އެހެން ގައުމުތަކާ މޫނު ކަނޑައެއް ނުލައެވެ. މިހާރަށް ބަލާއިރު ޗައިނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއްއިގްތިޞާދު. ރާއްޖޭގެ އިގްތިޞާދަށް ޗައިނާގެ އެހީތެރިކަން މިވަތު ވަރަށް މުހިއްމު. ނަޝީދު އެއުޅެނީ ހުވަފެނެއްގަ.

The name is already taken The name is available. Register?

ައަފުރާސިޔާބު

11 August 2020

މިހާރު ރާއްޖެއަށް ދިމާވެގެން އުޅެނީ ޚާރިޖީ ސިޔާސަތުގެ މައްސަލައެއްނޫން. މިހާރު ދިމާވެގެން އުޅެނީ ޕާލަމެންޓްގައި ކަނޑުކޮހުން ގިނަވުމުގެ ސަބަބުން އެތާތެރޭގައި ހިލާ ހިލުންގަނޑެއްގެ ކަންތައް. މިކަންކަން ޙައްލުކުރުމުގެ ގާބިލުކަމެއް އަހަރެމެން ހޮވާފައި ގައުމު ހިންގުމުގެ ބާރު ޙަވާލުކޮށްފައިވާމީހާގެ ކިބައިގާ ނެތުމުން ދިމާވެގެން އުޅޭ މައްސަލައެއް. އަހަރެންނަމަ ތިޔަމަޖުލީހުގައި ބޮޑު ގޮނޑިއަށް އަރާ ދެތިން މީހުން މިހާރު ތިބޭނީ ޖަލުގައި.

The name is already taken The name is available. Register?

ބަޑިއެދުރު ކަލޭގެފާނު

11 August 2020

ޗައިނާއަކީ އެންމެ އެހީތެރި ބައިވެރިޔާ އެވެ. ޢިންޑިއާއަކީ އެންމެ ގާތް އަވައްޓެރިޔާއެވެ. ރާއްޖޭގެ ކަންކަން ނިންމުމުގައި އިސްކުރާނީ ގައުމީ މަސްލަހަތެވެ. ޢިންޑިއާ ކަނޑުގެ މަސްލަހަތެއް ނުވަތަ ސިލްކްރޫޓުގެ މަސްލަހަތެއްވެސް ގައުމީ މަސްލަހަތައްވުރެ އިސްވެހެގެންވާނެ ކަމަކަށް ނުދެކެމެވެ.

The name is already taken The name is available. Register?

ްއަދުރޭ

11 August 2020

އެއްވެސް ގައުމަކާ އެހާބޮޑަށް ގާތްވުމަކީ ގޯހެއް. ކުރީސަރުކާރުން ޗައިނާއާ މާބޮޑަށް ގާތްވީ.. އަދި ރާއްޖެ އެންމެބޮޑަށް ދަރާފަ މިއޮތީ ޗައިނާއަށް.

The name is already taken The name is available. Register?

7ބޯރާހި

11 August 2020

"ރާއްޖެ އެންމެބޮޑަށް ދަރާފަ މިއޮތީ ޗައިނާއަށް".... މައުލޫމާތުގެ އޮޅުމެއް ތިޔައީ، ގިނައިން ހުރީ އިންޑިއާއިން ނަގާފަހުރި ދަރަނި، މިބަޔަކު ވެރިކަމަށްއައިފަހުންވެސް 800 މިލިއަން ޑޮލަރު ނަގައިފި އިންޑިއާއިން. އެއީ ހަމައެކަނި ކުރެޑިޓް ފެސިލިޓީ.

The name is already taken The name is available. Register?

ރާއްޖެ

12 August 2020

އެމެރިކާ ވެސް އެންމެ ބޮޑަށް ދަރާފަ އޮތީ ޗައިނާއަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454