ޚަބަރު / ރައީސް މުހައްމަދު ވަހީދު

މާސްކު ނާޅުއްވައި މުޒާހަރާގައި ހުންނެވުމުން ވަހީދަށް ބޮޑެތި ފާޑުކިޔުންތަކެއް

ޕީޕީއެމް އޮފީސް ކައިރީގައި ހުންނަވައި ކުރީގެ ރައީސް ޑރ. ވަހީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިދިކޮޅު ކޯލިޝަނުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދުތަކާ ޚިލާފަށް މިއަދު މާލޭގައި ބޭއްވި މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ވަހީދު މާސްކް ނާޅުއްވައި ބައިވެރިވެ ވަޑައިގަތުމުން، ގިނަ ބަޔަކު އެ މަނިކުފާނަށް ފާޑު ކިޔައިފި އެވެ.

"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ނަމުގައި މިއަދު ހަވީރު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މުޒާހަރާ ކުރީ، ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެއްވުންތައް މަދުކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެމުން އަންނަނިކޮށެވެ. އަދި މުޒާހަރާގައި ބައިވެރިވި ބައެއް މީހުން މާސްކް ނާޅާއިރު، އެއްވެސް ގައިދުރުކަމެއް ނެތެވެ.

މުޒާހަރާ ކުރުމަށް މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރަށް ފަހު، ޕީޕީއެމް އޮފީސް ކައިރީގައި ބޭއްވި އެއްވުމުގައި ވަހީދު ވާހަކަފުޅު ދެއްކެވި އިރު ހުންނެވީ މާސްކު ނާޅުއްވަ އެވެ. މިކަމާ ގިނަ ބަޔަކު މިއަދު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ދައުލަތުން، ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ހޯއްދަވައިގެން، މި ފަދަ ބަލިމަޑުކަމެއްގެ ތެރޭގައި، ސިޔާސީ ފައިދާއަށް މުޒާހަރާ ކުރެއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި މި ދަނޑިވަޅު ސަރުކާރުންނާއި ސިއްހީ ދާއިރާގެ މީހުން ދަނީ، ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން، ގޭގައި ތިބުމަށް އާދޭސް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"[ސިއްހީ ދާއިރާ]އަށް ނުކަތާ ވަރަށް ބާރުބޮޑުވެގެން މަރުވާ މީހުންގެ ޒިންމާ ނަންގަވަން ތައްޔާރުތޯ؟،" ވަހީދު ޓެގް ކުރައްވައި، ޓްވިޓާގައި ރޮޒައިނާ ސުވާލު ކުރެއްވެވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި، އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި ވަހީދުގެ މި އަމަލާ ގުޅޭގޮތުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު މެމްބަރު އިމްތިޔާޒު ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ދާއިރު، ވަހީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހާލަތުގެ ފައިދާ ނާޖާއިޒް ގޮތުގައި ނަންގަވަން ކަމަށެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ހިލާފުވާން އިދިކޮޅު ސަޕޯޓަރުންނަށް ގޮވާލެއްވުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު، މުހައްމަދު ވިސާމް ވެސް ވަނީ ވަހީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ރާއްޖެ ވަނިކޮށް، ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތް ބަރާބަރަށް ނަންގަވާ ބޭފުޅަކު އިސްވެ ހުންނަވައި، ގައިގޯޅިކޮށް ބާއްވާ މި ފަދަ އެއްވުންތައް ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ގައުމީ ޒިންމާ ނުއުފުއްލަވާ މިފަދަ ބޭފުޅުންގެ އިނާޔަތް ކަނޑާލަން ޖެހޭނެ ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.

މިއަދު މާލޭގައި ކުރި މުޒާހަރާގައި، ގައިދުރުކަން ނުބަހައްޓައި ބައެއް މީހުން މާސްކް ނާޅާ ބައިވެރިވި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުން މިއަދު ބުނީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، މިންގަނޑުތަކާ ހިލާފުވި މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށެވެ. ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް ބޯލަނބައި ނަމޫނާ ދައްކަވަން ޖެހިވަޑައިގަންނަވާ ސިޔާސީ ބޭފުޅުން މުޒާހަރާކުރުމާއި އެއްވުންތައް ބޭއްވުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މި ފަހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނު ލިއުއްވި "ދެ ރަދުން" ފޮތް ނެރުއްވުމުގެ ހަފުލާގައި މާސްކް ނާޅުއްވައި ގިނަ ބަޔަކު ޖަމާކޮށް، ފޮތުގައި ސޮއިކުރެއްވުން ކުރިއަށް ގެންދަވައިފަ އެވެ.

23 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 6%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Happy

30 August 2020

ވަހީދައް ދެމުންގެންދާ އިނާޔަތައް ކަޑާލާ!!?

The name is already taken The name is available. Register?

ނެކްސްޓް

29 August 2020

ވަހީދުކަހަލަ އިލްމީ ބޭފުޅުންގެ ފަރާތުން މިކަހަލަ ނާތަހުޒީބު އަމަލުތައް ފެނުމަކީ ވަރަށް ހިތާމަހުރިކަމެއް. ޢަދުރޭމެން އަބަދުވެސް އުޅޭގޮތް. ޥަހީދަކީ އިލްމެއް ހުއްޓަސް ހިލްމެއްނެތް ބޭފުޅެއްކަން ސާބިތުކޮށް ދީފި

The name is already taken The name is available. Register?

ކިޔުންތެރި7

29 August 2020

ހަ މައެއްނެތް މީހުން މިހާރު އެބަ އެނގޭބައެއްނު

The name is already taken The name is available. Register?

ލޮލީ ޖާ

29 August 2020

ރައްޔަތުންގެ ވޯޓުންހޮވާ ރައީސުންނަށް އެކަނި އިނާޔަތް ދޭންޖެހޭނީ މިތަންކޮޅު އިސްލާހުކޮށްލާ ގާނޫނު އަސާސީން

The name is already taken The name is available. Register?

ކެރޯން

29 August 2020

ވަހީދައް ދެމުންގެންދާ އިނާޔަތަކީ ވަހީދު ކޮންކަމެއް ކޮށްގެން ލިބޭއިނާޔަތެއްތޯ؟؟؟ 275000ރ މަހަކަށް އެދަނީނަގަމުން، އަހަރަކު3.3 މިލިއަމް އެދަނީ ނަގަމުން، ސަރުކާރުގެ ކަމާބެހޭ ފަރާތަކަށް ވަރަށް އަދަބުވެރިކަމާއެކު ގޮވާލަން ވަހީދަށް ދެމުންގެންދާ އިނާޔަށް މިހާރުން މިހާރަށް ކަނޑާލާށޭ.

The name is already taken The name is available. Register?

ދޮން ހުސޭނު

29 August 2020

އަލާލާނެ ކަމެއް ނެތެއްނު. ޖެހިގެން ހުރި އެނދުގައި ބާއްވާނީ. ދެ ބޮޑުން ތިބެދާނެ ނު

The name is already taken The name is available. Register?

މާސްކްއަޅާ

29 August 2020

ޑރ ވަހީދުވެސް މާސްކް އަޅަންވާނެ. އެހެން މީހުންވެސް މާސްކް އަޅަންވާނެ. މުޒާހަރާކުރާއިރުވެސް އެޗްޕީއޭ ގަވައިދާ އެއްގޮތަށް މުޒާހަރާކުރެވޭނެ. ހަގީގަތަކީ ބައްޔަށް ޖާގަދެވޭ ކަހަލަ ކަންކަން އިސްކޮށް ތިބޭ އެކަކުވެސް ކޮށްގެން ނުވާނެކަން.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

29 August 2020

މައިކުން ވާހަކަދައްކަވަން މާސްކް ތިރިކޮއްލިވަގުތު. މާސްކް އެއޮތީ ފެންނަން. ހަމަ ވަހީދުވީމަ ޔެލޯއެކުދިންނަށް ހަޖަމުނުވީ. ނައިބު ރައީސަކަށް ވަޙީދު ވިއްކަން އުޅުނުއިރު ކުލަވެސް ރަގަޅު.

The name is already taken The name is available. Register?

ައަބްދުﷲނާފިޒު

30 August 2020

އެހެން ވެދާނެތާ، 2013ގަ ވެރިކަމަށް ޔާމީނު ހޮވީވެސް ތިކަހަލަ ކުށްހީތަކެއްގެ މައްޗަށް ބުރަވެ، މާފަހުން ރައްޔިތުންނަށް ރޭކާލީ، އޭރު ތިޖޫރި ހުރިތާ ހުރީ ވަޅުގަނޑު، އުމަރު ނަސީރު މާކުރިންވެސް އެހެން ގޮވަގޮވާ އޮއްވާ ރައްޔިތުން ބެއްލެވި ބޮނޑިއެއް.

The name is already taken The name is available. Register?

ބޮޑު މުހައްމަދު

29 August 2020

ކަލޭމެން ނަޝީދުއާ މިސަރުކާރުގެ ބޮޑުން މާސްކު ނާޅާ ސޯޝަލް ޑިސްޓަންސެއް ނެތް އުޅޭއިރު ތިން ސޮފްހާގެ މަޒުމޫނު ނުލިޔަނީ މިނިވަން ވަރުންތަ؟

The name is already taken The name is available. Register?

ވައިސޫރި

29 August 2020

ވަހީދުއައް ސަރުކާރުންދެއްވާ އިނާޔަތާ ރައްކާތެރިކަން ކަނޑާލަންފެނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454