ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ. އޭނާ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ކިބައިން އެމްޑީޕީ މާފަށް އެދެން ޖެހޭނެ ކަމަށް
01 ސެޕްޓެމްބަރ 2020 - 14:04
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި، ޒަމާނީ ފެންވަރުގެ އާ ޕޮލިސް ސްޓޭޝަން މިއަދު ހުޅުވުމާ ގުޅިގެން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ޔާމީނަށް ތައުރީފު ކުރައްވައި، އެކަމަކު އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވި ޚަބަރާ އެކު ކުރެއްވި ޓުވީޓެއްގައި، ޖަމީލް ވިދާޅުވީ ފުލުހުންގެ ތަރައްގީ އަށް ޔާމީން ކުރެއްވި ޚިދުމަތް އެ އިމާރާތުން ވެސްް ފެންނަ ކަމަށެވެެ. ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީއަކީ ބިނާކުރަނިވި ފިކުރު ކަމަށާއި ފުލުހުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފެބްރުއަރީ، 8، 2012 ގައި ކަމަށެވެ.
އެއީ އެމްޑީޕީގެ ސަރުކާރުން ވެރިކަން ކުރިއިރު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު، އެ ޕާޓީގެ ބައެއް މީހުން ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ބައެއް މަރުކަޒުތަކާއި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުންދީ، ރޯކުރި ދުވަހެވެ.
ޤައުމީ ތަރައްޤީގެ ތަޞައްވަރެެއް ލީޑަރުން އަތުގައި އޮންނަންޖެހޭ. ފުލުހުންގެ ތަރައްޤީއަށް ރައީސް ޔާމީން ކޮށްދެއްވި މަސައްކަތް މިއަދު ހުޅުވުނު އިމާރާތުންވެސް ފެނިގެންދޭ. ޕީޕީއެމް/ޕީއެންސީއަކީ ބިނާކުރާ ފިކުރު. ހުޅުޖަހައި ފުލުހުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ 8 ފެބްރުއަރީގަ. 1/2 https://t.co/CmaUlXszbq
— Mohamed Jameel Ahmed (@MJameelAhmed) September 1, 2020
ޖަމީލްގެ ޓްވީޓް
ފެބްރުއަރީ 8 ގެ ހަމަނުޖެހުންތަކުގައި، އައްޑޫގައި އޭރު ހުރި ޓްރެއިނިން ސްކޫލްގައި ވެސް ރޯކޮށް ވަނީ އަންދާލައިފަ އެވެ.
އެ ދުވަހުގެ ހަމަނުޖެހުމުގެ ބައެއް ފޮޓޯތައް ވެސް ޖަމީލްގެ ޓުވީޓުގައި ހިމެނުއްވި އެވެ.
އެމްޑީޕީގެ ލީޑަޝިޕުން ސަލާމަތީ ބާރުތަކަށް ޖެއްސުންކޮށް އަނިޔާކުރުމަށް ގޮވައި ހިންގާފައިވާ ކަންކަމަށް ފުލުހުންނާއި ސިފައިންގެ ކިބައިން މަޢާފަށް އެދެންޖެހޭ. މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށްވެސް ފުލުހުންގެ ޚިދުމަތުގެ މުޙިންމުކަން އުނގަންނައިދޭންޖެހޭ. 2/2 pic.twitter.com/Qy2NIOxyw2
— Mohamed Jameel Ahmed (@MJameelAhmed) September 1, 2020
ޖަމީލްގެ ޓްވީޓް
"އެމްޑީޕީގެ ލީޑަޝިޕުން ސަލާމަތީ ބާރުތަަކަށް ޖެއްސުންކޮށް އަނިޔާ ކުރުމަށް ގޮވައި ހިންގާފައިވާ ކަންކަމަށް ފުލުހުންނާއި ސިފައިންގެ ކިބައިން މާފަަށް އެދެން ޖެހޭ. މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް ވެސް ފުލުހުންގެ ހިދުމަތުގެ މުހިއްމުކަން އަންގައިދޭން ޖެހޭ،" ޖަމީލް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި، ފުލުހުންގެ އާ މަރުކަޒު.
ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަމުން ދުރުކުރުމުން ޖަމީލް އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އެމްޑީޕީއާ އެކު ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ. އެކަމަކު އެކަމަކު، ޔާމީނަށް ވެރިކަން ގެއްލި، އެމްޑީޕީ ހިމެނޭ ކޯލިޝަނަށް 2018 ގައި ވެރިކަން ލިބި، ސިޔާސީ މަސްރަހަށް އައި ބޮޑެތި ބަދަލުތަކާ އެކު، ޖަމީލް އަނެއްކާ ވެސް ހުންނެވީ ޔާމީނާ އެކު އެވެ. އެ މަނިކުފާނަކީ މިހާރު ޔާމީންގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރެވެ.
ހުޅުމާލޭގެ ފުލުހުންގެ އާ މަރުކަޒު މި ހުޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ބަޔަކަށް ބަދަލުކުރިތާ 16 އަހަރު ފުރުމުގެ ދުވަހާ ވެސް ގުޅުވައިގެންނެވެ. ސިފައިންނާއި ފުލުހުން ވަކި ދެ މުއައްސަސާއަކަށް ބަދަލުކުރީ ސެޕްޓެމްބަރު 1، 2004 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބޭސް222
06 September 2020
މީނަ ފުރަތަމަ ރައްޔިތުން ކިބައިން މާޢާފަށް އެދިބަލަ....!
ހައް ދުންމަތި
02 September 2020
މިފަސް އަހަރު ޔާނު ހެދިތަންތަން ހުޅުވާ ނިމިނޭނެތަ އެހެން ކަމެއް މިވެރީންނަކަށް ނުވާނެ
12134
02 September 2020
ފުރަތަމަ މިކަލޭގެ ޔާމީނަށް ގޮވި އެއްޗެއްސަށް މާފައްއެދެންވީނު ؟
އާންސީސް
02 September 2020
ނޫސް ތަކުން އެބަޖެހޭ ލިޔުމުގަ މި ނޫން ގޮތް ގޮތަށް ލިޔަން، ދައުލަތުން ކުރަމުންދާ މަސައްކަތް ފެށޭނީ ކޮންމެވެސް މީހެއްގެ ވެރިކަމުގަ އަދި ނިމޭނީ ވެސް ކޮންމެވެސް މީހެއްގެ ވެރިކަމުގަ. މި ޤައުމުގަ ރައްޔަތުންނަށް ނެތް އެއްވެސް ވެރިއެއްގެ އަމިއްލަ ފައިސާ ހަރުދު ކޮށްގެން ކަމެއ ކޮށްދީފަކާ އެއް.
ސަރަނގު
01 September 2020
މިޖަމީލަކީވެސް މިގައުމަށް ޖެހިފައިވާ ބޮޑުމުސީބާތެއް.
ބަކޫރުބޭ
01 September 2020
ޖަމީލޫ، މަބުނީ ޖަމީލުގެ ކިބައިން ޔާމީނު މާފަށް އެދެން ޖެހޭހޭ، އަޅެ ޖަވާބެއް ދީބަލަ، ލަދު.........
ރޯނުއ
01 September 2020
އެތަނެއްތަރައްގީ ކުރާނީ އެތަނެއްދެކެ ލޯބިވާބަޔަކު.
ބްރޫ ބްރޫ
01 September 2020
ބަލަ ތި ތަނަކީ ހުޅުނާލޭ ޑެވެލޮޕްމަންޓް ޕލަނ ފަ ވެސް އިންތަނެއް ވަކިމީހެއްގެ ކަމެއް ނޫން، ތެންކްޔޫ އެހްޑީސީ. ޖަމީލޫ ކަންކަން ސިޔާސީކޮށް ފުތުނަ އުފެއްދުން ހުއްޓާލާ.
ރުމާލުބާސަ
01 September 2020
ބުނާކަށް މިވަރުގެ ކަމަކާއި ދިމަލެއްނުވޭ. މިބޭޅާއަކަށް މިރާއްޖެއަކުނެތް ރަގަޅުއެކަކުވެސް. ރައީސްޔާމީނު ކައިރީ ނައިބަކަށްއުޅެ ކުއްލިއަކަށް ވީއެއްނޭގި ފިލައިގެން ގައުމުންބޭރަށް. ސިޔާސީޕާޓީއެއް ކައިރީ ފޮއިދުވަހު ނުއުޅެވޭ. އިހަށް ކަމުނުދިޔަތަން ފަހުން އެވަރެއްނެތި އެބަދޭ. މިހާރު ބުރުހަމަވެ އެއްކަލަ ފިލަންދުއްވައިގަތް ހިސާބަށް އާދެވި މަޑުޖެހިފަ.
ސަޅި
01 September 2020
ތީ ބޮލުރޮއްޖެއް