އަނީކާގެ ރިސާޗާ އެކު.
20 އޮކްޓޯބަރ 2020 - 07:09
ކޮވިޑް-19 އަށް ފަރުވާއެއް ހޯދަން ގައުމުތަކުން ކުރަމުން އަންނައިރު، 14 އަހަރުގެ ކުއްޖަކު ހެދި އެ ބަލީގެ ފަރުވާއަކަށްވެދާނެ ކަމަށް ބެލެވޭ ރިސާޗަކަށް 25،000 ޑޮލަރުގެ އިނާމެއް ލިބިއްޖެ އެވެ.
އެމެރިކާގެ ޓެކްސަސްގެ ފްރިސްކޯގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅު އެމެރިކާގެ އަންހެން ދަރިވަރު އަނީކާ ޝެބްރޯލޫގެ އެ ރިސާޗަކީ ކޮވިޑަށް މަގުފަހިކުރުވާނެ ޕްރޮޓީނާ ދެކޮޅަށް މަސައްކަތްކުރާ މޮލެކިއުލެކެވެ. މިކަން އޭނާ ކޮށްފައި ވަނީ އިން-ސިލިކަން މެތަޑޮލޮޖީގެ އެހީގަ އެވެ. އޭގެ ސަބަބުން ޕްރޮޓީންގެ މަސައްކަތް ހުއްޓުވައި، ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭން މަގުފަހިވާ ކަމަށް ދައްކަ އެވެ.
މި ރިސާޗަކީ ގްރޭޑް 8 ގައި ކިޔަވާ އަނީކާ އަސްލު ކޮވިޑް-19 ގެ ފަރުވާއަކަށް ހެދި ރިސާޗެއް ނޫނެވެ. އޭނާ މަސައްކަތްކުރީ SARS-CoV-2 ވައިރަސް އިން ރައްކާތެރިކޮށްދޭނެ މޮލެކިއުއެއް އިޖާދުކުރުމެވެ. އަނީކާގެ ރިސާޗަށް "އެމެރިކާސް ޓޮޕް ޔަންގް ސައިންޓިސްޓް" ގެ އެވޯޑް ލިބުނީ މި އަހަރުގެ "3އެމް ޔަންގް ސައިސްޓިސްޓް ޗެލެންޖް" ގައި ވާދަކޮށްގެންނެވެ.
Congratulations to Anika Chebrolu, America's Top #YoungScientist of 2020! Learn more about her winning 3M @DiscoveryEd Young Scientist Challenge invention: https://t.co/Vgn7jgUO6Z 🧫🦠🧪 pic.twitter.com/uJ6bDKu0GI
— 3M (@3M) October 13, 2020
ޓެކްސަސްގެ ނެލްސަން މިޑްލް ސްކޫލްގައި ކިޔަވަމުން އަންނަ އަނީކާ މީޑިއާތަކަށް ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބީއަކާއި ހިތްވަރެއް ކަމަށެވެ. އެހެންވެ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިސާޗްތައް އިތުރަށް ކުރިއަށް ގެންދިއުމަށް އާ ޖޯޝަކާއި ރޫހެއް އައިސްފައިވާ ކަމަށް ބުންޏެވެ.
"އަހަރެން ވެސް ދެކެން ބޭނުން ވަނީ އެ ބަލީގެ ނުރައްކަލުން ސަލާމަތްވެފައިވާ ދުނިޔެއެއް،" އޭނާ ސީއެންއެން އަށް ބުންޏެވެ. "އަދި އެންމެން ވެސް ނޯމަލް ލައިފެއްގައި އުޅޭތަން ދެކެން ބޭނުން ވަނީ."
ބޮޑުވެގެން މެޑިކަލް ރިސާޗަރަކަށް ނުވަތަ ޕްރޮފެސެރަކަށްވާން އުންމީދުކުރާ އަނީކާ ބުނީ ސައިންސްގެ ދާއިރާ އަބަދު ވެސް ވަރަށް ޝައުގުވެރި ކަމަށެވެ. އަދި އެކަމަށް ބޮޑަށް ލޯބި ޖެހުނީ ކާފަގެ ފަރާތުން ކަމަށް ބުންޏެވެ. ކާފަ އަކީ ކެމިސްޓްރީ ޕްރޮފެސަރެކެވެ.
"އަހަރެން ވަރަށް ކުޑައިރު ވެސް ކާފަ ވަރަށް ހިތްވަރު ދޭނެ ސައިންސާ ގުޅުން ހުންނަ ކަންކަން ކުރަން. ދެން ބޮޑުވަމުން އައި ވަރަކަށް ޝައުގުވެރިކަން ދިޔައީ ބޮޑުވަމުން،" އަނީކާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ސައިންސްގެ ތެރެއަށް ބޮޑަށް ލޯހުޅުވި ކަންކަން ހޯދައި ދިރާސާކޮށް، ތަޖުރިބާކުރުމުގެ ފުރުސަތު ލިބުނީ އިންޓަނެޓްގެ އެހީގަ އެވެ. އެހެންވެ އެއީ ފާއިތުވި 100 އަހަރުގެ ތެރޭގައި ދުނިޔެ އަށް އައި އެންމެ ބޮޑު ހެޔޮ ބަދަލެއް ގެނުވި ކަން ކަމަށް ބުންޏެވެ.
"އިންޓަނެޓަނަކީ މައުލޫމާތުގެ ހަޒާނާއެއް. އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފި ނަމަ ކޮންމެ ދާއިރާއަކުން ވެސް ކުރިއަށްދާން އޮތީ ފަސޭހަ މަގެއް." އަނީކާ ބުންޏެވެ.
އޭނާ ބުނިގޮތުގައު ކަންކަން އެންމެ އަވަހަށް ދަސްވާނެ އެއް ގޮތަކީ ވީހާ ވެސް ގިނައިން މައުލޫމާތު ހޯދައި ސުވާލުކުރުން ގިނަކުރި ވަރެކެވެ. އެހެންވެ ދޭން އޮތް ނަސޭހަތަކީ އެއްވެސް ކަމަކާ ބެހޭ ގޮތުން ސުވާލުކުރަން ޖެހިލުން ނުވުން ކަމަށް އަނީކާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިނަމްް
20 October 2020
ދިވެހި ރާއްޖޭގައި ކުދިން ކިޔަވަން ޖެހޭ މާއްދާތަށް މާގިނައި. ޝައުގުވެރިވާ ދިމާލަކަށް ފޯކަސް ކޮށްގެން އެހެން ބައި މަދުކޮށްގެން ވަގުތު ދެވޭނީ. މިހާރު 3 ބަސް ކިޔަވަން ޖެހޭ އިގިރޭސި ދިވެހި އަރަބި. ކިހާ ވަގުތެއް.
ރަބަރު
20 October 2020
މިއީ ކިޔަވާ ކުދިންނަށް ނަމޫނާއެއް. މިކުއްޖާގެ މުސްތަގުބަލު ވަރަށް އުޖާލާވާނެކަމަށްފެނޭ. އިތުރު ކުރިއެރުންތަކާއި ކާމިޔާބީއަށް އެދެން. ދިވެހިންގެތެރޭވެސް މިކަހަލަ ކުދިން ތިބޭ އެކަމަކު އެކުދިންނަށް ކުރިއަށްދެވޭނެ މަގެއް މިގައުމުން ނުފެނޭ.
unknown Cd2+
20 October 2020
ރާއްޖޭގެ އިލްމުވެރިން ބުނާ ގޮތުން ތިކަން އެމީހުން ވަނީ މާކުރިން ހޯދާފައި. އެކަމަކު އެމީހުން އެކަން ސިއްރެއްގެ ގޮތުގައި ދުނިޔެ ނިމެންދެން ހިފަހައްޓާނެ. ދުނިޔޭގައި ތިބި އިލްމުން ފުރިގެންވާ އިލްމުވެރިން ތިބީ ރާއްޖޭގައި.