ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ދެ މީހަކު ޕީޕީއީގައި ހަރަކާތްތެރިވަނީ: ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
16 މެއި 2021 - 11:43
ކޮވިޑް-19ގައި ރޭ ފަތިހު ރާއްޖެ އިން 30 އަހަރުގެ މީހަކު މަރުވި އިރު އޭނާއަކީ ހަކުރުބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށް އާއިލާއިން ބުނެފި އެވެ.
މި ކޮވިޑްގައި ރާއްޖެ އިން މަރުވި އެންމެ ހަގު މީހާ އެވެ. އަދި ކުޑަ ދެ ކުދިންގެ މަންމަ، ހަކުރުބަލީގައި އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އެކަމަކު ކޮވިޑުން ދިފާއުވުމަށް އޭނާ ވެކްސިން ޖެހިކަމެއް ޔަގީނެއް ނުކުރެވުނެވެ.
ކޮވިޑް ބަލީގައި އެންމެ ނުރައްކާ ވަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުންނަށެވެ. އޭގެ ތެރޭގައި ހަކުރާއި ލޭ މައްޗަށް ދިޔުން ވެސް ހިމެނެ އެވެ.
މީގެ ކުރިން ބަލީގައި 27 އަހަރުގެ ބަންގްލަދޭޝް މީހަކު މަރުވި ނަމަވެސް، އޭނާގެ ބޮޑު ބައްޔެއް ހުރި ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު ދެން މަރުވި އެންމެ ޒުވާން މީހާ، 41 އަހަރުގެ މީހާއަކީ ވެސް ސިއްހީ އެހެން ގިނަ މައްސަލަތަކާ ހެދި ދާއިމީކޮށް ބޭސް ކާ މީހެކެވެ.
ރޭ މަރުވި ޒުވާނާއާއެކު ހުޅުމާލޭ ފެސިލިޓީގައި އުމުރުން 80 އަހަރުގެ މީހަކު ވެސް މަރުވި އެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވަމުން ދާއިރު، ބަލީގައި މިހާތަނަށް 96 މީހަކު ވަނީ މަރުވެފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު 700 އަށް ވުރެ އިތުރުވެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހިދު
17 May 2021
ހޮސްޕިޓަލް ތެރޭގައި މާސްކް ނާޅައި އެއުޅޭނީ މިފޮޓޯއިން ވެސް
ޓީވީތަކުނއ
16 May 2021
ޓީވީ ތަކުން ހަކުރު އިސްތިހާރު ހުއްޓާލަން ވެއްޖެ
މިވަރެއްނެތް
16 May 2021
ކިޑްނިީ ފެއިލްވެގެން މަރުވިއަސް، ހާޓްއެޓޭކްޖެހިގެން މަރުވިއަސް މިހާރު ކޮވިޑް މަރަކަށް ނުވެނުދާނެހެން މަމެންނަށް މިހާރު ހީވަނީ!
ށަވިޔަނި
16 May 2021
اللهم اغفر لهما وارحمهما وادخلهما في الجنة آمين
ފަރިތަ
16 May 2021
ޢަލެ ކީއްވެތަ 700 އިން މައްޗޭ ތިކިޔަނީ. 1000 އިން މައްޗޭ ކިޔާބަލަ.
ނަލަބެ
16 May 2021
އެމީހުން ގެ އަރިހުގާ ދަންނަވާ މިހާރު ޕޮޒިޓިވް ވާ ރޭޓް އުޅެނީ އެކަކުން މަތީގައޭ ލިޔާށޭ. އޭރުންވެސް ދޮގަކަށް ނުވާނެތާ.
ޙަޖމް
16 May 2021
ހަކުރު ބަލީގައި މަރުވި ޒުވާނާ ކޮވިޑަށް ވެސް ޕޮޒިޓިވް. މިވެސް ގޮތެއް. މަރުވި އެންމެންގެ މަރުވި ސަބަބު ކޮވިޑްކަން ކަނޑައަޅަނީ ކޮން ގޮތަކުން؟؟
ކާސިންޖީ
16 May 2021
ކަ ތީ ސިއްހީ މާހިރެއްތަ؟
އެހާ
16 May 2021
ހަކުރުބަލީގައި މިޒަމާނުގައި މާ ގިނަ ބަޔަކު މަރުވޭތަ؟ އެއީ ޒަމާންވީ އާއްމު ބައްޔެއްވީމަ ފަސޭހައިން ބޭސް ލިބޭ ބައްޔެއް.
މުށްލާ
16 May 2021
މީހުން ބަލިތަކުން ސަލާމަތް ކޮށްދެއްވަނީ ﷲ ހެލްތް މިނިސްޓަރެއް ސަރުކާރެއްނުން، ވާންހުރިގޮތެއްވާނޭ މަރުވާންހުރި ގޮތަކަށް މަރުވާނޭ ކިޔާގެން ބަށްޔަށް ފަރުވާކުޑަކޮށްގެން އުޅުމަކީ ދީން ހުއްދަ ކުރާ ކަމެއްނޫން
ކޮމެންޓޭ1
16 May 2021
އިންޑިޔާ ވެކްސިން ޖެހިފަހުން ބަލޮ ގިނަވެއްޖެ އިންޑިޔާގަވެސް އެއުޅުނީ ބަލި ގިނަވެގެން. ކޮންކަހަލ ވެކުސިނެއް ތި ޖެހީ
ޕޮގުބަ
16 May 2021
ކޮވިޑް ޖެހިގެން މަރުވާން އިރާދަކުރަށްވާފަހުރި މީހުން މަރުވާނީ އެބަލިޖެހިގެން
ށަވިޔަނި
16 May 2021
އިރާދަކުރެއްވި ގޮތަކަށް ކަންތައްވާނީއޭބުނާ އެއްޗެއް ގެ މާނަ ރަނގަޅަށް ނުވިސްނޭތީ ތިކަހަލަ ވާހަކަ ދައްކަނީ. އިންސާނާ ދުނިޔެއަށް ފޮނުއްވިއިރު ކަންތަކެއް ކުރުމާ ނުކުރުމުގެ އިޚްތިޔާރު ދެއްވާފަ ފޮނުވީމަ އެ އިޚްތިޔާރުގެ ބޭނުން އޭނަ ހިފާނެގޮތް ދުރާލާ ﷲ ދެނެވޮޑިގެންވޭ. އެހެންވެ އެގޮތަށް ލިއުއްވެވީ. އެހެންވީމަ އެއީ އިރާދައިގަ ވާގޮތޭ ބުނެފަ އެކަކަށްސް އަމިއްލަ ޒިންމާއިން ބަރީއަ ނުވެވޭނެ.
އާއިސާ
16 May 2021
ހެޔޮކޮއްވިއްޔާ ވެކްސިންގެ ވާހަކަ ނުބުނަން ޖެހިކަމެއް ނުޖަހާ ކަމެއް ނޭންގެޔޭ ބުނެފަ އެވަނީ
ސިމްޕަލް
16 May 2021
ވަރަށް އާދައިގެ ކަމެއް ވެކްސިން ޖެހިތޯ ނޫނީ ނުޖަހާތޯ ބެލުމަކީ. އައިޑީކާޑު ނަންބަރު ބޭނުންވާނީ. އެހެންނުވާނަމަ މުޅި ސިސްޓަމް ދޯދިޔާވެ ފެއިލްވެފައި ތިއޮތީ. މުޅިގައުމުގެ ހާލަތުބާ މިއީ. ދައުލަތުގެ ހުރިހާ ބާރަކާއި މުއައްސަސާއެއް ގައުމުގައި ހިނގާ ހުރިހާ ކަމެއްގައި ނިދާ، ފަހަތު ފަޔަށް ބަރުހެލިވެފަ، ބަރަވެލި ދުވުމުގައި. ކީއްކުރާނީ.