ފަތިސް · 04:48

މާލޭގައި ދަމު ނަމާދުކުރުމަށް 18 މިސްކިތެއް، އިއުތިކާފަށް ތިބުމަށް 21 މިސްކިތެއް

ރޯދަ މަހުގެ ފަހު 10 ގައި މާލޭގައި ދަމު ނަމާދު ކުރުމަށް 18 މިސްކިތެއް އަދި އިއުތިކާފަށް ތިބުމަށް 21 މިސްކިތެއްގައި އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.


އެ މިނިސްޓްރީން ބުނީ، މާލޭގައި ދަމު ނަމާދު ކުރާނީ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް 18 މިސްކިތެއްގައި ކަމަށެވެ. މާލޭގެ 14 މިސްކިތެއްގެ އިތުރުން ވިލިމާލޭގައި ދަމު ނަމާދުކުރާނީ މަސްޖިދުލް އިޚުލާސްގަ އެވެ. ހުޅުމާލޭގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ މަސްޖިދު ޝައިހު ގާސިމް ބިން އާލްސާނީ އާއި މަސްޖިދުއް އަޒީޒާ މޫސާ އަދި މަސްޖިދުއް އުމަރު ބިން ހައްތާބުގަ އެވެ.

މާލޭގައި ދަމު ނަމާދު ކުރާ މިސްކިތްތައް:

- އިސްލާމީ މަރުކަޒު

- މަސްޖިދުއް ސުލްތާން މުހައްމަދު ބިން އަބްދިﷲ

- މަސްޖިދުއް ސުލްތާން މުހައްމަދު ފަރީދުލްއައްވަލް

- މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން

- މަސްޖިދު ޖަލާލުއްދީން

- މަސްޖިދު ފުރުގާން

- މަސްޖިދު ނޫރު

- އިބްރާހިމް މިސްކިތް

- މަސްޖިދު ޝަހީދު އަލީ

- ފަނޑިޔާރު މިސްކިތް

- މަސްޖިދު އިސްކަންދަރު

- މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީން

- މަސްޖިދު އަފީފް

ވިލިނގިލި

- މަސްޖިދުއް އިޚްލާސް

ހުޅުމާލެ

- މަސްޖިދު ޝައިޚް ގާސިމް ބިން އާލްސާނީ

- މަސްޖިދު އަޒީޒާ މޫސާ

- މަސްޖިދު އުމަރު ބިން ޚައްތާބު

މާލޭގައި އިއުތިކާފަށް ތިބެވޭނެ މިސްކިތްތައް

- އިސްލާމީ މަރުކަޒު

- މަސްޖިދުއް ސުލްތާން މުހައްމަދު ބިން އަބްދިﷲ

- މަސްޖިދުއް ސުލްތާން މުހައްމަދު ޝަމްސުއްދީން

- މަސްޖިދުއް ސުލްތާން މުހައްމަދު ފަރީދުލްއައްވަލް

- މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން

- މަސްޖިދު ސަލާހުއްދީން

- މަސްޖިދު ފުރުގާން

- މަސްޖިދު ޖަލާލުއްދީން

- މަސްޖިދު ނޫރު

- އިބްރާހިމް މިސްކިތް

- ފަނޑިޔާރު މިސްކިތް

- މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީން

- މަސްޖިދުއް ޝަހީދު އަލީ

ވިލިމާލެ

- މަސްޖިދުއް އިޚްލާސް

- މަސްޖިދުއް ސަލާމް

ހުޅުމާލެ

- މަސްޖިދު ޝައިޚް ގާސިމް ބިން އާލްސާނީ

- މަސްޖިދު އަޒީޒާ މޫސާ

- މަސްޖިދު އުމަރު ބިން ޚައްތާބު

- މަސްޖިދު ޒައިދު ބުން ސާބިތު

- ހުޅުމާލޭ ވަގުތީ މިސްކިތް

އިސްލާމިކް މިނިސްޓްރީން ބުނީ އެ 18 މިސްކިތުގެ އިތުރުން އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ މާލޭގައި މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީންގައި ކަމަށެވެ. ވިލިމާލޭގައި އިއުތިކާފަށް ހަމަޖެހިފައި ވަނީ މަސްޖިދުއް ސަލާމްގަ އެވެ. ހުޅުމާލޭގައި އިއުތިކާފަށް ހަމަޖެހިފައި ވަނީ މަސްޖިދުއް ޒައިދު ބިން ސާބިތު އަދި ހުޅުމާލޭ ވަގުތީ މިސްކިތުގަ އެވެ.

ރޯދަ މަހުގެ ފަހު 10 ގައި މިސްކިތުގައި އިއުތިކާފު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ރޯދަ މަހުގެ ފަހު 10 ގައި އިއުތިކާފަށް ތިބުމުން ރޯދަމަހުގެ 20 ވަނަ ދުވަހު އިރުއޮއްސުމުގެ ކުރިން މިސްކިތަށް ވަދެ އިއުތިކާފުގެ ނިޔަތްގަނެ ޝައްވާލު މަހުގެ ހަނދު ފެންނަން ދެން މަޑުކުރާނީ އެވެ.