05 އެޕްރީލް

April 05, 2017 17
ކައުންސިލް އިންތިހާބު އަދިވެސް ރަޖާ އަޅައިގެން

މިދިޔަ ޖެނުއަރީ 14 ގައި ބާއްވަން އިއުލާނުކުރި ލޯކަލް ކައުންސިލް އިންތިހާބު އެކި ފަހަރުމަތިން ފަސްވެ، އިންތިހާބާ ގުޅުން ހުރި ހުރިހާ ކަމެއް ތަކުރާރުކޮށް އެތައް ފަހަރަކު ކުރަން ޖެހިއްޖެ އެވެ. މިހާރު ތާވަލްކޮށްފައި އޮތް ގޮތުން ނަމަ އިންތިހާބު ބާއްވާނީ މަހެއް ދުވަސް ފަހުން، އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ. އިންފްލުއެންޒާ ރޯގާއާ...

04 އެޕްރީލް

April 04, 2017 39
ސިޔާސީ ކުށްވެރިންނެއް ނެތް! އެކަމަކު މި ކުރަނީ ކީއް؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ތިން އަހަރު ވެރިކަން ކުރެއްވި ގޮތާ މެދު ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ؛ އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ސިޔާސީ މަގްސަދެއްގަ އެވެ.

03 އެޕްރީލް

April 03, 2017 38
ޓްރީ ޓޮޕް ހޮސްޕިޓަލް، މަތީ ފެންވަރުގެ ނަމޫނާއަކަށް

މިއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބިޔަ އެއް އިމާރާތެވެ. ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ގްރޫޕް ހިއްސާވާ ކުންފުނިން އަޅަމުން އަންނަ އެންމެ ޒަމާނީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެވެ.

02 އެޕްރީލް

April 02, 2017 64
ފަރުދާގެ ފުރަގަހުން ނުކުމެ ފާރިސް ކުރީ ސަފުގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ ބުދަދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކުރުމާ ގުޅިގެން، އެމްއެމްއޭ ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން އެއް ބަޔަކު އެންމެ އަޅައިގަތް އެއް ބޭފުޅަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނެވެ. ހާއްސަކޮށް އެ ރޭ ވަކި ހިސާބަކުން ފާރިސް އެހެން ތިން...

01 އެޕްރީލް

April 01, 2017 14
ޔޮކޮހާމާ އިން ކިޔައިދިން ފަޚުރުވެރި ވާހަކަތައް

ޖަޕާނަކީ ހަމަގައިމު ވެސް އެއްވެސް ތައާރަފެއް ބޭނުންވާނެ ގައުމެއް ނޫނެވެ. ޖަޕާނުން އުފައްދާ އާ އީޖާދުތަކާއި ޓެކްނޮލޮޖީގެ ރޮނގުން އެ ގައުމު ހޯދާ ކުރިއެރުންތަކުގެ ވާހަކަތައް މަޝްހޫރެވެ. އެކަމަކު "ބަންދު ގައުމެއްގެ" ގޮތުގައި ޖަޕާނު އޮއްވާ، ޖަޕާނުގެ އީޖާދުތައް ދުނިޔެއާ ހަމައަށް ފޯރުވައިދިން ގޮތުގެ ވާހަކަ އަދި މުޅިން ތަފާތެވެ.

30 މާޗް

March 30, 2017 41
ނިލަންދޫ މީހުން އިސްލާމް ވާން ދެކޮޅު ހެދީ ކީއްވެ؟

ރާއްޖޭގައި މީހުން ވަޒަންވެރި ވީއްސުރެ ބުދު ދީނުގައި އުޅެމުން އައިސް، ދިވެހި ދައުލަތުގެ ފަރާތުން ރަސްމީ ގޮތުން އިސްލާމް ދީން ގަބޫލުކޮށް ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް އެނބުރުމަށް ރަދުން އަމުރު ކުރެއްވީ، ތާރީޚީ ލިއުންތަކުން އެނގޭ ގޮތުގައި، ރަބީޢުލް އާޚިރު 2، 548 ގަ އެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ. އޭރު ހުންނެވި ރަސްގެފާނު...

28 މާޗް

March 28, 2017 109
ވޯޓު "މިނިވަނެއް ނޫން"، ސަރުކާރު "ބަލިވެއްޖެ"!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، މަގާމުން ވަކިކުރަން ވޯޓަށް އަހަންވިއިރު އިލެކްޓްރޯނިކް ސިސްޓަމްތަކުގައި މައްސަލަ ޖެހުނީ އެވެ. މެޖޯރިޓީ އޮތް ޕީޕީއެމްގެ މެމްބަރުންނަށް ފެނިވަޑައިގަތް ހައްލަކީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓު ނެގުމެވެ. މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި އޮންނަ ގޮތުން އެ ގޮތަށް...

27 މާޗް

March 27, 2017 16
ހުރިހާ ވޯޓަކާ ނުބައްދަލު، ވަރުގަދަ ވޯޓެއް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލިހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އެކި ބޭފުޅުން މަގާމުތަކުން ވަކިކޮށްފި އެވެ. ކުރީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ޖަމީލް އަހުމަދާއި އަހުމަދު އަދީބުގެ އިތުރުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި މިނިވަން މުއައްސަސާތަކުގެ އެންމެ އިސް ބައެއް ވެރިން...

26 މާޗް

March 26, 2017 94
މައުމޫނާއި ނަޝީދު އެއްގަލަކަށް، ބޮޑު ނިންމުމެއް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުން ސިޔާސީ ގޮތުން އެއްގަލަކަށް އަރުއްވައި، އެއް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް، މީގެ ހައެއްކަ މަސް ކުރިއަށް ބެއްޔަސް، ގަބޫލުކުރާނީ މަދު ބައެކެވެ. އެކަމަކު މިދިޔަ ހުކުރުދުވަހު އެ ދެ ބޭފުޅުން އެކަން ކުރައްވައި، ރާއްޖޭގެ ސިޔާސީ ތާރީޚުގެ...

25 މާޗް

March 25, 2017 102
މާދަމާ ދަރިން ސްކޫލަށް ފޮނުވާނަންތަ؟

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތިން ދުވަހުގެ ތަފާސްހިސާބުތަކުގެ ނަތީޖާ ދައްކަނީ މި ގޮތަށެވެ؛ ސްވައިން ފްލޫ ކޮންޓްރޯލެއް ނުވެ އެވެ. އެކަމަކު އިއްޔެ އެ ތަފާސްހިސާބުތައް...

March 25, 2017 62
މީރާ؛ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ!

ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ކުންފުނި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ބޭންކް އެކައުންޓްތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒް ކުރީ ބުދަ...

24 މާޗް

March 24, 2017 49
މާޗު 27: އެންމެ ބޮޑު އިމްތިހާނަށް ތައްޔާރުވަނީ!

ރާއްޖޭގެ ސިޔާސީ މަސްރަހު މި އޮތީ އެންމެ މީހެއްގެ ވޯޓަށް އަމާޒު ވެފަ އެވެ. އަންނަ ހޯމަ ދުވަހު ނަގާ އެ ވޯޓު ވެގެން މިދަނީ، މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ހިނގައިދާނެ ވޯޓަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ސަރުކާރަށް ނާކާމިޔާބު ވެއްޖެ ނަމަ، އެއީ މި ސަރުކާރަށް...

21 މާޗް

March 21, 2017 21
އެންމެންގެ ޒިންމާއެއް ވެސް ވޭ! އެ އަދާކުރަމާ!

އައްޑޫގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ދުވަހަކަށް އިރު އަރައިފައި އޮއްސޭ އިރު، ހަތަރު ފަސް އެކްސިޑެންޓް ނުހިނގާ ދުވަހެއް ނާދެ އެވެ. އެތައް ބައެއްގެ ފުރާނަ ގެއްލި، ބައެއް މީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް އެކްސިޑެންޓްތަކުގައި އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި...

20 މާޗް

March 20, 2017 17
މިފްކޯއަށް އަލުން ހިންދެމިލެވޭނެތަ؟

ރާއްޖޭގެ އެންމެ ބޮޑު މަސް ކުންފުނި، މިފްކޯ ދާދިފަހުން ބަނގުރޫޓުވި ވާހަކަ އަޑުއިވުމުން ގިނަ ބަޔަކު ހައިރާންވި އެވެ. ދުވާލަކު 50 ޓަނުގެ މަސް ދަޅުގައި ބަންދުކުރެވޭ ކާރުޚާނާ ހުއްޓި، ކޫއްޑޫ އާއި ކަނޑުއޮތްގިރީގައި ދުވާލަކު އެތައް ސަތޭކަ ޓަނުގެ މަސް ގަނެ ރައްކާކުރަން ހަދާފައިވާ ބޮޑެތި ގުދަންތައް ފަޅުވެ، ކުންފުނި ބަނގުރޫޓުވި އަސްލު...

19 މާޗް

March 19, 2017 21
ހުކުމެއް ނެތި، ވާނުވާ ނޭނގި ޖަލުގައި: އަނިޔާއެއް

ހައްޔަރުކުރީ ބޮޑެތި ކުށްތަކެއްގެ ތުހުމަތުގަ އެވެ. މީހުން މެރުމާއި މަސްތުވާތަކެތި އެތެރެކުރުން ފަދަ ބޮޑެތި ޖަރީމާތަކެވެ. އެކަމަކު ޖަލުގައި ތިބޭތާ ތިން އަހަރު، ހަތަރު އަހަރު، އަދި ފަސް އަހަރު ފާއިތުވެގެން އެ ދަނީ ހުކުމެއް ނައިހެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކުށެއް ސާބިތު ނުވެ އެވެ.

17 މާޗް

March 17, 2017 11
އިންފްލުއެންޒާ ވެކްސިނާއި ބޭހާއި މާސްކް އަދި ޓެސްޓްތައް

ވެކްސިން އަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެއީ އެ ރައްކާކޮށް ބެލެހެއްޓުމުގައްޔާއި އެއްތަނުން އަނެއްތަނަށް އުފުލައި ހެދުމުގައްޔާއި އަދި ނައްތާލުމުގައި ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ...

March 17, 2017 17
ކާށިދޫގައި މުސަޅަށް ވުރެ ކަންޒު ކަހަނބު ކުރީގައި

ތާރީޚީ ހެކިތަކަށް ބަލާއިރު، ކާށިދޫގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށި އިރު ވެސް އެ ރަށުގައި ކަންޒު ކަހަނބު އުޅޭނެ ކަމަށް ބެލެވެ އެވެ. މި ރަށުގައި މީހުން...

16 މާޗް

March 16, 2017 136
މިހިރީ ފ. ގައި، ވިއްކާލަން އުޅޭހެން ހީ ވެސް ނުވޭ!

އެއް އަތޮޅެއްގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަކީ އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ ނިސްބަތުން ބެއްޔަސް، އެއީ ތާރީޚީ ކަމެކެވެ. އެއީ މުޅި ރާއްޖެ އަށް، ވަކިން ޚާއްސަކޮށް އެ އަތޮޅެއްގެ ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުވެ އާމްދަނީ ލިބޭނެ މަގުތައް ތަނަވަސް ވާނެ ކަމެކެވެ.

15 މާޗް

March 15, 2017 16
އިންފުލުއެންޒާ ވައިރަހާއި އޭގެ ހަގީގަތް

އިންފުލުއެންޒާ އަކީ ތިން މެންބަރެއްގެ މައްޗަށް ބިނާވެގެންވާ އާއިލާއެކެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ވައިރަސް ބީ އަދި ވައިރަސް ސީ އެވެ. މިދެންނެވި ތިން މެންބަރުން...

March 15, 2017 60
މިއީ ރައީސް ޔާމީނާއި މައުމޫންގެ ކުރިމަތިލެއްވުމެއް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާއެކު، ޝައުގުވެރި އެތައް ބަދަލެއް ސިޔާސީ މަސްރަހުން ފެނުން އެކަށީގެންވެ އެވެ. ފޯރީގައި ހިނގާ އެ...

14 މާޗް

March 14, 2017 70
އާދައިގެ ރޯގާ ކުއްލިއަކަށް ނުރައްކާވެ ހުސް ޝަކުވާ

އިއްޔެ ރޭ އިރާކޮޅުން ފެށިގެން ފެތުރެން ފެށީ ރާއްޖޭގައި އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ޖެހިގެން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަ ވާހަކަ އެވެ. މި އަޑުތަކާ އެކު އާންމުންގެ ކަންބޮޑުވުން އިތުރުވެ ނޫސްވެރިން މަސައްކަތް ފެށީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހޮސްޕިޓަލްތަކަށް ގުޅައިގެން ހަގީގަތް ހޯދާށެވެ؛ މައުލޫމާތެއް...

13 މާޗް

March 13, 2017 27
ސިނގިރޭޓްގެ އާ ޑިއުޓީ: ނަތީޖާ ހާސިލްވެދާނެބާ؟

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ އެއް ފިހާރައިގެ ދޮރުމަތީގައި ދާދިފަހުން ކޮންމެ ދުވަހަކުހެން ގިނަ އަދަދެއްގެ ބަޔަކު ދިގު...

March 13, 2017 84
ފަރަޝްގެ ރުއިމާއި އަހަރެމެން ދަސްކުރަންވީ ފިލާވަޅު

އެއް ގޮތަކުން ބަލާ އިރު، މިއީ ކުރަން ޖެހޭ ސުވާލެއް ވެސް ނޫނެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލްގައި ވާދަކުރާ މި ބައިވެރިޔާއާ ބެހޭގޮތުން މީހުން ދައްކާ ވާހަކަތައް ވަރަށް ގިނަވެއްޖެ...

12 މާޗް

March 12, 2017 115
ސައޫދީ އެމްބަސީގެ ބަޔާނުން ފަހުމުވީ ކޮން އެއްޗެއް؟

ފ. އަތޮޅުގައި ހިންގާ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން، ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން މިދިޔަ ހުކުރުދުވަހު ނެރުނު ބަޔާނާ އެކު އާ ބަހުސެއް ފެށިއްޖެ އެވެ. އެއް ބަޔަކު އާ މައުލޫއެއް ނެގި އެވެ؛ ބައެއް މީހުން "އެހެންވިއްޔާ ރައީސް ޔާމީން އިތުރުފުޅު ހެއްދެވީ ނޫން ހެއްޔޭ؟" އޭ ބުންޏެވެ. އަނެއް ބަޔަކު ބުނަނީ ސައުދީ ސަރުކާރުން...