01 މާޗް

March 01, 2020
ފަސޭހައިން ބެޓެރި ބަދަލުކުރެވޭގޮތަށް ފޯނު ހެދޭތޯ ބަލަނީ

ސްމާޓްފޯނުތައް ބޭނުންކުރާ މީހުންނަށް، ފޯނުގެ ބެޓެރީ ބަދަލުކުރެވުނު ޒަމާނެއް ވެސް މާޒީވެ ހިނގައްޖެ އެވެ. ސްމާޓްފޯނުތަކުގައި ޒަމާނީ ސިފަ ޖައްސަން ޖެހިގެން، މިހާރު ފޯނުތައް އުފައްދަނީ، ޚާއްސަ އިލްމެއް ލިބިފައި ހުރި މީހަކަށް ނޫނީ ބެޓެރީ ބަދަލުނުކުރެވޭ ގޮތަށެވެ. ނަމަވެސް، މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ފޯނުގެ ބެޓެރީ...

29 ފެބުރުއަރީ

February 29, 2020
އެޕަލް އިން އެންމެ ފަހުން އިންޑިއާގައި ފިހާރަ ހަދަނީ

އެޕަލްގެ އުފެއްދުންތަކަށް ބޮޑު މާކެޓެއް އޮންނަ އިންޑިއާގައި އެ ކުންފުނީގެ ފިހާރައެއް ފުރަތަމަ ފަހަރަށް ހުޅުވަން ނިންމައިފި އެވެ.

28 ފެބުރުއަރީ

February 28, 2020
ވައިރަހާ ހެދި ސެމްސަންގް ފަތްޖެހި ފޯނު ފެކްޓަރީ ބަންދު

ސެމްސަންގުން ސައުތު ކޮރެއާގައި ހިންގާ ބައެއް ފެކްޓަރީތައް ބަންދުކުރަން ޖެހިއްޖެ އެވެ. މިއީ އެ ގައުމުގައި ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް އެ...

February 28, 2020 2
މައިކްރޮސޮފްޓް އެޖް ރައްކާތެރިއެއް ނޫން

މައިކްރޮސޮފްޓުން އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށްލައިފި އެވެ. އިންޓަނެޓް އެކްސްޕްލޯރާ ދޫކޮށްލައި، މައިކްރޮސޮފްޓް އެޖް ބްރައުޒާ އަށް ބަދަލުވުމަށް، އެ ކުންފުނީގެ އުފެއްދުންތައް...

26 ފެބުރުއަރީ

February 26, 2020
5ޖީ ނެޓްވޯކުން ސިއްހަތަށް ނުރައްކަލެއް ނެތް

އިންޓަނެޓްގެ އިންގިލާބީ 5ޖީ ހިދުމަތް އާންމުވާން ފެށުމާ އެކު ބައެއް ގައުމުތަކުން އެންމެ ކަންބޮޑުވާން ފެށި އެއް ކަމަކީ މި ނެޓްވޯކްގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނުރައްކާވެދާނެތީ އެވެ. އަދި މިކަމާ ގުޅުވައިގެން އެކިއެކި ދިމަދިމާލުން އެކި ކަހަލަ ތިއަރީތައް ވެސް ނެރެފައިވެ އެވެ.

25 ފެބުރުއަރީ

February 25, 2020 1
ސެމްސަންގް ގެލަކްސީ ޒީ ފްލިޕް އިންޑިއާ އިން ހުސްވެއްޖެ

ސެމްސަންގުން ފޯނެއް ފަތްޖަހަން ކުރި މަސައްކަތްތަކުން މި ހިސާބަށް އާދެވިފައި ވާއިރު، ތާއީދުކުރާ މީހުންނަށް ފެންނަން އޮތް ފޯނަކީ "ގެލަކްސީ ޒީ ފްލިޕް" އެވެ. މިއީ ސްކްރީނުގެ މެދުން ދެ ފަތްޖަހާލައި، ލައްޕާލުމަށް ފަހު ޖީބަށް ލެވޭ ވަރަށް ކުޑަކޮށްލެވޭ ފޯނެކެވެ.

24 ފެބުރުއަރީ

February 24, 2020 3
ބަރަހަނާ މަންޒަރުތައް ރައްކާނުކުރެވޭ ފޯނެއް

ބަލާބެލުމަށާއި މި ފޯނުގައި ހިމެނޭ މައިގަނޑު ފީޗާތަކާ އެކު ޖަޕާނުގެ ޓޯން އީ20 އަކީ، އެންމެ މި ޒަމާނުގެ ސްމާޓްފޯނުތަކަށް ލޯބިކުރާ މީހުން އެހާ ގަޔާވާ އެއްޗަކަށް ނުވެދާނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން ބަލައިފި ނަމަ މިއީ ވަރަށް ގިނަ ބަޔަކު ރުހޭ މޮޑެލަކަށް ވެދާނެ އެވެ.

23 ފެބުރުއަރީ

February 23, 2020
ފޭސްބުކަށް އަޑު ދީގެން 5 ޑޮލަރު

ފޭސްބުކްގެ ސްޕީޗް ރިކޮގްނިޝަން ޓެކްނޮލޮޖީ ތަރައްގީކުރަން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން 5 ޑޮލަރު ހޯދިދާނެ ފުރުސަތެއް ހުޅުވާލައިފި އެވެ.

February 23, 2020 1
ސެމްސަންގުން ފޮނުވި ނޮޓިފިކޭޝަނަކުން ބިރުވެރިކަން

އެންޑްރޮއިޑް 10 އަކީ ގޫގުލް އިން މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ކަމަށް ބުނާ އަޑު އިވެ އެވެ. އެ ބުނާ ބާރުގަދަކަމެއް ނުވަތަ މޮޅުކަމެއް...

22 ފެބުރުއަރީ

February 22, 2020 1
އެންޑްރޮއިޑް 11: ފޯނުގެ ފަހަތުގައި ދެ ޓަކި ޖަހާލާ

އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ ގިނަ ބަޔަކު އަދި ވެސް އެންޑްރޮއިޑް 10 އަށް ބަދަލެއް ނުވެ އެވެ. މިއީ މުޅިން ވާނެ ކަމެއް ވެސް ނޫނެވެ. އެއީ އެންޑްރޮއިޑް 10 ހިންގޭހާ ފެންވަރު، ހުރިހާ ފޯނެއްގައި ނެތުމެމެވެ. ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑް އާއިލާގައި ކުރަ އަށް ދެން އޮތީ އެންޑްރޮއިޑް 11 އެވެ.

21 ފެބުރުއަރީ

February 21, 2020
ކޮވިޑް-19 އާ ހެދި "އައިފޯން 9" ނެރުން ލަސްވެދާނެ

އެޕަލް އިން ނެރެން ނިންމާފައިވާ އަގުހެޔޮ އަދި ސައިޒްގެ ގޮތުން ކުޑަ މެދުފަންތީގެ އައިފޯން ކުރިން ނެރެން އޮތް މުއްދަތުގައި ނުނެރެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

February 21, 2020
ބެލެނިވެރިންނަށް ޓިކްޓޮކް ކޮންޓްރޯލްކުރެވޭ ގޮތް ހަދައިފި

ޓިކްޓޮކް ބޭނުންކުރާ މީހުންގެ ރައްކާތެރި ކަމަށް ހާއްސަކޮށްގެން އާ ފީޗާތަކެއް ހިމަނައިފި އެވެ.

20 ފެބުރުއަރީ

February 20, 2020 1
ކަޓް، ކޮޕީ އަދި ޕޭސްޓް އީޖާދުކުރި މީހާ މަރުވެއްޖެ

ކޮމްޕިއުޓަރުން އެންމެ ފަސޭހަކޮށްދޭ އެއް ކަމަކީ ކަޓް، ކޮޕީ އަދި ޕޭސްޓްކުރުމެވެ. މިއީ އެތައް ބައެއްގެ މަސައްކަތްތަކަށް ލުއިކަން ގެނެސްދިން ވަރަށް ފަސޭހަ އުކުޅެކެވެ. މިކަމުގެ ފަހަތުގައި ހުރި މީހާ އަށް ހައްގުވާ ޝުކުރާ އެކު، އޮތީ ވަރަށް ހިތާމަވެރި ޚަބަރެކެވެ.

19 ފެބުރުއަރީ

February 19, 2020
ވޯޑް، އެކްސެލް އަދި ޕަވަޕޮއިންޓް އެއް އެޕްލިކޭޝަނަކަށް

އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި ބޭނުންކުރެވޭ ގޮތަށް، މައިކްރޮސޮފްޓް އޮފީސް ޕެކޭޖްގައި ހިމެނޭ އެންމެ ބާރުގަދަ ތިން އެޕްލިކޭޝަން، ވޯޑް، އެކްސެލް އަދި ޕަވާޕޮއިންޓް އެއްކޮށްލައި އަދި އެއް އެޕްލިކޭޝަނަކަށް ހަދައި އާންމުކޮށްފި އެވެ.

18 ފެބުރުއަރީ

February 18, 2020 7
ސަަރުކާރުގެ އީމެއިލް ޕާސްވޯޑްތަކެއް ލީކުކޮށްލައިފި

ސަރުކާރުގެ އެތަައް ސަތޭކަ މެއިލެއްގެ ޕާސްވޯޑް ހެކަރުންތަކެއް ލީކުކޮށްލައިފި އެވެ.

17 ފެބުރުއަރީ

February 17, 2020
5ޖީ އައިފޯނުތަކަށް އެޕަލްގެ އަމިއްލަ އެންޓަނާ

އެޕަލް އިން މި އަހަރު 5ޖީ އައިފޯނެއް ނެރޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެންމެ ފޯނަކަށް ވުރެ ގިނައިންނެވެ. އެޕަލް އިން 5ޖީ އައިފޯނެއް އުފައްއްދާކަން އިއުލާންނުކުރި ނަމަވެސް، ކުރަމުންދާ ވިޔަފާރި މުއާމަލާތަށް ބަލާއިރު، 5ޖީ އައިފޯނަކާ ދިމާ އަށް ދާތީ އެބަ ފެނެ އެވެ.

15 ފެބުރުއަރީ

February 15, 2020
ސެމްސަންގުގެ ފަތްޖެހޭ އާ ފޯނު ބާޒާރަށް

ދެކުނު ކޮރެއާގެ ސެމްސަންގުން މިދިޔަ އަހަރު ނެރުނު ފަތްޖެހި ފޯން "ގެލެކްސީ ފޯލްޑް" އަށް ފަހު، އެ ކުންފުނިން ތައްޔާރުކުރި ފަތްޖެހޭ އާ ފޯނު "ގެލެކްސީ ޒީ ފްލިޕް" ހުކުރު ދުވަހު ބައެއް...

February 15, 2020
ގޫގުލް ޕްލޭ ސްޓޯރުގެ ނުފޫޒު ނައްތާލަން ތެދުވެއްޖެ

ގޫގުލް ޕްލޭ ސްޓޯރުގައި އެކައުންޓެއް ހުޅުވަން 25 ޑޮލަރު ދައްކަން ޖެހެ އެވެ. މި ކަމަށް ދެން އިތުރު އަގެއް ނުނަގަ އެވެ. ޕްލޭ ސްޓޯރުގައި "ފްރީ އެޕްލިކޭޝަން"ތައް ހިލޭ ބެހެއްޓެ އެވެ....

13 ފެބުރުއަރީ

February 13, 2020
އައިފޯންގައި ހިއްސާވާ ކުންފުނިން މާސްކް އުފައްދަނީ

އެމެރިކާގެ އެޕަލް ކުންފުންޏާ ގުޅިގެން އައިފޯން އުފެއްދުމުގައި ހިއްސާވާ ޓައިވާނުގެ ކުންފުނި ފޮކްސްކޮން އިން މާސްކް އުފެއްދުމުގެ މަސައްކަތް ފަށައި އެވެެ.

February 13, 2020 2
ވައިރަހާ ހެދި ޗައިނާގައި އައިފޯން އުފެއްދޭ ގޮތްނުވެފައި

ކޮވިޑް-19ގެ ނަން ދީފައިވާ ކޮރޯނާވައިރަހުގެ ނުރައްކަލާ ހެދި ޗައިނާގެ އެތައް ފެކްޓަރީއެއްގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި ވާތީ ޗައިނާ ނޫން ގައުމެއްގައި އެޕަލް އަށް އައިފޯން...

12 ފެބުރުއަރީ

February 12, 2020
ކޮރޯނާވައިރަހުން ރައްކާތެރިވާން ހާއްސަ އެޕެއް

ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދުމަށް ހާއްސަ މޮބައިލް އެޕެއް ޗައިނާގައި ބޭނުންކުރަން ފަށައިފި އެވެ.

11 ފެބުރުއަރީ

February 11, 2020 2
އެޕަލް އިން އިންޓެލް ޗިޕްތައް ދޫކޮށްލަނީ

އެޕަލް މެކް ކޮމްޕިއުޓަރުތަކުގައި މިހާރު ބޭނުންކުރަނީ އިންޓެލް ޗިޕްތަކެވެ. ނަމަވެސް، އިންޓެލް ޗިޕްތައް ދޫކޮށް އެޕަލް އިން އޭއެމްޑީ ޗިޕްތަކަށް ބަދަލުވާން އުޅޭ ނިޝާންތަކެއް އެބަ ފެނެ...

February 11, 2020 2
ނުވަ އަހަރުގެ ކުއްޖަކު ބުލީއާ ދެކޮޅު އެޕެއް ހަދައިފި

ބުލީއާ ކުރިމަތިލާން ޖެހިފައިވާ ކުދިންނަށް ހާއްސަކޮށްގެން، އިންޑިއާގެ އެންމެ ނުވަ އަހަރުގެ އަންހެން ކުއްޖަކު މޮބައިލް އެޕެއް ހަދައިފި އެވެ.

09 ފެބުރުއަރީ

February 09, 2020 3
ކުރީގެ އައިފޯނުތައް ލަސްކުރާތީ އެޕަލް ޖޫރިމަނާކޮށްފި

އަލަށް އައިފޯނެއް ބާޒާރަށް ނެރުމަށް ފަހު ކުރީގެ މޮޑެލްތަކުގެ ސްޕީޑް ލަސްކުރުވާތީ ފްރާންސްގެ ކަމާބެހޭ އިދާރާ އިން 25 މިލިއަން ޔޫރޯ (27 މިލިއަން ޑޮލަރު) އިން އެޕަލް ޖޫރިމަނާކޮށްފި އެވެ.

February 09, 2020 1
މައިކްރޮސޮފްޓް ސާފަސް ޑުއޯ: ދެން ލަހެއް ނުވާނެ

މައިކްރޮސޮފްޓުން "ސާފަސް ޑުއޯ"ގެ ނަމުގައި ޑިވައިސްއެއް ނެރެން އުޅޭ ކަމަށް ބުނެ ވާހަކަދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ބުނުން މިހާރު ހަގީގަތަކާ ހަމަ އަށް ފޯރައިފި ކަމަށް އެބަ...

February 09, 2020 6
އިންޓަނެޓްގެ އަގު އެންމެ ބޮޑީ އެފްރިކާގެ ގައުމުތަކުގައި

ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ރައްޔިތުންގެ އާމްދަނީގެ ނިސްބަތުން އިންޓަނެޓްގެ ހިދުމަތަށް އެންމެ ބޮޑު ހަދަރެއްކުރަނީ އެފްރިކާގެ ގައުމުތަކުން ކަމަށް...

08 ފެބުރުއަރީ

February 08, 2020
ޑްރައިވަރަކާ ނުލައި ޑެލިވަރީކޮށްދޭ ވޭނެއް

ޑެލީވަރީގެ ހިދުމަތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ، އިންސާނަކާ ނުލައި ދުއްވާ ކުޑަ ވޭނެއް މަގުތަކުގައި ޓެސްޓްކުރުމުގެ ހުއްދަ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދީފި އެވެ.

06 ފެބުރުއަރީ

February 06, 2020
ގެލަކްސީ އެސް20، ހަމަ ކަށަވަރު

ސެމްސަންގުން އުފައްދާ ބާރުގަދަ ފޯނުތަކަކީ ކޮބައިތޯ އަހައިފި ނަމަ، ބުނެވުން ގާތީ ގެލަކްސީ ނޯޓް އަދި ގެލަކްސީ އެސް" މަކުރާގެ ކޮންމެވެސް ފޯނެއްގެ ނަމެވެ. މިސާލަކަށް ގެލަކްސީ ނޯޓް 10...

February 06, 2020 2
ގޫގުލް އެޕްތައް ދެން ބޭނުމެއް ނުކުރާނަން: ވާވޭ

ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް އަކީ ސްމާޓްފޯން މާކެޓަށް މިލިއަނުން ފޯނު ނެރޭ ކުންފުންޏެކެވެ. ވާވޭ ފޯނުތައް ހިންގަނީ ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑް އިން ނެވެ....