ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޑްރިލް. ބަތަލާ އައިލެންޑްގައި ހުރި ޓޫރިސްޓެއްގެ ގައިން އަލާމާތްތައްް ފެނުމުން އެރަށް ވަނީ ކަރަންޓީނުކޮށްފައި. ފައިލް ފޮޓޯ/މިހާރު
08 މާޗް 2020 - 10:34
ސޭޑީޒް ބަތަލާ އައިލެންޑްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްްތަކެއް ފެނުމާ ގުޅިގެން، އޭނާގެ ޓެސްޓުތައް ހެދުމަށާއި މޮނިޓާ ކުރުމަށްޓަކައި އެ ރިސޯޓަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ، އއ. ބަތަލާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަަމުން އައި އިޓަލީގެ ޓޫރިސްޓު މީހާގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައްް ފެނުމުން އޭނާ ޓެސްޓް ކުރުމާއި މޮނިޓާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމާ ބެހޭ އިތުރު މައުލޫމާތު ފަހުން ދޭނެ ކަމަށެވެ.
އެކި ގައުމުތަކުގައި ހަލުވިކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭ އިން ވެސް ފެނިފައިވާ ކަން ސަރުކާރުން ރޭ ވަނީ އިއުލާންކޮށްފަ އެވެ. އެ ވައިރަސް ފެނުނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މީހެއްގެ ގައިންނެވެ.
އެ ދެ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ޖެހުނީ، އެ ރިސޯޓަށް ދިޔަ އިޓަލީ ޓޫރިސްޓަކު އެނބުރި ގައުމަށް ދިޔަ ފަހުން، އެ ބައްޔަށް އޭނާ ޕޮޒިޓިވް ވެފައިވާކަން ރިސޯޓަށް އެންގުމުންނެވެ. އެ މީހާ އެކަން ރިސޯޓަށް އެންގީ އަމިއްލަ އަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ ބިދޭސީން މިހާރު ތިބީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިމެނޭ ކުރީގެ ފަރުކޮޅުފޮށީގައި ކަރަންޓީންކޮށްފަ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޕޮޒިޓިވްވި ދެ މީހުންނާ ބައްދަލުވި މީހުން ދެނެގަނެ، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން ފެނިގެން ސަމާ އައިލެންޑް ރިސޯޓް ވެސް އިއްޔެ ކަރަންޓީނު ކުރި އެވެ. އެކަމަކު އެރަށުން ޓެސްޓްކުރި ހަތް މީހުން ވެސް ބައްްޔަށް ނެގެޓިވް ވުމުން މިހާރު އެ ރަށް ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިންޓޮން
09 March 2020
އދ.ހަންޏާމީދޫއަކީ ކޮންމެދުވަހަކު ބަތަލާ ރިސޯޓުން މީހުން އައިސް ގޮސްވާ ރަށެއް. ހަންޏާމީދޫވެސް އެބަޖެހޭ މޮނިޓަރ ކުރަން.
ޕީޓާ
08 March 2020
ޥަޓު ގޯސް އަރައުންޑް ކަމްސް އަރައުންޑު. މީ ރިއަލިޓީ . ފަރު ދީ ޒިއްމާ ނެގުން މުހިއްމު . ކޮއްމެމީހެއް ފަހަތުގަ ޑަކްޓަރެއް ނުބެހެއްޓޭނެ އެއްވެސް ގައުމަކަށް
އަހޫ
08 March 2020
އޭނާ ކިހާ ރަގަޅު އޭނަ ނޭންގިނަމަ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު
ޑޮކްޓަރު
08 March 2020
އެބުނަނީ ދޯ އި ދިކޮޅަށް ކޮރޯނާ ޖައްސާފައޭ އިންތިޚާބުވެސް ކާމިޔާބުކުރާނީ
އައްޕަ
08 March 2020
އަސްލުގައި މުގުނީ ބުނީ އިދިކޮޅު ކޮރޯނާގައި ޖެހިފައި ތިއްބާ ތިމަންނާމެން އިންތިޚާބު ކާމިޔާބު ކުރާ ނަމޭ. އެއީ ބަލި ޖައްސާ ވާހަކައެއް ނޫން.
ނަފީސާ
08 March 2020
ހެޔޮ ނުވާނެ މި ވަގުތަށް ވައިރަސް އުޅޭ ޤައުމު ތަކުން އަންނަ ފްލައިޓްގެ އެންމެން 14ދުވަހަށް ކަރަންޓީން ކުރަންވީ ނޫންތޯ. އޭގެ ފަހުން އެމީހުންގެ ގައިން ބަލީގެ އަލާމާތް ނުފެނިއްޖެއްޔާ އެމީހުން ދޫކުރަން ފެނޭ. އަދި ވައިރަސް ގަދައަށް އުޅެ ޤައުމުތަކުން މީހުން އެތެރެވުން ހުއްޓާލަ ބަލަ. މި ކުޑަ ޤައުމުގެ ރައްޔިތުންގެ ސިއްޙަތު މުހިންމު ނޫންތޯ ތި ލިބޭ ޑޮލަރު ކޮޅަށްވުރެން
ސަންޕަދަރި
08 March 2020
ލޮލްސް ބޭނުންވަނީ ޑޮލަރު. އެޑޮލަރާ އެކު ކޮރޯނާ ޖެހި ޑޮލަރު ކޮޅާއެކު ކައްވަޅަށް ދާންޖެހުނަސް ލޮލްސް އަށް އޯކޭތޯ? ދުނިޔޭގަ ހުރިއްޔާ މަސައްކަތް ކުރާނަމަ މާދަންވެސް ޑޮލަރު ލިބޭނެ ލޮލްސް. ފުރަތަމަ ރައްކާތެރިކަން (ފުރާނަ)
ރަބަރު
08 March 2020
ރާއްޖެއަށް ތި ބަލި އައުން މަނާކުރެވެން އޮތްވާ މަނާނުކުރުމުގެ ނަތީޖާ ތިފެންނަނީ. ޠާޢޫން ފެތުރިއްޖެ ތާކުން ބޭރަށް ނުދާށޭ އަދި އެހެންތާކުން އެތަނަށް މީހުން ނައަންނާށޭ. މިއީ ރަސޫލް ޞައްލައް ﷲ ޢަލައި ވަސައްލަމަ ގެ އިރުޝާދު މިކަން ނޭގޭ އެކަކުވެސް މިގައުމުގައި ހުންނާނެހެން ހީނުވޭ. އެކަމަކު މިއަށް ބީރުކަންފަތެއް ދީގެން ޑޮލަރު ޑޮލަރު ކިޔުމުން މިހެންވާނެކަން އެނގޭ.
ގދސސ
08 March 2020
އިޓަލީ މީހުންނަށް ނާދެވޭ ގޮތަށް ހަދަން ވެއްޖެ އެއްނުން. އިޓަލީ އަކީ މެއިން ލޭންޑް ޗައިނާ ފިޔަވާ އެއްމެ ގިނަ މީހުން އިންފެއްޓް ވި ގައުމު. އަދި އެއްމެ ގިނަ މީ*ހުން މަރުވީ ވެސް އިޓަލީގަ.
އަލްް
08 March 2020
ސާބަހޭ އެކަމަކު ބުނަން. ހަބަރު ރަނގަޅަށް އެބަ ކިޔަންތަ؟ އިޓަލީ ފަތުރުވެރިން އައުން މަނާ ކޮށްފައިވަނީ މީގެ 2 ދުވަސް ކުރިން
ކަރުކެހި
08 March 2020
މިހެން ވާންޖެހުނީ ސަރުކާރުގެ ދޯހަޅިކަމުން އަދިވެސް ގެސްޓުން ރާއްޖެޔައް އެތެެރެކުރެވޭތޯ ބަލާ މިއަދު މިކަމުގެޒިންމާ ނަގަންޖެހެނީ ކޮންފަރާތަކުން
ލޮލްސް
08 March 2020
ގެސްޓުން އައުން ހުއްޓުވައިފިނަމަ، ރާއްޖެއަށް ޑޮލަރު ވަންނާނީ ކޮންތާކުން؟ ލޮލްސް! ގަމާރު ކޮމެންޓް ނުކޮށްބަލަ.
ާއުނިމާ
08 March 2020
މޮނިޓޮރިން މެކޭނިޒަމް ބަލިކަށީ، އަދި ކުރަންވެސް ނޭންގެނީ، އެކޮނޮމީއަށް ބަލަބަލާ ހުއްޓާ މީހުންކޮޅާމެދު ވާނެގޮތަކާމެދު ވިސްނިންތޯ
ކަރުކެހިފަ ޖަހާކުޅު
08 March 2020
މުތުލަގަށް މިކަމުގެޒިންމާ ނަގަންޖެހޭނީ ޗައިނާ.
ޝޭޑް
08 March 2020
ޑޮލަރުވަނީމަ ނިމުނީ ދޯ! ބަލި ފެތުރި ދިވެހިންގެ ފުރާނައަށް ނުރައްކާވާއިރުވެސް ޑޮލަރު ޑޮލަރު! ކާން ނުލިބި ބަނޑަށް މަރުވުންވެސް ތިޔަ ވައިރަސް ޖެހިގެން އެ ވޭނުގައި މަރުވުމަށްވުރެ ރަނގަޅުކަމަށް ފެނޭ!
މޯޑް
08 March 2020
އިޓަލީގަ ހަލުވިކަމާ އެކު ކޮރޯނާ ފެތުރެންފެށީމަ ވެސް ނޭގުނު އިޓަލީ މީހުން އައުން މަނާކުރާކަށް. ދެން ތި އެއާރފޯޓްގަ ތި ކުރާ ސުކުރީނަކުން ވާކަމެއް ނެތް. އެހެންތާ ވާނި އެތާ ކެމެރާ އަޅުވައިގެން ތިބެނި ފަޔަރުކުދިން އެކުދިންގެ އެފަދަ ކަމަކަށް ތަށްޔާރުކޮށްފަތޯ ތިބެނި ހިތަށްއަރާ.