ޚަބަރު / ރައްޔިތުންގެ މަޖިލިސް

ގާނޫނުއަސާސީ އިސްލާހު ކުރުން އަވަސްކުރަން މައިނޯރިޓީ ލީޑަރުގެ ޖަވާބެއްގެ އިންތިޒާރުގައި

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރޭ ފާސްކުރި ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސް ކުރުން އަވަސް ކުރުމާ ގުޅޭގޮތުން މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ލަފަޔަކަށް އެދިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން ކޮމިޓީން ފާސްކުރާ ރިޕޯޓާ މެދު ބަހުސް ކުރެވޭނީ އެ ރިޕޯޓް ފާސްކޮށް، މެމްބަރުންނަށް ފޮނުވާތާ ތިން ދުވަސް ފަހުންނެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެކަމަށް އެއްބަސްވެވަޑައިގަންނަވާ ނަމަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރުން އަވަސް ކުރުމާ ގުޅޭގޮތުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި މައިނޯރިޓީ ލީޑަރު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ސަލީމާ ރޭ މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.

އިދިކޮޅު މެމްބަރުންނާ ވާހަކަ ދެއްކެވުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށް ސަލީމް ވިދާޅުވި ކަމަށާއި އެ ޖަވާބު މިއަދުގެ ޖަލްސާގައި ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް ހަތަރެއްގައި ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، ކޮވިޑް-19 ގެ ބިރުވެރިކަމާ ގުޅިގެން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. އެކަމަކު، މިހާރު ތިބި ކައުންސިލަރުންގެ ތިން އަހަރުގެ ދައުރު އަންނަ ޖޫން މަހުގެ ތިނަކަށް ހަމަވާތީ އޭގެ ކުރިން ގާނޫނުއަސާސީ އިސްލާހުކޮށް، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތް ހަދަންޖެހެ އެވެ.

Supreme court ge lafayaa ehgothah gaanoonu asaaseege 231 vana maahdhaa islahukuran hushahalhaifi

Supreme court ge lafayaa ehgothah gaanoonu asaaseege 231 vana maahdhaa islahukuran hushahalhaifi

The most trusted news source in the Maldives

Mihaaru

ގާނޫނު އަސާސީ އިސްލާހު ކުރަން މުޅި މަޖިލީހުގެ ކޮމެޓީން ފާސްކުރުން

ސުޕްރީމް ކޯޓުގެ ލަފައާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުއްވީ، އާޒިމެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ސަރުކާރުން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ފޮނުވާފައިވާ ބިލަށެވެ. އެ ބިލަށް އަލުން އިސްލާހު ހުށަހަޅަން ޖެހުނީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބަލާއިރު ވެސް މަގްސަދު ހާސިލް ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައި ވާތީ އެވެ.

އާޒިމް ހުށަހެޅުއްވީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އަށް ދެ އަަކުރެއް އިތުރު ކުރުމަށެވެ. އެއީ ކައުންސިލްތަކުގައި ހިމެނޭނީ ދާއިރާގެ ރައްޔިތުންް އިންތިހާބުކުރާ މެމްބަރުން ކަމަށް ބުނެފައިވާ އެ މާއްދާގެ (ނ) އަށް އިސްތިސްނާއެެއް ދޭ ދެ މާއްދާ އެވެ. އެގޮތުން، އިތުރު ކުރަން ހުށަހެޅި ފުރަތަމަ މާއްދާގައި ބުނެފަައި ވަނީ ކައުންސިލް އިންތިހާބު ބާއްވައި މެމްބަރުން ހުވާކުރަންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ދެމިތިބޭނެ ކަމަށެވެ. ދެވަނަ މާއްދާގައި ބުނަނީ އެގޮތަށް މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނީ ރައްޔިޔުންގެ މަޖިލީހުން އެކަމަށް ފާސްކުރާ ގާނޫނަކާ އެއްގޮތަށް ކަމަށެވެ.

އާޒިމްގެ އިސްލާހުގެ ދެވަނަ މާއްދާގައި ބުނާ ގާނޫނު މިހާރު ވަނީ ފާސްކޮށް ތަސްދީގު ކޮށްފަ އެވެ. އެއީ ކައުންސިލް އިންތިހާބު ލަސްކުރަން ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ސަންސެޓް ގާނޫނެވެ.

ސުޕްރީމް ކޯޓުގެ ލަފައަކަށް މަޖިލީހުން އެދުނީ ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރުގެ މުއްދަތު ކަނޑައަޅާފައިވާ މާއްްދާ އެކަނި ބަދަލުކޮށްފި ނަމަ ގާނޫނު އަސާސީގެ 231 ވަނަ މާއްދާއާ އަރައިރުން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާތީ އެވެ.

ސުޕްރީމް ކޯޓުން ދިން ލަފާގައި ބުނެފައިވަނީ ކައުންސިލަރުންގެ ދައުރު ދަންމަން ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ. މިގޮތުން ގެންނަ އިސްލާހުގައި، މިހާރު ތިބި ކައުންސިލަތުންގެ މަގާމު، އިންތިހާބު ފަސްވިޔަސް ދެމި އޮންނާނެކަން ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ލަފާގައިވެ އެވެ.

7 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 8%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފުލް ކުމާރު

30 May 2020

މަހީކޮށްގެން މިހުންނަނީ މައިނޯރިޓީ ލީޑަރަކީ އަދުރޭކަމަށް.

The name is already taken The name is available. Register?

ފަހުދު

30 May 2020

އުމަރުގެފާނު ވާހަކަފޮތުން މިކަމާގުޅޭ ކޮންމެވެސް ތަންކޮޅެއް ފެނޭތޯބަލާފަ އެއްނޫންތަ އެއްޗެކޭ ބުނެވޭނީ. ހަމަޖެހިބަލަ.

The name is already taken The name is available. Register?

ޔާމީނު

30 May 2020

ބަލަ ދެން ކީއްކުރަން ރައްޔިތުން ވޯޓުލައިގެން އެއްބަޔަކަށް މެޖޯރިޓީ މިދެވުނީ! ޑިމޮކްރަސީވެސް މި ބޭޅާއަށް އޮލެންފަށައިފި!

The name is already taken The name is available. Register?

މޯޑް

30 May 2020

މައިނޯރިޓީ ލީޑަރ އަކީ ނަމެއްގަ ހުންނަ މީހެއް ސިޔާމް މެން އެބުނަނި ފާޅު ގަ ޔާމީނު ދޫކޮށްލީމަ އޭ ވާހަކަ ދެށްކޭނީވެސް. މި މީހުންނަށް ހެޔޮ ފާޓީ ކުދިންކޮޅު ވަޒީފާ ގެއްލި އާއިލާތައް ބިކަވިޔަސް ކިހާ ހެއްވާ. މި މީހުން ގާނޫނު އިސްލާހު ކުރިގޮތް ވެސް ފެނުނޭ އަހަރަމެންނަށް ހެނދުނު ބިލުލައި ރޭގަނޑް ފާސްކުރަނި.

The name is already taken The name is available. Register?

ސަސި

30 May 2020

މި ޖެހުނީ އަނެއްކަންތައް. މީނައަށް ކަމުދާ ހަދީސްއެއް ފެނުނީމަ ޖަވާބެއް ލިބޭނީ

The name is already taken The name is available. Register?

އުމަރުބެ

30 May 2020

ޤާނޫނު އަސާސީގައިވެސް އަދި ޤާނޫނު އަސާސީގައިވާ ރައްޔިތުންގެ ބާބުގައިވެސް ނޮއޮންނާނެ މައިނޯރަޓީގެ ބަހެއް ހޯދުމަށް، އަދި މައިނޯރަޓީ އާއި މެޖޯރިޓީގެ ވާހަކަވެސް ނޮއޮންނާނެ، ތިޔައީ ޤާނޫނު އަސާސީއާއި ދެކޮޅަށް ހިންގާ މަޖިލިހެއް އައި މަޖިލިހުގެ ގަވައިދުވެސް ޤާނޫނު އަސާސީއާއި ހިލާފް

The name is already taken The name is available. Register?

ގެދާނޯމޮސް

30 May 2020

މިކޮވޮޑް 19 އާންމު ހާލަތަކަށް ސަރުކާރުގެ އިޙްމާލުން ގެންދެވިފާވާ ކަމުގެ އެއްމަގުސަދަކަށް ވެފައި ވާކަމަށް ޤަބޫލުކުރެވެނީ އިންތިޚާބު ލަސްކުކުރުމަށް ނެގޭނެ އެޑްވާންޓޭޖް އެއްގެ ގޮތުގައެވެ. ވަރަށްސާފު ކޮށް އެކަން ގެންދިޔައީ ފައުޅުގަ ބުނަމުންނެވެ. މިމާލެޔަށް ނިސްބަތް ކޮށް ދޫކޮށް ނުލާނެކަމާއި މީ މެންބަރުންނަށް ކޮޅު އަނބުރާލުމަށް ލިބިގެންވާ ފުރުސަތެއްކަމަށް އިވިގެން ގޮސްފަވެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454