ޚަބަރު / ކޮވިޑް-19

ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ގަޑިތަކެއްގައި ބޭރުގައި އުޅެވޭނެ: އެޗްޕީއޭ

މާލޭގެ މަގުމަތީގައި ބަޔަކު ދުއްވާފައި ދަނީ.

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭނެ ކަން އެޗްޕީއޭ އިން މިރޭ އިއުލާން ކޮށްފި އެވެ. އެއީ ފަތިހު 5 ން ރޭގަނޑު 10 ޖަހަންދެނެވެ. އޭގެ ފަހުން ބޭރުތެރޭގައި އުޅެވޭނީ ހުއްދަ ލިބިގެންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދޭން ނިންމާފައިވާއިރު، ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6 ން ރޭގަނޑު 9 އާ ދެމެދު ކަމަށެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4-6 އަށެވެ. ހޯމަ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވައިލާނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5 ން ހެނދުނު 8 އަށެވެ.

މީގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ފިހާރަތަައް ވެސް އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާ އެކު ހޯމަ ދުވަހުން ފެށިގެން ހުޅުވޭނެ އެވެ. އެކަމަކު، ކެފޭ/ރެސްޓޯރަންޓުތަކުގައި ދެވޭނީ ޓޭކްއަވޭ/ޑެލިވަރީގެ ޚިދުމަތް އެކަންޏެވެ.

"އަޅުގަނޑުމެން އިރުޝާދު ދެން ހަަމަ ޓޭކްއަވޭ އަށް ވަޑައިގަންނަވާ ބޭފުޅުން ވެސް ވީހާވެސް ފިޒިކަލް ޑިސްޓެންސިން މެޝާސް އާއި ކޮންޓެކްޓް ނުވާނެ ކަހަލަ ހުރިހާ ސޭފްޓީ ޕްކޯޝަންސް ނެންގެވުމަށް،" ޝައިނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގޮތުން ހޯމަ ދުވަހުން ފެށިގެން ބޭރުތެރޭގައި އެއްފަހަރާ ގުރޫޕް ހަދައިގެން އުޅެވޭނީ ތިން މީހުންނަށެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މި ލުޔާއެކު، ފިހާރަތަކުން ވިޔަފާރި ކުރެވޭނީ ހެނދުނު 9 ން ރޭގަނޑު 9 އަށެވެ. ރޭގަނޑު 11 ޖެހުމާ ހަމައަށް ކެފޭ/ރެސްޓޯރަންޓުތަކުން ޑެލިވަރީ/ޓޭކްއަވޭގެ ޚިދުމަތް ލިބޭނެ އެވެ. ރޭގަނޑު 10 ގެ ފަހުން ޑެލިވަރީ ކުރެވޭނީ މިހާރު ވެސް އެކަމަށް ދޫކޮށްފައިވާ ހުއްދަ ބޭނުންކޮށްގެންނެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ނެތް ރަށްރަށަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އެކަމަކު، މާލެ އިން ފުރާ މީހުންނާއި މާލެ އަންނަ މީހުން ވަކި ޕްރޮސެސްއެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ދުވަހެއް އެ އިދާރާގެ މަޝްވަރާއާ އެކު، އިސްލާމިކް މިނިސްޓްރީން ފަހުން އިއުލާން ކުރާނެ އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޝައިނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ހޯމަ ދުވަހުން ފެށިގެން ހޮސްޕިޓަލްތަކުގެ އޯޕީޑީ އާއި ޑައިގްނޯސްޓިކް އަދި ރޭޑިއޮލޮޖީގެ ޚިދުމަތް ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ ތެރޭގައި ކްލިނިކްތައް ވެސް ހިމެނެ އެވެ. އެކަމަކު، ޚިދުމަތް ދިނުމަށް ކަނޑައަޅާފައި ވަނީ މަދު ބަޔަކަށެވެ.

ލޮކްޑައުންއަށް ލުއި ދިނުމާއި މާލެ ސަރަަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީތަކުގެ ހިދުމަތަށް ވެސް ހުއްދަ ދޭނެ އެވެ. އެކަމަކު އެ ހިދުމަތްތައް ދިނުމަށްޓަކައި އެޗްޕީއޭ އިން އެކުލަވައިލާފައިވާ ވަކި ގައިޑްލައިންތަކެއް ހުންނަނާނެ ކަމަށާއި ހިދުމަތް ދޭން ޖެހޭނީ އެ ގައިޑްލައިންއާ އެއްގޮތަށް ކަމަށް ޝައިނާ ވިދާޅުވި އެވެ.

"މިއީ ގިނަ މީހުން ބޭނުންކުރާނެ ވަސީލަތްތަކެއް ކަމުން ސާފުތާހިރުކަމުގެ ގޮތުން އަމަލުކުރަން ޖެހޭނެ މިންގަނޑުތަކެއް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ޝައިނާ ވިދާޅުވި ގޮތުގައި އެ ގައިޑްލައިންތައް ހޯމަ ދުވަހުގެ ކުރިން އާއްމުކުރާނެ އެވެ. ހުޅުވާލާ ހިދުމަތްތަކާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީތައި އިދާރާތަކުން މި ތިން ދުވަހު މައުލޫމާތުތައް ދޭނެ ކަމަށް އެންއީއޯސީން މިރޭ ބުންޏެވެ.

މަސްމާރުކޭޓާއި އެެހެން މާރުކޭޓުތައް ހުޅުވާނީ އެ ތަންތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު ކަަމަށް ޝައިނާ ވިދާޅުވި އެވެ.

ޖުލައި މަހު ދޭން މަސައްކަތް ކުރާ ލުއިތައް:

އެޗްޕީއޭ އިން ބުނީ ޖުލައި މަހުން ފެށިގެން އެއްފަހަރާ މަގުމަތީގައި އެއް ގުރޫޕެއްގައި އުޅެވޭނީ ގިނަވެގެން 10 މީހުންނަށް ކަމަށެވެ. ޖޫން މަހު އެގޮތަށް އުޅުމުގެ ހުއްދަ އޮތީ ތިން މީހުންނަށެވެ.

މީގެ އިތުރުން ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތަކާއި ޓޫރިޒަމާއި މާލެ ސަރަހައްދުގެ މިސްކިތްތަކާއި ބައިނަލްއަގްވާމީ ދަތުރުތައް ކަމާ ބެހޭ އިދާރާއެއްގެ ލަފައާ އެއްގޮތަށް ހުޅުވައިލާނެ އެވެ. ޖިމްތަކާއި ކެފޭ/ރެސްޓޯރަންޓުތަކާއި ސެލޫން އާއި ސްޕާ ފަދަ ތަންތަން ވެސް ޖުލައި މަހު ހުޅުވަން މަސައްކަތް ކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެންއީއޯސީން ބުނީ، ބޮޑެތި ލުއިތަކެއް ދޭން ނިންމުމާ ގުޅިގެން ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން މައުލޫމާތު ދޭނެ ކަމަށެވެ. އެކަމަކު، މިއިން ކޮންމެ ލުޔަކީ ވެސް ވަގުތާއި ހާލަތައް ބަލައި ބަދަލުވެދާނެ ކަމެއް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މިދިޔަ އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފެށީ އެ ބަލީގެ މީހަކު މާލެ އިން ފެނުމުންނެވެ. އެ ދުވަހުން ފެށިގެން އެކި މުއްދަތަށް ސަރުކާރުން ވަނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވަރަށް ހަރުކަށިކޮށް ލޮކްޑައުންގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ހާލަތަށް ބެލުމަށް ފަހު، ލޮކްޑައުން އަށް ފުރަތަމަ ލުޔެއް ދިނީ މިދިޔަ މޭ 29 ން ފެށިގެންނެވެ. އޭގެ ފަހުން އަންނަ ހޯމަ ދުވަހުން ފެށިގެން މި ދެނީ ލޮކްޑައުންގެ އެންމެ ބޮޑު ލުޔެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ބަލި 1،976 މީހަކަށް ޖެހިފައި ވެ އެވެ. އެކަމަކު، މިއަދުގެ ނިޔަލަށް 1،153 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ފަރުވާގައި ތިބީ 813 މީހެކެވެ. މިހާތަނަށް މި ބަލީގައި ރާއްޖެ އިން މަރުވީ އަށް މީހެކެވެ.

102 ކޮމެންޓް, 217 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 19%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުއްالله

13 June 2020

އެ ވައިރަސް ނިކުންނަނީ 10 ޖަހާއިރު ދޯ؟

The name is already taken The name is available. Register?

އަބްދުއްالله

13 June 2020

ޝައިނާ ނަމަކަށް ކިޔަނީ އޭނަ ވިދާތީތަ؟

The name is already taken The name is available. Register?

ޔެސް

12 June 2020

ޖޯކް އޮފް ދަ ޑިކޭޑް

The name is already taken The name is available. Register?

ރަދުން999

12 June 2020

ހެޔޮނުވާނެ ތިހެން ހަދަން. މިހާރު އާމްދަނީއެއް ނުލުބޭތާ 3 މަސްވެގެން މިދަނީ. ކުލި ނުދެއްކޭ. ގޭބަންދުގައި މިތިބީ. ކަރަންޓް ފެނަށްވެސް ހަރަދު ހިނގާ. އެހެނިހެން ބޭނުންތައްވެސް ހުންނާނެ. ވިޔާފާރިތައް ބަނގުރޫވެއްޖެ. ވަޒީފައެއް އަދާކުރެވެން ވެސް ނެތް. ސަރުކާރު މުއައްޒަފުންނަށް މުސާރަ ލިބޭ. އަހަރެމެންނަށް އެއްވެސް ގޮތެއް ނެތް. ގާނޫނޫ އަސާސީ މިގޮތަށް ބަންދު ކުރަން ހުއްދަ ދޭބާ. ކޮންމެވެސް ވަކީލަކު މިކަމާ އުޅެދީބަލަ. ސަރުކާރު ގޮވައިގެން ކޯޓަށް ދާންބޭނުން

The name is already taken The name is available. Register?

ދަރަނި ދަންތުރަ

12 June 2020

އަހަރެމެންނީ ހާލަތާއި ވަގުތާގުޅޭ ބަދަލްތަކަށް އަހުލުވެރިވާ އަދި އަމިއްލަ ރައްކާތެރިކަމާއެކު އެހެން މީހުންގެ ރައްކާތެރި ކަމަށްވެސް ވިސްނާ ބަޔަކަށްވާންވެއްޖެ މިންވަރަށް އީމާންވުން ވަރަށް މުހިއްމު މިއަށްވުރެ އުފާވެރި ދުވަސްތަކެއް ﷲ އަހަރެމެންނަށް މިންވަރު ކުރަށްވާށި އާމީން

The name is already taken The name is available. Register?

ފޫހި

12 June 2020

ކޮމެންޓްތައް ކިޔާލުމުން ހީވަނީ އަހަރެމެން ގޭގައިމިތިބީ ޑޮކްޓަރުންނަށް ނުވަތަ ސަރުކާރަށްޓަކައިހެން. ބަލަ އަހަރެމެން ގޭގަތިބުމުން ރަނގަޅުވާނީ ހަމަ އަހަރެމެންނަށް. މުޖްތަމައަކަށް ވަނީ އެތައްބައެއް ސާމިލްވެގެން. ޥީމާ އަނެކާގެ ސަލާމަތަށްވެސް ވިސްނަންޖެހޭދޯ.

The name is already taken The name is available. Register?

އުތީމް4

12 June 2020

އާދީއތަ ބަންދު ދުވަހަށް ހަދަނީ ދޯ؟

The name is already taken The name is available. Register?

ސްޓާފުން

12 June 2020

ސައިނާ ކުޅުއްވަންމާރަނގަޅު ވާނެ ނެޓްބޯލް އާއި ހޭންޑްބޯލް

The name is already taken The name is available. Register?

ކޮތަރު

12 June 2020

ދިވެހިންގެ އާދަތައް ހުންނަގޮތުން ރޭގަޑު ފިޔަފާރިއަށް ނުކުންނަނ 8ގެ ފަހުން ވީމާ ފިހާރަތަށް 10 ޖަހަންދެން ހުޅުވުން ރަގަޅެވެ. އެއީ މިދިޔަ ދުވަސް ތަކުގަ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ވެސްމެއެވެ. ކާބޯތަކެތީގެ ވިޔަފާރި ނޫނީ އެހެން ވިޔަފާރިތަކަން ގިނަބަޔަކު ނުކުންނަނީ ރޭގަނޑު.

The name is already taken The name is available. Register?

hamed

12 June 2020

ދިވެހިންގެ އާދައެއް ވަކި އުމުރެއް ވަންދެން އަންހެން ދަރީން ހެދުން ނުލެއްވުންވެސް މިހާރު އެހެން އުޅެވޭނެބާ. ހާލަތައް ބަލާފަ ކަންކަން އެ ނިނއމަނީ

The name is already taken The name is available. Register?

ފަހުދު

12 June 2020

ދިވެހިންގެ ބައެއް ނުރަންގަޅު އާދަތައް ބަދުކުރަން މީ ލިބިނު ވަރައްރަންގަޅު ފުރުސަތެއް. ދިވެހިން އަބަދު ދިވެހިންގެ ގޮތުގައި ތިބެވޭކައް ނެތް

The name is already taken The name is available. Register?

ޖޯކް

12 June 2020

އިޒް ދިސް އަ ޖޯކް؟؟

The name is already taken The name is available. Register?

ޖޯކަރުއްޓި

12 June 2020

ޔުއަރ ލައިފް އިޒް ދަ ބިގަސްޓް ޖޯކް.

The name is already taken The name is available. Register?

ދަ ޖޯކް

12 June 2020

ވިއަރޑް ފްލެކްސް ބަޓް އޯކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454