ނަޝީދު ލަންކާގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ
02 ފެބުރުއަރީ 2017 - 20:46
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ރައީސް އަބްދުﷲ ޔާމީނަށް ކެރިވަޑައިނުގެން ލަސްކުރައްވަނީ، އެމްޑީޕީގެ ހަތަރެސްފައި ބަނދެފައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސްރީ ލަންކާގައި ވިދާޅުވެއްޖެ އެވެ.
ސިޔާސީ މަސްރަހާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކަކަށް މި ހަފުތާގައި ލަންކާ އަށް ވަޑައިގެންނެވި ނަޝީދު މިއަދު ވަނީ ބާޖަޔާ ހޮޓަލުގައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތާއީދެއް ނެތް ކަން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ސާފުވެވަޑައިގަންނަވާ ކަމަށެވެ. ވަޒީފާގެ ބިރާއި އެ ނޫން ވެސް ގޮތްގޮތުން ރައްޔިތުންނަށް ބިރުވެރިކަން ދައްކައި، ތަންތަނަށް ނިކުތަ ނުދެނީ ވެސް އެހެންވެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެހެން ގެންގުޅުއްވިއެއް ކަމަކު ވޯޓު ފޮށި ކައިރީގައި ހުއްޓެނީ ތިމަންނާ އެކަނި ކަން ރައީސް ޔާމީނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ. އެ ވޯޓު ފޮއްޓަށް ތި ބޭފުޅުން ލައްވާނެ ވޯޓު ރައީސް ޔާމީނަށް އަންދާޒާ ކުރެއްވޭ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބާ އެކު ދިވެހި ރައްޔިތުންނަށް މިވަނީ އަނެއްކާ ވެސް ފުރުސަތެއް ލިބިފަ އެވެ. ސަރުކާރުން ހިންގާ ކަންކަމާ ދެކޮޅު ހަދައި، މިހާރުގެ ހާލަތުން އަރައިގަތުމަށް އެ ފުރުސަތުގެ ބޭނުން ހިފުމަށް ނަޝީދު ގޮވާލެއްވި އެވެ.
"ވަގު ވެސް ހެދޭނެ އިންތިހާބުގައި، އެކަން އަޅުގަނޑު ގަބޫލުކުރަން. އަދި އިންތިހާބު އޮޅުވާ ވެސް ލެވިދާނެ. އެހެން ނަމަވެސް ބައްލަވާތި، މިއަދު ކޮންމެ ވޯޓު ފޮއްޓެއް ގުނަނީ އެ ވޯޓު ލާ ރަށެއްގައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވާހަކަފުޅު ދައްކަވާއިރު ސަޕޯޓަރުން އަޑުއައްސަވަނީ. --ފޮޓޯ: އެމްޑީޕީ
ކައުންސިލް އިންތިހާބުގައި އޮޅުވާލައި މަކަރު ހަދައިފި ނަމަ، ނަޝީދު ވިދާޅުވި ގޮތުގައި، އެ ބޭއިންސާފު 700 ކެންޑިޑޭޓުންނާއި އެ ރަށެއްގެ ރައްޔިތުންނަށް ރައްދުވާނެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ފަށާފައިވާ ބްރިޖު ވެސް ނިންމައި ކޮންކްރީޓް އެހެން މަސައްކަތްތައް ފެނުނަސް ތަރައްގީ އަކީ ކޮންކްރީޓުން މިނާ އެއްޗެއް ނޫން ކަން ހުރިހާ ދިވެހިން ވެސް ހަނދާން ބަހައްޓަން ޖެހެ އެވެ. ތަރައްގީ އަކީ އެ މީހަކަށް އަންނަ ބަދަލަކާއި ކުރިއެރުން ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.
"އެ ތަނަވަސްކަމަކީ ކޮންކްރީޓު ދަގަނޑުން އަޅާ ބްރިޖަކުން ނުވަތަ އެއްގަމު ތޮއްޓަކުން އެހެން ނޫނީ ބޭރު ބޮޑުހިލަ ބަނދަރަކަށް ވިއަސް އަދި ރަށުގައި އަޅާ މަގަކަށް ވިއަސް އޭގައި ނެތް އަޅުގަނޑުމެންގެ އާމްދަނީއެއް. އަޅުގަނޑުމެންގެ ޖީބަށް ވަންނަ އެއްޗެއް ބަދަލުވެގެންދާ ތަނެއް ތި ބޭފުޅުންނަކަށް ނުފެންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދިންބެ
20 August 2017
މަމެން ތައްޔާރުވެއްޖައިން 2018 ގެ ރިޔާސީ އިންތިޙާބަށް. ކަލޯ ބަލަން ހުންނާތި 2018 ގަ ރައީސުލް ޖުމްހޫރިއްޔާގެ ހުވާކުރާނީ ޔާމީން. މީ މުޖައްރިބު
އަޙްމަދު
07 May 2017
ނަމަނަމަ މި ދިވެހިރައްޖެ ނާއްނައްތި އަތްފައި ބަނދެގެންވެސް ލާނީ ޖަލައް "ޔަގީން"
މޫސާބޭ
22 March 2017
އނނ، ބާސާ ކަނޑަން ފެށީ ދޯ. ކޮންމެ ގޮތަކަށް ވާދަކުރިއަސް އާޚިރުގަ ބަލިވާނީ އމޑޕ
ފިލިނަޝީދު
06 March 2017
ގޮސް ޔޫކޭގެ ކަންތަށް އިސްލާހުކުރޭ... މި ރާއްޖެއަކުދެން ތި ނަޝީދަކަށް ދެނެއް ޖާގައެއް ނެތް!!!!!!!
އަބްދުﷲ ސަލީމް
06 March 2017
ޤައުމެއް ތަރައްޤީ ކުރުމަށްޓަކާއި ރައީސް ޔާމީން ކުރައްވާފައިވާ ނުވަތަ ކުރަން ފަށާ ފައިވާ ކަންކަމުގެ އިތުރުން ދެން ކޮނކަމެއްތޯ އޮންނާނީ. މަނިކުފާނު މޮޔަނުގޮވާ. ރައްޔިތުން މިތިބީ ސަރުކާރާ އެއްކޮޅަށް
ބޮޑުތިލަދުންމަތި
17 February 2017
އަދިވެސް އިންތިޚާބެއް ރަގަޅުގޮތުގަ ބާއްވައިފިނަމަ ކާމިޔާބުކުރާނީ މަމެންގޭ ނަޝީދު، ޔާޟިނު ޖެހޭނީ ހަމަ މަހައްދާން، މަވެސްބޭނުންވަނީ މަޔައް ލިބޭއެތިކޮޅު ރަގަޅުވާން، ޢެރުންދޯ ބޮރިޖައްދައްކަންޖެހޭ ލާރިދައްކާފަ ދެކޮޅައްދުއވޭނީ، ބޮރިޖު އެޅިޔަކަސް ޖީބުގަ ފައިސާނެތިއްޔާ އެކިޔަކަ ނުދޭނެދޯ
އަހައްމަދު އަހައްމަދޭ
04 February 2017
ރައީސް ނަށީދައްވުރެން އެތައް ގޮތަކުން ތަޖުރިބާހުރި ރާއްޖޭގެ ރައްޔަތުންގެ ވިސްނުމާއި ފިކުރު ހިނގާގޮތް ރަނގަޅައް ދެނެވަޑައިގަންނަވާ ވެރިއެއް މިހާރު ވެރިކަމުގަ ހުރީ ،އެބޭފުޅާ އަށް ތާއީދު ނެތުމަކީ އަދި މުޅީން އެހެންކަމެއް ،އެހެން ނަމަވެސް އެބޭފުޅާ އެކުރައްވާ މަސައްކަތުން ބައެއްގެތެރޭގަ އެބޭފުޅާވެސް މަގުބޫލުވަމުންދާކަމީ މެންދުރުގެ އިރުފަދައިން ހާމަވާ ހަގީގަތެއް ،ރައީސް ނަށީދު މަގުބޫލުވި ސަބަބުވެސް އަހުން ދިވެހިން ދަނޭ ،ރައިސް ޔާމީނު މަގުބޫލު ނުވެގެން އުޅޭ ސަބަބުވެސް ދިވެހިންދަނޭ، ހަގީގަތުގަ މި ދެފަރާތުގެ ބިތުފަންގި ނަގާފަ ބަލައިލާއިރު ވަކި ސަހަލު އެކަކުވެސް ނެތް ، އެހެންނަމަވެސް ނަށީދަކީ އަބަދުވެސް ރައްޔަތުންގެ ތެރޭގަ އެކްޓިވިސްޓެއް ވީމަ ގިނަ މީހުންނައް އުނދަގުވަނީ ނަށީދުގެފަތިފުށުގެ ހުރި އުނިސިފަ ގަބޫލުކުރަން،
ފާތުން
03 February 2017
ކޮންމެހެން ދެން ވެރިކާ ކުރިމަތި ލާނެކަމެއް ނެތް ،،، ނުހޮވޭނެ ތިއުޅެނީ ގައުމު ފަސާދަ ކުރަން
އިބުރާހީމް
03 February 2017
ޕީޕީއެމް ބަލިވާނެ އެކަމަކު ވެރިކަމުގަ ހުންނާނީ ރައީސް ޔާމީނު - ޒުވާނުންގެ ރައީސު
ކުމާރު
03 February 2017
ނަޝީދު. ތިއީ ހީއެއް. މަނިކުފާނު ރާއްޖެ ނުދެކޭތާ އެތައް ދުވަހެއްވެއްޖެ. މިކޮމެންޓަށް ޑިސްލައިކް ޖަހާ ވިއްސަކަށް މީހުނެއްނޫން ރާއްޖޭގައި ތިބީ. ގދ ތިނަދޫ ތަންތަން މުޅިން ބަދަލުވެއްޖެ. މިތަންތަނުން އެމްޑީޕީ އަށް 5 ޕަސެންޓްވެސް މިހާރު ނުލިބޭނެ. މާލެވެސް ވަރަށް ބޮޑަށް ވަނީ ބަދަލުވެފައި. މަނިކުފާނުފަދަ ނާގާބިލް ފިޑި މީހަކު މިހާރު ލީޑަރަކަށް ބޭނުމެއް ނުވޭ. ޔާމީނަކީ ގަޓުހުރި ފިސާރި ލީޑަރެއް. 2018 ޔަގީން.
މަރީ
04 February 2017
ކުމާރު ކިތައްދުވަހު ޖަލުގައި އޮވެފަ ނުކުމެތަ ތި މާ ގަޓް ހުރި މީހަކަށްވެގެން ތިއުޅެނީ. ހަޤީގަތަކީ ތީ އަސްލު ބޮޑު ފިނޑިއަކީ. މާދަންވެސް އެމް.ޑި.ޕީ އެރިކަމަށް އަރާއިރަށް ރާގު ބަދަލު ވާނެ.. ތިކަހަލަ މީހުނާ ހެދި މިޤައުމު މިހާލަތުގައި މިއޮތީ. ސަޕޯޓަރުން ހޯދާކަށް ނަޝީދު ނެޖެހޭ އެންއިރެއްގައިވެސް މީހުންނަށް ބިރުދައްކާ އޮޕޮޒިޝަން އޮތްގޮތަށް ޖަލަށް ލާކަށް. އިރާދަ ފުޅުކުރެއްވީއްޔާ 2018 ގައި ހައްޤަށް ނަސްރުލިބޭނެ!
ރަދީފް
05 February 2017
ކުމާރު ކަލޭ އެބައުޅެންދޯ.