ވަލީއަހުދަކަށް ހުންނެވި ދުވަސްވަރު، ސައޫދީގެ މިހާރުގެ ރަސްގެފާނު ސަލްމާން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީނާ ސަލާމްކުރައްވަނީ: ރަސްގެފާނު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅު ފަސް ކުރީ ހަލުވިކަމާއެކު އެޗް1އެން1 ފެތުރެމުން އަންނާތީ ކަމަށް ސަރުކާރުން ބުނޭ. -- ފޮޓޯ: ރައީސް އޮފީސް
17 މާޗް 2017 - 16:42
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރެއްވުމުން އިދިކޮޅު އެމްޑީޕީން މިއަދު މަރުހަބާ ކިޔައިފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ސައޫދީގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތައް ހޫނުވެފައިވާ ދުވަސްވަރެއްގަ އާއި ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން، ވެރިކަންކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ބަޔަކާ އެކު ދެއްކެވި ވާހަކައެއްގެ އޯޑިއޯ ލީކްވެފައިވާ ދަނޑިވަޅެއްގައި ސަލްމާން ރަސްގެފާނު ރާއްޖެ ވަޑައިގަތުމަކީ މިވަގުތަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އިނގިރޭސި ބަހުން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ، ސައޫދީން ފ. އަތޮޅުގައި ހިންގަން އުޅޭ ޕްރޮޖެކްޓް އަނބުރާ ގެންދިއުމަށް އެ ގައުމުގެ ސަރުކާރަށާއި ޝާހީ އާއިލާ އަށް ގޮވާލައިފަ އެވެ. އަދި ބޭރުގެ ބަޔަކަށް ފ. އަތޮޅު ވިއްކާލުމުން ގައުމީ ސަލާމަތާއި މިނިވަންކަމަށް ނުރައްކާވާނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
އެ ޕާޓީން ތުހުމަތުކުރާ ގޮތުގައި ފ. އަތޮޅުގެ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ "މަނީ ލޯންޑްރިން" އާއި ކޮރަޕްޝަނާއި ފަސާދަ އަށް އިތުރު ކުރެވޭ ބޮޅެކެވެ.
ސައޫދީ ރަސްގެފާނު ސަލްމާން މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކުއްލި ގޮތަކަށް ފަސްކުރެއްވީ، ދިވެހި ސަރުކާރުން ބުނި ގޮތުގައި، މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެންނެވެ. މި ދަތުރުފުޅު ފަހުގެ ތާރީޚަަކަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުންޏަސް، ރަސްގެފާނު ވަޑައިގަންނަވާނެ ތާރީޙެއް އަދި ހާމައެއް ނުކުރެ އެވެ.
ސަލްމާން ރަސްގެފާނު މާދަމާ ރާއްޖެ ވަޑައިގަންނަވާތީ ވަރަށް ގިނަ ތައްޔާރީތައް ވެސް ވަނީ ވެފަ އެވެ. އެމަނިކުފާނު މާލެ ވަޑައިގަންނަވާތީ، މާލޭ ރަސްމީ ފާލަން ސަރަހައްދު ވަރަށް ބޮޑަށް ޒީނަތްތެރިކޮށް، އަދި މީގެ ތިން ދުވަސްކުރިން ފެށިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ވެސް ވަނީ ބަލަހައްޓަން ފަށައިފަ އެވެ. މީގެ އިތުރުން އެމަނިކުފާނާއި ވަފުދު ތިއްބެވުމަށް ދެ ރިސޯޓް ހަމަޖައްސައި އެ ބޭފުޅުންނަށް ބޭނުންވާ ވަރަށް ގިނަ މުދާ ވެސް ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ.
ރައީސް ޔާމީން ވިދާޅުވެފައި ވަނީ ފ. އަތޮޅު ވިއްކާލަން ނޫޅޭ ކަމަށާއި އެ އަތޮޅުގައި ސައޫދީން ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށެވެ.
އެމްޑީޕީން ވަނީ ފ. އަތޮޅު ވިއްކުން ނުވަތަ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ބަޔަކާ މަޝްވަރާ ކުރަމުން ދާނަމަ، އެކަމާ ގުޅޭ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފަ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ވިއްކާ ބިންތައް އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ
18 March 2017
ސިޔާސީ މީހުން ޖަހާހާ ބެރަކަށް ނަށައިގެނ ނުވާނެ އެ މީހުުންނަކީ ވަރަށް މޮޅަށް ކިޔަވައިގެން ތިބި ބައެއް އެމީހުން ވަރަށް މޮޅުވާނޭ ރައްޔިތުންގެ ސިކުނޑިތަކާ ކުޅެލަން ކިޔަވައިގެން ތިބި މޮޅެތި މީހުން އެއްޗެކޭ ބުނެލާ އިރަށް އެމީހަކަށް ފެންނަ އެއްޗެ ކިޔަންވީ އެ ހެޔޮ އިހަށްދުވަހު ވިހި ކުޑަކުއްޖަކަސް އަދި މި މުސްކުޅި ފުރާ މީހުން ހީވެ ބައެއް ފަހަރު ޕްރޮފެސަރުންނޭވެސް މިހެން ބުނާ އިރަ ބުނާނެ ތަޖުރިބާ ހުންނާނޭ އެކަމަކު ނުވިސްނެ މުޅި އުމުރު ގޭތެރެއިން ކަން ކަން އުނގެނު މީހަކާ ދުނިޔޭގައި އުޅެގެން ކަން ކަން ދަސްވެފަ ހުރި މީހެއް މާ މޮޅުވާނެކަމެއް
އިއްބެ 22
18 March 2017
ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތަކުން ކުލައެއް ވަހެއްނެތް "ވައިހަމެއް" ބޭރުކޮށްލިއަސް އެވާހަކަ، ވީ އެންމެ އަވަހަކަށް ގެނެސްދިނުމާއި، އަދި ދައުލަތުގެ މުއައްސަސާއަކުން "ކަމެއް ފަސްކޮށް، އެކަމެއް ފަސްކުރަން ޖެހުނު ސަބަބު" ކޮންފަރެންސެއް ބާއްވައިގެން ކިތަންމެ ސާފުކޮށް އޮޅުންފިލުވައިދިނަސް އެ މުއައްސަސާއިން ދިން ތެދު މަޢުލޫމާތު ފުރުފޭލި ބޮނޑިއަށްލާ ފޮރުވުމަށްފަހު، އެކަމެއް ލަސްކުރި ސަބަބު ކަމަށް އިދިކޮށު ފަރާތުން ހަދަހަދައިގެން ބުނާ (މުނާފިޤް) ވާހަކަ އަވަހަށް ގެނެސްދިނުމަށް ހޭބޯނާރާ މަސައްކަތްކުރުމުގައި ވަރަށް ޒިންމާދާރު ނޫހެއް ރާއްޖޭގައި އޮންލައިން ކޮންނާއި ޕްރިންޓް ކޮށްގެން ނެރޭކަން އެނގޭ ކިޔުންތެރިން އަތްމައްޗަށް ނަގާބަލަ!
އައްދޯއި
18 March 2017
އެއްކަލަ ހަތަރުކަށިމަތި މާލެ ބޭފުޅާ ދޯ މީނީ
ބޯހުދު ދޫނި
18 March 2017
އެހެންދޯ!! މާދަމާ އަންނާތީ ދޯ މޭ ނުބައިކުރީ. ފަހުގެ ދުވަހެއްގަ އައުން ރަނގަޅު ދޯ!!! ކެކަކަކަކަކ މަވެސް އެމްޑީޕީ ވިއްޔަ. ކީއްކުރާނީ ދޯ؟
އިބޫ
18 March 2017
އަލްހަމްދުލިއްލާހި މި ކިބުުރވެރި ފައިސާ ވެރިންގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާށި...އާމީން
ކާފަ
17 March 2017
ތީމަޖާކަމެށް
ނޯމެންކް
17 March 2017
މިއީ އިންޑޮނޭޝިޔާ އަށް ކުރި ދަތުރާ ބެހޭގޮތުން ވެބްސައިޓެއްގަ އޮތް ވާހަކައެއް Parliament was disappointed, too. It had forked out US$500,000 on a lavish reception, complete with new carpets and banks of flowers. Yet the king spent only 20 minutes there, during which he delivered a brief two-minute speech in Arabic. Spreading Wahhabism, Saudi Arabia’s ultra-conservative version of Islam, clearly has a much greater priority, with the kingdom pledging to build five mosques for the Defense Ministry and the Indonesian military – part of a program to add one million mosques around the world.
މަންސޫރު
17 March 2017
ހުކުރު ދުވަހު އެތަކެއް މިސްކިތްތަކެއް ވަށައިގެން ފުލުހުން ލައްވާ ގާޑު ކޮއްފައި ހުކުރަކަށް ނުދޭ. ހޮޓަލުގަޔޯ ހުކުރު ކުރީ.
އަގްލީ
17 March 2017
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވުމުން އެމްޑީޕީން މަރުހަބާ ކިޔައިފި ދޯ. އެމްޑީޕީ ދެން މަމެން ގުނަމުން މިދަނީ ސައުދީ ރަސްގެފާނު ރާއްޖެ އަށް ކުރައްވަން އޮތް ފުރަމާނަ ދަތުރު ފުޅުގެ އާރފްޓަރ މާރތް އެވެ. ޑޯންޓް ޓެލް އަސް ހައު އަގްލީ ވީއާރ.. އިން ދިސް ޓަގް އޮފް ޖެލަސީ ވޯރ ޔޫ ވިލް އޯލްވޭޒް ވިން އީވެން ވެން ވީއާރ ރައިޓް...
ގަރުދިޔަ
17 March 2017
މުޅި ރާއްޖޭގެ ރޯގާއެއް ފެތުރިގެން އުޅޭއިރު ވެސް މިއަދު ހުތުބާގަ އެދެއްކީ ކޮން ފަތުވާއެއްގެ ވާހަކައެއްތަ؟ ގިނަ ދިވެހިންނަކަށް ނޭނގެ މި ހުކުރު ހުތުބާގަ މި ދައްކަނީ ކޮން ވާހަކައެއް ކަމެއް ވެސް. ހުކުރު ހުތުބާ ލިޔުނު މީހާ މަދީނާ ޔުނިވަރސިޓީގަ އުޅުނު ޒަމާނުގަ ކާމިޔާބު ނުވެ އޮތް ބަހުސެއްގެ ރުޅިވެރިކަން ބާލަން މިޖެހެނީ މިތަނަށް...ގުނޫތު ފަތިސް ނަމާދުގަ ކިޔުމަކީ ޝާފީ މަޒްހަބްގެ ވާޖިބެކޭ ބުނީމަ ލޭ މައްޗަށް ދިޔައީތަ؟
ާަސިހިި
17 March 2017
ޞބޭރުގެ ބަޔަކަާ އެޔާޜ ޕޯޓް ކުއްޔަން ދިން އިރު ރާއްޖޭ ގެ ކަރާމަތް ކޮބާަ.
.ރަށުމީހާ
17 March 2017
ކުއްޔައްދިނުމާއީ ވަގުފްކޮށްފަދިނުމާ ހާސްބައި ތަފާތު
މަންސޫރު
18 March 2017
ާަސިހިި އާ މެދު ދެން ކީކޭ ބުނަނީ؟ ކުއްޔަށް ދިނުމާއި ވިއްކުމާއި ހުންނަ ތަފާތުވެސް އިނގެނީކީ ނޫން. ކީބޯޑަށްވެސް ތަންކޮޅެއް ފަރިތަވެލާން އެބަ ޖެހޭ.
ރަށުމީހާ
18 March 2017
ތިދައްކަނީ އަހަރުމެން ޕާޓީން ކުރި ކަމެއްގެ ވާހަކައެއް. އަހަރުމެންގެ ރޫހާނީ މީހާ ކުރީމަ އޯކޭވާނެއޭ. އެހެން މީހުން ކުރީމަ އަހަރުމެންނަށް ހަޖަމު ނުވަނީއޭ.