އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ހަފުލާގައި ދެއްކި ވީޑީއޯ މެސެޖްގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
07 ޖުލައި 2017 - 01:25
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މިހާރު ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވެސް ނިމުމަކަށް ގެނެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާ އަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ނަޝީދު ވިދާޅުވީ، މިހާރު އެ ޕާޓީގެ މެމްބަރުން ފާހަގަކުރަނީ ވަކިން މާބޮޑު އުފަލެއްގެ އުފާވެރިކަން ކަމަށެވެ. އަދި ގުޅިގެން ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ. ޕާޓީތަކުން ޚިޔާރު ކުރެވޭ ކެންޑިޑޭޓުން ބައިވެރިވާ މިނިވަން އިންތިޚާބެއް މި ރާއްޖޭގައި އަނެއްކާ ވެސް ބޭއްވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު މެމްބަރުން ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ފަޅި ދޫކުރައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ. އަދި އެ މެމްބަރުންނަށް ބިރު ދެއްކުމުގެ މަގުތައް ރައީސް ޔާމީނަށް ބަންދުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ފުލުހުންނަށް ވެސް ސިފައިންނަށް ވެސް ފަނޑިޔާރުންނަށް ވެސް އަދި އެންމެހާ މިނިވަން މުއައްސަސާތަކަށް ވެސް [ބަންދުވެއްޖެ]. ކުޅި ހިނގާ މަގު ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ. ސަރުކާރު އުފެދުނު އިއްތިހާދު ރޫޅި ކައުންސިލް އިންތިޚާބުން އިންތިހާ އަށް ބަލިވެ އަދި އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުނީމަ ކާކައްތޯ އޮޅޭނީ؟،" މިހާރު ސްރީ ލަންކާގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރޭގައި ހިމެނޭ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާ ނަޝީދު މިދިޔަ ބުދަދުވަހު ސްރީ ލަންކާގައި ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ "ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލުނީމަ ކޮން ދިވެއްސަކަށްތޯ ވީގޮތް އޮޅޭނީ" ކަމަށެވެ.
"އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ގާސިމް އިބްރާހިމާ ގުޅިގެން، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲއާ ގުޅިގެން އެމްޑީޕީން ކުރަމުން މިއައި ބުރަ މަސައްކަތުގެ ކާމިޔާބީގެ ރިހިދާޅަ މިރޭ އަޅުގަނޑުމެންނަށް ފެނޭ. އެ ކާމިޔާބީގެ މަންޒަރު އެބަ ސިފަކުރެވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދިވެހިންނަށް ހެޔޮވެރިކަމެއް ކޮށްދެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ އަލުން އަނބުރާ ގެނެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ބޭނުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް އަލުން އިޔާދަކުރުން. މުސްތަގިއްލު މުއައްސަސާތައް ކުރުން. ފަނޑިޔާރުގޭގެ ނިންމުންތަކަށް ސަރުކާރުން ވަނަ ނުދިނުން. ފުލުހުންނާއި ސިފައިގެ މަސައްކަތްތަކުގައި ސިޔާސީ ކުލަ ޖެހުނަ ނުދިނުން. ލާމަރުކަޒީ އަލުން އަނބުރާ ގެނައުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މީހުން މެރުމާއި މަރުގެ އިންޒާރުދީ، ވައްކަމާއި ފޭރުމާއި ޓެކުމުގެ ނުރައްކަލުން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކޮށްދެވޭނެ އެވެ.
"ބޭނުމަކީ ރައްޔިތުންނަށް ހާސްކަމެއް ނެތް ދިރިއުޅުމެއް ހޯދައިދޭނެ މަގުތަކެއް ކޮށުން. ދިވެހިންނަށް ހައްގު މިންވަރު ދިވެހިންނަށް ހޯދައިދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަހީމް
16 November 2017
ކޮންމެވެސް މޮޅުވާހަކައެއް ދައްކައިގެން ނަމަވެސް ކުދިންކޮޅު ހިފެހެއްޓޭތޯ ބަލާތި ތިމީހާ މިހާތަނައް ދެއްކި އެއްވެސް ވާހަކަޔަކު ދިރުބާކޮޅެއްނެތޭ ގޮސްއަރަނީ ފަރައް.
ދޮންމަނިކުބެ
20 August 2017
ކަލޯ ދޮންކަލޯ ތީ ހުވަފެނެއް. ކަލޯމެނަށް އެއްވެސް ކަމެއް ނުކުރެވޭނެ. ރައީސް ޔާމިން ގެ މި ދައުރު މާތް ﷲގެ އިރާދަފުޅުން ފުރިހަމަކުރާނެ. އަދި 2018 ގައި ރައީސްކަމުގެ ހުވާވެސް މާތް ﷲގެ އިރާދަފުޅުން ކުރައްވާނީ ރައީސް ޔާމީނު
ދޮންތުއްތު
09 July 2017
ދެން ބޭފުޅާއާ އެކަމަކާ ކީކީ؟ ބޭފުޅާއަކަށް ވެރިކަމާ ސަތޭކަ ފޫޓަށްވެސް ކައިރި ވެވޭނީކީ ނޫން. މަތިންބައިން އުޅޭނެ ކަމެއް ނެތެއްނު. ވަރަށް ދެރަވޭ ދެއްތޯ؟ ދެން މައުމޫނުގެ ރަން ތިރީސް އަހަރުގެ ޚިދުމަތަށް ޝުކުރު އަދާކޮށްލަ ކޮށްލާ ހުންނަވަންވީ ނޫންތޯ؟ އެވަރު އޯކޭނު.
ހުސޭނުބެ
08 July 2017
ނުވާނެ އިރާދަ ކުރެއްވިއްޔާ ތިކަމެއް!! 2018 އިގެ އިންތިޚާބުގެ ވޯޓުގެ ކުރިން ތިކަމެއްނުވާނެ!! ވޯޓަކާ ހަމަޔަށް ގޮސްފިނަމަ ބަލިވެދާނެކަމަށް ގަބޫލުކުރެވޭތީ ވެރިކަން މިހާރު ނިމުމަކަށް ގެންނަން ތިއުޅުއްވަނީ!!
އުޑު
08 July 2017
ޢެރިއެއްޗެއް އޮއްސިނިމިގެންދާނެ ޔާމޫނަށް ވެރިކަންކުރެވިއްޖެ އަވަހަށް ގެއަށްދާށެވެ ފަސްދޮޅަށް އަހަރުވެސްވެއްޖެ ދެން ދެން ތިޔަދައްކާ ކޮރަފްސަންތަރައްގީއެކޭކިޔަން ހަދަންއުނޭނެކަމެއްނެތް
ބޭބެ
08 July 2017
ލާހިކެއްނޫން ނަޝީދަށް ވެރިކަމަށް އަންނާކަށް !
އޮއްޕި
08 July 2017
ނަޝީދު ކަލޭ މޮޔަވެބަލަ ވެރިކަމާއި ހެދި!
ބޯގަޅިމީހާ
07 July 2017
ސިޔާސީ މައިދާނުގައި މިއުޅެނީ ވަރަށް ވިސްނުންކޮށި އަވަހަށް ހަނދާންނެތޭ މީހުން... ޔާމީނު ވެރިކަމަށް އެރުމުގެ ކުރިންވެސް މިފަދަ ކޮމެންޓް ކޮލަމްތަކުގައި އަދި ސިޔާސީ ބޮޑުމަޖްލީސްތަކުގައި ހިސާބުޖަހާ ރަމަލުޖަހާ ހަދައިގެން ދެއްކި ވާހަކަތަކުން ޔާމީނު ހޮވޭނެ އެއްގޮތެއްވެސް ނެތޯ ގިނަމީހުންތައް ލިޔާ ކިޔާ އުޅުނު... އެކަމަކު ވޯޓު ލާންވާއިރަށް އަޅުގަނޑަށް އެނގިގެންވެސް ޔާމީނަކަށް ސަޕޯޓެއް ނެތޭ ބުނިމީހުން "ދެންމިވަގުތަށް އޮތީ ޔާމީނަށް ސަޕޯޓު ނުކުރިއަސް އޭނާއަށް ވޯޓުލުން" ކަމުގައި ބުނެ ރާގު ބަދަލުވެފަ... ވީމާ އަންނި ކިޔައިގެން ވެސް ކޮސް ގޮވާނެކަމެއް ނެތް. އެމީހުން ޖަހާމަޅިން އާޚިރުގައި ތިހުރިހާ ކަނޑުކޮސް މީހުންތައް ޖައްސާނެ..
އަވާމެންދުރު
07 July 2017
ތިޔައަކީ ދިވެހިންނަށް އާކަމެއްނޫން، ނާސިރު ބޭރުކޮށްލިފަހުން ހިފަހާއްޓާލެވުނީ އެންމެވެރިޔަކށް އެމީހާ ހިނގާބިނގާވެ އުޅެވޭހާދުވަހަކު މިކަން އޮންނާނެކަމަށް ފެންނަނީ......!
ޢަޖޫބޭ
07 July 2017
ވަރަށް އުފަލުންދޯ ތިހުންނަނީ ކަލޭއަށް ވެރިކަން ލިބޭނެ ކަމަށް ހީކޮށް. ޔާމީން ވެރިކަމުން ބޭލުނަސް ކަލޭއަށް އަނެއްކަ ވެރިކަންދޭން އެއްބަސްވާނެ އެކަކުވެސް ތިތާކުނެތް. އެމް.ޑީ.ޕީގެ މެމްބަރުންވެސް މިހާރު ބޭނުންވަނީ އާލީޑާޝިޕެއް. ރަލާއި އޫރުމަސް ނުކާ ލީޑާޝިޕެއް. ދީނަށް ފުރަށްސާރަ ނުކުރާ ލީޑާޝިޕެއް. އެއްޖިންސުން ގުޅުން ހިންގަން ބޭނުން ނުވާ ލީޑާޝިޕެއް.