ދުންޔާ (ކ) އާއި ޔުމްނާގެ ދެކަނބަލުން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
12 އޮކްޓޯބަރ 2018 - 12:26
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން، އިންޑިއާ ސަރުކާރުގެ ބައެއް އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން މި ހަފުތާ ބަންދުގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދާއި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމަނާގެ ބައްޕާފުޅުގެ ފަރާތްޕުން އިންޑިއާ އަށް ކުރައްވާ ދަތުރުގައި ނުރަސްމީ ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށެވެ.
"ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވާ ގޮތުން އިންޑިއާގެ ދިއްލީއަށް ދުންޔާ ވަޑައިގަންނަވަނީ އެ ގައުމުގެ ސަރުކާރާ މަޝްވަރާ ކުރެއްވުމަށެވެ. ނަމަވެސް މި ދަތުރާ ގުޅޭ ތަފްސީލެއް އަދި މީޑިއާއަށް ތިލައެއް ނުވެ އެވެ.
މައުމޫންގެ ފަރާތްޕުޅުން ދަރިކަނބަލުން ދުންޔާ އިންޑިއާއަށް ވަޑައިގަންނަވާއިރު، ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންވުމާ އެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފޯނުން ގުޅުއްވައި މައުމޫނަށް ހިތްވަރު ދެއްވައިފަ އެވެ.
މޯދީގެ ފޯން ކޯލަށް ފަހު، މި މަހުގެ ދެވަނަ ދުވަހު ކުރެއްވި ޓުވީޓެއްގައި މައުމޫން ވަނީ އެމަނިކުފާނާ މެދު މޯދީ ގެންގުޅުއްވާ ގާތްކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށް މޯދީ ދެއްވާ ސަޕޯޓާއި އެއްބާރުލުން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި، ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިންޑިއާގެ ވާދަ ވެރި ޗައިނާއާ ގާތްގުޅުމެއް ބާއްވާފައިވާއިރު، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެ ގައުމުގެ ބޮޑުވަޒީރު މޯދީ ވަނީ ދައުވަތު އަރުވައިފަ އެވެ. އަދި އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ވެސް ވަނީ ދައުވަތު އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
×ޖޖސފ
20 December 2018
މިވަރުން ހަބަރު ނިންމާލީމަ ކަމަކު ނުދާނެ. ކޮންމެވެސް މަގުސަދެއް ހާސިލްކުރަން ދުންޔާ އިންޑިޔާ އަށް ދާނީ. ތުހުމަތުކުރެވޭ ސަބަބެއް ނަމަވެސް ލިޔެލަންޖެހޭނެ.
ޝާއިރާ
14 October 2018
މިތާ އޮތީ މިހާރު ކިތައް ސަރުކާރުބާ؟ ކިތައް ރައީސުންބާ؟ އިންތިޚާބުވީ އިބްރާހިމް. ވެރިކަމުގައި ހުރީ އަދި ޔާމީނު. އެހެން މީހުން ގައުމުތަކުގެ ވެރިންނާއި މަޝްވަރާއަށް ގޮސްގެން މީގެ ކުރިން ހޮޅިންނާއި މަލާބާރީންނާއި އަލީ ރާޖާމެން ރާއްޖެ ހިފީ. ތިކަންތައް ހުއްޓާލާކަށް ނުވޭތަ މައުމޫނު. މިތާ އެބަހުއްޓޭ އިންތިޚާބީ ރައީސެއް.
ނުރަބޯ
13 October 2018
ތިކަމުންވެސް އެނގިގެންދަނީ އިންޑިޔާ ސަރުކާރާއެކު ނުބައި ޑީލްތަކެއް ހަދާފަވާކަން.
ލާލު
13 October 2018
ބަދަލަކަށައް އެދެން. މިއައްވުރެގޯހެއްނުވާނެ
ޝޮކްތެރަޕީ
13 October 2018
މައުމޫނަކަ އަޅުގަނޑުގެ ތާއީދެއްނެ މިހާރަކު.
ޔޫޝައު
13 October 2018
މިއީ މައުމޫންގެ ވެރިކަމެއްކަން މިހާރު އެނގިގެން މިދަނީ. މިއޮއް ހުރިހާ ދުވަހު ފިލާ ހުރެފައި ދަތުރުތައް އަޅަންފެށީ. ކޮބާ ޕާޓީއާހެދި އަހަރެމެން ވީ ގުރުބާނީ. މިކަން ބަލައެއް ނުގަންނަން. އެމްޑީޕީގައި ތިބޭނެ ފޮރިން ޕޮލިސީތަކާ ބެހޭ މީހުން. މިހެން ކަންތައް ވާންވެއްޖެއްޔާ ދެން ސަލާމަތެއް ނެތެއްނު.
އަލީކޮއެ
12 October 2018
އޮޅިއްޖެ. މައުމޫނު އިންޑިޔާ އާއި ކޮންމަޝްވަރާއެއްބާ ކުރަން މިއުޅެނީ.
ޅިޔަނާ
12 October 2018
ޢާއިލީ މައުމޫން
ވިލިގިލި
12 October 2018
މިހާރު މައުމޫނެކޭ އަންނިއެކޭ އަހަންނަށް ހަމަހަމަ، ގައުމުގެ ހަލާކު ދެމީހުންނަކީވެސް މައުމޫނުގެ ސަރު ކާރުގެ އިސްކޮށް މަސައްކަތް ކުރި މީހެއްގެ ކްލިނިކުން ފަތުރަން މަސައްކަތް ކުރި ކަންތައް މިހާރު މިފެންނަނީ ހާމަކަން ބޮޑުކޮށްކުރިއަށް ގެންދާތަން މިހާރަކު މައުމޫނަކަށް ސަޕޯޓެއް ނުކުރަން.
ޢަބްދުﷲނާފިޒް
12 October 2018
ދެންހެޔޮ، މިބުނީ ވޯޓުލާ ނިމިއްޖެ ނޫންހޭ ކަންނިމުނީނޫންހޭ، ވަރަށް ސަލާމް......
ހަގީގަތް
12 October 2018
ދުންޔާ އަކީ ވޯޓުގެ ނަތީޖާ އިއުލާން ކުރުމާހަމައަށް ފިލާހުރެ ޔާމީނަށް ތާއީދުކުރި މީހެއް،.... ތިޔަތަނަށް ފޮނުވަންޖެހޭނީ ޔުމްނާ...
ޣޮންނަ
12 October 2018
ޔުމްނާ މަންމަ ދޫކޮއްލާފަ ދޭކަ ބޭނުމެއްނުވޭ.
ނޭޗަރ
12 October 2018
ޔުމްނާ އުޅެނީ ދުވަސްތަކަކަށްފަހު އެސޮރު އައިސްގެން "ސިޔާސީ" މުޅިން އެހެން ކަމެއްގައި..